މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (10:30 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:

އާރުއޯ ފެން ޕްލާންޓުތައް ކުމުންދުއަށާއި ވައިކަރަދުއަށް ގެންގޮސްފި

ހދ. ކުމުންދޫ އާއި އެ އަތޮޅު ވައިކަރަދުގައި ބަހައްޓާ އާރުއޯ ފެން ޕްލާންޓުތައް އެ ދެ ރަށަށް ގެންގޮސްފިއެވެ. މި ދެ ރަށުގައި އާރުއޯ ފެން ޕްލާންޓު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ކުރީ ކޮޅުގައެވެ. އޯޕިޑްގެ ލޯނު އެހީ އާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ބަހައްޓާ މި ފެން ޕްލާންޓުތަކުގެ އިތުރުން ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި އިސްކުރު ބަރިން އާންމުންނަށް ފެން ދޫކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. […]

އަފްރާހް އަބްދުލް ރަޝީދު

ސަގާފީ ތަރިކައިގެ ބިލާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤު ކުރައްވައިފި

ސަގާފީ ތަރިކައިގެ ބިލާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ސަޤާފީ ތަރިކައިގެ ބިލަކީ މިއަހަރުގެ އޯގަސްޓްމަހުގެ 28 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. ސަޤާފީ ތަރިކައިގެ ބިލަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައ...

އިބްރާހިމް އަސްވާޤް

އަރިއުތުރު ކައުންސިލްގެ ޓީމު ށ. އަތޮޅުކައުންސިލާ ބައްދަލުކުރައްވައިފި

އަރިއަތޮޅު އުތުރުބުރީ  އަތޮޅުކައުންސިލްގެ ޓީމު އިއްޔެ ށ. އަތޮޅު ކައުންސިލަށް ޒިޔާރަތްކޮށް އަތޮޅު ކައުންސިލަރުންނާއި، އިދާރީ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. ތަޖުރިބާ ދަތުރެއްގައި ކުރި މި ޒިޔާރަތުގައި އަތޮޅު ކައުންސިލާ ބައްދަލުކޮށް ކައުންސިލުން ހިންގާ ޕްރޮގްރާމުތައް ކުރިޔަށްގެންދާ ގޮތާއި، ކައުންސިލުން ހިންގާ ވިޔަފާރިތަކުގެ މަޢުލޫމާތާއި، އިދާރީ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތުގެ މަޢުލޫމާތު ސާފުކުރެއްވިއެވެ. އޭގެ އިތުރުން ޓީމުގެ މެންބަރުން ކައުންސިލް އިދާރާގެ އެ މުވައްޒަފެއްގެ މަސައްކަތާ...

ޔުމްނާ ޢަލީ
ދިއްދޫ އާއި ނެއްލައިދޫގައި ޓާފް ދަނޑު އެޅުން އަމިން ކޮންސްޓްރަކްޝަން އަށް

ދިއްދޫ އާއި ނެއްލައިދޫގައި ޓާފް ދަނޑު އެޅުން އަމިން ކޮންސްޓްރަކްޝަން އަށް

ރައްޖޭގެ 13 ރަށެއްގައި ޓާފް ދަނޑު އެޅުމަށް ހިންގާ މަޝްރޫއުގެ ދަށުން ހއ. ދިއްދޫ އަދި ހދ. ނެއްލައިދޫގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ނެޝަނަލް ޓެންޑަރ ބޯޑުން ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 90 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އަދި މި މަޝްރޫއަށް 8.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ. […]

އަފްރާހް އަބްދުލް ރަޝީދު

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ސްޓްރަކްޗަރަލް އަދި އާކިޓެކްޗަރަލް ކުރެހުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ދޭ މަޢުލޫމާތާ އެއްގޮތަށް ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ސްޓްރަކްޗަރަލް އަދި އާކިޓެކްޗަރަލް ކުރެހުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ސައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 19 ސެޕްޓެމްބަރ 2019 11:00 އަށް  ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަދި ބޮޑުތަކުރުފާނު ހަ...

ޔުމްނާ ޢަލީ
ފަޅު ރަށެއްގައި މީހުން ރަޖިސްޓްރީވެފައި އޮންނަތާ 9 އަހަރު

ފަޅު ރަށެއްގައި މީހުން ރަޖިސްޓްރީވެފައި އޮންނަތާ 9 އަހަރު

2011 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހދ އަތޮޅުގެ ތިން ރަށަކުން ހދ ނޮޅިވަރަންފަރަށް މީހުން ބަދަލުކޮށްފައިވެއެވެ. ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވަނީ މާވައިދޫއާއި، ފަރިދޫއާއި ކުނބުރުދޫގެ ރައްޔިތުންނެވެ. 2019 ވަނަ އަހަރާ ހަމައަށް އައިއިރު، މި ތިންރަށުގެ ތެރޭގައި އަދިވެސް ސަރުކާރުން ރަށް ބަދަލުކުރުމާ ގުޅިގެން ދޭން ހަމަޖެހިފައިވާ ގެތައް ނުލިބޭތީ ނޮޅިވަރަންފަރަށް ރަޖިސްޓްރީ ބަދަލުނުކުރާ ބަޔަކު އެބަ ތިއްބެވެ. މިމީހުންގެ ރަށްވެހިކަން އަދިވެސް އޮތީ މީހުން ބަދަލުކުރުމަށްފަހު ފަޅުރަށްރަށުގެ ގޮތުގައި...

ޝީޒާ މުހައްމަދު
ހުޅުމާލޭގައި ޑޮލަރު އޭޓީއެމްއެއް ހުޅުވައިފި

ހުޅުމާލޭގައި ޑޮލަރު އޭޓީއެމްއެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުމާލޭގައި ޑޮލަރު އޭޓީއެމްއެއް ހުޅުވައިފިއެވެ. މި އޭޓީއެމް ހުންނަނީ ފިއުލް ސަޕްލައިސްގެ ޕެޓްރޯލް ޝެޑް ކައިރީ ހުންނަ، ރެނާޓަސް އިތާމުތް ބިލްޑިންގުގަ އެވެ. މި އޭޓީއެމް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމާއި ޓްރާންސްފާގެ ހިދުމަތް ވެސް ހޯދޭނެ އެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފްކުރި ދުވަހުން ފެށިގެން މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ޑޮލަރު […]

އަފްރާހް އަބްދުލް ރަޝީދު
ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް މުޙައްމަދު ޖިނާޙް ޢައްޔަން ކުރައްވައިފި

ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް މުޙައްމަދު ޖިނާޙް ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، މައްޗަންގޮޅި ތިބްރޯޒް މުޙައްމަދު ޖިނާޙް މިއަދު ޢައްޔަން ކުރައްވައިފިއެވެ. މުޙައްމަދު ޖިނާޙަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މުޙައްމަދު ޖިނާޙް މީގެ ކުރީން ހުންނެވީ ގްރީން ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑް ގްރޫޕްގެ ޖެނެރަލް މެނޭޖަރުކަމުގެ މަޤާމުގައެވ...

އިބްރާހިމް އަސްވާޤް

"ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ހއ.އަތޮޅަށް އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށްދޭ “ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް” އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަކީ ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ހއ.އަތޮޅުގެ ސްކޫލް/ މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު...

އަފްރާހް އަބްދުލް ރަޝީދު
ހޯރަފުށި ފުޓްބޯޅަ ދަނޑުގައި ސަބް ބޭސް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހޯރަފުށި ފުޓްބޯޅަ ދަނޑުގައި ސަބް ބޭސް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހޯރަފުށި ފުޓްބޯޅަ ދަނޑުގައި ސަބް ބޭސް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ ކުރިން ހަދަން ޖެހޭ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރ އަހްމަދު މަހްލޫފްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއ...

އިބްރާހިމް އަސްވާޤް

ކެލާ ބަނދަރުގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށް އެމްޓީސީސީގެ ވެހިކަލްތައް ގެނެސްފި

ހއ. ކެލާ ބަނދަރުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީގެ ވެހިކަލްތައް މިއަދު ގެނެސްފިއެވެ. ކެލާ ބަނދަރު ހެދުމަށް ހައުސިން މިނިސްޓްރީން ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ދެހާހަށް ވުރެ ބޮޑު އާބާދީއެއް ކެލާގައި ދިރިއުޅޭއިރު ކުރިން އެރަށުގައި އޮތީ 400 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރެކެވެ. ނަމަވެސް ކެލާގެ އާބާދީއާއި، ދުއްވާ ކަނޑުއުޅަނދު ފަހަރާ އަޅާބަލާއިރު ބަނދަރުގެ ދަތިކަން ރައްޔިތުން ދިޔައީ ތަހައްމަލު […]

އަފްރާހް އަބްދުލް ރަޝީދު
ޙަޤީޤީ ތަރައްޤީއަކީ އެމީހެއްގެ ރަށް، މިހާރަށް ވުރެ ތަހުޒީބީ ޙާލަތަކަށް ބަދަލުކުން: ރައީސް

ޙަޤީޤީ ތަރައްޤީއަކީ އެމީހެއްގެ ރަށް، މިހާރަށް ވުރެ ތަހުޒީބީ ޙާލަތަކަށް ބަދަލުކުން: ރައީސް

ޙަޤީޤީ ތަރައްޤީއަކީ އެމީހެއްގެ ރަށް، އެމީހެއްގެ މުޖްތަމަޢު، މިހާރު އޮތް ޙާލަތުން، އެއަށްވުރެ ތަހުޒީބީ ޙާލަތަކަށް ބަދަލުކުރާނެ ގޮތުގެ ވިސްނުންކަން ފާހަގަކުރައްވައި ކޮންމެ ފަރުދަކީ، އެވިސްނުން އުފެއްދުމުގެ ޢިލްމީ އަދި ފަންނީ ޤާބިލްކަން ހުރި މީހަކަށް ހަދަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަލިފުށީ ސްކޫލަށް 50 އަހަރުފުރުނު ރަން ޔޫބިލް މުނާސަބާ ފާހަގަކުރުމަށް މިރޭ އެރަށުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކ...

އިބްރާހިމް އަސްވާޤް

ސާފިންގ ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދައިފިނަމަ 1.5 މިލިޔަން ރުފިޔާ

މިހާރު ކުރިއަށްދާ ވޯލްޑް ސާފިންގ ޗެމްޕިއަންޝިޕުގައި، ރާއްޖޭގެ ރާޅާއެޅުންތެރިއަކުން ރަން މެޑަލްއެއް ހޯދައިފިކަމުގައިވާނަމަ، އެރާޅާއެޅުންތެރިއަކަށް 1.5 މިލިއަން ރުފިޔާ ލިބިގެންދާނެކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މަހުލޫފު މިހެން ވިދާޅުވީ، ސާފިންގ ވޯލްޑް ޗެމްޕިއަންޝިޕުގައި ފުރަތަމަ ބުރުން ރަނގަޅު ނަތީޖާތަކެއް ހޯދުމަށްފަހު، ދެވަނަ ބުރަށް ދަތުރުކުރުމުން، އެ ރާޅާއެޅުންތެރިންނަށް މަރުހަބާ ދެންނެވުމަށް މިނިސްޓަރު ކުރެއް...

Thiladhun

​ޔޫރޯ 2020 ކޮލިފިކޭޝަންސް: ފްރާންސް އަދި އިންގްލެންޑަށް ފަސޭހަ މޮަޅެއް

ޔޫރޯ 2020ގެ ކޮލިފިކޭޝަންސްގެ ގުރޫޕް އޭގައި ރޭ އިންގްލަންޑް ވަނީ ކޮސޯވޯ ބަލިކޮށްފައެވެ. ގިނަ ގޯލްތަކެއް ފެނިގެންދިޔަ މިމެޗްގައި އިންގްލަންޑްއިން ކޮސޯވޯ ބަލިކޮށްފައިވަނީ 5-3 ގެ ނަތީޖާއަކުންނެވެ.  މެޗްގެ ފުރަތަމަ މިނިޓްތެރޭގައި ކޮސޯވޯއިން ވަނީ ގޯލެއްޖަހާ ލީޑް ނަގާފައެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފްގައި އިންގްލަންޑްއިން ވަނީ ފަސްގޯލް ޖަަހާފައެވެ. އިންގްލަންޑްގެ ފުރަތަމަ ގޯލް މެޗްގެ އަށްވަނަ މިނިޓްގައި މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވަޑް ރަހީމް ސްޓާލިން  ކާމިޔާބުކޮށް ވަނީ ނަތީޖާ...

އަޙްމަދު އަސްފާން
ޔޫރޯ 2020 ކޮލިފިކޭޝަންސް: ރޮނާލްޑޯގެ ގޯލްތަކުން ޗެމްޕިއަން ޕޯޗުގަލް މޮޅުވެއްޖެ.

ޔޫރޯ 2020 ކޮލިފިކޭޝަންސް: ރޮނާލްޑޯގެ ގޯލްތަކުން ޗެމްޕިއަން ޕޯޗުގަލް މޮޅުވެއްޖެ.

​ޔޫރޯ 2020 ކޮލިފިކޭޝަންސް: ރޮނާލްޑޯގެ ގޯލްތަކުން ޗެމްޕިއަން ޕޯޗުގަލް މޮޅުވެއްޖެ. ކްރިސްޓިއާނޯ ރޯނާލްޑޯ ކާމިޔާބުކުރި ހަތަރު ގޯލާއިއެގު ޗެމްޕިއަން ޕޯޗުގަލްއިން ޔޫރޯ ކޮލިފިކޭޝަންސްގެ ގުރޫޕްބީގައި ރޭ ލިތުއޭނިއާ ބަލިކޮށްފިއެވެ.  ޕޯޗުގަލްއިން ލިތުއޭނިޔާ ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ގޯލް މެޗްގެ ހަތްވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިތުއޭނިއާ ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ މިމެޗްގައި ލިތޫއޭނިއ...

އަޙްމަދު އަސްފާން