މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކައުންސިލްތައް ބާރުވެރިކުރަން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

ކައުންސިލްތައް ބާރުވެރިކުރަން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށައެޅުއްވި، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު  ހަރުދަނާކޮށް، ލޯކަލް ކައުންސިލުތައް  ބާރުވެރިކުރުވުމަށްޓަކައި ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިއަދު ފާސްކުރި އިސްލާހަކީ ގާނޫނުއަސާސީގެ އަށްވަނަ ބާބަށް ހުށަހެޅި އިސްލާހުތަކެކެވެ. މީގައި ހިމެނެނީ ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުން، އަދި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ ރައީސުންނާއި އެ...

މަރްޔަމް ސިމާނާ
ރާއްޖޭގެ އެންމެ ފުރަތަމަ ހޮޓެލް އިންވެސްޓްމަންޓް ފަންޑް ތައާރަފް ކޮށްފި

ރާއްޖޭގެ އެންމެ ފުރަތަމަ ހޮޓެލް އިންވެސްޓްމަންޓް ފަންޑް ތައާރަފް ކޮށްފި

ރާއްޖޭގެ އެންމެ ފުރަތަމަ ހޮޓެލް އިންވެސްޓްމަންޓް ފަންޑް، “މޯލްޑިވްސް ހޮސްޕިޓާލިޓީ އިންކަމް ފަންޑް 1” ގެ ނަމުގައި ފަންޑެއް މޯޓީޒާ ކެޕިޓަލް ލިމިޓެޑް އިން ތައާރަފްކޮށްފި އެވެ. ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒްކޮށް ރަޖިސްޓްރީ ކުރެވިފައިވާ މި ފަންޑަކީ ރާއްޖޭގެ ތާރީހުގައި ޓޫރިޒަމަށް އިންވެސްޓްކުރަން އުފެދުނު އެންމެ ފުރަތަމަ ފަންޑުވެސް މެއެވެ. މި ފަންޑްގެ މައިގަނޑު އިންވެސްޓްމަންޓްތައް ކަމަށް ކަނޑައެޅިފައި ވަނީ މެޒަނިން ފައިނޭންސިން (ބޭންކް ލޯންގެ ބަދަލުގައި ޕްރޮޖެކްޓްތަކަށް އަމާޒު ކުރ...

ފާތިމަތު ސިނާޒާ

226 ރަންވޭ މޫވްމަންޓާއި އެކު ވީއައިއޭގެ އާ ރިކޯޑެއް

ނިމިގެންދިޔަ އާދިއްތަދުވަހު ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ރަންވޭ، ރިކޯޑު އަދަދަކަށް ބޭނުން ކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. އާދިއްތަދުވަހު ވީއައިއޭ އަށް އިންޓަނޭޝަނަލް 102 ފްލައިޓާއި ޑޮމެސްޓިކް 121 ފްލައިޓްގެ އިތުރުން އެޑް-ހޮކް ތިން ފްލައިޓާ އެކު، ޖުމްލަ 226 ރަންވޭ މޫވްމަންޓް ރެކޯޑް ކުރެވިފައިކަމަށް އެމްއޭސީއެލް ވަނީ ބުނެފައެވެ. މީގެ ކުރީގެ ރިކޯޑަކީ 219 ފްލައިޓް މޫވްމަންޓެވެ. މި ދުވަސްވަރު ރާއްޖެ އަށް ގިނަ އަދަދަކަށް ޕްރ...

ފާތިމަތު ސިނާޒާ
ބީއެމްއެލްގެ ހިދުމަތްތަކަށް ހާއްސަ ސެންޓަރުތަކެއް- ކަސްޓަމަރުންނަށް ލުޔެއް

ބީއެމްއެލްގެ ހިދުމަތްތަކަށް ހާއްސަ ސެންޓަރުތަކެއް- ކަސްޓަމަރުންނަށް ލުޔެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތަކަށް ހާއްސަ ސެންޓަރުތަކެއް ގާއިމް ކުރުމަށް ނިންމައިފިއެވެ. ބޭންކުގެ ހިދުމަތްތަކަށް މިފަދަ ބޮޑު ބަދަލެއް ގެންނަން ނިންމާފައިވަނީ ބޭންކުގެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ދިނުމަށާއި ބައިނަލް އަގްވާމީ ފެންވަރުގެ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އެގޮތުން ގެނެވުނު ބަދަލާއި އެކު އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކައުންޓު ހުޅުވުމަށް ހާއްސަ ސެންޓަރަކާއި ލޯން ސެންޓަރެއ...

ފާތިމަތު ސިނާޒާ
ނޮޅިވަރަމް ސްކޫލުގައި 6 ކުލާސް ރޫމް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި

ނޮޅިވަރަމް ސްކޫލުގައި 6 ކުލާސް ރޫމް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި

ހދ ނޮޅިވަރަމް ސްކޫލަށް އަލަށް އިތުރުކުރެވޭ 6 ކުލާސް ރޫމްގެ މަސައްކަތް ކުރުމަށް ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްފި އެވެ. ނޮޅިވަރަމް ސްކޫލްގެ 6 ކުލާސް ރޫމް އެޅުމުގެ މަސައްކަތުގެ އިތުރު ގއ ގެމަނަފުށީ ސްކޫލުގައި 10 ކުލާސް އެޅުމަށްވެސް ހަވާލުކުރީ ސްފިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ އެވެ. ގއ.ގެމަނަފުށި ސްކޫލްގައި 10 ކްލާސްރޫމް އަދި ހދ.ނޮޅިވަރަމް ސްކޫލްގައި 06 ކްލާސްރޫމް އިމާރާތްކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކުރުން@aisthly pic.twitter.com/zS9tCV20zB — Ministry of Educat...

އިބްރާހިމް އަސްވާޤް
ކޯޓު އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމް ފަށައިފި

ކޯޓު އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމް ފަށައިފި

މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓު އޮފިސަރުންނަށް އަމާޒުކޮށްގެން “ކޯޓު އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމް”ގެ ނަމުގައި 2019 ޑިސެންބަރު 3 އިން 4 އަށް މާލޭގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމް، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. ޢަބްދުﷲ ނަޒީރު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ. ޖުޑީޝަލް އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ މި ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ ކޮންމެ ޖުޑީޝަލް ދާއިރާއަކުން 2 ކޯޓު އޮފިސަރުން ހިމެނޭގޮތަށް މުޅި ޖުމްލަ 42 ކޯޓު އޮފިސަރުން ބައިވެރިވާ، މި ޕްރޮގްރާމުގެ މަޤްޞަދަކީ ހުރިހާ ކޯޓެއްގައިވެސް ކ...

އިބްރާހިމް އަސްވާޤް
ކެލާ ސްޕަރ ލީގް 2019 ފުޓްބޯޅަ މުބާރާތް ފަށަައިފި

ކެލާ ސްޕަރ ލީގް 2019 ފުޓްބޯޅަ މުބާރާތް ފަށަައިފި

ކެލާ ސްޕަރލީގު 2019 ފުޓްބޯޅަ މުބާރާތް ފެށިއްޖެއެވެ. ހއ. ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން ހިންގަވާ މި ބުރާތް ފެށުމުގެ ގޮތުން އިއްޔެ ކެލާ ބޯޅަދަނޑުގައި ކުޅެވުނު ފުރަތަމަ މެޗް ޝަރަފުވެރި ކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިނެވެ. މި މުބާރާތަކީ ކެލާގައި ހުންނަ ސަރުކާރުގެ އިދާރާތަކާއި ކެލާގައި ވިޔަފާރި ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގަވާ މުބާރާތެކެވެ. މި މުބާރާތުގައި ހަތަރު ޓީމެއް ބައިވެރި ވެފައި ވެއެވެ. އެއީ ފެނަކަ ކެލާ ބްރާންޗް، ކެލާ […]

އިބްރާހިމް އަސްވާޤް

އައްޑޫ ސައުތު ޕާމް ރިސޯޓް ހުޅުވައިފި

މިދިޔަ އާދިއްތަ ދުވަހު އައްޑޫގައި އާ ރިސޯޓެއް ހުޅުވައިފި އެވެ. ސ. ހުޅުމީދޫ ކައިރީގައި އޮންނަ އިސްމެހެލާ ހެރައިގައި ތަރައްގީކޮށްފައިވާ “ސައުތު ޕާމް މޯލްޑިވްސް ރިސޯޓް” ރަސްމީކޮށް ހުޅުވާފައި ވަނީ އިސްމެލާ ހެރާގައި ތަރައްގީކުރާ ރިސޯޓުގެ ފުރަތަމަ ފިޔަވައްސެވެ. ސ. ގަމުން ފުރައިގެން ދިހަ މިނެޓުން ދެވޭ ހިސާބުގައި އޮންނަ މި ރިސޯޓުގައި ތަފާތު 6 ކެޓަގަރީއެއްގެ ކޮޓަރި ހުރެ އެވެ. އޭގެ ތެރޭގައި ޕްރައިވެޓް ޕޫލް ލާފައިވާ ކޮޓަރިތަކާއި  ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެއުންތައް ލިބޭ […]

އިބްރާހިމް އަސްވާޤް

މިލަންދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ށ. މިލަންދޫ ރައްޔިތުންނަށް އަމާޒުކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޟާގެ އިސްނެންގެވުމުގެ މަތިން މިލަންދޫ ޕޮލިސް ސްޓޭޝަނާއި، ސިއްހީ މަރުކަޒާއި، އަންހެނުންގެ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ހިނގާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިލަންދޫ ދާއިރާގެ ކައުންސިލު މެމްބަރު ސައުދުﷲ އުސްމާނެވެ. ފާއިތުވި ނޮވެމްބަރ...

އިބްރާހިމް އަސްވާޤް
ދަރީންގެ މެދުގައި ހަމަހަމަ ކުރުން!

ދަރީންގެ މެދުގައި ހަމަހަމަ ކުރުން!

މާލެއަކީ ދުނިޔޭގައި ބިމުގެގޮތުން އެންމެ ބޮޑަށް ތޮއްޖެހިފައިވާ ވެރިކަންކުރާ ރަށެވެ. އެހެންކަމުން، މިމާލޭގައި ޢާއިލާތައް އުޅެނީ ކުޑަކުޑަ ކޮޓަރިތަކާއި އެޕާރޓްމެންޓްތަކުގައެވެ. ދެތިންހަތަރު ޢައިލާ އެއްތަނެއްގައި ނުވަތަ އެއްގެއެއްގައި އުޅުމަކީ އާންމުކަމެކެވެ. ގިނަ ޢާއިލާތަކެއް އެއްތަނެއްގައި އުޅެންޖެހުމުގެ ސަބަބުން، ތަފާތު ގިނަގުނަ މައްސަލަތަކެއް ފެންމަތިވެއެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ދަރީންގެ މެދުގައި ތަފާތު ކުރުމެވެ. ނޭނގި ނަމަވެސް އެއްދަރިއަކަށް ނުވަތަ ދަރީންތަކަކަށް އިސްކަނ...

ޝެއިޚް ޝަފީއު އަބްދުﷲ
"އާސްކް ސްޕީކަރ"ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ބާއްވަނީ

"އާސްކް ސްޕީކަރ"ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ބާއްވަނީ

“އާސްކް ސްޕީކަރ”ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނިންމަވައިފިއެވެ. އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމަކީ ރައްޔިތުންގެ މަޖިލީހާއި ގުޅޭގޮތުން ރައްޔިތުން ކުރައްވަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކުގެ ޖަވާބު ދެއްވުމަށް ބާއްވާ، ‘އާސްކް ސްޕީކަރ” ޕްރޮގްރާމް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 9:00 ގައި ޕީއެ...

ޔުމްނާ ޢަލީ
ނައިބު ރައީސްގެ އަރިހަށް ޔުނާން ޕްރޮވިންސްގެ ގަވަރުނަރު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ނައިބު ރައީސްގެ އަރިހަށް ޔުނާން ޕްރޮވިންސްގެ ގަވަރުނަރު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ‌‏ގަވަރުނަރު މިސްޓަރ ރުއާން ޝެންގްފާ އިޙްތިރާމުގެ ޒިޔާރަތެއް ‌‏ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާޢިމުކުރިތާ މި ވީ ސާޅީސް ހަތް އަހަރުގެ ތެރޭގައި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އ...

އިބްރާހިމް އަސްވާޤް

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ. މިއަދު ނައްތާލައިފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 2012 އިން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި  ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެއްޗެވެ. އެގޮތުން ދޫނިދޫގައި މިއަދު ނައްތާލައިފައިވަނީ 788 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނ...

އިބްރާހިމް އަސްވާޤް
މާލެ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަ ފިލުވުން ލަސްވަނީ މޫސުން ތަންނުދީގެން

މާލެ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަ ފިލުވުން ލަސްވަނީ މޫސުން ތަންނުދީގެން

މާލެ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަ ފިލުވުން ލަސްވަނީ މޫސުން ތަންނުދީގެންކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެފިއެވެ. ހުކުރު މިސްކިތުގެ މުންނާރު ހަޑިވެފައިވާތީ ގިނަޔަބަކު ޝަކުވާ ކުރަންފެށުމާއި ގުޅިގެން މިނިސްޓްރީ އޮފް އާޓްސް ، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގަމުން އަންނަ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދުވަނީ ނޫސްބަޔާނެއް ނެރެފައެވެ. މިބަޔާނުގައިވަނީ މާލެ ހުކުރު މިސްކިތު މުންނާރަކީ ތިން ސަތޭކަ އަހަރު ވާން ގާތް ވެފައިވާ، އަގުނުކުރެވޭނެ ފަދަ ތަރިކ...

ހުސައިން ހަބީބް

6 އަހަރުގެ ޔޫސުފް އަށް ޕާކިސްތާން ސަފީރު ލެޕްޓޮޕެއް ހަދިޔާކުރައްވައިފި

އުމުރުން އެންމެ ހަ އަހަރުގައި ގުރުއާން ހިތު ދަސްކުރި ރ. އިނގުރައިދޫ އުދަރެސް/ ޔޫސުފް ބިން މާޒިން އަށް ޕާކިސްތާން އިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ވަސީމް އަކްރަމް ހިތްވަރުދެއްވާ އެކަމުގެ އަގު ވަޒަންކޮށް ލެޕްޓްޕެއް ހަދިޔާ ކުރައްވައިފިއެވެ. ޔޫސުފް އަށް ލެޕްޓޮޕް ހަދިޔާ ކުރައްވާފައިވަނީ އިއްޔެ ރައްޖޭގެ ޕާކިސްތާން އެމްބަސީގައި ޔޫސުފްގެ އާއިލާ އާއި އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައެވެ. ރާއްޖޭގެ ޕާކިސްތާން ސަފީރު މިކަން ފާހަކޮށްފައިވަނީ ނިމިގެންދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު [...

ފާތިމަތު ސިނާޒާ