ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުމާލޭގައި ޑޮލަރު އޭޓީއެމްއެއް ހުޅުވައިފިއެވެ.

މި އޭޓީއެމް ހުންނަނީ ފިއުލް ސަޕްލައިސްގެ ޕެޓްރޯލް ޝެޑް ކައިރީ ހުންނަ، ރެނާޓަސް އިތާމުތް ބިލްޑިންގުގަ އެވެ. މި އޭޓީއެމް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމާއި ޓްރާންސްފާގެ ހިދުމަތް ވެސް ހޯދޭނެ އެވެ.

Ad
rt

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފްކުރި ދުވަހުން ފެށިގެން މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 800,000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އަދި ހަމަ މި މުއްދަތުގައި ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 490 މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.