މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކޯޓަށް ހާޒިރުކުރުމަށް މަންޑޭ ފުލުހުންގެ ބެލުމުގެ ދަށަށް

ކޯޓަށް ހާޒިރުކުރުމަށް މަންޑޭ ފުލުހުންގެ ބެލުމުގެ ދަށަށް

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މަންޑޭ ބަންދުގައި ބަހައްޓައިގެން 2025 ޑިސެންބަރު 27 ވަނަ ދުވަހުގެ 14:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އޮތީ އަމުރެއް ކޮށްފައެވެ. އެހެންވެ އޭނާ ކޯޓަށް ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ފުލުހުން އޮތީ ކުރިން ބުނެފައެވެ. ކްރިމިނަލް ކޯޓުގައި ބުރާސްފ...

ޔުމްނާ ޢަލީ
ޖުމާދަލްއާޚިރާ މަހުގެ ތެރޭގައި ހަރަމްފުޅަށާއި ނަބަވީ މިސްކިތަށް އަޅުކަމަށް 68 މިލިއަން މީހުން

ޖުމާދަލްއާޚިރާ މަހުގެ ތެރޭގައި ހަރަމްފުޅަށާއި ނަބަވީ މިސްކިތަށް އަޅުކަމަށް 68 މިލިއަން މީހުން

ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ތެރޭގައި މައްކާގެ މަސްޖިދުލް ހަރާމްއާއި މަދީނާގެ މަސްޖިދުއްނަބަވީއަށް 68.7 މިލިއަން މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް ހަރަމައިން ޝަރީފައިންގެ ކަންތައްތަކާ ބެހޭ އާންމު އިދާރާއިން ހާމަކޮށްފިއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 2.1 މިލިއަން މީހުންގެ އިތުރުވުމެކެވެ. އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 30 މިލިއަން މީހުން މަސްޖިދުލް ހަރާމަށް ޒިޔާރަތްކުރިއިރު، އޭގެ ތެރެއިން 94,700 މީހުން ހިޖްރު އިސްމާއީލްގައި ނަމާދުކޮށް...

ނާޒިމާ އަލީ
ހަނިމާދޫ ވައިގެބަނދަރުގެ 35ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް

ހަނިމާދޫ ވައިގެބަނދަރުގެ 35ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރަށް ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް މިއަދު ޖައްސައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިއީ  28 އޮކްޓޯބަރު 1990 ގައި އެ ވައިގެބަނދަރު ހުޅުވިފަހުން ޖެއްސި ފުރަތަމަ ކޮމާޝަލް ޖެޓެވެ. މީގެ ކުރިން ފިއުލް ކުރުމަށް ވައިގެބަނދަރަށް ވަނީ ޖެޓެއް ޖައްސާފައެވެ. މިއަދު ހެނދުނު 9:40 ހާއިރު ހަނިމާދޫ އަށް ޖެއްސި މެޖެޓަކީ ހއ. އަތޮޅު ދޮނަކުޅީގައި ތަރައްގީކޮށްފައިވާ ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ އަށް ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންތަކެއްގެ ޖެޓެކެވެ. އެ […]

ޔުމްނާ ޢަލީ
ރާއްޖޭގައި މިއަދު އައު ދެ މިސްކިތެއް ހުޅުވައިފި

ރާއްޖޭގައި މިއަދު އައު ދެ މިސްކިތެއް ހުޅުވައިފި

ދިވެހިރާއްޖޭގައި މުޅިން އަލަށް ބިނާކުރި ދެ މިސްކިތެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިއަދު ހުޅުވާފައިވަނީ ހުޅުމާލެ ފޭސް 2 ގައި ބިނާކުރި މިސްކިތަކާއި އައްޑޫ ސިޓީ މަރަދޫގައި ބިނާކުރި މިސްކިތެކެވެ. ހުޅުމާލެ ފޭސް 2 ގައި އަލަށް ޢިމާރާތް ކުރެވުނު މަސްޖިދުލްއީމާން ރަސްމީކޮށް ހުޅުވާފައިވަނީ މިއަދުގެ ހުކުރު ނަމާދަށްފަހުގައެވެ. ތިން ފަންގިފިލާއަށް ޢިމާރާތްކޮށްފައިވާ މި މިސްކިތަކީ 1200 މީހުންގެ ޖާގަ ހިމެނޭ މިސްކިތެކެވެ. މި މިސްކިތަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކޮށްފައިވާ މިސްކިތެކެވެ. މި މ...

ޔުމްނާ ޢަލީ
''މިއަދު ހަނދާން ކުރަންވީ ސުނާމީއަށްފަހު އަޅުގަނޑުމެން ދިރުވި އެއްބައިވަންތަކަން''

''މިއަދު ހަނދާން ކުރަންވީ ސުނާމީއަށްފަހު އަޅުގަނޑުމެން ދިރުވި އެއްބައިވަންތަކަން''

މިއަދު އަޅުގަނޑުމެން ދިވެހިން ހަނދާން ކުރަންވީ ސުނާމީ ކާރިސާއަށްފަހު ދިވެހިން ދެއްކި އެއްބައިވަންތަކަމާއި، އެއް ގައުމެއްގެ ގޮތުގައި ގުޅިގެން ހިތްވަރާއެކު ދިރިއުޅުން އާރާސްތުކުރި ގޮތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، ދިވެހީންގެ ގައުމީ ހަޔާތުން ފެންނަން އޮތް އެންމެ ރީތި އެއް ސިފައަކީ ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި ހާލަތެއްގައިވެސް އިސްކުރާ އެއްބައިވަންތަކަން ކަމަށެވެ. އަދި...

ޔުމްނާ ޢަލީ
ޝާރްޖާގެ މިސްކިތްތަކުގައި މަސައްކަތްކުރާ މީހުންނަކީ ޔޫއޭއީ ސަރުކާރުގެ ރަސްމީ މުވައްޒަފުންގެ ގޮތުގައި ކަނޑައަޅައިފި

ޝާރްޖާގެ މިސްކިތްތަކުގައި މަސައްކަތްކުރާ މީހުންނަކީ ޔޫއޭއީ ސަރުކާރުގެ ރަސްމީ މުވައްޒަފުންގެ ގޮތުގައި ކަނޑައަޅައިފި

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޝާރްޖާގެ މިސްކިތްތަކުގައި މަސައްކަތްކުރާ ހުރިހާ އިމާމުންނާއި މުއައްޒިނުންނަކީ މީގެ ފަހުން ސަރުކާރުގެ ރަސްމީ މުވައްޒަފުންގެ ގޮތުގައި ކަނޑައަޅައިފިއެވެ. މި ނިންމުމާއެކު، ސަރުކާރުގެ އެހެނިހެން މުވައްޒަފުންނަށް ލިބޭ ހުރިހާ އިނާޔަތްތަކާއި ފައިދާތަކެއް އެ ފަރާތްތަކަށް ވެސް ކަށަވަރުވެގެންދާނެއެވެ. ޝާރްޖާގެ ވެރިޔާ، ސުޕްރީމް ކައުންސިލްގެ މެންބަރު ޝައިޚް ޑރ. ސުލްޠާން ބިން މުޙައްމަދު އަލް ޤާސިމީ ނެރުއްވި އަމުރުފުޅެއްގައިވަނީ، އެ އިމާރާތުގެ މިސްކިތްތަކުގެ ހުރިހާ އިމާ...

ނާޒިމާ އަލީ
''ޣާފިލުކަމުގެ ތެރޭގައި ވަގުތު ހޭދަކުރާ ޒުވާނުން އިތުރުވަމުން ދިޔުމަކީ ދެރަވެ ހިތާމަކުރާންޖެހޭ ކަމެއް''

''ޣާފިލުކަމުގެ ތެރޭގައި ވަގުތު ހޭދަކުރާ ޒުވާނުން އިތުރުވަމުން ދިޔުމަކީ ދެރަވެ ހިތާމަކުރާންޖެހޭ ކަމެއް''

މިއަދުގެ މުޖުތަމަޢުގައި ހަމައެކަނި ދުންޔަވީ އެދުންތަކަށް ހެއްލި، ޣާފިލުކަމުގެ ތެރޭގައި ވަގުތުތައް ބޭކާރުކުރާ ޒުވާނުން އިތުރުވަމުން ދިއުމަކީ ނުހަނު ހިތާމަހުރި ކަމެކެވެ. އިސްލާމީ އުންމަތުގެ ކުރިމަގު ބިނާވެފައިވަނީ ޒުވާނުންގެ ހަކަތައާއި ޢިލްމީ ޤާބިލުކަމުގެ މައްޗަށް ކަމަށްވާއިރު، މިފަދަ ޣާފިލުކަމެއްގެ ތެރޭގައި ޒުވާން ޖީލު އޮތުމަކީ މުޅި އުންމަތް ފަހަތަށް ސާޖަހަންޖެހޭ ސަބަބެކެވެ. މިކަން ވަނީ މިއަދުގެ ހުކުރު ހުތުބާގައި ވަރަށް ސަރީޙަބަހުން ބަޔާންކޮށްދެއްވާފައެވެ. ”އިސްލާމީ ޙަޟާރަތުގެ ރަންޒަމާން” މައުޟޫއ...

ޔުމްނާ ޢަލީ
ބަންކަރިން ޚިދުމަތުން 282 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ: ސައީދު

ބަންކަރިން ޚިދުމަތުން 282 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ: ސައީދު

އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ޖުމްލަ 282.1 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، މި ޚިދުމަތުން ޓެކުހުގެ ގޮތުގައި އެކަނިވެސް ދައުލަތަށް 24 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނަ...

ޔުމްނާ ޢަލީ
އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އިނާޔަތް ބޮޑުކޮށްފި

އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އިނާޔަތް ބޮޑުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ މާލީ އެހީގެ މިންވަރު ކޮންމެ ކުއްޖަކަށް 3,000 ރުފިޔާއަށް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. އެކަނި ކުދިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މީގެ ކުރިން އިނާޔަތް ދެމުން އައީ އެއް ކުއްޖަކު ހުރި ނަމަ މަހަކު 2،000 ރުފިޔާއެވެ. އަދި އެއް ކުއްޖަކަށް ވުރެ އިތުރު ނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް ދެމުން އައީ 1،000 ރުފިޔާގެ އިނާޔަތެކެވެ. މި އިނާޔަތަށް ބަދަލު ގެނައުމަށްޓަކައި […]

ޔުމްނާ ޢަލީ
ރައީސް ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ހިތްވަރުދެއްވައިފި

ރައީސް ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ހިތްވަރުދެއްވައިފި

‏އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް، ވިމެންސް ކާވާ ކަޕް 2025 ގެ ފައިނަލްގައި ދިވެހިރާއްޖެއަށް ތަށި ހޯދައިދިނުމުގެ އަޒުމުގައި މިރޭ ފައިނަލަށް ނުކުންނަ ދިވެހި އަންހެން ޤައުމީ ވޮލީ ޓީމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހިތްވަރުދެއްވައިފިއެވެ. ޖުމްލަ އެކު، ހަތަރު ގައުމާ އެކު، މާލޭގައި ކުރިއަށްދާ ކާވާ ވިމެންސް ކަޕްގެ ފައިނަލުގައި މިރޭ ރާއްޖޭން ކުޅޭނީ ކިރްގިސްތާނާ ދެކޮޅަށެވެ. ދިވެހި ޓީމަށް ހިތްވަރުދެއްވައި ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ޤައުމީ އަންހެން […]

ޔުމްނާ ޢަލީ
ޝަމްއާން ބަންދުން ދޫކޮށްލައިފި

ޝަމްއާން ބަންދުން ދޫކޮށްލައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިއަދު ބަންދުން ދޫކޮށްލައިފި އެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު ފަސް ލައްކަ ރުފިޔާ ފޭރުނު ކަމަށް ތުހުމަތުކޮށް، މަގާމުން ވަކިކޮށް ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރީ މިދިޔަ މާޗް މަހު އެވެ. ކްރިމިނަލް ކޯޓުން މިއަދު ޝަމްއާން ބަންދުން ދޫކޮށްލަން އަމުރުކުރީ ދައުލަތުން އެގޮތަށް އެދުމުންނެވެ. އޭނާ ބަންދުން ދޫކޮށްލީ ފުރުން މަނާ ކުރުމަށްފަހު އަދި ކޯޓަށް ހާޒިރުވުމާއި ހެއްކަށް ނުފޫޒު ފޯރުވޭ ފަދަ […]

ހުސައިން ހަބީބް
ޝަރީއަތް ފަސްކުރަން މަންޑޭ އެދުނަސް, ހުކުމް ހޮނިހިރު ދުވަހު

ޝަރީއަތް ފަސްކުރަން މަންޑޭ އެދުނަސް, ހުކުމް ހޮނިހިރު ދުވަހު

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްސަލާގެ އަޑުއެހުން ފަސްކުރަން މަންޑޭގެ ފަރާތުން އެދި އެ މައްސަލާގައި މިއަދު ކޯޓަށް ހާޒިރު ނުވުމުން ހުކުމް އިއްވުން ހޮނިހިރު ދުވަހަށް ފަސްކޮށްފި އެވެ. ކޭ ޕާކް ހަދާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް މަންޑޭގެ މައްޗަށް […]

ހުސައިން ހަބީބް
ކުއްޖަކު މަރާލުމަށްފަހު ފޮށްޓަަކަށްލާަފައި މޫދަށް އެއްލާލި އެކަކު 12 އަހަރަށް ޖަލަށް

ކުއްޖަކު މަރާލުމަށްފަހު ފޮށްޓަަކަށްލާަފައި މޫދަށް އެއްލާލި އެކަކު 12 އަހަރަށް ޖަލަށް

ހުޅުމާލޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ބައިވެރިވި 17 އަހަރުގެ ކުއްޖާ 12 އަހަރަށް ޖަލަށްލާން ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ. ޖޫން، 2021 ގައި 13 އަހަރުގެ ކުއްޖާ މަރާލުމަށްފަހު ފޮށްޓަކަށްލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ ހުޅުމާލޭ ފޭސް 2 ގެ މޫންނެވެ. އެ މައްސަލާގައި އޭރު އުމުރުން 17 އަހަރުގެ ކުއްޖާގެ މައްޗަށް ދައުލަތުން ކުރީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ […]

ހުސައިން ހަބީބް
ފުލުހުންގެ ރިޓަޔަރމަންޓް އިނާޔަތް ދައުލަތުގެ ނުވަތަ ސަރުކާރުގެ މަގާމެއް އަދާކުރާ މުއްދަތުގައި މެދުކަނޑާލަން ނިންމައިފި

ފުލުހުންގެ ރިޓަޔަރމަންޓް އިނާޔަތް ދައުލަތުގެ ނުވަތަ ސަރުކާރުގެ މަގާމެއް އަދާކުރާ މުއްދަތުގައި މެދުކަނޑާލަން ނިންމައިފި

ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރވުމަށްފަހު ދައުލަތުގެ ނުވަތަ ސަރުކާރުގެ މަގާމެއް އަދާކުރާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި ފުލުހުންގެ ރިޓަޔަރމަންޓް އިނާޔަތް މެދުކަނޑާލަން ނިންމައި ގަވައިދު އިސްލާހްކޮށްފިއެވެ. ހޯމްލޭންޑް މިނިސްޓްރީން މިއަދު ގެޒެޓްކުރި ”ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު އަށް އިސްލާހުގެނައުމުގެ ގަވާއިދު 1”ގައި ވާގޮތުން ފުލުހުންގެ ޚިދުމަތުން ރިޓަޔަރވުމަށްފަހު ދައުލަތުގެ އިންތިޚާބީ މަގާމެއް ނުވަތަ ސަރުކާރުގެ ނޫނީ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާނަމަ އެ މަގާމެއް ފުރާ މުއްދ...

ޔުމްނާ ޢަލީ
މުޖުތަމައު ބައިބައިނުކޮށްވެސް ވަރުގަދަ ލީޑަރޝިޕެއް ދެއްކިދާނެކަން ވަޖްޕާއީ ދެއްކެވި: ފައިސަލް

މުޖުތަމައު ބައިބައިނުކޮށްވެސް ވަރުގަދަ ލީޑަރޝިޕެއް ދެއްކިދާނެކަން ވަޖްޕާއީ ދެއްކެވި: ފައިސަލް

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީގެ 100 ވަނަ އުފަންދުވަހާ ދިމާކޮށް، އިންޑިއާ ފައުންޑޭޝަނުން އިންތިޒާމުކުރި ”8 ވަނަ އަޓަލް ބިހާރީ ވާޖްޕާއީ މެމޯރިއަލް ލެކްޗަރ” ގައި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނައީމް އިއްޔެ ތަގުރީރު ކުރައްވައިފިއެވެ. މި ފޯރަމްގައި ތަގުރީރުކުރަށްވަމުން ފައިސަލް ވަނީ ވަޖްޕާއީއަކީ ހަރުދަނާ ނިންމުންތައް ނިންމެވުމާއި އަދަބުވެރިކަމަކީ އެކުއެކީގައި ގެންގުޅެވިދާނެ ސިފަތަކެއްކަން ސާބިތުކޮށްދެއްވި ދައުލަތުގެ އިސް ލީޑަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އިންޑިއާގ...

ޔުމްނާ ޢަލީ