މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ނެއްލައިދޫން ފަސް މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ނެއްލައިދޫން ފަސް މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހދ. ނެއްލައިދޫގައި ހޯމް ކަރަންޓީނުގައި ތިބި ފަސް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ނެއްލައިދޫ ކައުންސިލުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ފަސް މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެ ފަސް މީހުންނަކީ ވެސް އެއް ޢާއިލާއަކަށް ނިސްބަތްވާ ފަސް މީހުން ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ. އެމީހުން ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެމީހުންގެ ހޯމް ކަރަންޓީނު މުއްދަތު 14 ދުވަސް އިތުރު ކުރެވިފައިވާ ކަމަށް ވެސް އެ […]

ޔުމްނާ ޢަލީ
އެމްޓީސީސީއަށް ތާރީޚީ ކާމިޔާބީއެއް

އެމްޓީސީސީއަށް ތާރީޚީ ކާމިޔާބީއެއް

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ 40 އަހަރުގެ ދިގު ތާރީޚުގައި މިހާތަނަށް މާލީ އަހަރެއްގައި ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ، ހުސްވި 2020 ވަނަ އަހަރު ހޯދައި އެ ކުންފުނިން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. މިއަދު އާންމުކުރި އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ މާލީ ހިސާބަށް ބަލާއިރު އެ ކުންފުނީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން، ސާފު ފައިދާގެ ގޮތުގައި […]

ޔުމްނާ ޢަލީ
ކަނބަލުންތަކަކާއި ފޮށުނު ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

ކަނބަލުންތަކަކާއި ފޮށުނު ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

އަންހެން ކަނބަލުންނާއި ފޮށި، މީހުނަށް އާންމު އުނދަގޫކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ، މިއަދު މެންދުރު ފަހު 1:00 ޖަހާކަންހާއިރު މާލޭ ސިޓީގެ ބޮޑުތަކުރުފާނުމަގު ޑޮލަރު އޭޓީއެމްގެ ކައިރިން އެކި އެކި އަންހެނުންނާ ފޮށި، މީހުނަށް އާންމު އުނދަގޫ ކުރަމުން ދިޔަ މައްސަލައެއްގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފައި ވާކަމަށެވެ. އެމީހާއަކީ އުމުރުން 50 އަހަރުގެ ބަންގުލަދޭޝްގެ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވިގޮތުގައި މިހާރު ދަނީ އޭނާގެ މައް...

ޔުމްނާ ޢަލީ
ކުމުންދޫ ރައްޔިތުންގެ ފުރިހަމަ އިތުބާރު އެމްޑަބްލިއުއެސްސީއަށް

ކުމުންދޫ ރައްޔިތުންގެ ފުރިހަމަ އިތުބާރު އެމްޑަބްލިއުއެސްސީއަށް

ހދ. ކުމުންދޫގައި ސަރުކާރުން ގާއިމުކުރާ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)އިން، އެ މަޝްރޫޢުގެ މަސައްކަތް ކާމިޔާބު ކަމާއިއެކު ނިންމާލާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެރަށުގެ ރައްޔިތުންގެ އެބައޮތް ކަމަށް ކުމުންދޫ ކައުންސިލުން ބުނެފިއެވެ. އެރަށުގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށާއި، އެ މަޝްރޫޢުއިގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖ...

ޝިއުނާ އާދަމް
މިސްކިތްތައް މަރާމާތު ނުކުރެވި ހުރީ ބަޖެޓް ނެތިގެން: ވަށަފަރު ކައުންސިލް

މިސްކިތްތައް މަރާމާތު ނުކުރެވި ހުރީ ބަޖެޓް ނެތިގެން: ވަށަފަރު ކައުންސިލް

ހއ. ވަށަފަރުގެ މިސްކިތްތައް މަރާމާތު ނުކުރެވި ހުރީ ބަޖެޓުގެ ދަތިކަމާއި ހުރެކަމަށް ވަށަފަރު ކައުންސިލުން ބުނެފިއެވެ. ވަށަފަރުގެ މިސްކިތްތައް ވަރަށް ބޮޑު މަރާމާތުކުރަން ޖެހިފައިވާކަން ފެންނަ ފޮޓޯތަކެއް ވަށަފަރުގެ އާންމު ރައްޔިތަކު ”ތިލަދުން”އަށް ހިއްސާ ކުރުމުން އެކަމާއި ގުޅިގެން ކުރި ސުވާލެއްގެ ޖަވާބުގައި، ވަށަފަރު ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ”ތިލަދުން”އަށް ވިދާޅުވީ، އެ މިސްކިތްތައް މަރާމާތު ނުކުރެވި ހުރީ ބަޖެޓް ނެތުމުން ކަމަށެވެ. ”މިރަށު މިސްކިތްތައް ހުރީ ވަރަށް ބޮޑު މަރާމާތަކަށް ބޭނުން...

އަލީ އާދިލް
ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަނީ ނަފްސާނީ ބަލި މީހެއް: ފުލުހުން

ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަނީ ނަފްސާނީ ބަލި މީހެއް: ފުލުހުން

ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަދެ ގެއްލުންދިނީ ނަފްސާނީ ބަލި މީހެއްކަމަށް ފުލުހުން ބުނެފި އެވެ. ނޫސްތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ މިމަހުގެ 21 ވަނަ ދުވަހު އިޝާ ނަމާދަށް ފަހު ހިނގި މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިމީހާ މިހާރު ވަނީ ދޫކޮށްލާފައިކަމަށާއި އަދި އޭނާގެ ސްޕޮންސޮރ އާ ގުޅިގެން އޭނަ ބަންގްލަޑެޝް އަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށެވެ. އެމީހާ އަކީ ނަފްސާނީ މައްސަލަ ތަކެއް ހުންނަ މީހެއް ކަމަށް ފުލުހުންނަށް […]

އަލީ އާދިލް
މިއަހަރުތެރޭގައި ކުމުންދޫގައި ޕޮލިސް ޕޯސްޓެއް އަޅަނީ

މިއަހަރުތެރޭގައި ކުމުންދޫގައި ޕޮލިސް ޕޯސްޓެއް އަޅަނީ

މިއަހަރުތެރޭގައި ކުމުންދޫގައި ޕޮލިސް ޕޯސްޓްއެއް ގާއިމްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް ހދ. ކުމުންދޫ ކައުންސިލުން ބުނެފި އެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅު ހޯމްމިނިސްޓްރީއަށް އެރަށުގައި ޕޮލިސް ޕޯސްޓްއެއް ގާއިމް ކުރުމަށް އެދިފައިވާނެކަމަށާއި އެގޮތުން ކައުންސިލުން ވެދެވެންހުރި އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށެވެ. އެއާއިއެކު މިއަހަރު ޕޮލިސް ޕޯސްޓް އަޅަން ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ކުމުންދޫ ހިމެނިފައިވާކަމަށް...

ޔުމްނާ ޢަލީ
ލޮނުގެ އަސަރުކޮށް ނަރުދޫގެ ގިނަ އަދަދެއްގެ ފަތްކެޔޮ ގަސްތަކެއް މަރުވަނީ

ލޮނުގެ އަސަރުކޮށް ނަރުދޫގެ ގިނަ އަދަދެއްގެ ފަތްކެޔޮ ގަސްތަކެއް މަރުވަނީ

މިހިނގާ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ށ. ނަރުދޫއަށް އެރި އުދައިގެ ސަބަބުން ލޮނުގެ އަސަރުކޮށް އެރަށުން ގިނަ ޢަދަދެއްގެ ފަތްކެޔޮ ގަސްތަކެއް މަރުވަމުން އެބަދެއެވެ. ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ނަރުދޫއަށް އުދަ އެރީ މެންދަމު 2:00 އިން 2:30 އާއި ދެމެދުގެ ވަގުތެއްގައެވެ. އަދި އެރޭ އެރަށަށް އުދައެރުމުގެ ސަބަބުން 8 ގެއަށް ލޮނު ވަދެ، 3 ގެއެއްގެ ގެއާއި ބަދިގެއަށް ލޮނުވަދެ ބައެއް ގެއްލުން ވެފައިވެއެވެ. ނަރުދޫއަށް އުދައަރައި […]

ޔުމްނާ ޢަލީ
އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އާންމުކޮށްފި

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އާންމުކޮށްފި

އަދާލަތު ޕާޓީގެ ތިންވަނަ ދައުރަށް ޕާޓީގެ ރައީސްއާއި ނައިބް ރައީސް ހޮވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަންތައް އާންމު ކޮށްފިއެވެ. ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ އެ ޕާޓީގެ މިހާރުގެ ރައީސް އަދި މިވަގުތު ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަޤާމްގައި ހުންނެވި އިމްރާން އަބްދުﷲގެ އިތުރުން އިސްލާމިކް މިނިސްޓަރުގެ މަޤާމްގައި ހުންނެވި ޑރ. އަހުމަދު ޒާހިރު އަލީއެވެ. ހޯމް މިނިސްޓަރު އިމްރާންގެ ރަނިން މޭޓެއްގެ ގޮތުގައި ޕާޓީގެ […]

އިބްރާހިމް ޚަލީލް
އަހަރުގެ ފުރަތަމަ 20 ދުވަސް ތެރޭ 57 ހާހަށްވުރެ ގިނަ ފަތުރުވެރިން

އަހަރުގެ ފުރަތަމަ 20 ދުވަސް ތެރޭ 57 ހާހަށްވުރެ ގިނަ ފަތުރުވެރިން

2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 57،599 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ 20 ދުވަހު ރާއްޖެއަށް 57،599 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ހުސްވި 2020 ވަނަ އަހަރުގެ ފުރަތަމަ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރީ 112،282 ފަތުރުވެރިންނެވެ. މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 13،880 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ދެވަނައަށް އެ...

ޝިއުނާ އާދަމް
''ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ސްކޮލާޝިޕް'' އަށް ކުރިމަތިލުމަށް އިތުރު ފުރުޞަތެއް

''ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ސްކޮލާޝިޕް'' އަށް ކުރިމަތިލުމަށް އިތުރު ފުރުޞަތެއް

”ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ސްކޮލާޝިޕް 2020/2021” އަށް ކުރިމަތިލުމަށް އިތުރު ފުރުޞަތެއްދީ، ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ވިދާޅުވީ، އެ މިނިސްޓްރީއިން މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް ކުރިން ކުރި ޢިއުލާނަށް އެކަށީގެންވާ ޢަދަދަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ އަލުން އެ ފުރުޞަތު ހުޅުވާލާކަމަށެވެ. މި ގޮތުން އެ މިނިސްޓްރީއިން ވަނީ ބަންގްލަދޭޝްގައި ކިޔަވައިދޭ މި ކޯސްތަކުގެ އެމް.ބީ.ބީ.އެސް ކޯހުގެ 5 ޖާގަ އަދި ބީ.ޑީ.އެސް ކޯހުން 1 ޖާގައަށް ފުރުޞަތު ހ...

ޔުމްނާ ޢަލީ
ނެއްލައިދޫ "ޒޫމް ޓުރޭޑް": ޒުވާން 2 ވިޔަފާރިވެރިންގެ މަސައްކަތުން އައު ފިހާރަ އެއް

ނެއްލައިދޫ "ޒޫމް ޓުރޭޑް": ޒުވާން 2 ވިޔަފާރިވެރިންގެ މަސައްކަތުން އައު ފިހާރަ އެއް

ޒުވާން 2 ވިޔަފާރިވެރިންގެ މަސައްކަތުން ހދ. ނެއްލައިދޫގައި “ޒޫމް ޓުރޭޑް” ގެ ނަމުގައި އައު ފިހާރައެއް ހުޅުވައިފި އެވެ. ގޭތެރޭގެ ސާމާނުތައް އެއްތާކުން އަގުހެޔޮކޮށް ލިބޭ މިފިހާރަ ހުޅުވާފައިވާނީ މިމަހުގެ19 ވަނަ ދުވަހު އެވެ. އެ ފިހާރައިގެ އެއް ފައުންޑަރ ކަމުގައިވާ މުހައްމަދު އަލީފް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ފިހާރަ އަކީ އަގު ހެޔޮކޮށް ގޭތެރެއަށް ބޭނުންވާ ސާމާނު ފަދަ ތަކެތި އެއްތާކުން ލިބޭނެ އިންތިޒާމް އެރަށުގެ ރައްޔިތުންނަށް ހޯދައިދިނުމަށް ހުޅުވުނު ފިހާރައެއްކަމަށެވެ. ސާނަވީ ތަޢުލީމު ނިންމާ […]

އިބްރާހިމް އަސްވާޤް
އަލީ ވަހީދުގެ ޝަރީއަތް ފަށަން ތާވަލުކޮށްފި

އަލީ ވަހީދުގެ ޝަރީއަތް ފަށަން ތާވަލުކޮށްފި

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި މަގާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ދައުވާތަކުގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ. ކްރިމިނަލް ކޯޓްގައި މި ދައުވާތަކުގެ ޝަރީއަތް ފެށުމަށް ތާވަލު ކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 1:30 ގައެވެ. އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް ވަނީ އުފުލާފައެވެ. ޕީޖީ އޮފީހުން ހދ. ކުޅުދުއްފުށި ބަނދަރު، އަލީވަހީދުގެ މައްޗަށް ޖ...

އަލީ އާދިލް
ޒިދާން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ޒިދާން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ސްޕޭންގެ ރެއާލްމެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އޭނާ ކޯވިޑްއަށް ޕޮޒިޓިވް ވެފައިވާކަން ރެއާލްގެ ރަސްމީ ޓުވީޓާ އެކައުންޓުން ވަނީ ޔަގީން ކޮށްދީފައެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ގިނަ ކުޅިވަރު ނޫސްތަކެއްގައި ވެސް ވަނީ އެކަން ރިޕޯޓް ކޮށްފައެވެ. އުމުރުން 48 އަހަރުގެ ޒިދާން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، ރެއާލުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. Breaking: Real Madrid manager Zinedine Zidane has tested positive for COVID-19. pic.twitter.com/uMtWCyv1E4...

ހުސައިން ހަބީބް
ބަރަހަނާ މަންޒަރުތައް ބެލުމުގެ ގެއްލުން މުޅި ދިރިއުޅުމަށް ކުރާނެ: އިބްރާހީމް ރަޝީދު

ބަރަހަނާ މަންޒަރުތައް ބެލުމުގެ ގެއްލުން މުޅި ދިރިއުޅުމަށް ކުރާނެ: އިބްރާހީމް ރަޝީދު

ބަރަހަނާ މަންޒަރުތައް ބެލުމަކީ ދެވިހިފާކަމެއް ކަމަށާއި، އެކަމުގެ ގެއްލުން އެކަންކުރާ މީހުންގެ މުޅި ދިރިއުޅުމަށް ކުރާނެ ކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ސެއިޚް ވިދާޅުވީ، ބަރަހަނާ ވީޑިއޯ، ފޮޓޯ ބަލައި ހެދުމަކީ މީހާ އެއަށް ދެވިހިފާ ކަމެއް ކަމަށެވެ. އަދި އެތަކެއްޗަށް ދެވިހިފައިފިނަމަ އެކަމުން ދުރުވާން...

އަޙްމަދު ވަހީދު