ރާއްޖެ ފުރަބަންދު ނެތް ރަށްރަށުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން މިސްކިތައް ހުޅުވާލަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފުރަބަންދުގެ ހާލަތު ކަނޑައަޅާފައި ނުވާ ރަށްރަށުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރު އަޙުމަދު ޒާހިރު ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާފައި ބައެއް ކަންކަން ސަރުކާރުން ލުއި ކުރަން ނިންމާފައި ވާތީ އެވާހަކަ ހިއްސާކޮށްލަން ބޭނުން ވާ ކަމަށެވެ.... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޮޅިގަނޑެއްގައި ނިކަ ގަހެއް ވެއްޓި ފިނޭ ރައްޔިތުންގެ ގެސްޓު ހައުސް ހަލާކުވެއްޖެ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރޭ އައި ކޮޅިގަނޑެއްގެ ވައިގައި، ފިނޭ ރައްޔިތުންގެ ގެސްޓުހައުސް މައްޗަށް ނިކަ ގަހެއް ވެއްޓި، ގެސްޓު ހައުސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ. ފިނޭ ރައްޔިތުންގެ ގެސްޓުހައުސް މައްޗަށް ނިކަ ގަހެއް ވެއްޓި، ގެސްޓު ހައުސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި ކޮޅިގަނޑު އައީ ރޭ 10:30 ހާއިރުކަމަށް ފިނޭ ކައުންސިލްގެ ރައީސް ހަސަން ރަޝީދު ވިދާޅުވިއެވެ. ފިނޭ ރައްޔިތުންގެ ގެސްޓުހައުސްއަކީ ހަރަތު ކޮޓަރީގެ ގެސްޓު ހައުސްއެކެވެ. އެ ގެސްޓުހައުސް މިހާރު […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މޮޅަދޫ ޒުވާނުން މިއަދު ނުކުތީ ރުއް އިންދަން ހއ. މޮޅަދޫ ޒުވާނުން އިސްނަނަގައިގެން އެރަށުގައި ރުއް އިންދުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މޮޅަދޫ ޒުވާނުން އިސްނަގައިގެން އެރަށުގައި މިއަދު ކުރިއަށް ގެންދިޔަ ރުއް އިންދުމުގެ ހަރަކާތަށް ވާގިވެރިވެ، ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެރަށުގެ ހަރު މީހުންވެސް އެމަސައްކަތުގައި ވަނީ ބައިވެރިވެފައެވެ. މޮޅަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނިޝާމް “ތިލަދުން” އަށް ވިދާޅުވީ، މިއަދު އެރަށުގައި ޒުވާނުން އިސްނަނަގައިގެން ކުރިއަށް ގެންދިޔަ ރުއް އިންދުމުގެ ހަރަކާތުގައި އެރަށުގެ ގިނަ ޢަދަދެއް... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ކޯވިޑް-19: ބަލިން ރަނގަޅުވި މަނަދޫ 80 އަހަރުގެ މީހާ މަރުވެއްޖެ ބަނޑުގައި ރިއްސާތީ މަނަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވެސް ހާލު ބޮޑުވެގެން އިތުރު ފަރުވާއަށް މާލެ ގެނެސް ކޯވިޑަށް ޓެސްޓް ކުރުމުން ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގުނު އުމުރުން 80 އަހަރުގެ ނ. މަނަދޫ އަންހެންމީހާ މަރުވެއްޖެއެވެ. އޭނާ މިރޭ މަރުވިއިރު، އޭނާ ކޯވިޑް-19 ބަލިން ރަނގަޅު ވެފައިވާކަން މިމަހު 18 ވަނަ ދުވަހު ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައެވެ. އޭނާ އިތުރު ފަރުވާއަށް މާލެ އައީ މެއި މަހުގެ 1 ވަނަ ދުވަހުއެވެ. މަނަދޫން […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ޗައިނާގެ ސީމެކް ކުންފުނިން ރާއްޖެއަށް އެހީތެރިކަން ދީފި ކޯވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާގެ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެކުންފުނިން ވަނީ ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް (ޕީޕީއީ) އާއި އިތުރުން ފޭސް މާސްކާއި ގޮގުލްސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު ޢަބުދު ﷲ ޝާހިދެވެ. މިތަކެތި ހަވާލުކޮށްދެއ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވައިކަރަދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ ހދ.ވައިކަރަދޫއަށް ރޭ ގަދަ ވަޔާއިއެކު ކުރި ވިއްސާރައިގައި އެރަށު ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. ވައިކަރަދޫ ކައުންސިލުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިކަރަދޫގެ ދަނޑުތަކަށް އެކި ވަރުގެ ގެއްލުންތައް ދަނީ ލިބެމުންކަމަށާއި ޚާއްޞަކޮށް ފަތްކެޔޮ ދަނޑުތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށެވެ. https://www.facebook.com/837248249635520/posts/3506993355994316/?d=n އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ރޭގެ ވަގުތެއްގައި އައި ގަދަ ވަޔާއިއެކު ރަށުގެ ބައެއް ދަނޑުތަކަށް ބޮޑެ... ޖަލްވާން ޖާދުﷲ · 6 އަހަރު ކުރިން
ކޮލަމް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ އަދަބީ ޚިދުމަތްތަކު ތެރެއިން ދަރަވަންދޫގޭ ހުސައިން ދީދީއަކީ ދިވެހިރާއްޖެއިން ކިޔަވައިވިދާޅުވެގެން، މިފަހުގެ ތާރީޚެއްގަ ދިވެހިރާއްޖޭގައި އިލްމު ފަތުރުއްވަން، ވަކީން ޚާއްސަކޮށް ދީނީ އިލްމު ފަތުރުއްވަން އެންމެ ބޮޑަށް މަސައްކަތްކުރި ދަންނަބޭކަލުންގެ ތެރޭގަ ހިމެނުނު އައްޝައިޚް ހުސައިން ސަލާހުއްދީނެވެ. އެމަނިކުފާނު ދިވެހި އަދަބިއްޔާތަށް ކުރައްވާފައިވާ ޚިދުމަތަކީ އަދި އަދަށް ދާންވެސް އިތުރު އެއްވެސް ދިވެއްސަކަށް ކޮށްދެވިފައިވާ ނުވާ ވަރުގެ ބޮޑު ޚިދުމަތެކެވެ. މިމި ލިޔުން މި ޚާއްސަކުރަނީ އެމަނިކުފާނު ލިޔުއްވި ބައެއް ފޮތްތަކުގެ ކުރު ތ... މުޙައްމަދު ނާޖިޙު · 6 އަހަރު ކުރިން
ރާއްޖެ ޖަޕާނުން ރާއްޖެއަށް 68.7 މިލިއަން ރުފިޔާގެ އެހީ ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ވެދޭ އެހީތެރިކަމުގެ ދަށުން 68.7 މިލިޔަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން މިފަހަރު ޖަޕާނުން ރާއްޖެއަށް ދިނުމަށް ނިންމާފައިވަނީ، 68،750،000 (ފަސްދޮޅަސްއަށް މިލިޔަން ހަތްލައްކަ ފަންސާސް ހާސް) ރުފިޔާގެ ހިލޭ އެހީއެވެ. މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދާއި ޖަޕާނުން... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ކޯވިޑް-19: އިތުރު 30 މީހަކު ޕޮޒިޓިވްވެއްޖެ ރާއްޖެއިން ކޯވިޑް-19އަށް އިތުރު 30 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1216 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ މިއަދުގެ މެންދުރު 2:00 އާ ހަމައަށް އިތުރު 30 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ 30 މީހުން ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި ބަންގްލަދޭޝްގެ 10 މީހުންނާއި، އަދި އިންޑިއާގެ ހަ މީހެއް ކަމަށެވެ. ރާއްޖޭން […] ޝިއުނާ އާދަމް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މުޅި ރާއްޖެ ބިރުގަންނުވާލި ފައިފަލަ ބައްޔާ އެކު "ބަރާސިލު" އަވަށުގައި 7 އަހަރު ރާއްޖެއަށް ދިމާވި ތަފާތު އެކި އެކި ބަލިމަޑުތަކުގައި މީހުން ކަރަންޓީނުކުރަމުން އައީ މީހުން ދިރިއުޅޭ ރަށްރަށުގައި މީހުން އުޅޭ ހިސާބާއި މާދުރުގައި ވަކިންނެވެ. ބަޔެއް ރަށްރަށުގެ ވަލުތެރޭގައި ފެންވަޅުތައް ހަދާފައި ހުރެއެވެ. ދުވަސް ވީ މީހުންގެ ވާހަކަ ތަކުން އިނގޭގޮތުގައި މިއީ އެދުވަސް ވަރު ތަފާތު އެކި ބަލި ތަކުގައި ކަރަންޓީނު ކުރާމީހުން ބޭނުންކުރުމަށް ހަދާފައިވާ ވަޅުތަކެކެވެ. މިފަދަ ވަޅުތައް ހުރި ހިސާބުތަކަށް ބަޔެއްރަށްރަށުގައި “ބަރާސިލު” އަވަށޭ ކިޔާ އުޅެއެވެ. ރާއްޖޭގެ ގިނަ ރަށް ރަށުގައި “ބަރާސިލު” […... ހުސައިން ހަބީބް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ސަމާލުވޭ! 55 މޭލަށް ވައިގަދަވާނެ، ބޮޑު ތިލަދުންމައްޗަށް ޔެލޯ އެލާރޓް! ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ޅ އަތޮޅަށް ޔެލޯ އެލާރޓް ނެރެފިއެވެ. ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު 09:00 އިން މެންދުރު 13:00 އަށެވެ. މިސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން އެކަށީގެންވާކަމަށާއި، 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެކަމަށާއި، މިސަރަޙައްދުގެ ކަނޑުތައް ގަދަވާނެ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު 300 އަހަރަށްވުރެ ގިނަދުވަސްވީ ތަކަންދޫ ގަބުރުސްތާނަށް ބޮޑެތި ގެއްލުންތަކެއް ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. ތަކަންދޫ އާސާރީ ގަބުރުސްތާނުގެ ތެރެއައް ރުކެއް ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ. ހއ. ތަކަންދޫ އަޙްމަދު އާރިފް ބުނެފައިވަނީ މިހަފްތާގެ އަންގާރަ ދުވަހު ރުއްވެޓުމުގެ ސަބަބުން ވަރަށްގިނަ ދުވަސްވީ މަހާނަގާތައް ބިނދި މުގުރި ރެސްއަޅާ ގެއްލުން ލިބިފައިވާކަމަށެވެ. އެއްވެސް އުސޫލެއްނެތި ކުނިއަޅާ އެތަންތަން އެންދުމުގެ ސަބަބުން ރުކުގެބުޑު އަނދާފައިހުރި ވަރަށް ގިނަ ރުއްތައް ގަބުރުސްތާން އައްތަވާމަތީ އެބަހުރި އަދި ހުޅަނގު މޫސުމުގައި މިއަރާ ވައިގަ މިފަދަ އިތުރު ރ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތީމު ރައްޔިތުންގެ ހެޔޮ އެދުންތަކާއިއެކު ހައިޑަވޭ ރިސޯޓުގައި ތިބި ފަރާތްތަކަށް ރޯދަވީއްލުމެއް ހއ. އުތީމު ރައްޔިތުންގެ ހެޔޮ އެދުންތަކާއިއެކު ހައިޑަވޭ ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި ފަރާތްތަކަށް ރޯދަވީއްލުމެއް ދީފިއެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބްދުالله ރަޝީދު ވިދާޅުވީ މިއީ އުތީމު ޒުވާނުންގެ އިސްނެގުމުގެ މަތިން އުތީމު ރައްޔިތުންގެ ނަމުގައި ދެއްވި ރޯދަވީއްލުމެއް ކަމަށެވެ. މިކަމުގައި އެހީތެރިކަންދެއްވި ހުރިހާ ބޭފުޅުންނަށް ހާއްސަކޮށް އުތީމު ޒުވާނުންނަށް ވަރަށް އިޙްލާސްތެރިކަމާއިއެކު ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވަން އުތީމު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. https://www.facebook.... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
މަޖިލިސް އިޤްތިޞާދު ކުރިއެރުވުމަށް، ފައިސާ ތާށިކުރުމުގެ ސިޔާސަތު ނިމުމަކަށް ގެންނަންޖެހޭ: ޔާސިރު ދިވެހިރާއްޖޭގައި މިއޮތީ އިޤްތިޞޯދީ އަދާލަތު ހަނިކޮށް، ފައިސާ ތާށިކުރުމުގެ ސިޔާސަތެއް ކަމަށާއި މިސިޔާސަތު ނިމުމަކަށް ގެންނަން ޖެހޭކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ ދުނިޔެއަށް ދިމާވެފައި މިވާ ޕެންޑެމިކް އާދަ ކޮވިޑް19 ގެ ސަބަބުން ސަރުކާރުން ހިިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް ތަންފީޒް ކުރުމާމެދެ ރައްޔިތުންގެ މަޖްލިސްއިން ދެކޭގޮތް ކަނޑައެޅުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖްލިސްއަށް އިއްޔެ ހުށައެޅުނު މައްސަލައާއި ގުޅިގެން... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ ތ. ގުރައިދޫގައި އިތުރު ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި ތ. ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ، ބިދޭސީއަކު މަރާލާފައިވާއިރު އަނެއްކާވެސް އިތުރު ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިހާރު އެމީހާ އެރަށު ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދާކަމަށެވެ. އެމީހާ އިތުރަށް ބުނީ މިއީ ބިދޭސީންގެ މެދުގައި ހިންގައިގެން އުޅޭ ހަމަނުޖެހުމެއްކަމަށް ބެލެވޭކަމަށެވެ. މިފަހަރު ފެނުނު ބިދޭސީ މީހާގެ ބޮލަށްވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ. މިރޭ ފަހުން ޒަހަމުތަކަކާއެކު މަރުކަަޒަށް ގެންދެވުނު މީހާ ގެންދެވުނު އިރު ހޭނެތިފައިވ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން