ތިލަދުންމަތީ ޚަބަރު ފުނަދޫގައި މޫދު ކަސްރަތު ކިލާސްތަކެއް ފަށަނީ ފުނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި މޫދު ކަސްރަތު ކިލާސްތަކެއް ފަށަން ނިންމައިފިއެވެ. މި ފެބްރުއަރީ މަހުގ 17 އިން ފެށިގެން 15 ދުވަހުގެ މުއަދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ކިލާސްތައް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އެރަށުގެ އެއާޕޯޓްގެ ދެކުނުން އޮންނަ ނިކަގަސް ބީޗް ސަރަޙައްދުގައެވެ. މި ކިލާސްތައް ޚާއްޞަކޮށްފައި ވަނީ ފުނަދޫގެ ކަނބަލުން ނަށެވެ. އަދި މިކިލާސް ތަކުގައި ބައިވެރި ވެވޭނީ އުމުރުނ 18 އަހަރު ފުރިފައިވާ ނަމައެވެ. މި ކިލާސްތަކުގައި ބައިވެރިވުމަށް އިތުރުމައުލޫމާތު... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި މަދަމާ ރޭ ދަންވަރު ހުޅުމާލެއިން ފެނުގެ ހިދުމަތް މެދުކެނޑޭނެ މާދަމާ ރޭ ދަންވަރު ހަތަރު ގަޑިއިރަށް ހުޅުމާލެއިން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ. މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ފެނުގެ ހިދުމަތް މެދުކެނޑޭނީ މާދަމާ ރޭ 11:30ން ދަންވަރު 3:00އާ ހަމައަށް ކަަމަށެވެ. އަދި މި ވަގުތުތަކުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިތުރުން ދެވަނަ ފިޔަވަހީގެ ފެނުގެ ހިދުމަތްވެސް މެދުކެނޑޭނެ ކަމަށް އެ ކުންފުނިންބުންޏެވެ. އެ ކުންފުނިން ބުނިގޮތުގައި ހިދުމަތް މެދުކަނޑާލަނީ ހުޅުމާލ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކުޅިވަރު ގެޓާފޭ ބަލިކޮށް ރެއާލް ދެވަނައަށް ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ރެއާލުން ކާމިޔާބު ކޮށްފިއެވެ. މި މެޗަށް ރެއާލުން ނުކުމެފައިވަނީ ސަސްޕެންޝަނާއި އިންޖަރީގެ މައްސަލަ ތަކުގެ ސަބަބުން އާންމުކޮށް އެ ޓީމްގެ ފުރަތަމަ އެގާރާގައި ހިމެނުގެން ކުޅޭ މުހިންމު ބައެއް ކުޅުންތެރިން ޓީމުގައި ނުހިމަނައެވެ. މިވަގުތު އިންޖަރީގައި ރެއާލްގެ މުހިންމު ގިނަ ކުޅުންތެރިން ތަކެއް ތިބިއިރު އޭގެ ތެރޭގައި ކެޕްޓަން ސާޖިއޯ ރާމޮސް، ޑެނީ ކަރަވަހާލް، ލޫކަސް ވަޒްކޭޒް، ރޮޑްރިގޯ، […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ރައީސް މައުމޫންގެ ދެކަނބަލުން ކޯވިޑް ވެކްސިން ޖައްސަވައިފި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޯވިޑް-19 ވެކްސިން ޖައްސަވައިފި އެވެ. ރައީސް މައުމޫނުގެ ދެކަނބަލުން ކޯވިޑް ވެކްސިން ޖެއްސެވީ މިއަދު ސެނެހިޔާ ހޮސްޕިޓަލުގަ އެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެމަނިކުފާނު ވނީ ކޯވިޑަށް ޕޮޒިޓިވްވުމުން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްވެސް ކޮށްފައެވެ. ނަމަވެސް އެފަހަރ އެބަލީގެ ސަބަބުން އެމަނިކުފާނަށް އެއްވެސް ސީރިއަސް އުނދަގުލެއް ކުރިމަތިވެފައެއް ނުވެއެވެ. ރައީސް މައުމޫން ކޯވިޑް ވެކްސިން ޖައ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
މަޖިލިސް މަލީހްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދައިފި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދައިފި އެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުންނެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ކަށަވަރު ކޮށްދެއްފަ އެވެ. https://twitter.com/aliaazim/status/1359405330065596417?s=19 އެ ޓްވީޓްގައި އޭނާ ވިދާޅުވީ އެމްޑީޕީގެ ޕާލިމެނ... އަލީ އާދިލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ މާސް އަށް ދިޔަ ފަސްވަނަ ގައުމަކަށް ޔޫއޭއީ އެންމެފަހުން ޔުނައިޓެޓް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންވެސް މާސްއަށް ދަތުރުކޮށްފިއެވެ. ޔޫއޭއީގެ “ހޯޕް” ޕްރޯބަށް މާސްއަށް ދެވުނީ އިއްޔެ ޔޫއޭއީ ގަޑިން ރޭގަނޑު 7:42ގައެވެ. މި މާސް މިޝަން ފުރިހަމަ ކުރީ އެ ގައުމުގެ މުހައްމަދު ބިން ރަޝީދު ސްޕޭސްސެންޓަރުގެ ޓީމަކުންނެވެ. މިއީ މާސްއަށް ކާމިޔާބުކަމާއެކު ދަތުރުކުރި ފަސްވަަނަ ގައުމެވެ. އަދި މިއީ މާސްއަށް ދަތުރު ކުރި ދުނިޔޭގެ ފުރަތަމަ އަރަބި ގައުމެވެ. މާސްއަށް ދަތުރުކުރި ގައުމުތަކުގެތެރޭގައި އިންޑިއާ އާއި އެމެރިކާ ހިމެނެއެވެ. ދުނިޔޭގެ އެކި ގައުމުތަކުން […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި އުރީދޫ އިން އިންޓަނެޓް ސޭފްޓީއާ ގުޅޭ ކެމްޕޭނެއް އިންޓަނެޓް ސޭފްޓީ ދުވަހާއި ގުޅުވައިގެން އިންޓަނެޓަށް ކަސްޓަމަރުން ހޭލުންތެރި ކުރުވުމަށް އުރީދޫ އިން ކެމްޕޭނެއް ފަށައިފިއެވެ. ކޮމިއުނިކޭޝަން މިނިސްޓްރީއާ ގުޅިގެން އުރީދޫ އިން ކުރިއަަށްގެންދާ މި ކެމްޕޭނުގައި ސައިބާ ސޭފްޓީގެ މުހިއްމުކަމާއި ހުށިޔާރުވާން ޖެހޭ ކަންކަމާއި، ސައިބާ ސޭފްޓީޓޫލްތައް އަދި އިންޓަނެޓް ބޭނުންކުރުމުގައި ދަމަހައްޓަންޖެހޭ މިންގަނޑުތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި ސްކޫލު ކުދިންނާއި މައިންބަފައިން އަދިދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ވެބިނާތަކާއި ވީޑިއޯތައް މެދުވެރިކޮ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި އުނގޫފާރު މަގު ހެދުމުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 އިންސައްތަ ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮްޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން، ސަބްގްރޭޑް މަސައްކަތުގެ 46 އިންސައްތަ އާއި ޕްލާންޓް ބެހެއްޓުމުގެ މަސައްކަތުގެ 45 އިންސައްތަ ވަނީނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16،488 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްގްރ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކަނޑިތީމުގައި އައިޔޫއެމްގެ ކޯސްތަކެއް ފަށަނީ ށ. ކަނޑިތީމުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ކޯސްތައް ފެށުމަށް ނިންމާފައިވާ ކަމަށް ކަނޑިތީމު ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ އެރަށުގައި އައިޔޫއެމްގެ ކޯސްތަކެއް ކުރިއަށް ގެންދަން އެކައުންސިލުން ނިންމާފައި ވާކަމަށެވެ. މިގޮތުން އެރަށުގައި އެ ޔުނިވަސިޓީގެ 5 ކޯހެއް ހިންގަން ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ، އެ ކޯސްތަކަކީ: ސެޓްފިކެޓް 3 އިން ޤިރާއަތުލް ޤުރުއާން ސެޓްފިކެޓް 2 އިން ޤިރާއަތުލް ޤުރުއާން ސެޓްފިކެޓް 1 އިން […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ މަޝްހޫރު "މޯލްޑިވްސް ވިކްޓްރީ ޝިޕްރެކް" ހިމާޔަތްކުރުމަށް ނިންމަވައިފި މަޝްހޫރު މޯލްޑިވްސް ވިކްޓްރީ ޝިޕްރެކް ސަރަޙައްދަކީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއް ކަމުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. މީގެ އިތުރުން މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓްއިން ހުށަހަޅާފައިވާ ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށްފަހު، ވަނީ މާލެ އަތޮޅު ކާށިދޫ ޗަސްބިން ސަރަޙައްދުވެސް ހިމާޔަތްކުރުމަށް ނިންމަވާފަ އެވެ. މިއަދު ދެން ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅަން ރައީސުލްޖުމ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ފްލެޓު ލިބޭ 6,720 މީހުންގެ ދާއިމީ ލިސްޓު ނެރެފި “ހިޔާ” މަޝްރޫޢުގެ 6،720 ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށްފަހު، އެ މަޝްރޫޢުގެ ކެޓަގަރީތަކުގެ ދާއިމީ ލިސްޓް ފުލެޓް ތަކުގެ މައްސަލަ ބަލާ ކޮމެޓީއިން މިރޭ އާންމުކޮށްފި އެވެ. ކުރީ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއަށް 25000 އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވެއެވެ. ފުލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީއިން ބުނެފައިވަނީ، ކޮންމެ ކެޓަގަރީއަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ބުނީ، ހއ ކެލާ ވީވަރު ގޭގައި ހޯމް ކަރަންޓީންގައި ހުރި ފަރާތެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން ނެގުނު ސާމްޕަލްގެ ނަތީޖާ ވަނީ ޕޮޒިޓިވް ވެފައިކަމަށެވެ. ޕޮޒިޓިވް ވެފައިވާ މީހާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ކެލާ ކައުންސިލުން ބުންޏެވެ. “ހޯމް ކަރަންޓީނަށް މާލެއިން އައިސް ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި ކަމެއްނޫން އަދި އެޗްޕީއޭ އިން މަނާވެސް ކޮށްފައިވާ […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ މަދަނީ ޖަމްޢިއްޔާތަކަށް ދޫކުރާ އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހުޅުވާލައިފިއެވެ. އެ ފުރުޞަތު ހުޅުވާލައި ޔޫތު މިނިސްޓްރީ އިން ވިދާޅުވީ، މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދުން ފެށިގެން ހުޅުވާލާފައި ވާކަމަށެވެ. އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ކުޅިވަރު ސެލްޓަ ވިގޯއިން އެތުލެޓިކޯ މެޑްރިޑް މޮޅުވިޔަ ނުދީ ހިފަހަށްޓައިފި ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑާއި ސެލްޓަ ވިގޯ ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ހޯމަ ދުވަހުގެ ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ސެލްޓަ ވިގޯއިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމްގެ ޑިފެންޑަރ ހޫގޯ މަލޯ އެތުލެޓިކޯގެ އޭރިއާގެ ތެރެއަށް ހުރަސް ކޮށްދިން ބޯޅަ ބޮލުން […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް ނޮޅިވަރަންފަރުގައި، ބައިވެރިވާން ހުޅުވާލައިފި ހދ. އަތޮޅު ކައުންސިލުން އިންތިޒާންކޮގެން އެ އަތޮޅުގެ ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ ވޮލީ މުބާރާތް ހދ. ނޮޅިވަރަންފަރުގައި ބާއްވަން ނިންމައި، ބައިވެރިވާން ފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތުން ހދ. އަތޮޅު ކައުންސިލުން މިއަދު ކުރި އިޢުލާންނުގައި ބުނެފައިވަނީ، މި މުބާރާތް ކުރިއަށްދާނީ އަންނަ 08 މާރިޗު 2021 އިން ފެށިގެން ހދ. ނޮޅިވަރަންފަރުގައި ކަމަށެވެ. މިމުބާރާތުގައި ބައިވެރިވާން އެދޭ ހދ. އަތޮޅުގެ އަންހެން އަދި ފިރިހެން ވޮލީ ޓީމްތަކަށް މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ހުށަހެޅުމަށް ފުރުޞަތު ހުޅުވ... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން