ރާއްޖެ ކޯވިޑް-19: 86 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެ ކޯވިޑް-19ގައި ރާއްޖެއިން 86 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ. މިއީ ކޯވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 51 ވަނަ މީހާއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވީ ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ ގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކަމަށެވެ. މި މީހާ ނިޔާވެފައިވަނީ މިއަދު ހަވީރު 04:27 ގައި ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވި އެވެ. މިއަދު ކޮވިޑް-19 ޖެހިގެން ނިޔާވި […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޯވިޑް-19ގެ ވެކްސިން ސްޕްރޭ ކުރެވޭ ގޮތަށް ތައްޔާރުކުރަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަރސިޓީއެއް ކަމަށްވާ ލޭންކެސްޓަރ ޔުނިވަރސިޓީގެ ފަރާތުން ނޭފަތަށް ފޮނުވާލެވޭ ސްޕްރޭއެއްގެ ސިފައިގައި ކޯވިޑް-19ގެ ވެކްސިން ހެދުމަށް ތައްޔާރުވެއްޖެއެވެ. ލޭންކެސްޓަރ ޔުނިވަރސިޓީގެ އިންޖިނިއަރުން މިހާރުވަނީ މި ‘ނޭސަލް ސްޕްރޭ’ ޖަނަވާރުންނަށް ދީގެން ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައެވެ. މިއީ ވެކްސިންއެއް އުފެއްދުމުގެ ފުރަތަމަ މަރުހަލާވެސް މެއެވެ. މިހާތަނަށް މި ޑޯސޭޖްއިން ލިބުނު މަޢުލޫމާތަށް ބަލާއިރު، މި ވެކްސިން އަންނަނީ ޓީ ސެލް ތަކަށް ގުޑަމުން، އަދި ކޯވިޑް-19ގެ ވައިރަސް... މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ރާއްޖެ ފިނޮޅަށް ގެއްލުން ދިނުމުގައި އިސްކޮށްހުރި ކަމަށްބުނާ ޖީއެމް ފުރުން މަނާކޮށްފި ހިންމަފުށީ ކައިރީ އޮންނަ ފިނޮޅެއް ކޯރު ކަނޑައިގެން ގެއްލުން ދިން މައްސަލާގައި އިސްކޮށްހުރިކަމަށް ބުނާ، ގިލިލަންކަންފުށި ރިސޯޓްގެ ޖެނެރަލް މެނޭޖަރު ފުރުން މަނާކޮށްފި އެވެ. އެ ފިނޮޅުގައި ކޯރު ކަނޑައި، އެ ތަނަށް ގެއްލުން ދޭން މަސައްކަތްކުރީ ގިލިލަންކަންފުށި ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެއް ކަމަށް ވަނީ އަޑުފެތުރިފައެވެ. މި މައްސަލަ ތަހުގީގު ކުރާނެ ކަމަށް އީޕީއޭ އާއި ފުލުހުން ވަނީ މިދިޔަ ހުކުރު ދުވަހު ބުނެފަ އެވެ. ފުލުހުން ވިދާޅުވީ، ގިލިލަންކަންފުށި ފަޅުތެރޭ އޮތް ވެލިގަނޑަށް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ޚާއްސަ އުސޫލެއް ކަނޑައަޅައިފި ކޯވިޑް19ގެ މިޙާލަތުގައި ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ޚާއްސަ އުސޫލެއް ސަޢޫދީ ޢަރަބިއްޔާއިން ކަނޑައަޅައިފިކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ. ފޮރިން މިނިސްޓްރީއިން ބުނީ، ކޮވިޑްގެ ޚާއްސަ ޙާލަތާއި ގުޅިގެން ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއި، ސަޢޫދީ ޢަރަބިއްޔާ އަދި އެހެނިހެން ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ދިވެހިންނަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ސަޢޫދީގެ ޚާރިޖީ ވަޒީރާއި އަ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ތިމާވެއްޓަށް ގެއްލުންވާގޮތަށް ހިންގާ ޖަރީމާތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައިފި ތިމާވެއްޓަށް ގެއްލުންވާގޮތަށް ހިންގާ ޖަރީމާތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ރާއްޖޭގެ 11 މަދަނީ ޖަމިއްޔާ އަކުން ގޮވާލައިފިއެވެ. މިގޮތަށް ގޮވާލި ޖަމިއްޔާތަކަކީ ”ޓްރާންސްޕޭރަންސީ މޯލްޑިވްސް”އާއި، ”އެކޯ ކެއާ މޯލްޑިވްސް”އާއި، ”ދަ މޯލްޑިވްސް ރީސައިލެންޓް ރީފް ޕްރޮޖެކް”އާއި، ”ސޭވް އަވަރ ވޭވްސް މޯލްޑިވްސް”އާއި، ”ޒީރޯ ވޭސްޓު މޯލްޑިވްސް”އާއި، ”ސޭވް ހުވަދޫ”އާއި، ”މަލަފެހި މީދޫ ޕްރޮޓެކްޓް ދަ އެންވަޔަރަންމަންޓް”އާއި، ”ހުވަދޫ އެއިޑް”އާއި، ”ލޭންޑް ސީ މޯލްޑީވްސް”އާއި، ”ބިލީފް” އަދި ”ސޭވް މޯލްޑިވްސް” އ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ އަންހެނުންނަށް ގޮނޑި ހާއްސަކުރުން ގާނޫނުއަސާސީއާ ހިލާފް ނޫންކަމަށް ކަނޑައަޅައިފި ލޯކަލް ކައުންސިލް އިންތިހާބަށް އަންހެނުންނަށް ތެއްތިރީސް އިންސައްތަ ގޮނޑި ހާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ނޫން ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ. ހައިކޯޓުން އެގޮތަށް ކަނޑައެޅީ މިއަދުއޮތް ހުކުމް އިއްވާ މަޖިލީހުގައި، މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި އަލީ ސަމީރާއި އަބްދުއްރައޫފް އިބްރާހިިމާއި ހުސައިިން ޝަހީދުގެ އިތުރުން ހާތިފް ހިލްމީ އެވެ. ރިޔާސަތު ބެލެހެއްޓެވީ މުހައްމަދު ނިޔާޒެވެ. ލޯކަލް ކައުންސިލ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ޖިންސީ ގޯނާގެ މައްސަލައެއްގައި އެމްޑީ އިދުރީސް ހޯދަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް ބަންގްލަދޭޝްގެ ރައްޔިތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މިގޮތުން ބަންގްލަދޭޝްގެ އުމުރުން 34 އަހަރުގެ އިދުރީސް ހޯދަނީ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި އޭނާ ހޯދަނީ ސައުތު ޕޮލިސް ޑިވިޜަންގެ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލާގައި ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ އިދިކޮޅު ކޯލިޝަނުން ސީދާ ހަރަކާތަށް ނުކުންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުއްޤައްޔޫމް މައްޗަށް އުފުލާފައިވާ ދައުވާއަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބާތިލް ދައުވާއެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކައުންސިލުން ފާސްކޮށް، ސީދާ ހަރަކާތަށް ނުކުންނަށް ނިންމައިފިއެވެ. އެ ކޯލިޝަނުން އިއްޔެ ކުރިއަށް ގެންދިޔަ ކުއްލި ކައުންސިލް ބައްދަލުވުމުގައި ސީދާ ހަރަކާތައް ނުކުތުމަށް ނިންމުމަށް ހުށަހެޅި ގަރާރު ފާސްވެފައި ވަނީ ބައްދަލުވުމަށް ވަޑައިގެންނެވި ކައުންސިލް މެމްބަރުންގެ އައުލަބިއްޔަތުންނެވެ. މިގޮތަށް ނިންމީ ރައީސް ޔާމީނަށް ދަށުކޯޓުން އި... އަލީ އާދިލް · 5 އަހަރު ކުރިން
ކޮލަމް ރީތިކޮށް، ގިނައިން މައު އަޅާގޮތަށް "ބޯގަންވިލާ" ހައްދާނެ ގޮތް! ބޯގަންވިލާއަކީ ބަގީޗާގައި ވަރަށް ގިނަ ބަޔަކު މިހާރު ހައްދައި އުޅޭ، އެހާމެ ރީތި ގަހެކެވެ. މިހާރަކަށް އައިސް ތަފާތު ވައްތަރުގެ އަދި ތަފާތު ކުލަކުލައިގެ ބޯގަންވިލާ ރާއްޖޭގައި އާއްމުވަމުން ދާއިރު، ބޯގަންވިލާއަކީ ގަހުގެ ސައިޒު ކުޑަކޮށް އަދި ތަންތަނަށް އަރުވާ ވެޔޮގަނޑެއް ގޮތަށްވެސް ހެއްދިދާނެ ގަހެކެވެ. ބޯގަންވިލާ ހެއްދުމަށް ކަނޑާނީ 4 އިންޗިއާއި 8 އިންޗިއާ ދެމެދުގެ މެދުމިނަކަށް ހަރު ނުވަތަ ޅަ ކުރިއެވެ. ކުރި ކެނޑުމަށްފަހު އެންމެ ކުރީގެ 2 ފަތް ފިޔަވައި އެހެން ފަތްތައް، […] ހުބާ ޕްލާންޓްސް · 5 އަހަރު ކުރިން
ރާއްޖެ ފޮށުނު މައްސަލައިގައި ހައްޔަރުކުރީ ބަރަހަނާކޮށް ހުރެ އިސްލާމީ މަރުކަޒަށް ވަތް މީހާ އަންހެން ކަނބަލުންތަކަކާއި ފޮށި، މީހުނަށް އާންމު އުނދަގޫކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ މިމަހުގެ 21 ވަނަ ދުވަހު ބަރަހަނާ ހާލުގައި ހުރެގެން އިސްލާމީ މަރުކަޒަށް ވަނުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވަނީ އިއްޔެ މެންދުރު ފަހު 1:00 ޖަހާކަންހާއިރު މާލޭ ސިޓީގެ ބޮޑުތަކުރުފާނުމަގު ޑޮލަރު އޭޓީއެމްގެ ކައިރިން އެކި އެކި އަންހެނުންނާ ފޮށި، މީހުނަށް އާންމު އުނދަގޫ ކުރަމުން ދިޔަ މައްސަލައެއްގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އެމ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރިޕޯޓް ''ކޮވިޝީލްޑް'' އަކީ ރައްކާތެރި ވެކްސިނެއްތަ؟ ކޮރޯނާ ވައިރަސްގެ ބަލާއާފާތުން މިންޖުވެ، ހަމަ ނޭވާއެއްލުމަށް މުޅި ދުނިޔެ އިންތިޒާރު ކުރަމުންދާތާ އަހަރަކަށް ވުރެވެސް ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު، ދުނިޔެއަށް އުންމީދުގެ އަލިކަމެއް ގެނެސްދީފައިވަނީ ދުނިޔޭގެ ޤައުމުތަކުގައި އުފައްދުމުގެ އެކި މަރުހަލާތައް ކަޑައްތު ކޮށްފައިވާ ކޯވިޑް-19ގެ ވެކްސިންތަކުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބަށް ބަލާއިރު ކޯވިޑަށް ފަރުވާއެއް ހޯދުމަށް 64 ވައްތަރެއްގެ ވެކްސިނެއް އިންސާނުން ގަޔަށް ޖަހައިގެން ތަހުލީލު ކުރުމުގެ މަރުހަލާގައިވާއިރު، 173 ވެކްސިނެއް... Thiladhun · 5 އަހަރު ކުރިން
ރާއްޖެ ޖެޓްސްކީގައި ފުރި ދެ މީހުން ފެނިއްޖެ ޅ. އަތޮޅުގައި އޮންނަ ފުށިފަރު ރިސޯޓުން ޖެޓްސްކީއެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަނިކޮށް ފެނިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެމީހުން ފެނުނީ މިރޭ 20:42 ހާއިރު، ޅ. އަތޮޅު ކުރެއްދޫ ރިސޯޓު ކައިރިން، އެ ރިސޯޓުގެ ލޯންޗަކަށް ކަމަށެވެ. އެ ދެ މީހުން ފެނުނީ ޖެޓްސްކީގެ އިންޖީނު ހުއްޓިގެން އޮޔާ ދަނިކޮށް ކަމަށާއި، އެ ދެމީހުންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި އެ ދެމީހުން ވެސް މިހާރު ވަނީ ކުރެއްދޫ ރިސޯޓަށް ގެންދެވިފައި ކަމަށް ވެސް […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާގެ އޯވަލް އޮފީހަށް 'ޑައެޓް ކޯކް' ގެންނަ ރަތް ބަޓަން ނަގައިފި ބައިޑެން ވެރިކަމާއި ހަވާލު ވުމާއި އެކު، އޯވަލް އޮފީހުގެ ކަންކަމަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ތަފާތު ބަދަލެއްގެ ގޮތުގައި ފެނިފައިވަނީ، ކުރީގެ ރައީސް ޓްރަމްޕް ބެހެއްޓެވި ‘ޑައެޓް ކޯކް ބަޓަން’ ނެންގެވުމެވެ. ގިނަ ޚަބަރުތައް ބުނާ ގޮތުގައި، ޓްރަމްޕްގެ ވެރިކަމުގައި އޭނާ ފަރިއްކުޅުއްވުމަށް ޑައެޓް ކޯކް ގެނައުމަށް ބަޓަންއެއް ވަނީ ޚާއްސަކުރެވިފައެވެ. ބުރާސްފަތި ދުވަހު، ބައިޑެން ހުވާ ކުރެއްވުމަށްފަހު، އޯވަލް އޮފީހުގައި ނެންގެވި ފޮޓޯތަކުގައި، އޭނާގެ މޭޒުމަތީގައި މި ބަޓަންއެއް ނެތެވެ. “ރައީސް ބައިޑެނ... މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ރާއްޖެ ޖެޓްސްކީއެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަނީ ޅ. އަތޮޅުގައި އޮންނަ ފުށިފަރު ރިސޯޓުން ޖެޓްސްކީއެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ ފުށިފަރު ރިސޯޓުން ޖެޓްސްކީއެއްގައި ފުރި ދެ ދިވެހިން ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށެވެ. އެ ދެމީހުންނަކީ ވެސް އެ ރިސޯޓުގެ މުވައްޒަފުން ނެވެ. އަދި އެއީ އެ ރިސޯޓުގެ އަންހެން މުވައްޒަފަކާއި، ފިރިހެން މުވައްޒަފެއް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެ އަންހެން މުވައްޒަފުގެ އުމުރަކީ 29 އަހަރެވެ. ފިރިހެން މުވައްޒަފުގެ އުމުރަކީ 24 އަހަރެވެ. އެމީހުން […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޖޭއެސްސީން ހޯރަފުށި އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ހއ. ހޯރަފުށި އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މުހައްމަދު ޝަރީފްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފިއެވެ. ޖޭއެސްސީން ވިދާޅުވީ، އޭނާގެ މައްސަލައެއް ބެލުމަށް ނިންމީ ތަނާޒުލް ވާން ޖެހޭ މައްސަލައަކުން ތަނާޒުލް ނުވެ އެ މައްސަލަ ހިންގައި ނިންމި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންކަމުން މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ މިއަހަރުގެ ހަތަރުވަނަ ޖަލްސާއިން އެ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީ އެއް އެކުލަވާލާފައިވާ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން