ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ނެގުމާއި މެދު ޔާސިރާއި ރާއީވެސް ދެކޮޅު!
ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ނެގުމާއި މެދު ޔާސިރާއި ރާއީވެސް ދެކޮޅުކަމަށް ހާމަކޮށްފިއެވެ. މިކަމާއި ދެކޮޅުކަން ހާމަކުރައްވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޔާސިރު ލަތީފް “މަޖިލީހުން ނަގާ ވޯޓަކުން ކައުންސިލަރުއިން ވަކިކުރެވޭ ގޮތް ހަދަނީ” މިސުރުހީގެ ދަށުން އޮތް ހަބަރެއްގެ ފޮޓޯ ހިމަނުއްވާ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އެބޭފުޅާއަށް ފެންނަ ގޮތުގައި މިއީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. މިކަމާއި ގުޅިގެން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ޔާސިރު އިތުރަށް ވިދާޅުވީ މަޖި...