ރާއްޖެ ކޯވިޑް-19: އިތުރު 11 މީހުން ޕޮޒިޓިވް ވެއްޖެ ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 11 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1031 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ އަލަށް ޕޮޒިޓިވްވީ 8 ދިވެހިންނާއި، ބަންގްލަދޭޝް 3 މީހުން ކަމަށެވެ. މީގެ ކުރިން މިއަދު 38 މީހަކު ޕޮޒިޓިވިި އެވެ. އެފަހަރު ޕޮޒިޓިވް ވީ 29 ދިވެހިންނާއި، ބަންގްލަދޭޝް 8 މީހުންނާއި އަދި ނޭޕާލު މީހެކެވެ. ރާއްޖޭން […] ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ މޮޅަދޫ ޒުވާނުން ރަށުތެރެ ސާފުކޮށްފި ޤަވާޢިދުން ސާފުކުރަމުން ދިޔަ ހއ. މޮޅަދޫގެ އިޖުތިމާއީ ސަރަހައްދުތައް، ކޯވިޑް-19 ހާލަތާއި ގުޅިގެން ސާފުކުރުމަށް ދަތިތައް ކުރިމަތިވެ ވެފައި ވަނިކޮށް އެރަށު ޒުވާނުން އިސްނައިގެން އެ ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މޮޅަދޫ ޒުވާނުން އިސްނަގައިގެން މިއަދު މިފެށި މަސައްކަތް މިއަދު މެންދުރު ފަހު 2:30 އިން ހަވީރު 17:30 އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. މޮޅަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނިޝާމް “ތިލަދުން” އަށް ވިދާޅުވީ، މިއަދު އެރަށުގައި ފެށުނު ރަށުގެ އިޖުތި... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ މިއަދު މެންދުރު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ! ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަން ފަށާފައިވާއިރު، އިންޑިއާގެ ބޭއޮފް ބެންގޯލް ސަރަހައްދުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު މިއަދު މެންދުރެއްހާއިރު ތޫފާނަކަށް ބަދަލުވެގެންދާނެކަމަށާއި އޭގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބުތަކަށް 45 މޭލާއި 55 މޭލާދެމެދުގެ ބާރުމިނުގައި ވައިގަދަވާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުތެރޭ ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެތީ ކޮންމެހެން ކުރަންޖެ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ކޯވިޑް19: 2 އަހަރުގެ ތުއްތު ކުއްޖާގެ އިތުރުން 2 މީހަކު ބަލިންް ރަނގަޅުވެއްޖެ އިތުރު 3 މީހުން ބަލިން ރަނގަޅުވެ ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު 49 އަށް އިތުވެއްޖެއެވެ. މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. މި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި މި ބަލި މާލެއިން އެންމެ ފުރަތަމަ ފެނުނު ޖަރީމާގޭ ކްލަސްޓަރއަށް ނިސްބަތްވާ 2 އަހަރުގެ ތުއްތު ކުއްޖާވެސް ހިމެނެއެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި މާލެއިން ފެނުނު އެންމެ ބޮޑެތި ކްލަސްޓަރތަކަށް ނިސްބަތްވާ މީހުންވެސް ހިމެނެއެވެ. ޓެކްނިކަލް […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ ފިހާރައެއް ފަޅާލާ -/25000 ރުފިޔާ ވަގަށް ނަގައިފި ހއ. އިހަވަންދޫގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ ހަމަރޯޅި ހިޔާ ފަޅައިލައި އެތަނުން ވައްކަން ކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ އިހަވަންދޫ ފިހާރަޔެއް ފަޅާލާ ވައްކަން ކޮށްފައިވާ މައްސަލައެއް މިރޭ ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެ ފިހާރައިން 25000 ރުފިޔާ ވަގަށް ނަގާފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ވެސް ފުލުހުން ބުނެ އެވެ. މިމައްސަލައާއި ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައި ނުވާކަމަށާއި، ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ވެސް އެ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ އައްޑޫ ކްލަބަކުން ހަނިމާދޫއަށް އެހީތެރި ވެދީފި ކޯވިޑް-19 ހާލަތުގައި ބޭނުން ކުރެވޭނެ ބައެއް ތަކެތި، އައްޑު އަތޮޅުގެ ހިތަދޫއަށް ނިސްބަތްވާ ފުޓްބޯޅަ ކުލަބެއް ކަމުގައިވާ އެފްސީ ޒެފިއާ އިން ހދ. ހަނިމާދޫއަށް ހަދިޔާ ކޮށްފިއެވެ. މިގޮތުން މިއަދު ހަދިޔާ ކުރި މިތަކެތި އެފްސީ ޒެފިއާގެ ފަރާތުން ހަނިމާދޫ ކައުންސިލަށް ހަވާލު ކޮށްދެއްވީ އަޙުމަދު ނާފިޒްއެވެ. ހަނިމާދޫ ކައުންސިލްގެ ފަރާތުން އެތަކެއްޗާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް އަބްދުލް ސަލާމް ޢަލީ އެވެ. ” ރާއްޖޭގެ ދެ ބިތުގައި ތިބި ކަމުގައި ވިޔަސް ދިވެހިންނަކީ އެއްބައިވަންތަ އަހުވަންތަ ބައެއްކަން […] ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން ދޮނަކުޅި ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންނަށް ރޯދަ ވީއްލުމެއް ދީފި ހއ. ދިއްދޫގައި އިޖުތިމާއީ ގޮތުން ހަރަކާތްތެރި ވަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބްގެ ފަރާތުން އެ އަތޮޅު ދޮނަކުޅި ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންނަށް ރޯދަ ވީއްލުމެއް ދީފިއެވެ. ދޮނަކުޅީގައި ތަރައްގީ ކޮށްފައިވާ އައިލެންޑް ހައިޑަވޭ ބީޗްރިސޯޓު އެންޑް ސްޕާ، ކަރަންޓީނު ފެސިލިޓީގައި ކަރަންޓީނުކޮށްފައި ތިބި މީހުންނަށާއި، އެ މީހުން ބެލެހެއްޓުމުގައި އެހީތެރިވާ މީހުންނަށް އެ ކްލަބުން މިއަދު ދިން ރޯދަ ވީއްލުން ދީފައި ވަނީ އެ ކްލަބް ނިސްބަތްވާ ދިއްދޫ ރައްޔިތުންގެ […] ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ކޯވިޑް-19: ޕޮޒިޓިވް މީހުންގެ ޢަދަދު 1020 އަށް ރާއްޖެއިން ކޯވިޑް-19އަށް އިތުރު 38 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1020 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ އަލަށް ޕޮޒިޓިވްވީ 29 ދިވެހިންނާއި، ބަންގްލަދޭޝް 8 މީހުންނާއި އަދި ނޭޕާލު މީހެއް ކަމަށެވެ. ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 40 މީހަކު ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ […] ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ސަރުކާރު ބަންދު މުއްދަތު މި މަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިން ނެރެފައިވާ އަމުރުގެ މުއްދަތު 28 މޭ 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް އެ އޭޖެންސީން ނިންމާފައިވާތީ، އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން، 2020 މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 28 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިގޮތަށް ހަމަޖެއްސެވިކަން... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ ބ. އަތޮޅުން ފ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފި މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބ. އަތޮޅުން ފެށިގެން ފ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފި އެވެ. މިއީ، މިފަހުގެ ތާރީހެއްގައި މެޓުން އޮރެންޖް އެލާޓް ނެރުނު ފުރަތަމަ ފަހަރެވެ. އޮރެންޖު އެލާޓު ނެރެފައި ވަނީ މިއަދު ހަވީރު 5:00 އިން މިރޭ 7:00 އާ ހަމައަށެވެ. އެގޮތުން އޮރެންޖު އެލާޓުގައި އެއް ގަޑިއިރު ތެރޭ 90 މިލިމީޓަރުގެ، ނުވަތަ ހަ ގަޑިއިރު ތެރޭގައި 120 މިލިމީޓަރުގެ ވާރޭ ވެހޭނެއެވެ. އޮރެންޖު އެލާޓުގައި ވިލާގަނޑުގައި 63 މޭލަށް […] އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލު ވުމަށް އިލްތިމާސް ކޮށްފި މިދުވަސްވަރަކީ މޫސުން ގޯސްދުވަސް ވަރަކަށް ވުމާއިއެކު ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން އިލްތިމާސްކުރަށް ވައިފިއެވެ. އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތަައް ހިނގަމުންދާ ކަމުގެ މައުލޫމާތު އެންމެއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާކަން ފާހަގަކުރާ ކަމަށެވެ. އެހެންކަމުން ކަނޑުދަތުރު ކުރައްވާ އުޅަނދުގެ އޮޑިވެރިނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެނ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ވެސްޓް ޕާކާއި ދިމާ ތޮށިގަނޑަށް އެރި ދޯނި ފުނޑުފުނޑު ވެއްޖެ މާލެ ސިޓީ ވެސްޓް ޕާކް ސަރަހައްދުގެ ތޮށިގަނޑު މައްޗަށް އެރި ކ. ކާށިދޫން މާލެ އަށް ދަތުރުކުރި “މިންވަރު ދޯނި ”ފުނޑުފުނޑު ވެއްޖެއެވެ. އިންޖީނު ހުއްޓުމުގެ ސަބަބުން މާލެ ސިޓީ ވެސްޓް ޕާކް ސަރަހައްދުގެ ތޮށިގަނޑު މައްޗަށް އެރި މި ދޯނި ފުނޑު ފުނޑުވީ ރާޅާ ތަޅަތަޅައެވެ. އެކަން އެމްއެންޑީއެފުން ވަނީ ޔަޤީން ކޮށްދެއްވާފައިއެވެ. އެމްއެންޑީއެފުން ބުނީ، އެ ދޯނި “ރާޅާ ތަޅައިތަޅައި ހަލާކުވެއްޖެ” ކަމަށެވެ. އެއެމްއެންޑީއެފުން އާންމުކުރި ވީޑިއޯ އިން ވެސް އެ ފެންނަނީ ދޯނި […] ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ކާށިދޫން މާލެ ދަތުރު ކުރި ދޯންޏެއް ވެސްޓް ޕާކާއި ދިމާ ތޮށިގަނޑަށް އަރައިފި ކ. ކާށިދޫން މާލެ އަށް ދަތުރުކުރި “މިންވަރު ދޯނި ” އިންޖީނު ހުއްޓި، މާލެ ސިޓީ ވެސްޓް ޕާކް ސަރަހައްދުގެ ތޮށިގަނޑު މައްޗަށް އަރައިފި އެވެ. އެމްއެންޑީއެފުން ބުނީ 4 މީހުނާއިއެކު ކ. ކާށިދޫ އިން މާލެއަށް ދަތުރުކުރި ” މިންވަރު” ނަމަކަށް ކިޔާ ދޯނި އިންޖީނު ހުއްޓިގެން މާލެސިޓީ ވެސްޓު ޕާކު ސަރަހައްދުގެ ތޮށި ގަނޑަށް އަރާފައިވާ ކަމުގެ ރިޕޯޓް މިއަދު 13:00 ހާއިރު ލިބިގެން އެމްއެންޑީއެފް ކޯސްޓު ގާޑުން އެހީތެރިކަން ފޯރުކޮށް ދޭން ފަށާފައި […] ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ބިދޭންސީން ދިރިއުޅޭ ތަނެއްގައި މާރާމާރީއެއް ހިނގައިފި މާލޭ ސިޓީގައި ބިދޭސީން ދިރިއުޅޭ އިމާރާތެއްގައި، މާރާމާރީ އެއް ހިނގައި އަނިޔާވި ބިދޭސީއެއް ފުލުހުންގެ އެހީތެރިމުގައި ހޮސްޕިޓަލަށް ގެންގޮސްފިއެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނީ ޗާންދަނީ މަގުގައި ބިދޭސީން ދިރިއުޅޭ އިމާރާތެއްގައި، މާރާމާރީއެއް ހިނގައިގެން އުޅޭ ކަމަށް، 2020 މެއި 15 ވަނަ ދުވަހުގެ 01:54 ހާއިރު ފުލުހުއްނަށް ރިޕޯޓް ކޮއްފައިވާ ކަމަށެވެ. މި މާރާމާރީ އާ ގުޅިގެން 2 ބިދޭސީ އަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރައްކާތެރިވެލައްވާށެވެ. ގޭގައި މަޑުކޮށްދެއްވާށެވެ. : މަކުނުދޫ ކައުންސިލް ކޯވިޑް-19 ފެތުރެމުން ދާ މި ދަނޑިވަޅުގައި ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ ނަންގަވައި، ރައްކާތެރިކަމަށް އިސްކަންދީ، ގޭގައި މަޑުކޮށްދިނުމަށް ހދ. މަކުނުދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މަކުނުދޫ ކައުންސިލުން އާންމުކޮށްފައިވާ ދެންނެވުމެއްގައި ބުނެފައި ވަނީ މިދުވަސްވަރު އެއްވެސް ބޭނުމެއްނެތި ގެއިން ބޭރަށް ނިކުތުމާއި، ސައިކަލުގައި ފިނިބުރުޖެހުމާއި، މައިޒާންތަކަށް އެއްވުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ” ކޯވިޑް -19 ރޯގާ އާއި ގުޅިގެން އާއްމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަ... ޝިއުނާ އާދަމް · 6 އަހަރު ކުރިން