ރާއްޖެ މި ވަގުތު މި އޮތީ، ތަރައްޤީގެ ދަތުރުގެ މުހިންމު ފައްތަރެއްގައި: ރައީސް
2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް އެކުލަވާލާފައިވާ އާރުކާޓީއާއެކު، ރާއްޖެ މިހާރު އޮތީ ތަރައްޤީގެ ދަތުރުގެ މުހިންމު ފައްތަރެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ ކޮލޮމްބޯގައި މިއަދު ކުރިއަށްދިޔަ “މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް” ގައި ތަޤުރީރުކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2040 ގެ ތަސައްވުރަކީ ރާއްޖޭގެ ތަރައްޤީގެ އާރުކާޓީއެއްގެ...