ކުރޫޒް ޝިޕެއްގައި ނުރައްކާތެރި ހެންޓާވައިރަސް ފެތުރި ތިން މީހަކު މަރުވެއްޖެ
ނުރައްކާތެރި ހެންޓާވައިރަސް ފެތުރިފައިވާ ކުރޫޒް ޝިޕް، ‘އެމްވީ ހޮންޑިއަސް’ އިން ބަލިޖެހުނު ތިން މީހަކު ކުއްލި ހާލަތުގައި ބޭލުމަށްފަހު، އެ އުޅަނދު މިހާރު ސްޕެއިންގެ ކެނޭރީ އައިލެންޑްސްއަށް ދަތުރުކުރަން ފަށައިފިއެވެ. މި އުޅަނދު ތިން ދުވަސް ވަންދެން ކޭޕް ވާޑޭ ކައިރީގައި ބަނދަރުކޮށްފައި އޮތުމަށްފަހު ދަތުރު ފަށާފައިވަނީ ބަލިޖެހުނު މީހުން ފަރުވާއަށް ނެދަލޭންޑްސްއަށް ގެންދިއުމަށްފަހުގައެވެ. އޮޕަރޭޓަރު އޯޝަންވައިޑް އެކްސްޕެޑިޝަންސްއިން ބުނި ގޮތުގައި، ބޭލި މީހުންގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތް، ނެދަލ...