ޤައުމީ ޤުރުއާން މުބާރާތުން 1ވަނަ ހޯދާ ފަރާތްތަކަށް ޕީއެޗްޑީއާހަމައަށް ކިޔެވުމަށް ރައީސްގެ ސްކޮލަޝިޕް
ޤައުމީ ޤުރުއާން މުބާރާތުގެ އެކި ބައިތަކުން 1ވަނަ ހާސިލުކުރާ ފަރާތްތަކަށް ޕީއެޗްޑީއާ ހަމައަށް ބޭނުން ގައު ގައުމަކުން ކިޔެވުމުގެ ފުރުޞަތު ދެއްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢިއުލާންކުރަށްވައިފިއެވެ. ރައީސް މުޢިއްޒު މިކަން އިޢުލާން ކުރެއްވީ އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ތިން ބައިން، އެއީ ނުބަލާ ކިޔެވުމުގެ ބައި، ބަލައިގެން ކިޔ...