ބޭރު ގައުމުތަކުން ލިބުނު އެހީތަކާއި އެހެނިހެން ގޮތް ގޮތުން ލިބިފައިވާ އެހީތަކާއެކު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަޕްލިމެންޓްރީ ބަޖެޓް މަޖްލީހަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓަރީ ބަޖެޓް ފޮނުވާފައިވަނީ މިއަދު އެވެ.

Ad
rt

ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހަށް ފޮނުވި ނަމަވެސް އެ ބަޖެޓާ ގުޅޭ އެއްވެސް ތަފްސީލެއް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމީ ކޮންޓިންޖެންސީ އަށް ވުރެ ބޮޑު އަދަދެއް، ކޯޓުތަކުން ކުރާ ހުކުމްތަކާއި އެނޫން ގޮތްގޮތަށް ބަދަލުގެ ގޮތުގައި ސަރުކާރުން ދައްކަން ޖެހިފައިވާތީ އެކަންކަމަށް ބަޖެޓުން ޖާގަ ހޯދުމަށެވެ. އަދި މި ސަރުކާރުގެ މެނިފެސްޓޯގައި ހުރި ހުރިހާ ޕްރޮގްރާމެއް އެންމެ ފުރިހަމަ އަށް ހިމެނުމަށް ޓަކަ އެވެ.

ސަރުކާރުގެ ފަރާތުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެކަން ހާމަކުރުމާއެކު އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުން އެފަދަ ބަޖެޓެއް ހުށަހަޅަނީ 2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓް ހުސްވުމާ ގުޅިގެން ކަމަށް ބުނެފައެވެ. ނަމަވެސް ރައީސް އޮފީހުން ވަނީ އެކަން ދޮގުކޮށްފައެވެ.