ތިލަދުންމަތީ ޚަބަރު ކޮމަންޑޫ ރައްޔިތުންގެ ހިތުގައި ނަރުދޫ ރައްޔިތުންނަށް އޮތް ލޯބި ދައްކާލައިފި އުތުރުން ކޯވިޑް-19 އަށް މިހާތަނަށް 11 މީހަކު ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ނަރުދޫ ރައްޔިތުންނަށް ބޭނުންވާނޭ ގިނަ ޢަދަދެއްގެ ޒަރޫރީ ތަކެތި، އެ އަތޮޅު ކޮމަންޑޫ ރައްޔިތުންގެ ފަރާތުން މިއަދު ހަދިޔާ ކޮށްފިއެވެ. މިއަދު މެންދުރު ފަހު 14:30 ހާއިރު ކޮމަންޑޫގެ ކަންނެލި ދެދޯނީގައި ނަރުދޫ ރައްޔިތުންނަށް ވަނީ މިހާލަތުގައި އެ ރައްޔިތުން ބޭނުން ވާނޭ ގިނަ ޢަދަދެއްގެ ތަކެތި ގެންގޮސް ހަދިޔާކޮށްފައެވެ. ނަރުދޫ ކައުންސިލްގެ ރައީސް އަޙްމަދު އާރިފް ” […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ އޮންލައިންކޮށް ބާއްވަމުން އައި މަޖިލިސް ޖަލްސާތައް މަޖިލީހުގައި ބާއްވަން ނިންމައފި މާދަމާ ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ، މަޖިލިސްގައި ބާއްވަން ނިންމައިފިއެވެ. ފުރަބަންދުގެ ސަބަބުން ފަހަކަށް އައިސް މަޖިލިސް ޖަލްސާތައް ބާއްވަމުން އައީ އޮންލައިނުކޮށެވެ. ރައްޔިތުންގެ މަޖިލިސްގެ އިދާރާއިން ބުނީ މި އަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ ކަމަށެވެ. މާދަމާ ހެނދުނު 11 ޖަހާއިރު ފަށަން ނިންމާފައިވާ މިޖަލްސާގެ އެޖެންޑާ މިހާރު ވަނީ މަޖިލިސްގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައެވެ. މަޖިލީހުން މިއަދު ވަނީ ރަ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ކޯވިޑް-19: ރާއްޖެއިން ބަލިޖެހުނު މީހުންގެ ޢަދަދު 1395 އަށް ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 24 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1395 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ މިއަދުގެ ހަވީރު 4:30 އާއި ހަމައަށް އިތުރު 24 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ 24 މީހުން ތެރޭގައި ހިމެނެނީ 4 ދިވެއްސަކާއި ބަންގްލަދޭޝްގެ 18 މީހުންނާއި، އަދި އިންޑިއާ ދެ މީހުން ކަމަށެވެ. […] ޝިއުނާ އާދަމް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތީގެ ދެބުރި އެއްކޮށްލުން! ތަޢާރަފު: ތިލަދުންމައްޗޭ ބުނެވޭ ބަހުގެ މާނައަކީ ތުރާކުނު އުތުރު ބޭރުން ފެށިގެން ވައިކަރަމުރައިދޫގެ ދެކުނުން އޮންނަ “ބޮޑުތިލަ” ނިމޭ ތަނާ ހަމައަށް އެކުލެވިގެންވާ ސަރަހައްދާއި މާމަކުނުދޫގެ ޤުދުރަތީ އަތޮޅެވެ. ތާރީޚީ ހެކިތަކުގެ މައްޗަށް ބިނާކުރާއިރު، އެތައް 100 އަހަރެއް ވާންދެން އިދާރީ އެއް އަތޮޅެއްގެ ގޮތުގައި ތިލަދުންމަތި ހިނގަމުން ދިޔައީ ދިވެހިރާއްޖެގައި އެންމެ ގިނަ މީހުން ވަޒަންވެރިވެ ދިރިއުޅޭ އަތޮޅުގެ ގޮތުގައެވެ. އެންމެ އާބާދީ ބޮޑު އަތޮޅުގެ ގޮތުގައެވެ. ދިރިއުޅުމާއި، ރަށްވެހިކަމާއި، މަސައްކަތްތެރި... އަޙްމަދު ސާލިމް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިއަދަކީ މޮޅަދޫއަށް އުފާވެރި ތާރީޚީ ދުވަހެއް: އެމްޕީ ޝިފާއު މިއަދަކީ ހއ. މޮޅަދޫއަށް އުފާވެރި ތާރީޚީ ދުވަހެއް ކަމަށް މޮޅަދޫ ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ޝިފާއު މިމޭރުމުން ވިދާޅުވީ ޒަމާނުއްސުރެ މޮޅަދޫ ރައްޔިތުން ދެކެމުންއައި ހުވަފެނެއްގައި ކުލަޖެހި، މިއަދަކީ އެރަށު ފަޅަށް ފުރަތަމަ ފަހަރަށް ދޯންޏެއްވަދެ މުދާ ހުސްކުރި ދުވަހަށް ވުމުންނެވެ. މޮޅަދޫގައި ފަޅުކޮންނަމުން ދަނީ ސަރުކާރުން އެ ރަށުގައި ތަރައްޤީކުރުމަށް ނިންމަވާފައިވާ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިންނެވެ. މީގެ ކުރިން މޮޅަދޫއަށް މުދާ ބޭލުމަށާއި،... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫގެ ފުރަބަންދުގެ ހާލަތު ނިމުމަކަށް ގެންނަނީ ކޯވިޑް-19 އިން ރައްކާރެތިވުމުގެ ގޮތުން ދިއްދޫ ފުރަބަންދުކޮށްފައި އޮތް އޮތުން މާދަމާ، 25 މޭ 2020 ވަނަ ދުވަހު ވަހުގެ ހަވީރު 6:00 އިން ފެށިގެން ނިމުމަކަށް ގެންނަން ދިއްދޫ ކައުންސިލުން ނިންމައިފިއެވެ. ދިއްދޫ ކައުންސިލުން ބުނީ ކޯވިޑް-19 އިން ރައްކާރެތިވުމުގެ ގޮތުން ދިއްދޫ ފުރަބަންދުކޮށްފައި އޮތް އޮތުން، 25 މޭ 2020 ވަނަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އުވާލުމަށްފަހު، މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތައް އިތުރަށް ކުރިޔަށް ގެންދިއުމަށް ނިންމާފައި ވާކަމަށެވެ. ފުރަބަންދު […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އާބާދީގައި 1000 ހަމަވާ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ރާއީ ގޮވާލައިފި ހދ. އަތޮޅުގެ ރައްޔިތުން ކުޅުދުއްފުށީ އޭޓީއެމް ބޭނުންކުރުމަށް ހދ އަތޮޅު ކައުންސިލުން ހަމަޖައްސާފައިވާ އުސޫލާއި ގުޅިގެން އަތޮޅުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މިދަނޑިވަޅުގައި އާބާދީގައި ހާހަކުންމަތީ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ގޮވާލައިފިއެވެ. އަތޮޅުތެރޭ އޭޓީއެމް ނެތް ރަށްރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީގައި ހުރި އޭޓީއެމްގެ ޚިދުމަތް ބޭނުންހިފުމަށް ކުރާދަތުރުތަކުގައި އަމަލުކުރާނެ އުސޫލާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވ... އަލީ އާދިލް · 6 އަހަރު ކުރިން
ވިޔަފާރި އެލްބިއަން ސްޓޯރުން ޖެންޑަރ މިނިސްޓްރީއަށް -/50000 ރުފިޔާ ހަދިޔާކޮށްފި އެލްބިއަން ސްޓޯރުން މިނިސްޓްރީ އޮފް ޖެންޑަރ, ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ބައިލައްކަ (-/50000) ރުފިޔާ ހަދިޔާކޮށްފިއެވެ. ހާޑްވެޔާގެ ގިނަ ތަކެތި ވިއްކުމުގެ ދިގު ތާރީހެއް އޮތް އެލްބިއަން ސްޓޯރުން ބުނެފައިވަނީ މިއެހީތެރިކަމަކީ ރާއްޖެއިން ކޯވިޑް19 އާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެކުންފުނީގެ ސީއެސްއާރގެ ދަށުން ވެދެއްވި އެހީތެރިކަމެއް ކަމަށެވެ. މުޅިދުނިޔެއަށް ދިމާވެފައިވާ ސިއްޙީ ކުއްލި ހާލަތުގެ މިނާޒުކު ދަނޑިވަޅުގައި އެކަކު އަނެކަކަށް އެހީތެރިވެ ރާއްޖޭގެ ކާރވް ވ... އަލީ އާދިލް · 6 އަހަރު ކުރިން
ކޮލަމް ފާދިއްޕޮޅުގެ عِيد ގެ އުފާވެރި مَنْظَرُ ހިޖުރީ ސަނަތުން 1441 ވަނަ އަހަރުގެ ޝައްވާލު މަހުގެ 1 ވަނަ ދުވަހު، އާދެ ބަރަކާތްތެރި ކުޑަ އީދު ދުވަހު، މާލޭގައި ލޮކްޑައުންގައި ހުރެ ތިޔަބޭފުޅުންނާ މި ހިއްސާކޮށްލަނީ މީގެ 72 އަހަރު ކުރިން، 1369 ވަނަ އަހަރުގެ ޝައްވާލު މަހުގެ 1 ވަނަ ދުވަހު ނުކުތް “ސަރުކާރުގެ ޚަބަރު” ނޫހުގައި ފާދިއްޕޮޅު ނައިފަރު فضيلة الشيخ عبدالله فهمي ديدي الأزهري ލިޔުއްވާފައިވާ މަޒުމޫނެކެވެ. މިއީ އެ މަނިކުފާނު އެ އަތޮޅަކަށް ނިސްބަތްވާ ފާދިއްޕޮޅުގައި އީދު […] މުޙައްމަދު ނާޖިޙު · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަމާއި ނޮޅިވަރަންފަރުން ދެ މީހަކު ހައްޔަރުކޮށްފި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. އަތޮޅުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެއްކަމަށެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި ދެ މީހުންގެ ތެރެއިން 33 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ނޮޅިވަރަމުގައި މީހަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެން... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ 61 ކިލޯ މަސްތުވާ ތަކެތީގެ މައްސަލައެއްގައި 11 މީހަކަށް ދައުވާކުރަން ހުށަހަޅައިފި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގުޅުން ހުރި، މަސްތުވާ ތަކެތީގެ ބޮޑު މައްސަލައެއްގައި 11 މީހަކަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަައްސަލަތައް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕީޖީ އޮފީހުން ބުނެފައި ވަނީ މ.ބޮއިލިންގފިޝް، އަޙްމަދު ވިސާމް އިސްވެހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން 26 މާރިޗު 2020 ދުވަހު “އިރުއަލިމަސް” ކިޔާ ދޯންޏެއްގައި ދިވެހިރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުވާ މައްސަލާގައި 11 މީހަކަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިކަމަށެވެ.... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ބައިނަލްއަގުވާމީ ޢީދުގެ މުނާސަބަތުގައި އުރީދޫއިން ޚާއްޞަ ހަދިޔާއެއް މިއަދު ފާހަގަ ކުރަމުން މިދާ ފިޠުރު ޢީދުގެ މުނާސަބަތުގައި، އުރީދޫއިން ކަސްޓަމަރުންނަށް ޚާއްޞަ ފުރުޞަތެއް ހުޅުވާލައިފިއެވެ. އުރީދޫން ބުނީ މިއީ ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި، ޢީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނާ ހިއްސާކޮށްލުމަަަަށް ފަހިކޮށްދިނުމަށް ހުޅުވާލެވުނު ޚާއްޞަ ފުރުޞަތެއް ކަމަށެވެ. މި އޮފާގައި ކަސްޓަމަރުންނަށް “މަގޭ ޕްލޭން” މެދުވެރިކޮށް ތިން ދުވަހުގެ މުއްދަތަށް ތިން ޖީބީ ޑޭޓާ 75ރ. އަށް ގަނެވޭނެ ކަމަށެވެ. އެ ކުންފުނީގެ މެނޭޖަރު ބްރޭންޑް އެންޑް މާކޮމްސް، ނޫރާ އިބްރާހިމް ޒާހިރު ވ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް ކުރިނބީ ކައުންސިލުން އެދިއްޖެ ހދ. ކުރިނބީގެ އާންމު މަސްލަހަތު ގެއްލުވާލުމަށް ފުލުހަކު މަސައްކަތް ކޮށްފައިވާތީ އެކަން ބަލައިދިނުމަށް ކުރިނބީ ކައުންސިލުން އެދިއްޖެ އެވެ. ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފުލުހެއްގެ ފަރާތުން ރަށުގެ އާންމު މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށާއި އަދި މި މައްސަލަ ބައްލަވައިދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މިވަގުތު ވާނީ ހުށަހެޅިފައިކަމަށެވެ. އެކައުންސިލުން ނެރުނު ބަޔާނުގަ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ދީން ޢީދުގެ އަދަބުތަކާއި ސުންނަތްތައް ބަރަކާތްތެރި ޢީދު ދުވަހަކީ މުސްލިމުން އުފާކުރުމަށްޓަކައި މާތް ﷲ ޝަރުޢު ކޮށްދެއްވި ދުވަހެކެވެ. ވީމައި ފިޠުރު ޢީދާއި ޢަޟްޙާ ޢީދު ދެދުހުގައިވެސް رسول الله صلى الله عليه وسلم ކަންތައްތައް ކުރައްވައި ދެއްކެވި ގޮތް ދަނެ ދަސްކުރުމަކީ މުސްލިމުން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މާތް ﷲގެ ހަޟުރަތުގައި އެކަން ބޮޑަށް މަގުބޫލު އަދި އެކަލާނގެ ރުއްސެވުން ލިބިގަތުމަށްޓަކައެވެ. ތިރީގައި އެވަނީ އިތުރުއެކަލޭގެފާނާއި އެކަލޭގެފާނުންގެ އަރިސް ޞަހާބީންގެ އަރިހުން ވާރިދުވެފައިވާ ޢީދުގެ ސުންނަތްތަކާއި އަދަބުތަކުގެ ތެރެ... Thiladhun · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްގާ ފައުންޑޭޝަންއިން ހއ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް އެހީއެއް! ހއ ދިއްދޫގައި އަލަން އުފައްދާ ޖަމިއްޔާއެއް ކަމަށްވާ ދިއްގާ ފައުންޑޭޝަން ދިއްދޫ (ޑީއެފްޑީ) އިން ހއ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް 5 ޕީޕީއީ އާއި 200 ސާޖިކަލް ފޭސް މާސްކު ހަދިޔާކޮށްފިއެވެ. މިތަކެތި ހއ. އަތޮޅު ހޮސްޕިޓަލް އާއި ހަވާލުކޮށްދެއްވީ މިވަގުތު ދިއްދޫގައި ތިބި ދިއްގާ ފައުންޑޭޝަންގެ ބައެއް މެންބަރުންކަމަށް އެޖަމިއްޔާ އިން މަޢުލޫމާތުދެއެވެ. ދިއްގާ ފައުންޑޭޝަން އަކީ ދިއްދޫގެ ދިއްގާ އާއިލާއަށް ނިސްބަތްވާ ޖަމިއްޔާއެކެވެ. މި ފައުންޑޭޝަން އަކީ ދިއްގާ އާއިލާއަށް ނިސްބަތްވާ ފާތިމަތު އާދަމް […] އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން