މަރުގެ އަދަބު ދިނުމަށް ޚާއްސަ ޤާނޫނެއް ހެދުމުގެ ބިލެއް ހިމެނޭހެން އިތުރު ބިލުތަކެއް
ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ޚާއްސަ ޤާނޫނެއް ހެދުމުގެ ބިލެއް ހިމެނޭހެން މުހިންމު ބިލުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު އުޝާމް މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ބަންޑާރަނައިބު ވިދާޅުވީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމާއި އެފަދަ މައުލޫމާތު ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅާ ބިލެއް މަޖިލީ...