ހއ.އަތޮޅަށް އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށްދޭ "ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަކީ ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ހއ.އަތޮޅުގެ ސްކޫލް/ މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކާއި، ކްލަބު ޖަމުޢިއްޔާއެއް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހއ. އަތޮޅު ކައުންސިލުން މި އަހަރުގެ ނޮވެންބަރ 23 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާ އިނާމެކެވެ.
ހއ. އަތޮޅު ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިނާމަށް ކުރިމަތިލުމަށް ހުޅުވާލައި މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެ ކައުންސިލުން ކުރި އިއުލާނުގެ މުއްދަތު މި މަހުގެ 10 ދުވަހުން ފެށިގެން މި މަހުގެ 24 ދުވަހާއި ހަމައަށް އިތުރުކުރެވިފައިވަ ކަމަށެވެ. ވީމާ މުއްދަތުގައި އިނާމަށް ކުރިމަތިލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވައި އަތޮޅު ކައުންސިލަށް ހުށައެޅުއްވުން އެދެއެވެ.
ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:
- ޝަރަފުވެރިކަމުގެ އިނާމު
- ހިތްވަރުދިނުމުގެ އިނާމު
- ކައުންސިލުންދޭ ޚާއްޞަ އިނާމު
- މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްޞަ އިނާމު
- ޚާއްޞަ ޚިދުމަތުގެ އިނާމު
- ހިންގުންތެރިކަމުގެ އިނާމު
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!