ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމާ ބެހޭ ދެ ވަނަ މަހާސިންތާ ފަށައިފިއެވެ.

މި މަހާސިންތާ ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ކުރުނބާ މޯލްޑިވްސްގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިމަހާސިންތާގައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުން ބައިވެރިވެއެވެ.

Ad
rt

ރާއްޖޭގައި އޮތް ލާމަރުކަޒީ ނިޒާމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދައި މިނިޒާމް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން މި މަހާސިންތާގައި އެކި ކައުންސިލްތަކުން މަޝްވަރާކުރުމަށް ވަނީ ނިންމާފަ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ލާމަރުކަޒީ ނިޒާމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "ޑީސެންޓްރައިލޭޝަން ރިވިއު" ފޮތެއް ނެރެފަ އެވެ. މި ފޮތް ނެރެދެއްވީ ފިނޭންސް މިނިސްޓަރު އަމީރާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝިއުނާ އެވެ.