މިއަދު އަލިފާންރޯވި “ޔަސާވާ ޕްރިންސެސް “ ސަފާރީގައި ތިބި މީހުން ސަލާމަތްކޮށް ވ.ފެލިދޫ އަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި ސަފާރީގައި ރޯވީ ވ. އަތޮޅު ކުޑަ އަންބަރާ ދިމާ 3 މޭލު ބޭރުގައި އޮއްވައެވެ.
މި ސަފާރީއެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 24 ޑިސެންބަރު 2025 ދުވަހު 17:54 އެހާކަންހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
‘’މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދޫއަށް ގެނެސްފައި.’’ ފުލުހުން ބުންޏެވެ.
ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިންނެވެ.
ސަފާރީއެއްގައި އަލިފާން ރޯވެއްޖެ
ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ 5 ފިރިހެން އަދި 12 އަންހެނުންނެވެ. އަދި ފަޅުވެރިންގެ ތެރޭގައި ހިމެނެނީ 3 ދިވެހިން އަދި 5 ބަންގްލަދޭޝް ފިރިހެނުންނާއި ޖަރުމަނު ރައްޔިތެކެވެ.
އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް އެ އިދާރާއިން ބުންޏެވެ.
މި ސަފާރީގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން ވެސް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!