ނިމިގެންދިޔަ އާދިއްތަދުވަހު ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ރަންވޭ، ރިކޯޑު އަދަދަކަށް ބޭނުން ކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

އާދިއްތަދުވަހު ވީއައިއޭ އަށް އިންޓަނޭޝަނަލް 102 ފްލައިޓާއި ޑޮމެސްޓިކް 121 ފްލައިޓްގެ އިތުރުން އެޑް-ހޮކް ތިން ފްލައިޓާ އެކު، ޖުމްލަ 226 ރަންވޭ މޫވްމަންޓް ރެކޯޑް ކުރެވިފައިކަމަށް އެމްއޭސީއެލް ވަނީ ބުނެފައެވެ.

Ad
rt

މީގެ ކުރީގެ ރިކޯޑަކީ 219 ފްލައިޓް މޫވްމަންޓެވެ.

މި ދުވަސްވަރު ރާއްޖެ އަށް ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓް ޖައްސަމުންދައިރު ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ސްކޫލް ޗުއްޓީއާ އެކުވެ، ވީއައިއޭ އަށް ވެސް ވަނީ ވަރަށް ބާރުބޮޑުވެފަ އެވެ.

މިދިޔަ މަހު ސީޕްލޭން ދަތުރުތަކާ އެކު އެއާޕޯޓުގެ ފްލައިޓް މޫވްމަންޓު ވަނީ 622 އަށް އަރާފަ އެވެ.