ރާއްޖެ ކުރީގެ މެންބަރު ލަތީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަޠީފް މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުންދިޔަ އިހްތިޖާޖުގެ ތެރެއިން މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ. ލަތީފާއެކު “އީސީ ސަރީފް” އޭ ގޮވައިގެން މަޝްހޫރުކަން ހޯދި ޕީޕީއެމްގެ އެކްޓިވިސްޓް ސޫދާ ޢަބުދު ﷲ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އެ އިހުތިޖާޖުގެ ބައިވެރިއަކު މައުލޫމާތު ދިނެވެ. އިދިކޮޅުން މިއަދު އިހުތިޖާޖު ކުރަމުން ދާއިރު، ގާނޫނާއި ޚިލާފަށް […... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމަށް ގޮވާލާ މުޒާހަރާކޮށްފި މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާތަކާއި އެއްވުންތަކުގައި ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅާ އަނިޔާވާ ގޮތަށް އަމަލު ކުރާތީ އެކަން ކުއްވެރިކޮށް އެކަން ތަކުރާރު ނުކުރުމަށާއި ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމަށް ގޮވާލާ ކަމާބެހޭފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށް ނޫސްވެރިން މުޒާހަރާ ކޮށްފި އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ކުރިމަތީގައި ނޫސްވެރިން މުޒާހަރާކޮށް އަޑުއުފުލާފައިވަނީ މިއަދު އެވެ. ނޫސްވެރިން ހަމަހިމޭން އިހުތިޖާޖެއް ކޮށްފައި... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ތަރައްޤީވުމުން އޭގެ ފައިދާ ލިބޭނީ މުޅި އަތޮޅަށް: ސިރާޖް ހއ. ދިއްދޫ ތަރައްޤީވުމަކީ އޭގެ މަންފާ މުޅި ހއ. އަތޮޅަށް ކުރާނެ ކަމެއް ކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ދިއްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އަދި މިހާރު ވެސް ހއ އަތޮޅު ކައުންސިލްގައި ދިއްދޫ ތަމްޞީލްކުރައްވާ މެމްބަރު ޢަބްދުﷲ ސިރާޖް ވިދާޅުވެއްޖެއެވެ. ސިރާޖް މިހެން ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ހއ ދިއްދޫ ކައުންސިލާއި، ހއ ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު […] އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި ވެމްކޯގެ ހިދުމަތްތަކަށް މިހާރު އޮންލައިންކޮށް އެދެވޭނެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދެމުން އަންނަ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭ ގޮތް ހަދައިފިއެވެ. ވެމްކޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިހާރު އެ ކުންފުނީގެ ވެބްސައިޓު http://wamco.com.mv/online ބޭނުންކޮށްގެން ހިދުމަތްތަކަށް އެދެވޭނެކަމަށެވެ. ހިދުމަތްތަކަށް އެދެން ބޭނުންވާނީ އައިޑީ ކާޑުގެ ފޮޓޯއެއް އެކަންޏެވެ. އައިޑީ ކާޑު ފޮޓޯއާއެކު ފޯމު ފުރުމުން ހިދުމަތަށް އެދެވުނީއެވެ. ވެމްކޯއިން ދޭ ހިދުމަތްތަކުގެ ތެރޭގައި ގޭބިސީތަކުން ކުނި ނެގުމާއި ކޮމާޝަލް ތަންތަނުން ކުނި ނެގުން ހިމެނެއެވ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކުޅިވަރު އެތުލެޓިކޯ ބަލިވުމުގެ ފައިދާ ރެއާލުން ނަގައިފި ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތް އެތުލެޓިކޯ މެޑްރިޑާއި ލެވަންޓޭ ބައްދަލުކުރި މެޗުން އެތުލެޓިކޯ ބަލިވުމުގެ ފައިދާ ރެއާލް މެޑްރިޑުން ނަގައިފިއެވެ. އެތުލެޓިކޯ ބަލިވުމުން މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް ރެއާލުން ވަނީ ލީގުގައި ރެއާލް ވަލަޑޮލިޑް 1-0 ގެ ނަތީޖާއަކުން ބަލިކޮށް އެތުލެޓިކޯއާއި ޕޮއިންޓްގެ ގޮތުން އޮތް ފަރަގު ކުޑަކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 65 ވަނަ މިނެޓުގައި ބޮލުން ބޯޅަ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަނީ އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. ކޯސްޓްގާޑުގެ ބޭނުމަށް ތަރައްގީކުރާ މި ބަނދަރަކާއި ޑޮކްޔާޑް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ބަންޑާރަ ކޮށީގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ. އިންޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިއާގެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު އެވެ. މިއަދު ސޮއިކުރި އެއްބަސްވުމު... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އުތީމާއި ހއ. ދިއްދުއާ ހުރި ގުޅުން (2) ކުރީ އަދަދާއި ގުޅޭ: ދިއްދޫއަކީ އުތީމުގެއުތުރުން އުތީމާ އެންމެގާތަށް އޮންނަ ރަށެވެ. އުތީމުޚާންދާނުގެ މެމްބަރުން އުތީމުގައި ވަޒަންވެރިވެލައްވައިގެން އުޅުއްވި ދުވަސްވަރު އުތީމަކީ ރުއްގަސް މަދު ރަށަކަށް ވުމުން އުތީމު ޢާއިލާގެ ފަރާތުން ދިއްދޫގައި ރުއްއަޅުއްވައި އެރަށް، ދިރުވުމަށް މަސައްކަތްކުރެއްވި ކަމުގަ ވިސްނެ އެވެ. ދިއްދޫއަކީ މަހަށް ދިއުމަށް ފަސޭހަ ރަށަކަށް ވާތީ އެދުވަސްވަރުވެސް މަސްވެރިން، އިރުވައި މޫސުމުގައި މަހަށްދާން ދިއްދޫއަށް އައިސް ބަނޑަހަޖަހައިގެން ތިބޭ ރަށަކަށްވެސް ވެދާނެއެވެ. އެހެން ވެއް... ތިލަދުން · 5 އަހަރު ކުރިން
ކުޅިވަރު ޑާބީ މެޗްގައި ލިވަޕޫލް ބަލިކޮށް އެވަޓަން ތާރީޚީ މޮޅެއް ހޯދައިފި އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި، އެވަޓަން ބައްދަލުކުރި މެޗު އެވަޓަން ކާމިޔާބު ކޮށްފިއެވެ. މަސީ ސައިޑް ޑާބީގެ ގޮތުގައި މަޝްހޫރު ވެފައިވާ ލިވަޕޫލާއި އެވަޓަންގެ ކުރިމަތިލުމުގެ މި މެޗުން ލިވަޕޫލް އަމިއްލަ ދަނޑުގައި އެވަޓަން މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ފަހަކަށް އައިސް ލީގުގައި ލިވަޕޫލްގެ ފަރާތުން ފެންނަމުން އަންނަނީ ދަށް ނަތީޖާތަކެކެވެ. މިގޮތުން އެ ޓީމުން އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ. މީގެކުރިން […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އީސީގެ މެންބަރުކަމަށް ޑރ. ޒާހިރު އައްޔަނު ކުރައްވައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުސްވެފައިވާ މެމްބަރުކަމަށް ގ. މާލެހިޔާ 1 03-18، ޑޮކްޓަރ މުޙައްމަދު ޒާހިރު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޑރ. ޒާހިރު މި މަޤާމަށް ޢައްޔަންކުރެއްވުމަށް މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އެ މަނިކުފާނަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވާ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީއެވެ. ޑރ. މުޙައްމަދު ޒާހިރަކީ ބެންގކޮކްގެ ނޭޝަނަލް އިންސް... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި އިންޑިއާގައި ކާށި ތެލުގެ އަގު އުފުލިއްޖެ އިންޑިއާގައި ކާށި ތެޔޮ އެންމެ ގިނައިން ވިއްކާ ކެރެލާގައި ކާށި ތެލުގެ އަގު އުފުލިއްޖެއެވެ. މިދިޔަ ހުކުރު ދުވަހު އެ ސްޓޭޓުގައި ތެލުގެ އަގު ވަނީ ކިލޯގްރާމެއް 205.05 ރުޕީސްއަށް އަރާފައެވެ. މިއީ މިހާތަނަށް ކާށި ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ފަހަރެވެ. މީގެ ކުރިން ކިލޯއެއްގެ އަގު ހުރީ 155.50 ރުޕީސްއަށެވެ. ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ކާށި ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ފަހަރުވެސް ކިލޯއެއްގެ އަގު ހުރީ165.50 ރުޕީސްގައެވެ. […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އަތޮޅުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 416 މިލިއަން ރުފިޔާ ޚަރަދު ކޮށްފި ތިލަދުންމަތީގެ ހއ. އަތޮޅުގައި ވޭތުވި ދެ އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން 416 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ފަށާފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ 2،000 ހައުސިން ޔުނިޓު އަޅަން ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި ރާއްޖޭގައި 2،000 ހައުސިިން ޔުނިޓު ތަރައްގީ ކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ ލޯނު ދިނުމާ ގުޅޭ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހިންގަން ރާވާފައިވާ، އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ދިވެހި ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ނަގަނީ 130 މިލިއަން ޑޮލަރުގެ ލޯނެކެވެ. އިންޑިއާގެ އެގްޒިމް ބޭންކާއި، ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އެކު މި އެއްބަސް ވުމުގައި ސޮއިކުރުން އޮތީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރަށ... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯއިން ވިއްކާ ޑީސެލްއާއި ޕެޓްރޯލްގެ އަގަށް ބަދަލުތަކެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސެލްއާއި ޕެޓްރޯލްގެ އަގަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފި އެވެ. އެކުންފުނިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ހުުއްޓުމެއްނެތި އުފުލެމުން އަންނާތީ އެސްޓީއޯއިން ވިއްކާ ޑީސެލްއާއި ޕެޓްރޯލް އަގުބޮޑުކުރަން ޖެހިފައިވާކަމަށެވެ. އަލަށް ގެނައި ބަދަލާއެކު ޑީސެލް ލީޓަރެއްގެ އަގު ވަނީ 8.71 ރުފިޔާއިން 9.19 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. މީގެ ކުރިން 8.07 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 8.44 ރުފިޔާއަށް ބޮޑުކޮށްފަ […] އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ވެކްސިން ޖެހިފަހުން ނިޔާވި މީހާގެ އަނބިމީހާ ވެސް ނިޔާވެއްޖެ ރާއްޖޭގައި ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފަހުން އިއްޔެ ނިޔާވި އުމުރުން 93 އަހަރުގެ މީހާގެ އަނބިމީހާ ވެސް މިއަދު ނިޔާވެއްޖެ އެވެ. ގދ. ގައްދޫގައި ކޯވިޑް ވެކްސިން ޖެހިފަހުން ހާލު ސީރިއަސްވެގެން އެ އަތޮޅު ތިނަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ނިޔާވި މީހާއަކީ ގިނަ އަދަދެއްގެ ބަލިތަކެއް ތަހައްމަލު ކުރަމުން ދިޔަ، އަދި އޭނާއަށް ހިނގާބިނގާވެ ނޫޅެވޭތާ 10 އަހަރު ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ ވިދާޅުވެއެވެ. […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫން މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ ހދ. ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި އެރަށު އަންހެން ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނު މުއްދަތު 10 ދުވަސް ހަމަކޮށް ރޭ ނެގި ރިލީޒް ސާމްޕަލުންނެވެ. އެ ސާމްޕަލްގެ ނަތީޖާލިބި، އޭނާ ކޯވިޑްއަށް ޕޮޒިޓިވްވިކަން އެނގުނީ މިރެއެވެ. ޕޮޒިޓިވްވި އަންހެން ކުއްޖާއާއިއެކު އެއް ގޭގައި އިތުރު އަންހެން ކުއްޖަކު ވެސް ހޯމް ކަރަންޓީނުގައި ހުއްޓެވެ. ނަމަވެސް އެ ކުއްޖާ ކޯވިޑަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. ހަނިމާދޫން ކޯވިޑް ޕޮޒިޓިވް ކޭހެއް […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން