ގޯލްޑެން ފުޓްސަލް: ހދ ގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިން ނޭކުރެންދޫ ޓީމުގައި
މިރޭ ފަށަން ހަމަޖެހިފައިވަ ގޯލްޑެން ފުޓްސަލް މުބާރާތުގައި ހދ އަތޮޅުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިން ހިމެނެނީ ނޭކުރެންދޫ ޓީމުގައެވެ. އެގޮތުން މިފަހަރު ނޭކުރެންދޫ ޓީމްގެ ފޯވާޑްއަށް ކުޅޭ އަހްމަދު އިމާޒް އަކީ ރާއްޖޭގެ ގައުމީ ޓީމްއަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ގައުމީ ޓީމްއަށް ގޯލްމެޑަލް ހާސިލްކުރި މުބާރާތުގައި އަހްމަދު އިމާޒް އާއްކޮ ވަނީ ކުޅެފައެވެ. ރާއްޖޭގެ ބޮޑެތި ކުލަބްތަކުގެ މެދުތެރެ ބެލެހެއްޓުމުގައި ފާހަގަ ކޮށްލެވޭ އަލީ އިފާޒް އަކީވެސް ނޭކުރެންދޫ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. އަލީ އިފާޒ...