މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކޯވިޑް-19: އިތުރު 37 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އިތުރު 37 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 37 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1143 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ މިއަދު ހަވީރު 4:30 އާ ހަމައަށް އަލަށް ޕޮޒިޓިވްވީ 15 ދިވެހިންނާއި، ބަންގްލަދޭޝް 19 މީހުންނާއި އަދި އިންޑިއާ ތިން މީހެއް ކަމަށެވެ. ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 80 މީހަކު ރަނގަޅުވެފަ […]

ޝިއުނާ އާދަމް
ފުލުހުން އިލެކްޓްރިކް ހަތިޔާރު ބޭނުން ކުރަން ފެށުމަށް ތައްޔާރީތައް ވަނީ

ފުލުހުން އިލެކްޓްރިކް ހަތިޔާރު ބޭނުން ކުރަން ފެށުމަށް ތައްޔާރީތައް ވަނީ

ފުލުހުން އިލެކްޓްރިކް ހަތިޔާރު ބޭނުން ކުރަން ނިންމައި އެކަމުގެ ތައްޔާރީތައް ވާންފަށާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު  ވިދާޅުވެއްޖެއެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންޑަކްޓަޑް އިލެކްޓްރިކް ވެޕަން ނުވަތަ އިލެކްޓްރިކް ޝޮކްދޭ ބަޑި (ސްޓަން ގަން) ޓްރަޔަލްގެ ގޮތުގައި މިހާރު ބޭނުން ކުރަން ފަށައިފައިވާ ކަމަށެވެ. ޕޮލިސް ކޮމިޝަނަރު ވިދާޅުވީ  އެ ބަޑި ބޭނުން ކުރާނީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހިނދެއްގައި ކަމަށާއި އެއީ އާންމުންނާއި […]

އަލީ އާދިލް
ޗައިނާ ސަރުކާރުން ހަދައިދިން ކަރަންޓީނު ފެސިލިޓީގެ މަސައްކަތް ނިންމާލައިފި

ޗައިނާ ސަރުކާރުން ހަދައިދިން ކަރަންޓީނު ފެސިލިޓީގެ މަސައްކަތް ނިންމާލައިފި

ކޯވިޑް-19 ހާލަތުގައި ދިވެހި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ޗައިނާ ސަރުކާރުން ފޯރުކޮށް ދޭ އެހީތެރިކަމުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދައިދިން 800 މީހުންގެ ކަރަންޓީނު ފެސިލިޓީގެ މަސައްކަތް ނިންމާލައިފިއެވެ. ހުޅުމާލޭ ދެވަނަ ފޭސްގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ހަދަން ފެށި މި އިމާރާތުގެ މަސައްކަތް ނިންމައި އެޗްޑީސީއާ ހަވާލުކޮށްފައި ވަނީ އިއްޔެ އެވެ. ޖުމްލަ 4،987.5 އަކަމީޓަރުގެ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ [...

ޝިއުނާ އާދަމް
ރެހެންދި ޚަދީޖާ އެ ކަމަނާގެ ދެ ފިރިކަލުން ގަތުލުކުރެއްވި ވާހަކައަކީ ތާރީޚުގައިވާ ބޮޑު އޮޅުންގަނޑެއް؟

ރެހެންދި ޚަދީޖާ އެ ކަމަނާގެ ދެ ފިރިކަލުން ގަތުލުކުރެއްވި ވާހަކައަކީ ތާރީޚުގައިވާ ބޮޑު އޮޅުންގަނޑެއް؟

އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާ ރެހެންދި އަކީ އައްސުލްޠާނު ޢުމަރު ވީރު ރަސްގެފާނުގެ ދޮށީ ދަރިކަނބަލުންނެވެ. އެކަމަނާ ނިސްބަތްވަނީ ދިވެހިރާއްޖޭގެ ރަސްކަމަށް އައި ބޭރުގެ ފުރަތަމަ ދަރިކޮޅު ކަމަށްވާ އުމަރުވީރު ދަރިކޮޅަށެވެ. ރެހެންދި ޚަދީޖާގެ ކާފާފުޅު ޞަލާޙުއްދީން ޞާލިޙަކީ ބަންގާޅުގެ ވިޔަފާރިވެރިއެކެވެ. ރެހެންދި ޚަދީޖާއަށް ރަސްކަން ލިބިވަޑައިގެންނެވީ އެކަމަނާގެ ބައްޕާފުޅު އައްސުލްޠާން އަބުލްފަތުޙި ޖަލާލުއްދީން ޢުމަރުވީރު (1306މ. – 1335މ.) ގެ ރަސްކަމަށްފަހު، އޭނާގ...

ޢަބްދުﷲ ސަޢީދު
ނޮޅިވަރަންފަރު ސްކޫލް: ޚިދުމަތުގައި 51 އަހަރު

ނޮޅިވަރަންފަރު ސްކޫލް: ޚިދުމަތުގައި 51 އަހަރު

ޕޯޗްގީޒުންގެ އަނީވެރި ވެރިކަން ދިވެހިރާއްޖެއިން ފޮހެލައި، ދިވެހިންގެ ގައުމު ދިވެހިންނަށް ހޯދަވައިދެއްވުމަށްފަހު މުޙައްމަދު ތަކުރުފާނު ރަސްކަމަށް އިސްވެ ފެއްޓިވި މަސައްކަތްޕުޅުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްމަސައްކަތަކީ ދީނީ ތަޢުލީމު ފޯރުކޮށްދިނުމުގެ މަސައްކަތްޕުޅެވެ. އެދުވަސްވަރު ދިވެހިރާއްޖޭގައި ތިއްބެވި މަދު އިލްމުވެރިންގެ ބޭނުންހިއްޕަވާ އެބޭފުޅުންގެ އެހީތެރިކަމާއި މަދަދާއިއެކު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިނީތައުލީމު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސެވިއެވެ. އެގޮތުން...

ތިލަދުން
އެސްޓީއޯއަށް 15 މިލިއަން ޑޮލަރުގެ ލޯނެއް އައި.ޓީ.އެފް.ސީން ހަމަޖައްސައިދީފި

އެސްޓީއޯއަށް 15 މިލިއަން ޑޮލަރުގެ ލޯނެއް އައި.ޓީ.އެފް.ސީން ހަމަޖައްސައިދީފި

ކޯވިޑް-19އާ ގުޅިގެން އެސްޓީއޯއަށް 15 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އައި.ޓީ.އެފް.ސީން ހަމަޖައްސައިދީފިއެވެ. އެސްޓީއޯއިން މައުލޫމާތުދޭގޮތުގައި ކޯވިޑް-19 އާއި ގުޅިގެން ކުރާ މަސައްކަތްތަކުގައި އެހީތެރިވުމުގެ ގޮތުން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ހޯދުމަށްޓަކައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ)ގެ ފަރާތުން އިމަޖެންސީ ފައިނޭންސިންގ ގެގޮތުގައި 15 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އެސްޓީއޯއަށް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި މީގެއިތުރުން، ކޮރޯނާ...

ޔުމްނާ ޢަލީ
ކެނެޑާއިންވެސް ރާއްޖެއަށް އެހީތެރިވެއްޖެ

ކެނެޑާއިންވެސް ރާއްޖެއަށް އެހީތެރިވެއްޖެ

ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ކެނެޑާ ސަރުކާރުން 1 މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ. ވާޗުއަލް ހަފްލާއެއް ބާއްވައި މި އެހީގެ އެއްބަސްވުމުގައި ދެ ގައުމުގެ ސަރުކާރުން މިއަދު ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސޮއެކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އާއި ކެނެޑާއިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑޭވިޑް މެކިނަން އެވެ. މިއެހީއަކީ ކޮވިޑް-19އާ ގުޅިގެން ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް […]

އަލީ އާދިލް
އިތުރު 12 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

އިތުރު 12 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 12 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ އަލަށް ޕޮޒިޓިވްވި 12 މީހުން ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި، އިންޑިއާ މީހެއް ކަމަށެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1106 އަށް އިތުރު ވެފައެވެ. ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 74 މީހަކު ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ […]

ޝިއުނާ އާދަމް
ކޯވިޑް-19: އިތުރު 15 މީހަކު ރަނގަޅުވެ، ޖުމްލަ ޢަދަދު 74 އަށް

ކޯވިޑް-19: އިތުރު 15 މީހަކު ރަނގަޅުވެ، ޖުމްލަ ޢަދަދު 74 އަށް

ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ އިތުރު 15 މީހުން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެޑިކަލް އޮފިސަރ ޑރ. އިބްރާޙީމް އަފްޒަލް މިރޭ ވިދާޅުވެއްޖެއެވެ. އެހެންކަމުން ރާއްޖޭގައި މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 74 އަށް އިތުރުވެފައެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ފެށުމާއި ހަމައަށް ޖުމްލަަ 74 މީހަކު ބަލިން […]

ޝިއުނާ އާދަމް
ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލާފަކޮށްފައިވާތީ، އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށް މިފުރުސަތުގައ...

އިބްރާހިމް އަސްވާޤް
ޑަބްލިއުއެޗްއޯއިން އިތުރު އެހީތެރިކަން ފޯރުކޮށްދީފި

ޑަބްލިއުއެޗްއޯއިން އިތުރު އެހީތެރިކަން ފޯރުކޮށްދީފި

ކޯވިޑް-19 އާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައްކަށް އެހީތެރިވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް އިތުރު 10،000 ޓެސްޓްކިޓްއާއި، ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާކޮށްފިއެވެ. މިކަން ހާމަކޮށް ހެލްތު މިނިސްޓްރީން ބުނީ ކޯވިޑް -19 ބައްޔާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައްކަށް އެހީތެރިވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން 10،000 ޓެސްޓްކިޓްއާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) މިއަދު ރާއްޖެއަށް ހަ...

ޔުމްނާ ޢަލީ
ސަމާލުވޭ! 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްޗަށް ޔެލޯ އެލާރޓް ނެރެފި

ސަމާލުވޭ! 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްޗަށް ޔެލޯ އެލާރޓް ނެރެފި

55 މޭލާއި 60 މޭލަށް ވިލާގަނޑުގައި ވައިގަދަވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ރ އަތޮޅަށް ޔެލޯ އެލާރޓް ނެރެފިއެވެ. ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާރޓް ނެރެފައިވަނީ މިރޭ 20:30އިން ދަންވަރު 12:30 އަށެވެ. މިސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށާއި، 28 މޭލާއި35 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލަށް ވައިގަދަވާނެކަމަށާއި،  މިސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމ...

ޔުމްނާ ޢަލީ
މާލޭ ސިޓީގެ ބައެއް ސަރަހައްދު ތަކުގައި ފެން ބޮޑުވެއްޖެ

މާލޭ ސިޓީގެ ބައެއް ސަރަހައްދު ތަކުގައި ފެން ބޮޑުވެއްޖެ

މާލޭ ސިޓީއަށް ބޯކޮށް ވާރޭ ވެހި ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރި ވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ މާލޭ ސިޓީއަށް ބޯކޮށް ވާރޭ ވެހި ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރި ވަމުން ދާ ކަމަށެވެ. އިތުރަށް އެމްއެންޑީއެފުން ބުނީ މިރޭ 18:36 ކަށް ހާއިރު އެސްޓީއޯ ފުއް ގުދަން […]

ޝިއުނާ އާދަމް
އެސްޓީއޯއިން ބިސް އަދި ފިޔާ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ބިސް އަދި ފިޔާ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ އަދި ބިހުގެ އަގު ހެޔޮކޮށްފި އެވެ. އެސްޓީއޯ އިން ވަނީ ކުރިން 255 ރުފިޔާ އަށް ވިއްކި ފިޔާ ބަސްތާއެއްގެ އަގު 175 ރުފިޔާ އަށް ތިރިކޮށްފައެވެ. މީގެ އިތުރުން އެކުންފުނިން ވަނީ 260 ރުފިޔާ އަށް ވިއްކި ބިސްކޭހެއްގެ އަގު 240 ރުފިޔާ އަށް ތިރިކޮށްފައެވެ. އެސްޓީއޯ އިން ބުނީ އީސްޓޯރ އިން އޯޑަރު ދިނުމަށް ފަހު ފުލުހުންގެ ވިޔަފާރި ހުއްދަ އޮތް ފަރާތްތަކަށް އިންޑަސްޓްރިއަލް […]

ޝިއުނާ އާދަމް
އެޗްއާރުސީއެމް މެންބަރުންގެ މައްސަލަ ކޮމިޓީއަށް

އެޗްއާރުސީއެމް މެންބަރުންގެ މައްސަލަ ކޮމިޓީއަށް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެޗްއާރުސީއެމް މެންބަރުން ވަކިކުރުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް އެދި ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ރ...

ޔުމްނާ ޢަލީ