އުމުރުން އެންމެ ހަ އަހަރުގައި ގުރުއާން ހިތު ދަސްކުރި ރ. އިނގުރައިދޫ އުދަރެސް/ ޔޫސުފް ބިން މާޒިން އަށް ޕާކިސްތާން އިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ވަސީމް އަކްރަމް ހިތްވަރުދެއްވާ އެކަމުގެ އަގު ވަޒަންކޮށް ލެޕްޓްޕެއް ހަދިޔާ ކުރައްވައިފިއެވެ.
ޔޫސުފް އަށް ލެޕްޓޮޕް ހަދިޔާ ކުރައްވާފައިވަނީ އިއްޔެ ރައްޖޭގެ ޕާކިސްތާން އެމްބަސީގައި ޔޫސުފްގެ އާއިލާ އާއި އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައެވެ.
ރާއްޖޭގެ ޕާކިސްތާން ސަފީރު މިކަން ފާހަކޮށްފައިވަނީ ނިމިގެންދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހާފިޒްގެ ޝަރަފް ޔޫސުފަަށް ލިބިފައިވާތީ އެކަމުގެ އަގު ވަޒަން ކުރުމަށް ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
މިހާ ޅައުމުރެއްގައި ކީރިތި ގުރުއާން ހިތުދަސްކޮށްފައިވާތީ އެކަމުގެ އަގުވަޒަންކޮށް ޔޫސުފްއަށް ހިތްވަރުދެއްވާ ރައީސްލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްވެސް ވަނީ ޔޫސްފްއާއި ޔޫސުފްގެ އާއިލާއާއި ބައްދަލުކުރައްވާފައެވެ.
H.E. Vice Admiral Waseem Akram (Retd), Ambassador presented Gift of Laptop to the 06 years old Hafiz Yousaf Bin Mazin of Maldives, in recognition of his remarkable achievement of becoming Hafiz of the Holy Quran, on 30 Nov 19, pic.twitter.com/mtx4yvBXsQ
— Pakistan in Maldives (@PakinMaldives) December 1, 2019
ދޮންދޫނި ލިޓްލް ލާނާސް ޕްރީ ސުކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ޔޫސުފް ކީރިތި ގުރުއާން އެއްކޮށް ހިތުދަސް ކޮށްފައިވާތީ އިސްލާމިކް މިނިސްޓަރވެސް ވަނީ ހިތްވަރުދެއްވާފައެވެ.
ޔޫސުފް އަކީ ދިވެހިރާއްޖޭގައި މިހާ ޅާއުމުރެއްގައި ކީރިތި ގުރުއާން ހިތުދަސްކުރި ފުރަތަމަ ފަރާތްވެސްމެއެވެ. މިއަދު މިކުޑަ ކުޑަ ޔޫސުފް އަކީ މުޅި ގައުމު ފަހުރުވެރިވާ ފަދަ ދަރިއެއްވެސްމެއެވެ. އަދި އަޅުގަނޑުމެން އެމެންވެސް އެދެނީ މިކުޑަ މުޖުތަމައުގައި ޔޫސުފް ފަދަ އެތައް ޔޫސުފެއް އުފެދިގެން ދިޔުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!