މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މާލެއަތޮޅުން އިތުރު ރިސޯޓު ނުހެދުމަށް ނިންމާ ޓޫރިޒަމް ނެތް ހިސާބުތަކަށް އިސްކަންދެނީ

މާލެއަތޮޅުން އިތުރު ރިސޯޓު ނުހެދުމަށް ނިންމާ ޓޫރިޒަމް ނެތް ހިސާބުތަކަށް އިސްކަންދެނީ

ރިސޯޓު ހަދަން މާލެ އަތޮޅުން އަލަށް ރަށް ދޫނުކުރަން ނިންމާ ޓޫރިޒަމް ނެތް ހިސާބުތަކަށް އިސްކަންދޭން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީގައި މިއަދުއޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި  އަލީ ވަހީދު  ވިދާޅުވީ އަލަށް ރަށްތައް ދޫކުރާއިރު، މާލެ އަތޮޅުން ރަށް ދޫނުކުރަން ނިންމީ މާލެ އަތޮޅުގައި ނުހެދި ގިނަ ރަށް ތަކެއް ހުރުމާއި ގިނަ ރަށް ތަކެއް ދޫކޮށްފައިވާތީ ކަމަށެވެ. އެ ނިންމުން ނިންމާފައި ވަނީ އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ދެ ގެއަކުން ރިހާކުރު ފުޅިއަކާއި ތެލުލި ބަނބުކެޔޮ ދަޅެއް ވަގަށްނަގައިފި

ކުޅުދުއްފުށީ ދެ ގެއަކުން ރިހާކުރު ފުޅިއަކާއި ތެލުލި ބަނބުކެޔޮ ދަޅެއް ވަގަށްނަގައިފި

ހދ. ކުޅުދުއްފުށީ ދެކުނު އަވަށުގައި ހުންނަ ދެ ގެއަކަށް ވަގު ވަދެ ރިހާކުރު ފުޅި އަކާއި ތެލުލި ބަނބުކެޔޮ ދަޅެއް ވަގަށް ނަގައިފި އެވެ. ކުޅުދުއްފުށީ އޮންލައިން އިން ރިޕޯޓްކުރާ ގޮތުގައި ދެ ގެޔަކަށް ވަގު ވަދެފައިވަނީ މި މަހުގެ އަށާރަ ވަނަ ދުވަހު ރޭގަނޑުގެ ވަގުތެއްގައި ކަމަށާއި އަދި އެ ދެގެއިންވެސް ވައްކަންކޮށްފައިވަނީ ބަދިގެއިން ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުން އެއް ގެއަކުން ރިހާކުރު ފުޅިއެއްގެ އިތުރުން ކަރަންޓް ޖަގަކާއި ކޮފީ މިކްސްޗަރެއް ވަގަށް […]

އަބްދުﷲ ޝަފީޢު
ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމާ ބެހޭ ދެ ވަނަ މަހާސިންތާ ފަށައިފި

ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމާ ބެހޭ ދެ ވަނަ މަހާސިންތާ ފަށައިފި

ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމާ ބެހޭ ދެ ވަނަ މަހާސިންތާ ފަށައިފިއެވެ. މި މަހާސިންތާ ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ކުރުނބާ މޯލްޑިވްސްގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިމަހާސިންތާގައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުން ބައިވެރިވެއެވެ. ރާއްޖޭގައި އޮތް ލާމަރުކަޒީ ނިޒާމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދައި މިނިޒާމް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން މި...

އިބްރާހިމް އަސްވާޤް
މެމްބަރުންގެ ކޮއްތަށް މަހަކު އެއްލައްކަ ރުފިޔާ ހަރަދުކުރޭ!

މެމްބަރުންގެ ކޮއްތަށް މަހަކު އެއްލައްކަ ރުފިޔާ ހަރަދުކުރޭ!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކޮއްތަށް މަހަކު ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދު ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިޔަށް ދިޔަ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ތިރީސްހަތް ވަނަ ޖަލްސާގައި، މަޖިލީހުގެ ކޮއްތަށް ޚަރަދުވާ މިންވަރު އޮޅުންފިލުވުމަށް އާންމު މީހަކު މަޖިލީހަށް ފޮނުވާފައިވާ ސިޓީއާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮއްތަށ...

އަބްދުﷲ ޝަފީޢު
ހޮޅުދޫގައި އަމިއްލަ ފަރާތަކުން ފިޓްނަސް ސެންޓަރެއް ހުޅުވައިފި

ހޮޅުދޫގައި އަމިއްލަ ފަރާތަކުން ފިޓްނަސް ސެންޓަރެއް ހުޅުވައިފި

ނ. ހޮޅުދޫގައި އަމިއްލަ ފަރާތަކުން ފިޓްނަސް ސެންޓަރެއް ހުޅުވައިފި އެވެ. ހޮޅުދޫގައި މި ފިޓްނަސް ސެންޓަރު ގާއިމުކޮށްފައިވަނީ އެ ރަށަށް ކުޅިވަރުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެމުން އަންނަ މޫސާ އިބްރާހީމް އެވެ. ހޮޅުދޫ ރައްޔިތުންނަށް އެ ރަށުގައި ފިޓްނަސް ސެންޓަރެއް ހުޅުވިއިރު، މިއީ ނ. އަތޮޅުގައިވެސް އަމިއްލަ ފަރާތަކުން އިސްނަގައިގެން ފިޓްނަސް ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރެވެ. ހޮޅުދޫ ރައްޔިތުންނަށް ފިޓްނަސް ސެންޓަރެއް އެ ރަށުގައި ހުޅުވި މޫސަ ބުނީ މި ސެންޓަރަކީ ހޮޅުދޫގެ މުޖުތަމައަށް އެތަށް […...

Thiladhun
"މަޖިލިސް ތަޅުން" ނުކިޔަން ރާޢީ އެދިއްޖެ

"މަޖިލިސް ތަޅުން" ނުކިޔަން ރާޢީ އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގައި “މަޖިލިސް ތަޅުން” މި ލަފްޒު ބޭނުން ނުކުރަން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޢީ އިލްތިމާސް ކޮށްފި އެވެ. އިއްޔެ އޮތް ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިރީސް ހަވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ރާޢީ ވިދާޅުވީ “މަޖިލީހުގެ ތަޅުމަށް” މިލަފްޒަކީ މަޖިލީހުގެ ތެރޭގައި އޮތް ވަރަށް ދުވަސްވީ ސަގާފަތެއް ކަމަށާއި ނަމަވެސް “ތަޅުން” މި ލަފްޒު ބޭނުން ކުރުމުން ރައްޔިތުންގެ މަޖިލީހުގެ ކަރާމާތް ގެއްލޭ ކަމަށެވެ. ރާޢީ ވިދާޅުވީ […]

އަބްދުﷲ ޝަފީޢު
އުލިގަމުގައި ހަދަން އުޅުނު ހޮޓަލަށް ކުރި ހަރަދު ބަލަނީ

އުލިގަމުގައި ހަދަން އުޅުނު ހޮޓަލަށް ކުރި ހަރަދު ބަލަނީ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހއ. އުލިގަމުގައި ހަދަން އުޅުނު 100 އެނދުގެ ހޮޓަލާ ގުޅޭ ކަންކަމަށް ކުރި ހަރަދު ދެނެގަތުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ. މި ހޮޓާ ތަރައްގީ ކުރުމަށް ސަރުކާރުން އެމްޓީޑީސީއާ ހަވާލުކުރީ ފެބްރުއަރީ 27، 2007 ގަ އެވެ. ނަމަވެސް އެ ތަނުގެ މަސައްކަތް ކުރިއަށް ނުގެންދެވި އެންމެ ފަހުން ޖުލައި 21، 2015 ގައި ވަނީ އެ އެގްރީމެންޓް އުވާލައިފަ އެވެ. އެމްޓީޑީސީން އުލިގަމުގައި ތަރައްގީ […]

Thiladhun
ބޮޑު ތިލަދުންމަތީގެ 8 ރަށެއްގެ މަގާއި ބަނދަރު ހެދުމަށް ކޮންސަލްޓެންޓުން ހޯދަނީ

ބޮޑު ތިލަދުންމަތީގެ 8 ރަށެއްގެ މަގާއި ބަނދަރު ހެދުމަށް ކޮންސަލްޓެންޓުން ހޯދަނީ

ބޮޑު ތިލަދުންމަތީގެ 8 ރަށެއްގެ މަގާއި ބަނދަރު ހެދުމުގެ ކޮންސަލްޓެންޓުން ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިޢުލާންކޮށްފިއެވެ. ފިނޭންސް އިން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ހއ.ކެލާ، ހއ.އިހަވަންދޫ، ހއ.މޮޅަދޫ،ހދ. ހަނިމާދޫ، ހދ.ނެއްލައިދޫ، ށ.ނޫމަރާ ށ.ފޭދޫ އަދި ށ.ބިލެއްފަހީގެ ހާބަރު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި ހދ.ހަނިމާދޫ ހާބަރު އަދި މަގު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް އިޢުލާން ކުރާ ކަމަށެވެ. އަދި މިމަސައްކަތްތައް ކުރުމަ...

Thiladhun
ހއ އިން މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ އިން މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ހއ ޓީމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ އިން ގަޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، 01 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ( އެފް.އޭ.އެމް ) އިން ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މިކައުންސިލްގެ ފަރާތުން ބައިވެރިވުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މި މުބާރާތުގައި މިކައުންސިލްގެ ޓީމަށް ކުޅެން ބޭނުންފުޅުވާ ފަރ...

Thiladhun
ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރެން އަންގައިފި

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރެން އަންގައިފި

ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އަންގައިފި އެވެ. އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އެޑިއުކޭޝަންގެ ދަށުން ހިންގާ އިދާރާތަކާއި ސްކޫލުތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ސަރުކާރު ބަންދު ދުވަސްތަކާއި ހުކުރު ދުވަހު މަސައްކަތަށް ނެރުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ގައުމީ މުނާސަބަތެއް ފާހަގަކުރަން އެ ސްކޫލަކަށް ހަވާލުކޮށްފައިވާ މަސައްކަތެއް ކުރަން ބޭނުންވާ މުވައްޒަފުން، މިނިސްޓްރީގެ ހުއްދ...

Thiladhun
ޚަލީލާ އައިޔޫއެމްގެ ވައިސް ޗާންސެލަރު ކަމުން ވަކިކޮށްފި

ޚަލީލާ އައިޔޫއެމްގެ ވައިސް ޗާންސެލަރު ކަމުން ވަކިކޮށްފި

ހދ. ވައިކަރަދޫ ބުލޫހައުސް، އާއިޝަތު ޚަލީލާ ޢަބްދުއްސައްތާރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ވައިސް ޗާންސެލަރ ކަމުން ވަކިކޮށްފިއެވެ. އައިޔޫއެމްގެ ވައިސް ޗާންސެލަރ ކަމުން ކަލީލާ ވަކިކުރައްވާ އެމަޤާމް ދީފައިވަނީ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އަށެވެ. އަދި އެމަޤާމަށް ބޭފުޅަކު ހަމަޖައްސަވާފައިވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. ވައިސް ޗާންސެލަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅުން ހަމަޖައްސާފައިވަނީ، ގައުމީ ޔުނިވާސިޓީ އާއި އައިޔޫއެމްގެ ގާނޫނަށް ރައްޔިތުން...

Thiladhun
ކުރިނބީ ސްކޫލުގެ ޕްރިންސިޕަލް ނެގުމުގައި ކޮރޮޕްޝަން ނުހިމެނޭ - އޭސީސީ

ކުރިނބީ ސްކޫލުގެ ޕްރިންސިޕަލް ނެގުމުގައި ކޮރޮޕްޝަން ނުހިމެނޭ - އޭސީސީ

ކުރިނބީ ސްކޫލުގެ ޕްރިންސިޕަލް ނެގުމުގައި ކޮރޮޕްޝަން ނުހިމެނޭ ކަމަށް ދިވެހި ރާއްޖޭގެ އެންޓި ކޮރޮޕްޝަން ކޮމިޝަން، އޭސީސީ، އިން ނިންމައިފިއެވެ. އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހދ.ކުރިނބީ ސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް 16 ޑިސެންބަރ 2018 ގައި ކުރެވުނު އިޢުލާނާ ގުޅިގެން އެ ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނަގާފައިވާ ފަރާތް ނަގާފައިވަނީ ކޮރޮޕްޝަންގެ އަމަލެއްގެ ދަށުން ކަމަށް ހުށަހަޅާފައިވީނަމަވެސް، އެ ކޮމިޝަނުން ކުރި ތަޙްޤީޤުން މިފަދަ ކަމެއް ހާމަވެފައިނ...

Thiladhun
ވައިކަރަދޫ ގަބުރުސްތާނު ވަށާ ފާރު ރޭނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ވައިކަރަދޫ ގަބުރުސްތާނު ވަށާ ފާރު ރޭނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

‏ހދ.ވައިކަރަދޫ ގަބުރުސްތާން ވަށާފާރު ރޭނުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުންކޮށްފިއެވެ. ‏މިއެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރުއެވެ. އަދި ‏ވައިކަރަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް މެމްބަރު އިބްރާހިމް މުހައްމަދެވެ. ސޮއި ކުރުމުގެ މިރަސްމިއްޔާތުގައި ކައުންސިލްގެ ޑިރެކްޓަރ މުޙައްމަދު ރަބީޢުވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ވައިކަރަދޫގެ ގަބުރުސްތާން ވަށާފާރު ރޭނުމަށް އެމަޝްރޫއަށް މިނިސްޓްރީގެ ފަރާތުން ތިންލައްކަ...

Thiladhun
ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރަން މަޝްވަރާކޮށްފި

ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރަން މަޝްވަރާކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތެރަޕީ ދިނުމުގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ އެކު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާ ކުރައްވައިފި އެވެ. ރައީސް އޮފީހުން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާނެ ކަން އެ ބައްދަލުވުމުގައި ނައިބު ފާހަގަކުރެއްވި ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕީގެ ޚިދުމަތްތައް އޭގެ ތެރޭގައި ހިމެނި މުޅި ރާއްޖޭގައި ފަސޭހަކަމާ އެކު […]

Thiladhun