މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ހަނިމާދޫ ސިއްހީ މަރުކަޒަށް ފިޒިޝަނެއް

ހަނިމާދޫ ސިއްހީ މަރުކަޒަށް ފިޒިޝަނެއް

ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ފިޒިޝަނެއް ގުޅިއްޖެއެވެ. ފިޒިޝަނެއް އެ މަރުކަޒުގެ ޚިދުމަތާއި ގުޅުންކަން ހާމަކޮށް ހަނިމާދޫ ސިއްހީ މަރުކަޒުން އިއްޔެ ވަނީ މަރުޙަބާ ކިޔާފައެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ އެ ސިއްޙީ މަރުކަޒުންދޭ ޚިދުމަތް އިތުރު ކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ދަށުން ފިޒިޝަނެއް މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ. ‘’ފިޒިޝަނެއް މިމަރުކަޒުގެ ޚިދުމަތަށް ލިބުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހޮސްޕިޓަލް ނިމުމުގެ ކުރިން އ...

ޔުމްނާ ޢަލީ
މި އަހަރު 875 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑްރަގާއި ބަނގުރާ އަތުލައިގެންފި

މި އަހަރު 875 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑްރަގާއި ބަނގުރާ އަތުލައިގެންފި

މި އަހަރުގެ މިހާތަނަށް ހިންގި އެކި އޮޕަރޭޝަންތަކުގައި 875 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކާއި ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ފުލުހުން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމ...

ޔުމްނާ ޢަލީ
ރޯވި ސަފާރީގައި 17 ފަތުރުވެރިން ތިބި

ރޯވި ސަފާރީގައި 17 ފަތުރުވެރިން ތިބި

މިއަދު އަލިފާންރޯވި “ޔަސާވާ ޕްރިންސެސް “ ސަފާރީގައި ތިބި މީހުން ސަލާމަތްކޮށް ވ.ފެލިދޫ އަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ މި ސަފާރީގައި ރޯވީ ވ. އަތޮޅު ކުޑަ އަންބަރާ ދިމާ 3 މޭލު ބޭރުގައި އޮއްވައެވެ. މި ސަފާރީއެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 24 ޑިސެންބަރު 2025 ދުވަހު 17:54 އެހާކަންހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ‘’މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން […]

ޔުމްނާ ޢަލީ
ކޭއާރުއެޗު ތަރައްގީކުރުމުގެ ފޭސް ދެއެއްގެ އިމާރާތް ނިމުމުން ޖާގައިގެ ދަތިކަން އެއްކޮށް ހައްލުވެ، އާ ޚިދުމަތްތައް ފެށޭނެ: ނާޒިމާ

ކޭއާރުއެޗު ތަރައްގީކުރުމުގެ ފޭސް ދެއެއްގެ އިމާރާތް ނިމުމުން ޖާގައިގެ ދަތިކަން އެއްކޮށް ހައްލުވެ، އާ ޚިދުމަތްތައް ފެށޭނެ: ނާޒިމާ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް(ކޭއާރުއެޗް) ތަރައްގީކުރުމުގެ ފޭސް ދެއެއްގައި ހިމެނޭ އިމާރާތް ނިމުމުން ޖާގައިގެ ދަތިކަން އެއްކޮށް ހައްލުވެ، މިހާރު ނުލިބޭ ޚިދުމަތްތައް ގާއިމުކުރެވިގެންދާނެކަމަށް އެ ހޮސްޕިޓަލްގެ ޗީފް އެގްޒެޓިވް އޮފިސަރ ނާޒިމާ އަލީ ވިދާޅުވެއްޖެއެވެ. ސީއީއޯ ނާޒިމާ މިކަން ހާމަކުރެއްވީ، ކޭއާރުއެޗުން މިހާރު ދެމުންދާ ޚިދުމަތްތަކާއި ފާއިތުވެ ދެ އަހަރު ދެވުނު ޚިދުމަތަކާއި ގުޅޭ ގޮތުން ދެއްވި ޚުލާސާ މެސެޖެއްގައެވެ. އެ މެސެޖުގައި ނާޒިމާ ވަނީ، ކޭއާރުއެޗު ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށްޓަކަ...

ޔުމްނާ ޢަލީ
ސަފާރީއެއްގައި އަލިފާން ރޯވެއްޖެ

ސަފާރީއެއްގައި އަލިފާން ރޯވެއްޖެ

ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ “ޔަސާވާ ޕްރިންސަސް” ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށެވެ. އެ ސަފާރީގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އަލިފާން ރޯވިއިރު މި ސަފާރީ އޮތީ ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައެވެ. ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.  

ޔުމްނާ ޢަލީ
ބަންދާއި ދިމާކޮށް އުޅަނދުފަހަރު ޗެކްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ބަންދާއި ދިމާކޮށް އުޅަނދުފަހަރު ޗެކްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް މެރިން ޕޮލިހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަނަކީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި އޮޕަރޭޝަންގެ ދަށުން މާލެއިން ފުރާ އަދި މާލެ އަންނަ ފެރީތަކާއި މުދާ އުފުލާ ބޯޓުފަހަރުގެ ސަލާމަތީ ވަސީލަތްތައް ހުރިތޯ ބަލައި ފާސްކުރާނެއެވެ. މީގެ ތެރޭގައި ލައިފް ޖެކެޓާއި، އަލިފާން ނިއްވާ ނިޒާމު ފަދަ ކަނޑުމަތީގެ ސަލާމަތަށް ބޭނުން...

ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ޖުމްލަ 12 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި، މި އޮޕަރޭޝަންތަކަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެކެވެ. ފުރަތަމަ އޮޕަރޭޝަން: ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރު މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި ފުރަތަމަ އޮޕަރޭޝަންގައި މާލޭގެ 7 އެޕާޓްމަންޓެއް ބަލައިފާސްކޮށް...

ޔުމްނާ ޢަލީ
އިސްރާއީލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ބެލްޖިއަމް އިން ވެސް ބައިވެރިވެއްޖެ

އިސްރާއީލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ބެލްޖިއަމް އިން ވެސް ބައިވެރިވެއްޖެ

އިސްރާއީލުން ގައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގަމުން އަންނާތީ،  ދެކުނު އެފްރިކާއިން ބައިނަލްއަޤްވާމީ ޢަދުލު އިންސާފުގެ ކޯޓު (އައި.ސީ.ޖޭ) އަށް ހުށަހަޅާފައިވާ މައްސަލައިގައި ބެލްޖިއަމްއިން ރަސްމީކޮށް ބައިވެރިވެއްޖެއެވެ. އދ. ގެ އެންމެ މަތީ ކޯޓުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ތެރެއަށް ވަނުމަށް ބެލްޖިއަމްއިން ހުށަހަޅާފައިވާ ކަމަށެވެ. ބެލްޖިއަމްގެ އިތުރުން ބްރެޒިލް، ކޮލަމްބިއާ، އަޔަލޭންޑް، މެކްސިކޯ، ސްޕެއިން އަދި ތުރުކީ ފަދަ ގައުމުތަކުން ވެސް ވަނީ މި މ...

ނާޒިމާ އަލީ
ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް ސަރުކާރުން އަންނަނީ ފުރުސަތު ފަހިކޮށްދެމުން: ރައީސް

ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް ސަރުކާރުން އަންނަނީ ފުރުސަތު ފަހިކޮށްދެމުން: ރައީސް

ސްކޫލް ނިންމުމަށްފަހު އަމިއްލަ ވިޔަފާރިއެއް ފެށުމަށް ޝައުގުވެރިވާ ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ރޭ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ޒުވާނުންގެ އިސްނެގުމުގައި ހިންގާ ވިޔަފާރިތަކުގެ ނިސްބަތް މިހާރު މަދުކަން ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ ފަރާތުން ފާޅުކުރި ކަންބޮޑ...

ޔުމްނާ ޢަލީ
އުރީދޫއިން ކޮންމެ ދެމަހަކުން އޭޓީވީއެއް، ރަށު ފަސްގަނޑުގައި ދުއްވާލެވޭނެ

އުރީދޫއިން ކޮންމެ ދެމަހަކުން އޭޓީވީއެއް، ރަށު ފަސްގަނޑުގައި ދުއްވާލެވޭނެ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން، އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ ޚާއްސަ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސްއިން ތައާރަފްކޮށްފިއެވެ. މި ޕްރޮމޯޝަނަކީ ރަށު ފަސްގަނޑުގައި ދުއްވާލުމަށް އެންމެ އެކަށޭނަ އުޅަނދުތައް ކަސްޓަމަރުންނަށް ހަދިޔާކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮމޯޝަން ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ 20 ޑިސެމްބަރު 2025 އިން ފެށިގެން 31 ޑިސެމްބަރު 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ ހަ ލަކީޑްރޯ...

އިބްރާހިމް އަސްވާޤް
މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑުއަހައިގެން: ރައީސް

މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑުއަހައިގެން: ރައީސް

މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑުއަހައިގެންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި “ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް” ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ޒުވާނުންނަކީ މިއަދުވެސް އަދި މާދަމާވެސް ޤައުމު ކުރިއެރުވުމުގައި އެންމެ މުހިންމު ބައިވެރިންކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި ޒުވާނުންގެ އަޑުއެހުމަކީ ކ...

ޔުމްނާ ޢަލީ
އަތަރު ލުމަކީ ނަމާދަށް ފަށަން ސުންނަތުގައި އޮންނަ ކަމެއްނޫން: ޝަހީމް

އަތަރު ލުމަކީ ނަމާދަށް ފަށަން ސުންނަތުގައި އޮންނަ ކަމެއްނޫން: ޝަހީމް

އަތަރު ލުމަކީ ނަމާދަށް ފަށަން ސުންނަތުގައި އޮންނަ ކަމެއް ނޫން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، މީޑިއާތަކާއި ހިއްސާ ކުރެއްވި މެސެޖެއްގައެވެ. މި މެސެޖުގައި ވަޒީރު ވިދާޅުވީ ބައެއް މިސްކިތްތަކުގެ ތެރޭގައި ގިނަ އަދަދަކަށް އެކި ޒާތްޒާތުގެ އަތަރުފުޅިތައް ބަހައްޓާފައި ހުންނަތަން ފެންނަ ކަމަށެވެ. އަދި ކޮންމެ ނަމާދަކަށް ސަފަށް އަރަންވީމާ އަތަރުލުމާއި ޖެހިގެން ހުރި މީހާގެ ގައިގައި އަތަރު އުނގުޅުމަކީ […]

ޔުމްނާ ޢަލީ
ހިޔާ ފްލެޓެއްގައި ޑްރަގް ވިއްކަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ހިޔާ ފްލެޓެއްގައި ޑްރަގް ވިއްކަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ފްލެޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮޕަރޭޝަން ހިންގާފައިވައިވާ ކަމަށެވެ. ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނާއި ކަމާ ގުޅުންހުރި އެހެނިހެން ބަހާތައް ގުޅިގެންމި...

ޔުމްނާ ޢަލީ
ތަކުރާރުކޮށް ވައްކަން ކުރާ ހާހެއްހާ މީހުން އެއްފަރާތްކުރަން ލަފާހޯދަނީ

ތަކުރާރުކޮށް ވައްކަން ކުރާ ހާހެއްހާ މީހުން އެއްފަރާތްކުރަން ލަފާހޯދަނީ

މާލޭގެ މަގުމަތީގައި ތަކުރާރުކޮށް ކުށްކުރާ 1,000 އެއްހާ މީހުން އުޅެމުންދާތީ، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ. އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، މާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަނީ ކުށްކުރުމުގައި ދެމިތިބޭ މީހުން މިނިވަންކަމާއެކު މުޖުތަމައުގެ ތެރޭގައި އުޅެމުންދާތީ ކަމަށެވެ. އަދި...

އަލީ އާދިލް