މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ފުނަދޫ ރައްޔިތުންގެ ފަރާތުން ނަރުދޫ ރައްޔިތުންނަށް އެހީއެއް!

ފުނަދޫ ރައްޔިތުންގެ ފަރާތުން ނަރުދޫ ރައްޔިތުންނަށް އެހީއެއް!

ށ.ފުނަދޫ ރައްޔިތުންގެ ފަރާތުން ށ.ނަރުދޫގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. ފުނަދޫ އިން މި ނޫހަށް މައުލޫމާތު ދެއްވި  މީހަކު ވިދާޅުވީ  މިއީ މުޅި ނަރުދޫއައް ފޯރުކޮށްދެއްވައިފައި  އެހީތެރިކަމެއް ކަމަށެވެ. އަދި މި ތަކެތީގެ ތެރޭގައި ހިމެނެނީ ބޯފެން، ކަނޑުމަސް، މަސްދަޅު، ނޫޑުލްސް އަދި ޕާން ފަދަ ތަކެއްޗާއި މީގެ އިތުރުން ގޭތެރެއަށް ބޭނުންވާ ބްލިޗް އާއި އޯމޯ ފަދަތަކެތި ހިމެނެއެވެ. “މި އެހީތެރިކަމަކީ ފުނަދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން ނަރުދޫ ރައްޔިތުންނ...

ޖަލްވާން ޖާދުﷲ
ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަޙައްދަކަށް ޔެލޯ އެލާރޓް ނެރެފި

ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަޙައްދަކަށް ޔެލޯ އެލާރޓް ނެރެފި

55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ޔެލޯ އެލާރޓް ނެރެފިއެވެ. ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު ހަވީރު 05:00 ން މިރޭގެ 09:00 އަށެވެ. މިސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށާއި، 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް ބުނެފައެވެ. އަދި ވިލާގަނޑުގަޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެކަމަށާއި،  މިސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީ...

ޔުމްނާ ޢަލީ
މި މަހު ވެސް މީޓަރުގެ ފޮޓޯ ފޮނުވަން ސްޓެލްކޯއިން އެދިއްޖެ

މި މަހު ވެސް މީޓަރުގެ ފޮޓޯ ފޮނުވަން ސްޓެލްކޯއިން އެދިއްޖެ

މޭ މަހުގެ ކަރަންޓް ރީޑިން ނެގުމަށް ކަރަންޓް މީޓަރު ތަކުގެ ފޮޓޯ ފޮނުވުމަށް ސްޓެލްކޯއިން އެދެފި އެވެ. ކޮވިޑް19 އާއި ގުޅިގެން ސްޓެލްކޯ އިން އަންނަނީ ގޭގެޔަށް ގޮސް ކަރަންޓް ރީޑިން ނެގުމުގެ ބަދަލުގައި އޮންލައިންކޮށް އެކަން ކުރުމަށް އެދެފައެވެ. އެގޮތުން ސްޓެލްކޯ ވެބްސައިޓް މެދުވެރިކޮށް މީޓަރުކޮށް ފޮޓޯ ފޮނުވުމަށް ވަނީ އެދިފައެވެ. ސްޓެލްކޯއިން ބުނެފައިވަނީ މީޓަރު ތަކުގެ ފޮޓޯ ނުފޮނުވާ ނުވަތަ ފޮނުވެން ނެތް ފަރާތްތަކަށް މިފަހަރުވެސް ދޫކުރާނީ އެވްރެޖް ބިލެއްކަމަށެވެ. އަދި އެވްރެޖް ބިލް […]

ޔުމްނާ ޢަލީ
އެސްޓީއޯއަށް ފުރަތަމަ ކުއާޓާގައި 114 މިލިއަން ރުފިޔާގެ ފައިދާއެއް

އެސްޓީއޯއަށް ފުރަތަމަ ކުއާޓާގައި 114 މިލިއަން ރުފިޔާގެ ފައިދާއެއް

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 114 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ. އެސްޓީއޯއިން ނެރެފައިވާ ފުރަތަމަ ކުއަރޓަރގެ ކުއަރޓަރލީ ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައި ބަލާއިރު 141 މިލިއަން ރުފިޔާ ނުވަތަ ހަ ޕަސެންޓުގެ އިތުރު ވުމެކެވެ. ހުރިހާ ހަރަދުތައް ކެނޑުމަށްފަހު އެ […]

ޔުމްނާ ޢަލީ
ދިއްދޫގެ ކުލަބުތަކުގެ މެދުގައި ފޯރިގަދަ ފޭން ބޭސް ކަޕެއް

ދިއްދޫގެ ކުލަބުތަކުގެ މެދުގައި ފޯރިގަދަ ފޭން ބޭސް ކަޕެއް

ހއ. ދިއްދޫގެ ވާދަވެރި ފުޓްބޯޅަ ކުލަބުތަކުގެ މެދުގައި ފޯރިގަދަ ފޭން ބޭސް ކަޕެއް ދިއްދޫ އޮންލައިންގެ ފަރާތުން ކުރިއަށް ގެންގޮސްފިއެވެ. ދިއްދޫ އޮންލައިންގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ފުރަބަނދާއި އަދި ރޯދަމަހާއި ދިމާކޮށް ކުރިއަށް ގެންދިޔަ ފޭން ބޭސްކަޕެއް ކަމަށެވެ. މި ކަޕުގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ. މިޓީމް ތަކަކީ އެޗް އެން ސްޕރޯޓްސް ކުލަބް، ލައިކެން ސްޕޯރޓްސް، ބީއެކްސް ސްޕޯރޓްސް ކުލަބް، ރިއަލް ޓީ ސްޕޯރޓްސް ކުލަބް، މިޑްލްސް ސްޕޯރޓްސް ކުލަބް، […]

އަލީ އާދިލް
ކޯވިޑް-19: ނޮޅިވަރަންފަރު ސްކޫލުގެ އަހަރީ ހަދިޔާ ފްރޮންޓް ލައިނުގައި މަސައްކަތް ކުރާ މުއައްސަސާތަކަށް

ކޯވިޑް-19: ނޮޅިވަރަންފަރު ސްކޫލުގެ އަހަރީ ހަދިޔާ ފްރޮންޓް ލައިނުގައި މަސައްކަތް ކުރާ މުއައްސަސާތަކަށް

ހދ. ނޮޅިވަރަންފަރު ސްކޫލްގެ 51 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން، ކޯވިޑް-19 އާއި ގުޅިގެން އެރަށުގެ ފްރޮންޓް ލައިންގައި އިސްކޮށް މަސައްކަތް ކުރާ މުއައްސަސާތަކަށް އެހީތެރިކަންދީ، އެފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި އެކުގައި ތިބިކަން ދައްކުވައި ދީފިއެވެ. މިގޮތުން ނޮޅިވަރަންފަރު ސްކޫލުން ވަނީ ކޯވިޑް-19 އާއި ގުޅިގެން އެރަށުގައި އިސްކޮށް މަސައްކަތްކުރާ 3 މުއައްސަސާއަކަށް، ނޮޅިވަރަންފަރު ސްކޫލަށް މިއަހަރު ފުރޭ 51 އަހަރާއި ގުޅުވައިގެން 51 ފޭސް ޝީލްޑް ހަދައި، ހަދިޔާކޮށްފައިއެވެ. ނޮޅިވަރަންފަރު ސްކޫލ...

ޔުމްނާ ޢަލީ
ކޯވިޑް-19: އެއް މަސް ނުވާ ތުއްތު ކުއްޖަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އެއް މަސް ނުވާ ތުއްތު ކުއްޖަކު ޕޮޒިޓިވްވެއްޖެ

ވިހޭތާ މަސް ދުވަސްވެސް ނުވާ ތުއްތު ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޯވިޑްގެ އަލާމާތްތައް ފެނުމާއި ގުޅިގެން ޓެސްޓްކުރި ވިހޭތާ އެއް މަސް ނުވާ ކުއްޖަކު ކޯވިޑަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. “އެކުއްޖާ އަޅުގަނޑުމެން ޓެސްޓުކުރީ އެއީ ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓެއް، […]

ޝިއުނާ އާދަމް
އިސްސަފުގައި މަސައްކަތްކުރާ 199 މީހަކު ވަނީ ޕޮޒިޓިވް ވެފައި: ޑރ. އަފްޒަލް

އިސްސަފުގައި މަސައްކަތްކުރާ 199 މީހަކު ވަނީ ޕޮޒިޓިވް ވެފައި: ޑރ. އަފްޒަލް

ކޯވިޑް-19 ގެ މި ހާލަތުގައި ރާއްޖޭގައި އިސްސަފުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 199 މީހަކު މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެޑިކަލް އޮފިސަރ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ރާއްޖޭގައި އިސްސަފުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 199 މީހަކު މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އެގޮ...

ޝިއުނާ އާދަމް
ބަންގްލަދޭޝްއިން ރާއްޖެއަށް އިތުރު އެހީގެ ތަކެތި ފޮނުވައިފި

ބަންގްލަދޭޝްއިން ރާއްޖެއަށް އިތުރު އެހީގެ ތަކެތި ފޮނުވައިފި

ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެއަށް އަނެއްކާވެސް އެހީތެރިކަން ފޯރުކޮށް ދީފިއެވެ. މިފަހަރު އެ ޤައުމުގެ ސަރުކާރުން ވަނީ މިއަދު ރާއްޖެއައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓުގައި ރާއްޖެއަށް ކާނާގެ ބާވަތްތަކާއި، ސިއްހީ ސާމާނުތަކެއް ފޮނުވާފައެވެ. މިއަދު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖެއައި ބަންގްލަދޭޝްގެ ދެވަނަ އަސްކަރީ މަތިންދާ ބޯޓުގައި ނުވަ ޓަނަށް ވުރެ ގިނަ ކާނާގެ ބާވަތްތަކާއި، ސިއްހީ ސާމާނާއި އަދި އެނޫންވެސް އެހީގެ ތަކެތި ފޮނުއްވާފައި ވާތީ، ޝުކުރު އަދ...

އަލީ އާދިލް
ކޯވިޑް-19: 47 މީހުން ޕޮޒިޓިވް ވެއްޖެ

ކޯވިޑް-19: 47 މީހުން ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 38 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ އަލަށް ޕޮޒިޓިވްވީ 19 ދިވެހިންނާއި، ބަންގްލަދޭޝް 22 މީހުންނާއި، ނޭޕާލު 2 މީހުންނާއި އަދި އިންޑިއާ 4 މީހެއް ކަމަށެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1078 އަށް އިތުރު ވެފައެވެ. ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 58 މީހަކު ރަނގަޅުވެފަ އެވެ. އަދި […]

ޔުމްނާ ޢަލީ
ކޯވިޑް-19: ދިއްދޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފި

ކޯވިޑް-19: ދިއްދޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފި

ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ހއ. ދިއްދޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އެފިޔަވަޅުތަކަށް އަމަލުކޮށް ދިނުމަށް ދިއްދޫ ކައުންސިލުން އެރަށުގެ ރައްޔިތުންގެ ކިބައިން އެދެފިއެވެ. އެކަމާއި ގުޅިގެން ދިއްދޫ ކައުންސިލުން ބުނީ ކޯވިޑް-19 ބަލިމަޑުކަން ދިވެހި މުޖްތަމަޢުގެ ތެރޭގައި ހަލުވި ކަމާއެކު ފެތުރެމުން ދިއުމާއި އަދި ކުރިއަށްއޮތް 2 ހަފްތާއަކީ ބަލިފެތުރޭ މިންވަރު އެންމެ މައްޗަށް ދާނެކަމަށް ލަފާކުރެވޭ ދެ ހަފްތާކަމަށްވާތީ ، ދިއްދޫގެ ރައްޔިތުން މި ބަލިން ރައްކާތެރިކުރުމަށް އަޅާނެ ފިޔަވަ...

ޝިއުނާ އާދަމް
ކޯވިޑް-19: ދިވެހި މުވައްޒަފުން ވަކި ކުރި ކުންފުނިތަކަށް ޝަރުތުތަކާއި އެކު އިތުރު ފުޞަތެއް

ކޯވިޑް-19: ދިވެހި މުވައްޒަފުން ވަކި ކުރި ކުންފުނިތަކަށް ޝަރުތުތަކާއި އެކު އިތުރު ފުޞަތެއް

ރިލީފް ލޯނަށް އެޕްލިކޭޝަން ހުށަހެޅު ކުންފުނިތަކާއި ވިޔަފާރިތަކުގެ ތެރޭގައި ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ވިޔަފާރިތަށް، ލޯނަށް އެދުމަށް ހުށަހެޅި އެޕްލިކޭޝަންތައް މިހާރު ރިޖެކްޓުކޮށްފައި ވިޔަސް ޝަރުތު ތަކަކާއިއެކު އިތުރު ފުރުޝަތެއް ދޭން ސަރުކާރުން ނިންމައިފިއެވެ. އެކަން ހާމަކުރެއްވީ މިއަދު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ފިނޭންސް މިނިސްޓަ...

ޝިއުނާ އާދަމް
ލައިލަތުލް ޤަދްރި ލިބޭތޯ ތިޔަބައިމީހުން މަސައްކަތް ކުރާށެވެ!

ލައިލަތުލް ޤަދްރި ލިބޭތޯ ތިޔަބައިމީހުން މަސައްކަތް ކުރާށެވެ!

ރަމަޟާން މަހުގެ ފަހު 10 މިހާރު މިވަނީ ބައްދަލުކޮށްފަ އެވެ. މި ބަރަކާތްތެރި މައްސަރުގެ ފަހު ދުވަސްތައް މިވަނީ ގުނަން ފެށިފަ އެވެ. އެހެންކަމުން ރަމަޟާން މަސް ނިމިގެންދާއިރު، އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވެ އެވެ. ރަމަޟާން މަހުގެ އޮނަހިރި ރޭތަކުގައި ލައިލަތުލްގަދުރި ވިލޭރޭވާ ކަމަށާއި އެ ރޭ ހޯދުމަށް ފަހު ދިހައިގެ މަސައްކަތް ކުރާށެވެ. ހަމައެކަނި އޮނަހިރި ރޭތަކެއް […]

އަލީ އާދިލް
ޕްރެގާރސް އެމްވީގެ އެހީތެރިކަން ހަނިމާދޫއަށް

ޕްރެގާރސް އެމްވީގެ އެހީތެރިކަން ހަނިމާދޫއަށް

ކޯވިޑް-19 ގެ ހާލަތުގައި ހދ. ހަނިމާދޫއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ޕްރެގާރސް އެމްވީގެ ފަރާތުން 1000 އަންގި ހަނިމާދޫ ކައުންސިލަށް ހަދިޔާކޮށްފިއެވެ. ޕްރެގާރސް އެމްވީ ގެ ފަރާތުން ހަދިޔާކުރި އަންގި ހަނިމާދޫ ކައުންސިލަށް ހަވާލު ކޮށްދިނީ ހުސެން ޝާފިޢު އަލީ އެވެ. ހަނިމާދޫ ކައުންސިލް އެތަކެއްޗާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް އަބްދުލް ސަލާމް ޢަލީ އެވެ. މި ތަކެއްޗާއި ހަވާލުވެއްވުމަށްފަހު ދެއްކެވި ވާހަކާގައި ކައުންސިލްގެ ރައީސް ސަލާމް ވިދާޅުވީ މިފަދަ ދަޑިވަޅެއްގައި ޕްރެގާރސް އެމްވީ މިހަދީ...

ޔުމްނާ ޢަލީ
9 މީހުން ފައްސިވި ޚަބަރަކީ މަނަދޫއަށް ވެއްޓުނު ވަރުގަދަ ބޮމެއް!

9 މީހުން ފައްސިވި ޚަބަރަކީ މަނަދޫއަށް ވެއްޓުނު ވަރުގަދަ ބޮމެއް!

މަނަދޫން އިތުރު ނުވަ މީހުން ކޯވިޑް-19 އަށް ފައްސިވި އަވަސް ޚަބަރުން މީޑިއާތައް ފުރާލިއެވެ. އެވީ ދިހަޔެކެވެ. ފުރަތަމަ “މަނަދޫ ފައްސިވި އުމުރުން ދުވަސްވީ މީހާ” އެވެ. ނަން ނޭނގުނަސް “އެ މީހާ” މުޅި ރާއްޖެ މިހާރު ދަނެއެވެ. “އެ މީހާ” ފުރަތަމަ ފައްސިވެފައި، ދެވަނަ ފަހަރު ނައްސިވެފައި، ތިންވަނަ ފަހަރުގެ ޓެސްޓުން އަނެއްކާ ވެސް ފައްސި ވިއެވެ. މި ތަފުސީލުތައް ވިދާޅުވެ ދެއްވަނީ ނޭޝަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބުރޫކު ޢަބްދުލް ޢަޒީޒެވެ. “އެ […]

ޢަބްދުﷲ ސަޢީދު