މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ފިތުރު އީދު ނަމާދު ގޭގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި

ފިތުރު އީދު ނަމާދު ގޭގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި

މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑުޖަމާއަތް ނުހަދާ ގޭގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ. އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވަނީ ރާއްޖޭގެ މިވަގުތުގެ ހާލަތު އޮތް ގޮތުގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުހެދުމަށާއި، ގޭގައި އީދު ނަމާދު ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެކަން ރައްޔިތުންނަށް އަންގައި ދިނުމަށް ސާކިއުލާގައި އެދިފައިވެއެވެ. އަދި އީދު ނަމާދު ބޮޑު ޖަމާއަތް ނުހެދުނުކަމުގައި ވީނަމަވެސް ގޭގައި އިީދު ނަމާދު ކުރުމަށާއި، ގިނަ ގ...

އިބްރާހިމް އަސްވާޤް
"މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން" ޖޫން 8 ގައި އިފްތިތާޙުކުރަނީ

"މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން" ޖޫން 8 ގައި އިފްތިތާޙުކުރަނީ

ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާބެހޭ ޕްލޭން “މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން” ޖޫން 8 ވަނަ ދުވަހު ވާރޗުއަލްކޮށް އިފްތިތާޙުކުރުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ބުނެފިއެވެ. “މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން”ގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާއި ބެހޭ ޕްލޭން އެކުލަވާލަމުންދަނީ ފަތުރުވެރިކަމާބެހޭ ދާއިރާގެ ކަމާބެހޭ ފަރާތްތަކާއި، ހިދުމަތްދޭ ސްޓޭކް ހޯލްޑަރުން އެކުގައިކަމަށް އެމްއެމްޕީއާރު...

ޔުމްނާ ޢަލީ
ދިވެއްސަކު އަތުން ލިޔެ، އިހަވަންދޫ މާ މިސްކިތަށް ވަޤުފުކޮށްފައިވާ ޤުރުއާން ފޮތް ފޮށި

ދިވެއްސަކު އަތުން ލިޔެ، އިހަވަންދޫ މާ މިސްކިތަށް ވަޤުފުކޮށްފައިވާ ޤުރުއާން ފޮތް ފޮށި

މިއީ، މީގެ އެތައް ސަތޭކަ އަހަރެއް ކުރީން ދިވެއްސަކު އަތުން ލިޔެ ޖަމާކޮށްފައިވާ ޤުރުއާން ފޮތްފޮއްޓެކެވެ. 30 ޖުޒުއު ވަކީން 30 ފޮތުގައި ލިޔެ، ކޮންމެ ފޮތެއްގެ ފެށުމުގައި މުސްކުޅި ތާނައަކުރަކުން އެއް ޞަފްޙާގެ ތަޢާރަފެއް ލިޔެފައިވެއެވެ. މިޒަމާނު މީހަކަށް ދޭހަވާން އުނދަގޫ ގޮތްތަކެއް ހުރި ކަމުގައި ވިޔަސް، މި ލިޔެފައިވަނީ “އިހަވަންދޫ އިބްރާހީމް މުސްކުޅި ދޮންކަލޯ” ނަމަކަށް ކިޔާ ބޭކަލެއްކަން ދޭހަވެއެވެ. އަދި އިހަވަންދޫ މާ މިސްކިތަށް ފޮތްބައި ވަޤުފުކޮށް “ޢުޘްމާނު ކަލޯ” ނަމަކަށް ކިޔާ […]

ތިލަދުން
ފުރަބަންދުގެ މުއްދަތު އިންޑިއާއިން ދިގު ދަންމާލައިފި

ފުރަބަންދުގެ މުއްދަތު އިންޑިއާއިން ދިގު ދަންމާލައިފި

އިންޑިޔާގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު މިހިނގާ މޭ މަހުގެ 31 ގެ ނިޔަލަށް އެ ޤައުމުން ދިގު ދަންމާލައިފިއެވެ. ކުރިން އެ ޤައުމުގައި ޢިއުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު އޮތީ ރޭ މެންދަމަށް ހަމަވާ ގޮތަށެވެ. ނަމަވެސް އެ ޤައުމުން މިވަނީ އިތުރު 2 ހަފްތާއަށް އެ ޤައުމުގެ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. އިންޑިއާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ، ކުރިއަށްއޮތް ދެ ހަފްތާއަށް އައު އުސޫލުތަކެއް އެކަށައަޅައި އިޢްލާން ކޮށްފައެވެ. އިގްތިސާދީ މަސައްކަތްތައް ހުޅުވާލުމުގެ ކަ...

ހުސައިން ހަބީބް
އިތުރު 4 ދިވެހިން ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 1094 އަށް

އިތުރު 4 ދިވެހިން ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 1094 އަށް

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 4 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ އަލަށް ޕޮޒިޓިވް ވެފައި ވަނީ ހަތަރު ދިވެހިން ކަމަށެވެ. އެހެން ކަމުން އިއްޔެ މިބައްޔަށް ރާއްޖެއިން ވަނީ 16 މީހަކު ޕޮޒިޓިވް ވެފައެވެ. އެޗްޕީއޭއިން އިއްޔެ ފުރަތަމަ އަލަށް ޕޮޒިޓިވް ކަމަށް ހާމަކުރީ ބަންގަލްދޭޝްގެ 4 މީހުންނާއި ލަންކާ މީހެއް ކަމަށެވެ. އޭގެ ފަހުން ޕޮޒިޓިވްވީ 5 ދިވެހިންނާއި ބަންގަލްދޭޝް މީހެއްގެ އިތުރުން […]

ޝިއުނާ އާދަމް
އެޗްއާރުސީއެމްގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފި

އެޗްއާރުސީއެމްގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފި

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފޮނުވާފައިވާ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި އިއުލާން ކުރުމަށް މިއަދުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. މާދަމާ ހެނދުނު 11:00 ގައި އޮންލައިންކޮށް ބާއްވާ މަޖިލީހުގެ ޖަލްސާއަށް މަޖިލިހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި ހިމެނިފައި ވަނީ، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން އެދިފައި ވާތީ އެޗްއާރުސީއެމްގެ މެންބަރުން މަގާމުން ވަކި...

އަލީ އާދިލް
ދޮގު އިންޓަރވިއުގެ ބޭނުމަކީ ރައީސް ނަޝީދު ޤަތުލުކޮށްލުމަށް ލޭ ހުއްދަކަމަށް ދެއްކުން: މަޖިލިސް

ދޮގު އިންޓަރވިއުގެ ބޭނުމަކީ ރައީސް ނަޝީދު ޤަތުލުކޮށްލުމަށް ލޭ ހުއްދަކަމަށް ދެއްކުން: މަޖިލިސް

ރ. އަނގޮޅިތީމު ޖީޒާގޭ ޢަލީ އިބްރާހީމް ދައްކާފައިވާ ވާހަކައަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޤަތުލުކޮށްލުމަށް ލޭ ހުއްދަކަމަށް ދެއްކުމުގެ ބޭނުމުގައި ބަޔަކު ކޮށްފައިވާކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފާހަގަކުރައްވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފިއެވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި އިންޓަރވިއު ދިން މައްސަލަ ތަޙްޤީޤުކޮށް ދައުވާ ...

އަލީ އާދިލް
ފުރަ ބަންދާއިއެކު ވިސާ ފީ ދެއްކުން ދަތިވެ، ޖޫރިމަނާވާތީ ކަންބޮޑުވުން

ފުރަ ބަންދާއިއެކު ވިސާ ފީ ދެއްކުން ދަތިވެ، ޖޫރިމަނާވާތީ ކަންބޮޑުވުން

ކޮވިޑް-19އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކުރުމާ ގުޅިގެން ވޯކް ވިސާ ފީ ދެއްކުމުގައި ދަތިވެ، ޖޫރިމަނާ އަރާތީ ކަންބޮޑުވާ ކަމަށް ސީ ވޯލްޑް މޯލްޑިވްސް އިން މިއަދު ބުނެފިއެވެ. ސީ ވޯލްޑަކީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އިތުރުން އަމިއްލަ ފަރުދުން ގެންނަ ބިދޭސީންގެ ވޯކް ވިސާ ފީ ދައްކަމުން އަންނަ އޭޖެންސީ އެކެވެ. މަހުގެ 15 ގައި އެ އެޖެންސީން އިމިގްރޭޝަނަށް ފޮނުވި ސިޓީގައި ބުނީ މާލެ ލޮކްޑައުންކުރުމާ ގުޅިގެން ވިސާ ފީ […]

ޔުމްނާ ޢަލީ
ޗައިނާގެ ދެ ކުންފުންޏަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދީފި

ޗައިނާގެ ދެ ކުންފުންޏަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދީފި

ކޯވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާގެ ދެ ކުންފުންޏަކުން ރާއްޖެއަށް އިތުރު އެހީތެރިކަން ފޯރުކޮށްދީފިއެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓުވީޓްތަކެއްގައި ވަނީ އެ ޤައުމުގެ ދެ ކުންފުންޏަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޗައިނާގެ ޓެލްހައު އިންޓަނޭޝަނަލް އިންޖިނިއަރިންގް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން ރާއްޖެއަށް ދެލައްކަ ފޭސް މާސްކް ހަދިޔާ...

އަލީ އާދިލް
މަނަދޫއަށް ބޭނުންވާ ކޭބަލް ރޯލު ގެންދިޔުމުގައި ހެނބަދޫ ޒުވާނުން

މަނަދޫއަށް ބޭނުންވާ ކޭބަލް ރޯލު ގެންދިޔުމުގައި ހެނބަދޫ ޒުވާނުން

މަނަދޫން އިތުރު ނުވަ މީހުން ކޯވިޑް-19 އަށް ފައްސިވެ ކަރަންޓްގެ ޚިދުމަތް ކެނޑި ރަށުތެރެ ފެންބޮޑުވެ ރަށުގެ ރައްޔިތުން ބިރުވެރިކަމެއްގެތެރޭގައި މިވާ ދަނޑިވަޅުގައި މަނަދޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ކޭބަލް ރޯލު ގެންދިޔުމުގައި ހެނބަދޫ ޒުވާނުން އެހީތެރިވެއްޖެއެވެ. ނ. ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރ އަޙްމަދު އީސާ ވިދާޅުވީ ހެނބަދޫއަކީ އަބަދުވެސް އެކުވެރި، ހިތްހެޔޮ ރައްޔިތުންތަކެއް އުޅެމުންދާ ރަށެއްކަމަށާއި މިވަގުތު ނ. ހެނބަދޫގެ ޒުވާނުން ނުކުމެ މަނަދޫއަށް ބޭނުންވާ ކޭބަލް ރޯލު ނިއ...

އިބްރާހިމް އަސްވާޤް
މިދުވަސްވަރުވެސް އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނާތީ ރާއްޖެއިން ކުށްވެރިކޮށްފި

މިދުވަސްވަރުވެސް އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނާތީ ރާއްޖެއިން ކުށްވެރިކޮށްފި

ކޮވިޑް-19 އާ ދެކޮޅަށް ދުނިޔެއިން ހަނގުރާމަކުރަމުންދާއިރުވެސް އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި އެވެ. ކޮވިޑް-19ގެ ނުރައްކަލާ ދުނިޔެއިން ކުރިމަތިލާފައިވާ މިދަނޑިވަޅުގައިވެސް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ފަލަސްތީނާ އިސްރާއީލް އޮތުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅޭގޮތަށް އިސްރާއީލުން ހިންގަމުންދާ އަމަލުތައް ދިވެހިރާއްޖެއިން ކުށްވެރިކުރީ ނަން-އެލައިންޑް މ...

އިބްރާހިމް އަސްވާޤް
ބާ ކައުންސިލްގެ އިމްތިހާނު ހެދުމުގެ ޝަރުތު ފަސްކުރަން ނާޒިމުގެ އިސްލާހެއް

ބާ ކައުންސިލްގެ އިމްތިހާނު ހެދުމުގެ ޝަރުތު ފަސްކުރަން ނާޒިމުގެ އިސްލާހެއް

ރާއްޖޭގައި އަމަލުކުރަމުންދާ “ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު”ގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުވަހުގެ ތަމްރީނު ފުރިހަމަކުރުމާއި، ބާ އިމްތިހާނު ފުރިހަމަކުރުމަށް އަމަލުކުރުން ފަސްކުރަން، އެ ގާނޫނަށް ރައްޔިިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްލާހެއް ހުށަހަޅައިފިއެވެ. ނާޒިމް މިއަދު ވިދާޅުވީ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދަން ދަތިވެ ހުއްދަ ނުލިބުމުގެ...

ޔުމްނާ ޢަލީ
ކޯވިޑް-19: ޕޮޒިޓިވް މީހުންގެ ޢަދަދު 1083 އަށް

ކޯވިޑް-19: ޕޮޒިޓިވް މީހުންގެ ޢަދަދު 1083 އަށް

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 5 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މިރޭގެ 8:30 އާ ހަމަށް އަލަށް ޕޮޒިޓިވްވި 5 މީހުން ތެރޭގައި ހިމެނެނީ ބަންގްލަދޭޝް 4 މީހުންނާއި، ލަންކާ މީހެއް ކަމަށެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1083 އަށް އިތުރު ވެފައެވެ. ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 58 މީހަކު ރަނގަޅުވެފަ […]

ޝިއުނާ އާދަމް
އަތޮޅުތެރޭގައި ޞިއްޙީ ފަރުވާދިނުމުގެ އިންތިޒާމު ރޭވިފައިވާގޮތް ނާއިބް ރައީސް އޮޅުންފިލުއްވައިފި

އަތޮޅުތެރޭގައި ޞިއްޙީ ފަރުވާދިނުމުގެ އިންތިޒާމު ރޭވިފައިވާގޮތް ނާއިބް ރައީސް އޮޅުންފިލުއްވައިފި

ކޯވިޑް- 19 ފިޔަވާ އެހެން ބަލިތަކަށް ފަރުވާދިނުމުގެ އިންތިޒާމްތަކާއި ޞިއްޙީދާއިރާގެ ޚިދުމަތްތައް ހަމަޖެހިފައިވާ ގޮތްތަކާ ގުޅޭގޮތުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ އިސްފަރާތްތަކާއި، ޞިއްޙީ ދާއިރާގެ އިސްފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، މިއަދު މަޝްވަރާކުރައްވައިފިއެވެ. އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރީޖަނަލް ހޮސްޕިޓަލުތަކާއި، އަތޮޅު ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން އާއި، އާސަންދަ ކުންފުންޏާއި، ތެލްސީމިއާ ސެންޓަރު...

ޔުމްނާ ޢަލީ
އުރީދޫ އިން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ދިވެހި ސަރުކާރަށް ފޯރުކޮށްދީފި

އުރީދޫ އިން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ދިވެހި ސަރުކާރަށް ފޯރުކޮށްދީފި

ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ ގްރޫޕް އާއި އުރީދޫ މޯލްޑިވްސް އިން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ދިވެހި ސަރުކާރަށް ފޯރުކޮށްދީފި އެވެ. އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އާއި އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވެފައިވަނީ މިއީ ރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރ، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕް...

އަލީ އާދިލް