މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކޯވިޑް-19: އުރީދޫގެ ހިދުމަތްތައް އޮންލައިންކޮށް ހޯދަން އެދިއްޖެ

ކޯވިޑް-19: އުރީދޫގެ ހިދުމަތްތައް އޮންލައިންކޮށް ހޯދަން އެދިއްޖެ

ހުރިހާ ކަސްޓަމަރުން ވެސް އޮންލައިންކޮށް ޚިދުމަތް ހޯދަން އުރީދޫން އެދިއްޖެއެވެ. އެ ކުންފުނިން މިހެން އެދުނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅަފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމުންނެވެ. އެޗްޕީއޭއިން ވަނީ ކޮންމެހެން ހޯދަން ޖެހޭ ހިދުމަތްތައް ނޫން ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ބާރު އަޅައިފައެވެ. އުރީދޫގެ މުހިންމު ހިދުމަތްތައް އުރީދޫ މޯބައިލް އެޕްލިކޭޝަނާއި ޑިޖިޓަލް ސެންޓަރުތަކުން ލިބޭނެއެވެ. މިއީ އިތުރު މީހަކާ ދިމާނުވެ ހިދުމަތް ހޯދޭ ދެ ޕްލެޓްފޯމެވެ. ސައުވީސް ގަޑިއިރު ހިދު...

އަޙްމަދު ވަހީދު
ލިވަޕޫލް އަތުން ސިޓީއަށް ބޮޑު މޮޅެއް

ލިވަޕޫލް އަތުން ސިޓީއަށް ބޮޑު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. މި މެޗު ސިޓީ ކާމިޔާބު ކޮށްފައިވަނީ 4-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. ލިވަޕޫލް ފާހަގަ ކުރެވިފައިވަނީ އެ ޓީމްގެ އަމިއްލަ ދަނޑު ކަމުގައިވާ އެންފީލްޑްގައި ބަލިކުރަން އުނދަގޫ ޓީމެއްގެ ގޮތުގައެވެ. ނަމަވެސް މި އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ބާންލީއަތުން އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިވިފަހުން އެ ޓީމަށް އަދި އެންފީލްޑްގައި […]

އިބްރާހިމް ޚަލީލް
މަކުނުދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފި

މަކުނުދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފި

ފެނަކައިގެ ފަރާތުން ހދ. މަކުނުދޫއަށް އާ 600 ކިލޯވޯޓުގެ އާ ޖަނަރޭޓަރު ސެޓެއް ގެންގޮސްފިއެވެ. މަކުނުދޫގެ ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި، އެރަށަށް އާ ޖަނަރޭޓަރު ސެޓެއް ގެންގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެ ޖަނަރޭޓަރު އެރަށަށް ލިބުމާއި ގުޅިގެން މަކުނުދޫ ކައުންސިލުން ވަނީ އެކަމަށްޓަކައި ރައީސް ޞާލިހަށާއި، ފެނަކައަށާއި އަދި އެރަށް ރައްޔިތުން މަޖިލިސްގައި ތަމްސީލް ކުރަށްވާ، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީއަށް އެރަށުގެ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާފަ އެވެ. ފެނަކައ...

ޔުމްނާ ޢަލީ
ށ. ފޭދޫ ފުޓްސަލް ދަނޑު ހުޅުވައިފި

ށ. ފޭދޫ ފުޓްސަލް ދަނޑު ހުޅުވައިފި

ށ. ފޭދޫގައި ސަރުކާރުން ތަރައްގީ ކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ. ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ދަނޑު ހުޅުއްވައި ދެއްވީ ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސާމިރާއި، އެ އަތޮޅު ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާޙީމް ޝާހިދެވެ. ފޭދޫ ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ފޭދޫއާއި ގޮއިދޫއާއި ދެމެދު ވަނީ އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފައެވެ. މި މެޗް 8-1 ލަނޑުން ކާމިޔާބު ކުރީ ގޮއިދޫ ޓީމެވެ. ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސާމިރު […]

ޙުސައިން ޝަހުދީ
ކޭއާރުއެޗްއިން ހަތްދިހަ އަހަރުން މަތީ މީހުންނަށް އިތުރު ތިން ދުވަހު ކޯވިޑް ވެކްސިން ދޭނެ

ކޭއާރުއެޗްއިން ހަތްދިހަ އަހަރުން މަތީ މީހުންނަށް އިތުރު ތިން ދުވަހު ކޯވިޑް ވެކްސިން ދޭނެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ކުރިއަށް ގެންދާ ކޯވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން،  އުމުރުން 70 އަހަރުން މަތީ މީހުންނަށް ކޯވިޑް19 ވެކްސިން ދިނުމަށް މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. އެ ހޮސްޕިޓަލުން ވަނީ މިމަހުގެ 4 ،5 އަދި 6 ވަނަ ދުވަހު ވެސް އުމުރުން 70 އަހަރުން މަތީ މީހުންނަށް ކޯވިޑް ވެކްސިން ދީފައެވެ. މިއަދު އެ ހޮސްޕިޓަލުން ވިދާޅުވީ އެ އުމުރުގެ މީހުންނަށް […]

ޝިއުނާ އާދަމް
ބާސާއިން ފަހަތުންއަރާ ބެޓިސް ބަލިކޮށްފި

ބާސާއިން ފަހަތުންއަރާ ބެޓިސް ބަލިކޮށްފި

ސްޕެނިޝް ލަލީގާގައި ރެއާލް ބެޓިސްއާއި ބާސެލޯނާ  ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ  3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ  ބެޓިސްއިންނެވެ. މި ލަނޑު 38 ވަނަ މިނެޓުގައި ބެޓިސްއަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ފޯވަޑް ބޮރާހާ އިގްލީސިއަސްއެވެ.  ފުރަތަމަ ހާފު  ނިމިގެން ގޮސްފައިވަނީ ބެޓިސް ކުރީގައި  އޮވެގެންނެވެ. ބާސާގެ ކޯޗް ރޮނާލް ކޫމަންގެ މި މެޗަށް […]

އިބްރާހިމް ޚަލީލް
ގެސްޓްހައުސް އަޅަން ބިން ދޫކުރާއިރު ކެލާ ރައްޔިތުންނަށް ފަހިވާގޮތަށް އުސޫލު އެކުލަވާލަން އެދެފި

ގެސްޓްހައުސް އަޅަން ބިން ދޫކުރާއިރު ކެލާ ރައްޔިތުންނަށް ފަހިވާގޮތަށް އުސޫލު އެކުލަވާލަން އެދެފި

ހއ. ކެލާގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ބިން ދޫކުރާއިރު އެރަށުގެ ރައްޔިތުންނަށް އެ ބިންތައް ކާމިޔާބު ކުރެވޭނެ ގޮތަށް ބިންތައް ދޫކުރުމުގެ މަރުހަލާގެ ކަންކަން ބައްޓަންކޮށްދިނުމަށް ހއ. އަތޮޅު ކައުންސިލްގައި ކެލާ ދާއިރާ ތަމްސީލް ކުރަށްވާ، ހއ. އަތޮޅު ކައުންސިލް ޕީޕީއެމް މެންބަރު ޢަބުދުﷲ އިންފާޒް ރަޝީދު އެދި ވަޑައިގެންފިއެވެ. އޭނާ މިގޮތަށް އެދި ވަޑައިގަތީ އިއްޔެ ކެލާ ކައުންސިލަށް ފޮނުވި ސިޓީއެއްގަ އެވެ. އެސިޓީގައި އޭނާ ވަނީ 2014 ވަނަ އަހަރުން ފެށިގެން އޭނާއާއި، ކެލާ […]

އަލީ އާދިލް
އިބްރަހިމޮވިޗް ކެރިއާގައި 500 ލަނޑު ހަމަކުރި މެޗުގައި މިލާނަށް ފަސޭހަ މޮޅެއް

އިބްރަހިމޮވިޗް ކެރިއާގައި 500 ލަނޑު ހަމަކުރި މެޗުގައި މިލާނަށް ފަސޭހަ މޮޅެއް

އިޓާލިއަން ސީރިއާ އޭގައި އޭސީ މިލާނާއި، ތާވަލުގެ ފުލުގައި އޮތް ކޮރޮޓޯނެ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު މިލާނުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ މިލާނުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި މިލާނުން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ 30 ވަނަ މިނެޓުގައެވެ. ރަފޭލް ލެއާއޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މިލާނަށް ކުޅެމުން އަންނަ […]

އިބްރާހިމް ޚަލީލް
ތިން ބައްޔަށް ފަހު ޓޮޓެންހަމްއަށް މޮޅެއް

ތިން ބައްޔަށް ފަހު ޓޮޓެންހަމްއަށް މޮޅެއް

އިނގިރޭސި ޕްރިމިއަ ލީގުގައި ޓޮޓެންހަމްއާއި ވެސްޓްބްރޯމް ބައްދަލުކުރި މެޗު ޓޮޓެންހަމްއިން ކާމިޔާބު ކޮށްފިއެވެ. އެންމެ ފަހުން ލީގުގައި ޓޮޓެންހަމް ކުޅުނު ތިން މެޗުން ވެސް އެ ޓީމް ބަލިވެފައިވާއިރު، އާދީއްތަ ދުވަހު ހަވީރު ވެސްޓްބްރޯމް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެ ޓޮޓެންހަމްއިން ވަނީ ބަލިވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފައެވެ. މި މަހުގެ ފުރަތަމަ ދުވަހު ބްރައިޓަން އަތުން ޓޮޓެންހަމް ބަލިވި މެޗުގައި ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން، ހުކުރު ދުވަހުގެ ރޭ ޗެލްސީއަތުން ބަލިވި […]

އިބްރާހިމް ޚަލީލް
ވާދަވެރިން ކުރަމުންދާ ހަމައެކަނި ކަމަކީ ވަހުމް އުފެއްދުން: އެމްޑީޕީ

ވާދަވެރިން ކުރަމުންދާ ހަމައެކަނި ކަމަކީ ވަހުމް އުފެއްދުން: އެމްޑީޕީ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ސިޔާސީ ވާދަވެރިން ކުރަމުންދާ ހަމައެކަނި ކަމަކީ ޝައްކާ ވަހުމު އުފެއްދުން ކަމަށް އެ ޕާޓީން ބުނެފިއެވެ. ރަށްވެހިފަތިސް ކެންޕޭނުން މިއަދު ހެނދުނު 11 ޖެހިއިރު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކެމްޕޭންގެ ސްޕޯސްޕާރސަން މުޙައްމަދު ސައިފް ފާތިޙް ވިދާޅުވީ އެމްޑީޕީ ގެނެސްދޭ އުންމީދު، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވި ރިޔާސީ ބަޔާނުންވެސް ގެނެސ...

އަލީ އާދިލް
އެސްޓީއޯގެ ފްރޮންޓްލައިން ސްޓާފުން ވެކްސިން ދޭން ފަށައިފި

އެސްޓީއޯގެ ފްރޮންޓްލައިން ސްޓާފުން ވެކްސިން ދޭން ފަށައިފި

ސްޓޭޓް ޓްރޭޑިން އޯގަނައޮޒޭޝަން (އެސްޓީއޯ) ގެ ފްރޮންޓްލައިން ސްޓާފުންނަށް ކޯވިޑް-19 ވެކްސިން ދޭން ފަށައިފިއެވެ. އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި މިހާތަނަށް އެ ކުންފުނީގެ ގިނަ އަދަދެއްގެ ފްރޮންޓްލައިން ސްޓާފުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައެވެ. އެސްޓީއޯއިން ކުރި ޓްވީޓެއްގައި ބުނީ ވެކްސިން ޖެހުމާއި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މަސައްކަތް ކުރުމަކީ ކޯވިޑް-19އިން ސަލާމަތްވުމަށް އެޅޭނެ އެންމެ މުހިންމުފިޔަވަޅު ކަމަށެވެ. އަދި މި ބަލި ފެތުރުން ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކ...

އަޙްމަދު ވަހީދު
ސްޓެލްކޯއަށް އައިއެސްއޯ 9001:2015 ސެޓްފިކެޓް ލިބިއްޖެ

ސްޓެލްކޯއަށް އައިއެސްއޯ 9001:2015 ސެޓްފިކެޓް ލިބިއްޖެ

އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، 9001:2015 ސަރޓިފިކޭޝަން ސްޓެލްކޯއިންހާސިލްކޮށްފި އެވެ. މި ސިސްޓަމަށް ސްޓެލްކޯ ސަރޓިފައިކޮށްދީފައިވަނީ އިނގިރޭސިވިލާތުގެ އައިއެސްއޯ ކުއަލިޓީ ސާވިސަސް ލިމިޓެޑުންނެވެ. މި ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެމަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސްޓޭންޑަޑެވެ. އައިއެސްއޯ މިންގަނޑުތަކަކީ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ، ރަނގަޅު އަދި އެއްފެންވަރެއްގައި ހިފެހެއްޓިފައިވާ ހިދުމަތްތަކެއްތޯ ބަލާނެ ގޮތް ކަނޑައެ...

އަޙްމަދު ވަހީދު
ވެކްސިން ކެމްޕޭނަށް އެސްޓީއޯއިން ސިއްހީ ސާމާނު ދީފި

ވެކްސިން ކެމްޕޭނަށް އެސްޓީއޯއިން ސިއްހީ ސާމާނު ދީފި

ކޮވިޑް-19ގެ ވެކްސިން ދިނުމަށް މިދިޔަ ހަފުތާގައި ފެށި “ދިފާއު” ކެމްޕޭނަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ސިއްހީ ސާމާނު ހަދިޔާ ކޮށްފިއެވެ. އެ ކުންފުނިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މި ސާމާނުގެ ސަބަބުން މުޅި ރާއްޖެއަށް ވެކްސިން ދިނުމުގެ ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީ ލިބިގެންދާނެކަމަށެވެ. ނަމަވެސް ހަދިޔާ ކުރި ތަކެތީގެ ތަފްސީލެއް އެ ކުންފުނިން ދީފައި ނުވެއެވެ. ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ދޭން ފެށީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ. އެގޮތުން، އެންމެ […]

އަޙްމަދު ވަހީދު
ދިއްފުއްޓާއި އުކުޅަހަށް އާ ޖަނަރޭޓަރުތައް ގެންގޮސްފި

ދިއްފުއްޓާއި އުކުޅަހަށް އާ ޖަނަރޭޓަރުތައް ގެންގޮސްފި

ކ. ދިއްފުއްޓާއި އއ. އުކުޅަހަށް އާ ޖަނަރޭޓަރު ސެޓުތައް ގެންގޮސްފިއެވެ. މިއީ ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި މެނުކެނޑި ކަރަންޓު ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ގެންދިޔަ ޖަނަރޭޓަރުސެޓުތަކެކެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި ދެ ރަށަށްވެސް ގެންގޮސްފައިވަނީ 6000 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެވެ. މި ސެޓުތައް މިހާރު އެ ދެ ރަށުގެ އިންޖީނުގެއަށްވެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އއ. އުކުޅަހަށް ފޮނުވާފައިވާ 600kW ގެ ޖަނަރޭޓަރު ސެ...

އަޙްމަދު ވަހީދު
އައިބީއެމްގެ ލޭންޑިން ކްރާފްޓެއް ވިއްކާލަނީ

އައިބީއެމްގެ ލޭންޑިން ކްރާފްޓެއް ވިއްކާލަނީ

އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް)ގެ ލޭންޑިން ކްރާފްޓެއް ނީލަމުގައި ވިއްކާލަން އިއުލާންކޮށްފިއެވެ. އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ މި ނީލަމާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ ބުދަ ދުވަހު އޮންނާނެ ކަމަށެވެ. މި ސެޝަން އޮންނާނީ ބުދަ ދުވަހުގެހެނދުނު 10:00 ގައި ފެން ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައެވެ. މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2:00ގައި އަގު ހުށަހެޅޭނެއެވެ. މި ސެޝަންވެސް ކުރިއަށްދާނީ ފެން ބިލްޑިންގެފުރަތަމަ […]

އަޙްމަދު ވަހީދު