ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދޭނެ ކަމަށް ބެލެވޭ ކަމަށް ޔޫއޭއީގެ ވިޔަފާރީގެ މަރުކަޒު ކަމަށްވާ ދުބާއީގެ މަސްދަރުތަކާ ހަވާލާދީ ސީ.އެން.އެން އިން ރިޕޯޓްކޮށްފިއެވެ.
މި ނިންމުން އައިސްފައިވަނީ މަސް ދުވަހުގެ މުއްދަތަށް ދެމިގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސް، މަސްރަހު ނުރައްކާތެރި ދަރަޖައަކަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
މަސްރަހު ގޯސްވާން މެދުވެރިވި ސަބަބުތައް
މަޝްރަހް ގޯސްވި އެންމެ ބޮޑު ސަބަބަކީ އެމެރިކާގެ ބޮލެކޭޑެވެ. ސުލްހައަށް އީރާނުން ފުރުސަތު ދިނުމުން ވެސް އެމެރިކާ ދިޔައީ އީރާނުގެ ބޯޓުތައް ހުއްޓުވައި އީރާން ބަނޑަށް ޖެއްސުމުގެ އޮޕަރޭޝަނެއް ހިންގަމުންނެވެ.
ހޯރްމޫޒް ކަނޑުއޮޅީގައި ތާށިވެފައިވާ މުދާ އުފުލާ ބޯޓުތައް ބާރުގެ ބޭނުންކޮށްގެން ނެރުމަށް އެމެރިކާގެ ކަނޑުގެ ސިފައިން "ޕްރޮޖެކްޓް ފްރީޑަމް" ނަމުގައި އޮޕަރޭޝަނެއއ ފެށުމަކީ މަސްރަހު ހޫނުވި އެނެއް ސަބަބެކެވެ. އެމެރިކާގެ އެއްވެސް އުޅަނދެއް އެ ކަނޑުއޮޅިއަށް ވަދެއްޖެނަމަ އެއީ އެއްބަސްވުމާ ހިލާފުވުން ކަމަށް އީރާނުން ބުނެފައިވާއިރު، އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް އީރާނުން ވަނީ މިސައިލް ހަމަލާއެއް ދީފައެވެ.
ފާއިތުވި 12 ގަޑިއިރުގެ ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާތަކަކާ ގުޅިގެން ކުއްލި އަސްކަރީ ރައްދެއް ދޭންޖެހޭ ހާލަތަކަށް ކަންކަން ވަނީ ބަދަލުވެފައެވެ. އެގޮތުން މިއަދު ކުރީކޮޅު އީރާނުން ވަނީ ޔޫ.އޭ.އީގެ ފުޖައިރާ އޮއިލް އިންޑަސްޓްރީ ޒޯނަށް ކްރޫޒް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ. ޔޫ.އޭ.އީގެ މިނިސްޓްރީ އޮފް ޑިފެންސްއިން ތިން މިސައިލެއް ހުއްޓުވި ނަމަވެސް، އެއް މިސައިލް އަރައި އެ ސަރަހައްދުގައި ވަނީ އަލިފާން ރޯވެފައެވެ. މިއީ އޭޕްރީލް 8 ގައި ހަމަލާ ބަދަލުކުރުން ހުއްޓާލި ފަހުން ޔޫ.އޭ.އީއަށް ސީދާ ގޮތުން ދިން ފުރަތަމަ ހަމަލާއެވެ.
ޑިޕްލޮމެސީ ފެއިލްވުން
މި މައްސަލައިގައި އީރާނުން ހުށަހެޅި 14 ނުކުތާގެ ސުލްހައިގެ ހުށަހެޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރަސްމީކޮށް ބޭރުކޮށްލައްވާފައެވެ. ޓްރަމްޕް ވިދާޅުވީ ކަނޑުއޮޅި ބަންދުކުރުމުގެ ބަދަލުގައި ތެހެރާނުން އަދި "އެކަށީގެންވާ ވަރުގެ ބޮޑު އަގަކުން ޖޫރިމަނާވެފައި ނުވާ" ކަމަށެވެ.
ޔޫ.އޭ.އީގެ ސަލާމަތީ ފިޔަވަޅުތައް
މިހާރު އޮތް ނުރައްކާތެރި ހާލަތާ ގުޅިގެން ޔޫ.އޭ.އީގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. މިސައިލްގެ ނުރައްކަލެއް އޮތުމުން ރައްކާތެރިކަން ހޯދުމަށް އަންގައި، ދުބާއީ އާއި ޝާރްޖާގެ ރައްޔިތުންގެ ފޯނުތަކަށް ވަނީ ކުއްލި ނުރައްކަލުގެ އެލާޓް ފޮނުވާފައެވެ. އަދި އިތުރު ހަމަލާއެއް އަތުވެދާނެތީ، އެމެރިކާ އާއި ޔޫ.އޭ.އީގެ ހަނގުރާމަމަތީ ބޯޓުތަކުން ދަނީ ގަލްފްގެ ވައިގެ ސަރަހައްދުގައި ޕެޓްރޯލް ކުރަމުންނެވެ.
މުހައްލިލުން ފާހަގަކުރާ ގޮތުގައި، ސީ.އެން.އެން އިން ރިޕޯޓްކުރި 24 ގަޑިއިރުގެ މުއްދަތުން ދޭހަވަނީ ހަނގުރާމައިގެ ދެވަނަ މަރުހަލާއަކަށް އަސްކަރީ ތައްޔާރީތައް މިހާރުވެސް ނިމިފައިވާ ކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!