ތިލަދުންމަތީ ޚަބަރު އަމީންގެ މުސާރައިން 20% ކުމުންދޫ ކޯވިޑް ޓާސްކް ފޯސް އަށް ހަދިޔާކޮށްފި ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދުގެ މުސާރައިން 20% ކޯވިޑް ޓާސްކް ފޯސް އަށް ހަދިޔާކޮށްފި އެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ކޯވިޑް އާއިގުޅިގެން ރަށްރަށުގެ ގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް ވަސީލަތްތައްނެތުމަކީ ރަށްރަށުގެ ޓާސްކް ފޯސް ތަކަށް ދިމާވާ ބޮޑު ގޮންޖެހުމެއްކަމަށެވެ. އަޅުގަނޑުގެ މުސާރައިގެ 20% ކޮވިޑް ޓާސްކް ފޯސް އަށް ބޭނުންވާ މާސްކާއި ސެނިޓެއިޒަރ ހަދިޔާކުރުމަށް ވަނީ ނިންމާފައި ކުމުންދޫ ކައުންސިލްގެ... އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ޖަމާއަތުގައި ނަމާދުކުރަން ދިން ހުއްދަ ބާތިލުކުރުމުން މިލަންދޫގައި މުޒާހަރާކޮށްފި ށ. މިލަންދޫގައި ހުކުރު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް ފަހު، ފަހުން ޖަމާއަތް ހެދުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލުކުރުމުން އެކަމާއި ކަންބޮޑުވެ ރަށު ކައުންސިލު ދޮށުގައި މީހުން މުޒާހަރާކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ހުކުރު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް ފަހު، ފަހުން ޖަމާއަތް ހެދުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލުކޮށް ސިޓީއަކުން އެކަން މިލަންދޫ ކައުންސިލަށް އެންގުމުން އެކަން އާންމުކޮށް އިއުލާން ކުރުމާއި ގުޅިގެން އެކަމާއި ހިތްހަމަނުޖެހިގެން 100 ވަރަކަށް މީހުން ކައުންސިލް ދޮށަށް އެ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ޚަބަރު ފަތިސް ނަމާދުން ފެށިގެން ދިއްދޫއާއި ކުޅުދުއްފުށީގެ މިސްކިތްތައް ހުޅުވާލަނީ މިރޭ ފަތިސް ނަމާދުން ފެށިގެން ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށި ސިޓީގެ މިސްކިތްތައް ހުޅުވާލަން ހަމަޖެހިފައިވާކަމަށް އެރަށުގެ ކައުންސިލް ތަކުން ބުނެފިއެވެ. ކޯވިޑް-19 އާ ގުޅިގެން މިސްކިތްތަކުގެ ޖަމާއަތް އަލުން ފެށުމަށް ފުރަތަމަ ހިމެނި ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ އާއި ދިއްދޫ ހިމެނިފައިނުވެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން 25 ރަށެއް ފިޔަވައި އެހެން ރަށްތަކުގެ ޖަމާއަތް ހުޅުވާލަން އިސްލާމިކް މިނިސްޓްރީން ހުއްދަ […] އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާގައި އަޅުކަންކުރުން ގިނަކުރަންޖެހޭ: ޓްރަމްޕް އެމެރިކާގައި އަޅުކަންކުރުން ގިނަކުރަންޖެހޭ ކަމަށާއި، އަޅުކަން ކުރުން މަދުކޮށްގެން ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ވައިޓް ހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހުރި އަޅުކަންކުރާ ތަންތަން ވަގުތުން ހުޅުވާލުމަށް ޓްރަމްޕް ވަނީ އެމެރިކާގެ ސްޓޭޓްތަކުގެ ގަވަރުނަރުންނަށް އަމުރު ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ ކްރިސްޓިއަނުން އަޅުކަންކުރަން ދާ ޗާރޗްތަކާއި، ޔަހޫދީން އަޅުކަންކުރަން ދާ ސިނަގޯގްސްތަކާއި އަދި މުސްލިމުން އަޅުކަންކުރަން ދާ... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށު ރައްޔިތުންގެ ހެޔޮ އެދުންތަކާއިއެކު ހައިޑަވޭ ރިސޯޓުގައި ތިބި ފަރާތްތަކަށް ރޯދަވީއްލުމެއް ހއ. ބާރަށު ރައްޔިތުންގެ ހެޔޮ އެދުންތަކާއިއެކު ހައިޑަވޭ ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި ފަރާތްތަކަށް ރޯދަވީއްލުމެއް ދީފިއެވެ. ބާރަށުން ވާހަކަ ދެއްކި ޒުވާނަކު ވިދާޅުވީ މިއީ ބާރަށު ޒުވާނުންގެ އިސްނެގުމުގެ މަތިން ބާރަށު ރައްޔިތުންގެ ނަމުގައި ދެއްވި ރޯދަވީއްލުމެއް ކަމަށެވެ. ބާރަށު ރައްޔިތުންގެ ފަރާތުން ރޯދަވީއްލުމަށް ފޮނުވި ތަކެތީގައި ވަނީ ބާރަށު ރައްޔިތުންގެ ފަރާތުން ކަރަންޓީނު ފެސިލިޓީގައި ތިބި ފަރާތްތަކަށް ހާއްސަ މެސެޖެއްވެސް ދެއްވާފައެވެ. ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ﷲ ތަޢާލާ އަވަސް... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތުރުގެ 17 ރަށެއްގައި ޖަމާޢަތުގައި ޢީދު ނަމާދު ކުރަން ހުއްދަދީފި މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ 7 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދެއްވުމާއި އެކު ކުރިން ޢީދު ނަމާދުކުރުން މަނާކޮށްފައިވާ އުތުރުގެ 17 ރަށެއްގައި ޖަމާޢަތުގައި ޢީދު ނަމާދު ކުރަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިވަގުތު ރާއްޖޭގައި ފުރަބަންދުގެ ޙާލަތުގައި ހުރި ރަށްރަށާއި، މޮނީޓަރިންގެ ޙާލަތުގައި ހުރި ރަށްރަށާއި އެ ރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރަށްތައް ފިޔަވައި އެހެން ރަށްރަށުގައި ޖަމާޢަތުގައި ނަމާދުކުރުން އެންމެ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ އަންނަ އަހަރުގެ ކިޔެވުން ފެށޭނީ އަހަރު މެދުތެރޭގައި، ސާނަވީ އިމްތިހާނުވެސް އޮންނާނީ އަންނަ އަހަރު މިއަހަރުގެ އޮކްޓޯބަރު، ނޮވެންބަރު ގައި ބޭއްވުމަށް ކުރިން ތާވަލުކުރެވިފައިވާ ސާނަވީ ނިންމާ އިމްތިޙާނުތައް 2021 ވަނަ އަހަރުގެ މޭ ޖޫން ގައި ބޭއްވުމަށް ނިންމައި، އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ. އެޑިޔުކޭޝަން މިނިސްޓްރީއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ އޮކްޓޯބަރު، ނޮވެންބަރު ގައި ބޭއްވުމަށް ކުރިން ތާވަލުކުރެވިފައިވާ ސާނަވީ ނިންމާ އިމްތިޙާނުތައް 2021 ވަނަ އަހަރުގެ މޭ ޖޫން ގައި ބޭއްވުމަށް ނިންމާފައ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ މޮނިޓަރިންގައި ނެތް ރަށްރަށުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރެވޭނެ: މިނިސްޓަރު ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން މޮނީޓަރިން ހާލަތަށް ލާފައި ނެތް ރަށްރަށުގައި ހާމަކަން ބޮޑުތަނެއްގައި ބޮޑު ޖަމާޢަތް ހަދައިގެން މާދަމާގެ ފިޠުރު ޢީދު ނަމާދު ކުރެވިދާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓަރާއި ހަވާލާދީ ދައުލަތުގެ މީޑިއާ “ޕީއެސްއެމްނިއުސް” ގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށްފަހު މިހާރުވަނީ މޮނިޓަރިންގެ ޙާލަތުގައި ނެތް ރަށްތަކުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ކޮލަމް އައްސުލްޠާން ޙާޖީ ޢިމާދުއްދީން މިއީ ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ހުރާ ދަރިކޮޅުގެ ރަސްރަސްކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައްސުލްތާނު މުހައްމަދު އިމާދުއްދީން (6)، އާދެ، ހާޖީ އިމާދުއްދީނުގެ ފޮޓޯފުޅެކެވެ. އެ މަނިއްފުޅު ރަސްކަންކުރެއްވީ މީލާދީން 1893 އިން 1903 އަށެވެ. ރަސްކަމަށް ވަޑައިގެންނެވުމުގެ ކުރީން ނަންފުޅަކީ ހަސަން ނޫރައްދީނެވެ. މި މަނިއްޕުޅުގެ ބައްޕާފުޅަކީ އައްސުލްތާނު މުހައްމަދު އިމާދުއްދީން (4)، އާދެ، މުސްކުޅި ބަންޑާރައިންގެ ދޮށީ ދަރިކަލުން ހަސަން އިއްޒުއްދީނެވެ. ތާރީޚީ ގޮތުން ކިޔޭ ލޯފަން މަނިއްފުޅެވެ. މަން... މުޙައްމަދު ނާޖިޙު · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވިއްސާރައިގައި 1338 ފަތްކެޔޮ ގަސް ވެއްޓިފައިވޭ: ވައިކަރަދޫން ކައުންސިލް މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ހދ. ވައިކަރަދޫން 1338 ފަތްކެޔޮ ގަސް ވެއްޓިފައިވާކަމަށް ހދ ވައިކަރަދޫ ކައުންސިލުން ބުނެފިއެވެ. ވައިކަރަދޫ ކައުންސިލުން ބުނެފައިވަނީ މިހާރު ކުރާމުން މިދާ ވިއްސާރައިގައި އެރަށު ރައްޔިތުންނަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން މި މަހުގެ 21 އަދި 22 ވަނަ ދުވަހު އެކަނިވެސް ދަނޑުތަކުން 1338 ފަތްކެޔޮ ގަސް ވެއްޓިފައިވާ ކަމަށާއި އޭގެ ތެރޭގައި ފަތްކެޔޮ ގަހުން ކެޔޮގަނޑު އައިސްފައިވާ 439 ހިމެނޭ [... ޖަލްވާން ޖާދުﷲ · 6 އަހަރު ކުރިން
ކޮލަމް ނ. އަތޮޅު މަދަރުސާ: ތަޢުލީމަށްޓަކައި މަނަދޫ ރައްޔިތުންވި ޤުރުބާނީގެ ނިޝާން މަނަދޫގައި ޤުރުއާން ކިޔަވައިދޭ ދެތިން އެދުރުގެ ހުއްޓެވެ. ކިޔަވައިދިނުމުގައި ގިނައިން އުޅުނީ އެދުރު ދައިތައިންނެވެ. ނަރުގިސްވިލާ ހައްވާފުޅު ދައިތައާއި، އުޑުވިލާގޭ މަރިޔަމް މަނިކެ ދައިތައާއި، ރޯޝަނީގޭ ކުޑަ އައިސަ ދައިތައެވެ. އަތިރިމަތީގޭ ހައްވަދައިތައާއި ކަންމަތީގޭ ފާތުމަ ދައިތައެވެ. ހަޒާރުމާގޭ އަބޫބަކުރު ނިޔާޒީއާއި ޚަދީޖާ އެވެ. ސްކޫލެއް މަދަރުސާއެއް، އެންމެ ކުޑަމިނުން މަކުތަބެއް ވެސް ނެތެވެ. އެހެންވީމާ އެ ދުވަސްވަރު ވެފައިވަނީ މަނަދުއަށް ތަޢުލީމީގޮތުން “ފިތުރަތުގެ” ދުވަސްވަރަކަށެވެ. ނިޒާމީ ތަޢުލީ... ޢަބްދުﷲ ސަޢީދު · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އަތޮޅުގެ ރައްޔިތުން ކުޅުދުއްފުށީ އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލު އާންމުކޮށްފި 00ހދ. އަތޮޅުގެ ރައްޔިތުން އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލު ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އާންމުކޮށްފި އެވެ، އަތޮޅުތެރޭ އޭޓީއެމް ނެތް ރަށްރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީގައި ހުރި އޭޓީއެމް ގެ ޚިދުމަތް ބޭނުންހިފުމަށް ކުރާދަތުރުތަކުގައި އަމަލުކުރާނެ އުސޫލު ހދ. އަތޮޅު ކައުންސިލް އިން އާންމުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މި އުސޫލަކީ ފުރަބަންދުގެ ހާލަތުގައި އަތޮޅުގައި އޭޓީއެމް ޤާއިމްކުރެވިފައި ނެތް ރަށްރަ ރައްޔިތުންނަށް، ބޭންކު އޮފް މޯލްޑިވްސްގެ ބޭނ... އަލީ އާދިލް · 6 އަހަރު ކުރިން
ރާއްޖެ ކޯވިޑް-19: މަނަދޫން ނެގި ސާމްޕަލްތައް ނެގެޓިވް ނ. މަނަދޫން ކޯވިޑް-19 އަށް ޕޮޒިޓިވި މީހުންނާ ގުޅުން ހުރި މީހުންގެ ތެރެއިން ނެގި ސާމްޕަލްތައް ނެގެޓިވްވެފައި ވާކަމަށް ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވެފައި ވަނީ މަނަދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާ ގުޅުންހުރި މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކޮށްފައި ވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވްވި މީހުންނާ، އެެކި ގޮތްގޮތުން ދިމާވި […... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ބައިނަލްއަގުވާމީ އީދު ނަމާދަށްވެސް ސައުދީ އަދި ޔޫއޭއީގެ މިސްކިތްތައް ނުހުޅުވާނެ ކޮރޯނާވައިރަސް ބަލިމަޑުކަމާއި ގުޅިގެން ފިޠުރު ޢީދު ނަމާދަށްވެސް މިސްކިތްތައް ނުހުޅުވާގޮތަށް ސައުދީ އަރަބިއްޔާއާއި، ޔޫއޭއީން ނިންމާފައިވާ ކަމަށް އެ ދެ ޤައުމުގެ އޮފިޝަލުންނާއި ހަވާލާދީ ރޮއިޓާސް ބުނެފިއެވެ. ގަލްފު ސަރަޙައްދުގެ ޤައުމުތަކުގައި ފިތުރު ޢީދު ފާހަގަ ކުރާނީ މިއަދު ނޫނީ އާދީއްތަ ދުވަހުއެވެ. ޝައްވާލްމަހުގެ ހަނދު އިއްޔެ ފެނިފައި ނުވާތީ ސައުދީ އަރަބިއްޔާއިން މިހާރު ކަނޑައަޅާފައިވަނީ، އެގައުމަށް މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ އާދީއްތަދުވަސް ކަމަށެވެ. ސައުދީ ސްޓޭޓް ޓީވީއިން ބުނެފައި ވަނީ ކޮރޯނ... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޖަމާއަތުގައި ނަމާދު ކުރެވޭގޮތަށް ހަމަޖައްސައިދޭން އުތީމުންވެސް އެދިއްޖެ ޖަމާއަތުގައި ނަމާދު ކުރެވޭ ރަށެއް ގޮތުގައި ހއ. އުތީމު ހަމަޖައްސައި ދިނުމަށް އުތީމު ކައުންސިލުން އެދިއްޖެއެވެ. މިގޮތަށް އެ ކައުންސިލުން އެދިފައި ވަނީ އުތީމު ކައުންސިލްގެ ރައީސް އަބުދު ﷲ ރަޝީދު ސޮއިކުރަށްވައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައެވެ. އެ ސިޓީގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ފުރަބަންދުގައިވާ ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލުމާއި ބެހޭ ގޮތުން ނިސްޓްރީ […] ޝިއުނާ އާދަމް · 6 އަހަރު ކުރިން