ވިޔަފާރި ރާއްޖޭގައި ވިޔަފާރި ހިންގުމުގައި ހަރުދަނާ އުސޫލެއް ނެތް: މިނިސްޓަރ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ގެންނަ އިސްލާހުތަކާއިއެކު ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގައި ލުއިގޮތްތަކެއް ފަހިގެންދާނެ ކަމަށާއި ރާއްޖޭގައި ވިޔަފާރި ހިންގުމުގައި ހަރުދަނާ އުސޫލެއް ނެތް ކަމަށް، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލާ ގުޅޭ ގޮތުން މަޖިލިސް ފްލޯއަށް ވަަޑައިގެން މެމްބަރުންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ރާއްޖޭގައި ވިޔަފާރި ހިންގުމުގައި ހަރުދަނާ އުސޫލުތަކެއް... Thiladhun · 7 އަހަރު ކުރިން
ރާއްޖެ "ހެކިވެރިޔާގެ ބަހަށް ކޯޓުން ބޭރުގައި ރައްދު ދިނުމަކީ ޝަރީޢަތަށް ނުފޫޒު ފޯރާނެ ކަމެއް" ޝަރީޢަތަށް ހެކިބަސްދީ ފައިވާ ހެކިވެރިޔާގެ ހެކިބަހަށް އަނެއް ހެކިވެރިޔާ ކޯޓުން ބޭރުގައި ރައްދު ދިނުމަކީ ހިނގަމުންދާ ޝަރީޢަތަށް ނުރަނގަޅު ނުފޫޒު ފޯރާނެ ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ހެކިވެރިއެއްގެ ގޮތުން ދައުލަތުން ހުށަހެޅި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީ ޝަރީއަތުގައި ހެކި ބަސް ދެއްވަން އުޒުރުވެރިވެވަޑައިގެނ... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ރާއްޖެ "ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައެރުމަކީ އެކަށީގެންވާކަމެއް" ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އުދައިގެ އަސަރުކޮށްގެން މިއަދުވެސް ދެ ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން އދ. ދިއްދޫއާއި ޅ. ކުރެންދޫއަށް އުދައިގެ އަސަރުކޮށްފައިވާތީ، ރަށު ތެރެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމ... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ރާއްޖެ އެއް މިލިއަން ޓޫރިސްޓުން ރާއްޖެއަށް އަތުވެއްޖެ ރާއްޖެއަށް މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެއް މިލިއަން ޓޫރިސްޓުން އަތުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރީއިން ހާމަކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީއިން ބުނީ މިދިޔަ ޖުލައި މަހު ރާއްޖެ އަށް 132،144 ޓޫރިސްޓުން އައި އިރު މިއީ މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ އަށް ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާކަމަށެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 994،733 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު މިއީ މިދިޔަ އަހަރަށް ވުރެ 17.2 ޕަސެންޓްގެ ކުރި އެރުމެކެވެ. […] އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ރިޕޯޓް ތިލަދުންމަތީގެ އާބާދީއާއި ހިޖުރަކުރުން ބޮޑުތިލަދުންމައްޗަކީ އިހުޒަމާނުގައި ދިވެހިރާއްޖޭގެ އަތޮޅުތައް ބަހާފައިވާ ތޭރަ ބަޔަށް ބަލާއިރު އެންމެ އުތުރުގެ އަތޮޅެވެ. އިދާރީގޮތުން ތިލަދުންމަތި ބަހާފައިވާ ދެބައިގެ ތެރެއިން ތިލަދުންމަތީ ދެކުނުބުރި (ހދ އަތޮޅު) އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު އަތޮޅެވެ. ހދ އަތޮޅުގައި މީހުން ދިރިއުޅެނީ ޖުމްލަ 13 ރަށުގައެވެ. ތިލަދުންމަތީ އުތުރުބުރީ (ހއ އަތޮޅު) ގައިވެސް މީހުން ދިރިއުޅޭ 14 ރަށެއް އޮވެއެވެ. ރާއްޖޭގެ އެހެން އަތޮޅުތަކެކޭ އެއްފަދައިން ހއ އަތޮޅާއި ހދ އަތޮޅުގައިވެސް ދިރިއުޅޭ އާބާދީ […] ޝީޒާ މުހައްމަދު · 7 އަހަރު ކުރިން
ކޮލަމް ދަރިފުޅު ސްކޫލަށް ގެންދިޔައީ ހެއްޔެވެ؟ ސްކޫލަށް ދިޔަމަގުމަތީ މިއަދު ދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟ ދަރިފުޅުގެ ދުވަސް ހޭަދަކުރާނެ ގޮތުގެ ވާހަކަ ދެއްކިން ހެއްޔެވެ؟ އޭނާ މިއަދު އެންމެ “ލުކްފޯވަޑް” ކުރާ ކަމަކީ ކޮބައިކަން ބުނި ހެއްޔެވެ؟ ދަރިފުޅު ގޮވައިގެން ސްކޫލަށް ދާއިރު، އަތުގައި ހިފައިގެން ހިނގާލާފަ ދިޔުމަކީ ވަރަށް ސަޅިކަމެކެވެ. ދެމީހުންގެ މެދުގައި ލޯބި އިތުރުވެ އިތުބާރު ބޮޑުވެގެން ދާނެއެވެ. ދުވަސް ފަށާއިރު، ކުއްޖަކަށް އެންމެ ބޭނުންވާ އެއްކަމަކީ މިއަދު އޭނާއާއި ކުރިމަތިވާ ކަންތައްތަކާ ކުރިމަތިލުމުގެ ހިތްވަރެވެ. އަމިއްލަ ނަފްސުގެ މައް... މުޙައްމަދު ޝިހާބް · 7 އަހަރު ކުރިން
ބައިނަލްއަގުވާމީ އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ހައްޔަރުކޮށްފި އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ޗިދަމްބަރަމްއަށް، ކޮރަޕްޝަނާއި މަނީލޯންޑްރިންގެ ތުހުމަތުކޮށް ހައްޔަރުކޮށްފިއެވެ. އިންޑިއާގެ ސެންޓަރަލް އިންޓަލިޖެންސް ބިއުރޯ (ސީއައިބީ) ގެ އޮފިޝަލުން އޭނާ ހައްޔަރު ކޮށްފައިވަނީ ނިއުދިއްލީގައި ހުންނަ އޭނާގެ ގެކޮޅުންނެވެ. އިންޑިއާގެ ފައިސާއާބެހޭ ކުށްތަކާއި ދެކޮޅަށް މަސައްކަތްކުރާ ސީއައިބީއާއި ތަންފީޒީ ޑައިރެކްޓްރޭޓުން ތުހުމަތުކުރާ ގޮތުގައި ޗިދަމްބަރަމް ފިނޭންސް މިނިސްޓަރަކަށް ހުރި ދުވަސްވަރު މަޤާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން މަނީލޯންޑްރިންގ ހަރަކާތްތަކެއްގ... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ވިޔަފާރި ދިރާގުން ގެލެކްސީ ނޯޓް 10 އަދި 10 ޕްލަސް ތައާރަފްކޮށްފި ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 10 އަދި 10 ޕްލަސް ރާއްޖެ އަށް ތައާރަފްކޮށްފި އެވެ. ދިރާގުން ބުނީ ދިރާގުގެ ވެބްސައިޓުން މި ރެއިން ފެށިގެން ޕްރީއޯޑާ ކުރެވޭނެ ކަމަށެވެ. އަދި ދިރާގު މެދުވެރިކޮށް ޕްރީ އޯޑާ ކުރާ ފަރާތްތަކަށް ސެމްސަންގް ގެލެކްސީ ގަޑިތަކުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. ދިރާގުގެ ފަރާތުން ވާހަކަދައްކަވަމުން މަހުމޫދް ދެއްސަރ ވިދާޅުވީ މި ފޯނު ކަސްޓަމަރުންނަށް ދައްކާލުމަކީ ވަރަށް އުފާވެރި ކަމެއް […] އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ކުޅިވަރު ނެއްލައިދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފި ނެއްލައިދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފިއެވެ. 7 ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކުރީ އެފްސީ ފްރެންޑްސް އާއި ނިކަ ސިޓީ ސްޕޯޓްސް ކުލަބެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި 1-2 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކުރީ އެފްސީ ފްރެންޑްސް އެވެ. މެޗުގެ ފުރަތަމަ ހާފުގައި އެފްސީ ފްރެންޑްސްއަށް ގޯލު ޖަހައިދިނީ ޖާޒީ ނަމްބަރ 23 ހުސައިން ފަރުހާދެވެ. ދެވަނަ ހާފު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ ނިކަ […] އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ފެންކާރުޚާނާއެއްގައި މައްސަލަ ޖެހި ފެން ބަންދު ކުރުމަށް ހުރަސްތަކެއް ކުޅުދުއްފުށީގައި ގާއިމުކޮށްފައި ހުންނަ ތާޒާ ފެން އުފައްދާ ކާރުހާނާގެ މެޝިނެއްގައި މައްސަލަ ޖެހި ފުޅީގައި ފެން ބަންދުކުރުން ހުއްޓިއްޖެ އެވެ. “ތިލަދުން” އަށް އެނގިފައިވާ ގޮތުގައި މައްސަލަ ޖެހުނީ ފުޅި ބަންދުކުރަން ހުންނަ މެޝިންތަކުގައި ތެރެއިން މެޝިނެއްގަ އެވެ. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ކާރުހާނާގައި ހުރި މެޝިނަކަށް މައްސަލަ ޖެހި ފުޅީގައި ފެން ބަންދުކުރުން ހުއްޓިފައިވަނީ އިއްޔެ އެވެ. މެޝިނުގައި މައްސަލަ ޖެހި ފެން ބަންދުކުރުމަށް މަޑުޖެހުމުން އެކަން ވަނީ އެތަނު... Thiladhun · 7 އަހަރު ކުރިން
ރާއްޖެ ދައުލަތުގެ އާމްދަނީގެ 5% ކައުންސިލްތަކަށް ދޭން ނިންމައިފި އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. “ރައްޔިތުންގެ ބާރު – ލާމަރުކަޒީ ހިންގުން” މިނަމުގައި ދެ ދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސްގައި ފެށި މަހާސިންތާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އިތުރަށް ވިދާޅުވީ، ކައުންސިލްތައް ހިންގުމަށްޓަކައި ލިބެންޖެހޭ މާލީ ބާރުވެރިކަން އެކަށީގެންވާ ވަރަށް ނުލިބޭ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގެ މަސްވެރިން އިއްޔެ ބޭނި މަސް ނުކިރިފައި! ހދ. ކުޅުދުއްފުށީގެ މަސްވެރިން އިއްޔެ ބޭނި މަސް ހުރީ ނުކިރިފައިކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ ކުޅުދުއްފުށީގެ މަސްވެރިން އިއްޔެ ބޭނި މަސްވެސް ނުކިރޭ ކަމަށާއި އެކަމާ ގުޅޭގޮތުން މިފްކޯއަށްވެސް ވާހަކަ ދެކެވިފައިވާ ކަމަށެވެ. “އަޅުގަނޑު މިފްކޯއާވެސް ވާހަކަ ދައްކާލިން އެކަމަކުވެސް މި ދިމާވާ މައްސަލަ އަކީ މިފްކޯގައި މި ވަގުތު އޮތީ މަސް ކިރޭ އެންމެ ބޯއްޓެއް” […] އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "މަސްވެރިކަމުގެ ބިލް ފާސްވެގެން އަންނައިރު ތިލަދުންމަތީގެ މަސްވެރިންނަށް ހައްލު ލިބެންޖެހޭނެ" މަސްވެރިކަމުގެ ބިލް ފާސްވެގެން އަންނައިރު ތިލަދުންމަތީ މަސްވެރިންނަށް ހައްލެއް ލިބެން ޖެހޭނެ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތު ކުރިއަރުވަން މަސައްކަތް ކުރާއިރުގައި ބައިވަރު ގޮތްޖެހުންތައް އެބަހުރިކަމަށެވެ. އެގޮތުން ބޮޑު ތިލަދުންމަތީގައި މަސްވެރިން މަސްވެރިކަން ކުރިއަރުވަން މަސައްކަތް ކުރާކަމަށާއި ނަމަވެސް ބާނާ މަސް ވިއްކޭނެ ގޮތެއް ނެތް ކަމަ... އަބްދުﷲ ޝަފީޢު · 7 އަހަރު ކުރިން
ރާއްޖެ އަސާސީ ޙިދުމަތްތަކާއި ސިޔާސީ ބާރުތައް މާލޭގައި އެކަނި އޮންނަ އޮތުމަށް ނިމުމެއް ގެންނަން ޖެހޭ – ޓްރާންސްޕޭރެންސީ ތައުލީމާއި، ސިއްހަތާއި، ވަޒީފާ އަދި ސިޔާސީ ބާރުތައް މާލޭގައި އެކަނި އޮންނަ އޮތުމަށް ނިމުމެއް ގެންނަން ޖެހޭ ކަމަށާއި މިހާރުން މިހާރަށް ކައުންސިލްތަކުން އަތުލާފައިވާ ބާރުތައް އަނބުރާ ކައުންސިލްތަކަށްދީ، ރައްޔިތުން ބާރުވެރި ކުރުވަން ޖެހޭ ކަމަށް ޓްރާންސްޕޭރެންސީގެ އެގްޒެކެޓިވް މެނޭޖަރު މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ. އެއިގެ އިތުރުން މަރިޔަމް ޝިއުނާ ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި އޮތް ލާމަރުކަޒީ ނިޒާމަށް އިހުމާލުވެފައިވާކަމަށެވެ. އެގޮތުން މި ނިޒާމާ ގުޅޭ ޕޮލިސީތަކާ ގުޅޭގޮތުން ކުރ... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން
ރާއްޖެ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަޕްލިމެންޓްރީ ބަޖެޓް ފޮނުވައިފި ބޭރު ގައުމުތަކުން ލިބުނު އެހީތަކާއި އެހެނިހެން ގޮތް ގޮތުން ލިބިފައިވާ އެހީތަކާއެކު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަޕްލިމެންޓްރީ ބަޖެޓް މަޖްލީހަށް ފޮނުވައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓަރީ ބަޖެޓް ފޮނުވާފައިވަނީ މިއަދު އެވެ. ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހަށް ފޮނުވި ނަމަވެސް އެ ބަޖެޓާ ގުޅޭ އެއްވެސް ތަފްސީލެއް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމީ ކޮންޓިންޖެންސީ އަށް ވުރ... އިބްރާހިމް އަސްވާޤް · 7 އަހަރު ކުރިން