ނޮޅިވަރަންފަރާއި ކުޅުދުއްފުށީގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ހާލަތު ނައިބު ރައީސް ބައްލަވާލައްވައިފި
މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ނޮޅިވަރަންފަރާއި ކުޅުދުއްފުށީގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ހާލަތު ނައިބް ރައީސް ބައްލަވާލައްވައިފިއެވެ. ތިލަދުންމަތީގެ ރަށްރަށަށް އިއްޔެ ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ފެން ބޮޑުވެފައިވަނީ ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރުގައެވެ. އެގޮތުން ނޮޅިވަރަންފަރުގެ ޗައިނާ ޓައުންގެ 50 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. އަދި ކުޅުދުއްފުށީގެ 20 ގެޔަކަށް ފެންވަދެ އެކިވަރުގެ ގެއްލުންވަނީ ވެފައެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަޙް...