ރާއްޖެ މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވާލައިފި މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭގޮތުން 2013 ވަނަ އަހަރު ފާސްކުރި ޤާނޫނާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވާލައި، ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ. 14 ބޭފުޅުން ހިމެނިވަޑައިގަންނަވާ މި ކޮމިޓީގެ ރައީސްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. މި ކޮމިޓީއަކީ، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނުގެ ދަށުން ހިންގަންޖެހޭ ކަންކަނ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރުގައި ފެންބޮޑުވެ 50 ގެޔަކަށް ގެއްލުންވެއްޖެ އިއްޔެއިން ފެށިގެން ހުއްޓާނުލާ މިއަދު މެންދުރާ ހަމައަށް އުތުރުގެ ރަށްތަކަށް ކުރަމިންދާ ވިއްސާރައިގައި ނޮޅިވަރަންފަރުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، 50 ގެޔަކަށް ފެންވަދެގެން މިހާތަނަށް ރިޕޯޓްކޮށްފައިވާކަމަށް ނޮޅިވަރަބްފަރު ކައުންސިލުން ބުނެފި އެވެ. ކައުންސިލްގެ ރައީސް އަހްމަފު އިބްރާހިމް ވިދާޅުވީ، ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން 50 ގެޔަކަށް ފެންވަދެ ގެއްލުން ލިބިފައިވާކަމުގެ ރިޕޯޓް ކައުންސިލަށް ލިބިފައިވާ ކަމަށެވެ. Raajje ah kuramundhaa vissaaraigai Hdh. Nolhivaranfaruge 50 ge avvure gi... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަސްވެރިންގެ ދުވަސް- ހދ. ނެއްލައިދޫ އަށް އީދެއް އެންމަސް އެމްވީގެ ފަރާތުން އިންތިޒާމްކޮށް ހދ.ނެއްލައިދޫ އަސަރީމާގެ އަލް މަރުޙޫމް އަބްދުލް ސަމަދު އަލީގެ ހަނދާނުގައި ހދ ނެއްލައިދޫގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށާއި ވާދައަށް މަސްބޭނުމުގެ ގޮތުން ބާއްވާ މުބާރާތެއް ބާއްވަން ނިއްމައިފިއެވެ. އަލް މަރުޙޫމް އަބްދުލް ސަމަދަކީ ހދ ނެއްލައިދޫއަށް އުފަން، މަސްވެރިކަމުގެ ދާއިރާއިން މެދުކެނޑުމެއްނެތި 71 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާއިން ރައީސުލްޖުމުހޫރިއްޔާ ދެއްވާ ދެ އިނާމެއް މި ބޭފުޅާއަށް ވަނީ ލިބިވަޑައިގެންފައެވެ... ފާތިމަތު ސިނާޒާ · 6 އަހަރު ކުރިން
ރާއްޖެ 152 އިންޖިނިއަރުންނާއި އެކު ފެނަކައިން ”އިންޖިނިއަރުންގެ މަހާސިންތާ” ފަށައިފި 152 އިންޖިނިއަރުންނާއި އެކު ފެނަކައިން ”އިންޖިނިއަރުންގެ މަހާސިންތާ” ފަށައިފި އެވެ. ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގައި މަސައްކަތް ކުރާ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށް “އިންޖިނިއަރިންގ ސިމްޕޯޒިއަމް 2019″ގެ ނަމުގައި މަހާސިންތާއެއް ފަށައިފި އެވެ. މިއަދު ހެނދުނު ދަރުބާރުގޭގައި ފެށި އެ މަހާސިންތާ ޝަރަފްވެރިކޮށްދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމްއެވެ. ފެނަކަ ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި “އިންޖިނިއަރިންގ ސިމްޕޯޒިއަމް 2019” އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ އިސްރާފުކުރުން ހުއްޓާލައި ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭ: ނައިބު ރައީސް ރައްޔިތުންގެ އުންމީދުތައް ހަޤީޤަތަކަށް ހެދުމަށްޓަކައި ޚާއްޞަކޮށް ދައުލަތުން ދޭ ޚިދުމަތްތައް ރަނގަޅުކޮށް، ބޭކާރު ޚަރަދާއި އިސްރާފުކުރުން ހުއްޓާލައި ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު މިއަދު ވިދާޅުވެއްޖެއެވެ. ފެނަކަ ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި “އިންޖިނިއަރިންގ ސިމްޕޯޒިއަމް 2019” އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކުރާ ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ މާފަރު އިންޓަރނޭޝަނަލް އެެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށައިފި މާފަރު އިންޓަރނޭޝަނަލް އެެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ. މިއަދު 09:00 ގައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރި މޯލްޑިވިއަންގެ ޝެޑިއުލް ފުލައިޓް މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދުގެ 09:40 ގައެވެ. މާލެއިން މާފަރަށް ދިއުމަށް ނަގަނީ 40 މިނެޓެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ ރަސްމީ ދަތުރުތައް މާފަރަށް މިއަދު ހެނދުނު ފެށިފައިވާއިރު އެކަން... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބޯކޮށް ވާރޭވެހި ތިލަދުންމަތީގެ ރަށްރަށުގައި ފެން ބޮޑުވެއްޖެ ބޯކޮށް ވާރޭވެހި ތިލަދުންމަތީގެ ރަށްރަށުގައި ފެން ބޮޑުވެއްޖެއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ.ކުރިނބީ، ހދ. ކުޅުދުއްފުށި އަދި ހދ.ނޮޅިވަރަންފަރުގެ ބައެއް ގެތަކަށް ފެންވަދެ، ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ނޮދާން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދެއްމުންދާކަމަށެވެ. Raajje ah kuramundhaa vissaaraagai HDh. Kurin'bi, HDh. Kulhudhuffushi adhi HDh. Nolhivaranfaru ge baeh gethakah fenvadhe, baeh magutha... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ވިޔަފާރި އުރީދޫ އިން ވައިފައި ކޯލިން ތައާރަފްކޮށްފި އޫރީދޫ މޯލްޑިވްސް އިން ރާއްޖެއަށް ވައިފައި ކޯލިން ތައާރަފްކޮށްފިއެވެ. މިއީ ރާއްޖެއަށް މުޅިން އަލަށް ތައާރަފް ކުރެވޭ ހިދުމަތެކެވެ. މި ހިދުމަތް ތައާރަފްކޮށްފައިވަނީ މިރޭ ކުރިއަށްދާ “އޫރީދޫ ކަލަރ ރަން” މިއުޒިކް ފެސްޓިވަލުގެ ތެރެއިން ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އަދި އޫރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާންއެވެ. ވައިފައި ކޯލިން ބޭނުންކޮށްގެން ކަސްޓަމަރުންނަށް އެޗްޑީކޮށް އޫރީދޫ ކޯލިން ރޭޓުތަކާއި އެއް އަގެއްގައި ރޭންޖުޑަށް ހިސާބުތަކުގައި ތިބޭ ފަރާތްތަކަށް ގުޅާލެވޭނެއެވެ. މި ހިދުމ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބޮޑު ތިލަދުންމައްޗަށް ޔެލޯ އެލާޓް: ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭތީ މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 08:10 އިންމެނދުރު 12:00 އަށް ހއ އިން ފެށިގެން ނ އަތޮޅާ ދެމެދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން […] އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތީމު އާދަމްބޭގެ ގަލަމުން: އެކެއްދޭއްގެ ދަތުރު އެކެއްދޭއްގެ ދަތުރަކީ ރާއްޖެތެރޭގެ އަތޮޅުތަކުގައި މީހުންދިރިއުޅޭ ކޮންމެ ރަށަކުންވެސް މަހަކު އެއްފަހަރު އެއަތޮޅެއްގެ އަތޮޅުވެރިކަން ކުރާ ރަށަށް ކުރި ދަތުރެކެވެ. ރާއްޖޭގެ އެކިހިސާބުތަކުގައި މިދަތުރަށް ކިޔާނަން ތަފާތުވެދާނެއެވެ. އަޅުގަނޑު މިދަންނަވަނީ ތިލަދުންމަތީގައި މިދަތުރަށް ކީނަމެވެ. މިދަތުރަށް އެކެއްދޭއްގެ ދަތުރޭ ކިޔަނީ ދަތުރުކުރާ ދުވަހަށް ނިސްބަތްކޮށްގެންނެވެ. އެއީ ކޮންމެ މަހެއްގެ ފުރަތަމަ ދެދުވަހުގެ ތެރޭގައި (އެއްވަނަ ދުވަހާއި ދެވަނަ ދުވަހު) މިދަތުރު ކުރަން ޖެހޭތީއެވެ. މިކަން އަޅުގަނޑަށް ފެ... އުތީމު އާދަމް ޢަބްދުއްރަޙްމާން · 6 އަހަރު ކުރިން
ރާއްޖެ ހަރުކަށި އަނިޔާވެރި އަމަލުތައް ހުއްޓުވުމުގައި ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރައްވައިފި ހަރުކަށި އަނިޔާވެރި އަމަލުތައް ހިންގުން ހުއްޓުވުމުގައި ހުރިހާ ފަރާތްތަކުން ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ހޯމް މިނިސްޓަރ އިލްތިމާސްކުރައްވައިފިއެވެ. މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިކަމަށް އިލްތިމާސްކުރެއްވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމް ދީނަށް ކުޑައިމީސް ބަސް ރައްދުކޮށް، ފުރައްސާރަކޮށް މަލާމާތް ރައްދުކުރުމާ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ އަމަލުތައް މަދުން ނަމަވ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޔޫ.އެން.ޑީ.ޕީ ހިލޭ އެހީގެ ދަށުން އައިޑިއާސް އިން ހއ ކެލާގައި ތަފާތުއެކި ޕްރޮޖެކްޓްތައް ހިންގަނީ “ގުލޯބަލް އެންވިރަމަންޓް ފެސިލިޓީ ސުމޯލް ގްރާންޓްސް ޕްރޮގުރާމް މޯލްޑިވުސް” ދަށުން މަދަނީ ޖަމިއްޔާތަކަށް ފޯރުކޮށްދޭ ހިލޭއެހީ، އެންމެ ރަނގަޅު ޕުރޮޕޯސަލްތައް ހުށައެޅި ފަރާތްތަކާއި ހަވާލުކޮށްފިއެވެ. ހިލޭއެހީ ކަމިޔާބުކުރި ފަރާތްތަކަށް، ކާމިޔާބުކުރިކަމުގެ ލިޔުން ހަވާލުކުރުމަށް ހާއްސަ ހަފްލާއެއް ވަނީ މިމަހުގެ 28 ވަނަ ދުވަހު ސެންޓުރަލް ހޮޓެލްގައި ބާއްވަފައެވެ. މި ހަފްލާގައި ލިޔުންތައް ހަވާލުކޮށްދެއްވީ ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އާއި މިނިސްޓަރ އޮފް ފިޝަރީޒް، މެރިންރިސޯރސަސް އެންޑް އެގު... ތިލަދުން · 6 އަހަރު ކުރިން
ރާއްޖެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. މި ފުރުސަތު އެ ކައުންސިލުން ހުޅުވާލާފައިވަނީ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައެވެ. އިއުލާނުގައި ބުނެފައިވަނީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު 01 ޑިސެމްބަރ 2019 އިން 19 ޑިސެމްބަރ 2019 ގެ ނިޔަލަށް ހުޅުވާލާކަމަށެވެ. “މި ގޮޅިތަކަށް އެދޭނީ އެކަމަށް ޚާއްޞަކޮށް މި ކައުންސިލުން ދޫކުރާ ފޯމުންނެވެ. މި ފޯމް ރަސްމީ ދުވަސް ދުވަހު ހެނދުނު 8:00 […] އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިއްލަދޫ ހޮލިޑޭ ކަޕް: ޑީޖޭ އަމީކޯ ފައިނަލަށް، ސެމީފައިނަލް މާދަމާ އެހެން އަހަރުތަކޭކޭވެސް އެއްފަދައިން މިއަހަރުވެސް ބޮޑު ޗުއްޓީއާއި ދިމާކޮށް ފިއްލަދޫ ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްދާ ފިއްލަދޫ ހޮލިޑޭ ކަޕްގެ ލީގު އުސޫލުން ކުޅުމަށް ހަމަޖެހިފައިވާ މެޗްތަކުގެ ކުޅުން ނިންމާލައިފިއެވެ. ފަހު ދެމެޗްގެ ކުޅުން މިއަދު ނިމުނުއިރު ހެނދުނުގެ މެޗްގައި އެފްސީ ލެޖެންޑްސް އަދި ފޮލޯމީ ބައްދަލުކޮށް އެފްސީ ލެޖެންޑްސްއިން މެޗް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މެޗްގެ ދެގޯލްވެސް ކާމިޔާބުކޮށްދިން އަބްދުﷲ ޝިފާއު ހާޝިމްއެ... އަޙްމަދު އަސްފާން · 6 އަހަރު ކުރިން
ރާއްޖެ ދީނާ ނުގުޅޭ ކަންކަން ކުރާމީހުންނާ ދީނަށް ފުރައްސާރަ ކުރާމީހުންނަށް ޞައްޙަ ޢަޤީދާ އޮޅުންފިލުވައިދޭންޖެހޭ އިސްލާމް ދީނުގެ ނަމުގައި، ދީނާ ނުގުޅޭ ކަންކަން ކުރާމީހުންނާ އަދި އިސްލާމް ދީނަށް ފުރައްސާރަކުރަމުންދާ މީހުންނާ މެދުގައިވެސް އަޅަން އެންމެ ރަނގަޅު ފިޔަވަޅަކީ، ދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައިދީ، ޞައްޙަ ޢަޤީދާ އެމީހުންގެ ހިތްތަކުގައި ހަރުލެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ދެއްކެވި ވާހަކ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން