މަޖިލިސް ޕޮލިސް ބޯޑަށް ފަސް ނަމެއް މިދިޔަ އަހަރު ފާސްކޮށް، މިހާރު އަމަލު ކުރެވެމުންދާ ”ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު”ގެ ދަށުން އުފައްދާ ޕޮލިސް ބޯޑަށް ކުރިމަތިލި ފަސް ފަރާތެއްގެ ނަން ދިރާސާ ކުރަން މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިފި އެވެ. ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް، ރައީސް ނަޝީދު އިއުލާން ކުރެއްވީ ފުލުސްް ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލުމަށް އާންމުކޮށް ޢިއުލާން ކުރުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ފަސް ނަމެއް ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އަފީފުއްދީން ސްކޫލްގެ އިންކްލޫސިވް ސަޕޯޓް ޔުނިޓްގެ މަސައްކަތް ނިންމާލައިފި ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލްގެ އިންކްލޫސިވް ސަޕޯޓް ޔުނިޓްގެ މަސައްކަތް ނިންމާލައިފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވީ، މިއީ އިންޑިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ކުރިއަށް ގެންދެވުނު މަޝްރޫޢުއެއް ކަމަށެވެ. މި އިންކްލޫސިވް ސަޕޯޓް ޔުނިޓަކީ އަފީފުއްދީން ސްކޫލުގައި ކުރިއަށްގެންދާ އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމުގެ ފެންވަރު ރަނގަޅުކޮށް ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭނެ މާޙައުލެެއް ޤާއިމުކުރުމަށް ހިންގުނު މަޝްރޫޢުއެއް ކަމަށް އެ މިނިސްޓްރީއިން ވިދާޅުވެ އެވެ. އަފީފުއްދީން ސްކ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ގްރީސްގައި މުސްލިމުން އަޅުކަން ކުރަން މިސްކިތް އެޅުމުގެ ހުއްދަ ނުދިން ގްރީސްގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ތެސަލޮނިކީގައި މުސްލިމުން އަޅުކަން ކުރަން މިސްކިތެއް އެޅުމުގެ ހުއްދަ ދޭން އެ ގައުމުން ދެކޮޅު ހަދައިފިއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި “މެކެޑޯނިއާ ތްރޭސް މުސްލިމް އެޑިއުކޭޝަން ކަލްޗާ ފައުންޑޭޝަން” އިން މި ހުއްދައަށް އެދިފައިވަނީ ފުރިހަމަ ކުރަން ޖެހޭ ހުރިހާ ލިޔެކިޔުންތަކާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހުއެވެ. ނަމަވެސް އެ ހުއްދަ ނުދިނުމަކީ އެ ގައުމުގެ މުސްލިމް މައިނޯރިޓީގެ ހައްގުތަކަށް އަރައިގަތުން ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޯވިޑްއަކީ ވާލުން ފެތުރުނު ވައިރަސްއެއް ކަމަށް ވުމުގެ ފުރުސަތު ބޮޑު: ޑަބްލިއުއެޗްއޯގެ ޓީމް ކޯވިޑް-19 ވައިރަހަކީ ވާލުން އިންސާނުންނަށް ޖެހުނު ވައިރަސްއެއް ކަމުގެ ފުރުސަތު ބޮޑު ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ޗައިނާއަށް ދިޔަ ޓީމުގެ މެމްބަރަކު ބުނެފިއެވެ. އޮސްޓްރޭލިއާއަށް ނިސްބަތްވާ މި މީހާ ބުނީ ޓީމުގެ ހޯދުންތަކުން ވައިރަހަކީ ޖަނަވާރެއްގެ ފަރާތުން އައިސްފައިވާ އެއްޗެއް ކަމަށެވެ. ނަމަވެސް އެއީ ސީދާ ވޫހާންގެ މާރުކޭޓުން އައި ވައިރަހެއްކަން ބުނަން ދަތިތަކަމަށްވެސް އޭނާ ބުންޏެވެ. މި ވައިރަހުގެ ހަގީގަތް ހޯދުމަށް ޑަބްލިއުއެޗްއޯއިން ޗައިނާއަށް ދިޔަ ޓީމުން ވަނީ މި ވައިރަ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ޚަބަރު ވެކްސިން ޖެހި މީހުންގެ އަދަދު 80000 އަށް ދިވެހިރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު އައްޑިހަ ހާހަށްވުރެ މައްޗަށް އަރައިފިއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑް ބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން މިހާތަނަށް 80،153 މީހަކަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖޭގައި މިވަގުތު ދެމުން އަންނަނީ އިނޑިއާއިން ރާއްޖެއަށް ހަދިޔާކުރި 100000 ޑޯޒް “ކޮވިޝީލްޑް” ވެކްސިނެވެ. ގްރޭޓާ މާލޭ ސަރަހައްދުގެ 10 ވެކްސިނޭޝަން ސެންޓަރަކާއި އަދި އަތޮޅުތެރޭގެ 69 ސެންޓަރު ހިމެނޭގޮތުން ޖުމްލަ 79 ސެންޓަރުގައި މިހާރު ވެކްސިން ދެމުން އަންނައިރު މިއަދު އެކަނ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރަޝީދުގެ ސަސްޕެންޝަން މައްސަލަ "ވާނުވާގައި" އޮތުމުން މަޖިލީހަށް ހއ. އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފައިވާއިރު، އޭނާގެ ސަސްޕެންޝަނާއި މެދު ގޮތެއް ނުނިއްމާ ދިގުދެމިގެންދާތީ އެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅައިފިއެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރަޝީދު ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެލްޖީއޭ) އިން ރަޝީދަށް، 14 ނޮވެމްބަރ 2020 ހޮނިހިރު ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކަކާއި ގުޅިގެން އެ މަހު 8 ވަނަ ދުވަހު... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޭކުރެންދޫއިން ރިސޯޓަކަށްދިޔަ މީހަކު ޕޮޒިޓިވް، ރަށް މޮނީޓަރިންއަށް ހދ. ނޭކުރެންދޫގައި ހުރެފައި ރިސޯޓަކަށް ދަތުރުކުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް މޮނީޓަރިންއަށް ލައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިކަމާއި ގުޅުން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި އެ ރަށް މޮނީޓަރިންއަށް ލާފައިވަނީ މިރޭ 21:33 ގައެވެ. މިކަމާއި ގުޅިގެން އެޗްޕީއޭއިން އާންމު ކޮށްފައިވާ ލިޔުމުގައި އިތުރަށް ވިދާޅުވެފައިވަނީ ނޭކުރެންދޫގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި އަދި އެޗްޕީއޭގެ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އަނެއްކާވެސް ދިއްދޫން މީހަކު ޕޮޒިޓިވް ވެއްޖެ ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ދިއްދޫ ކައުންސިލްގެ އޮފިޝަލެއް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެމީހާއަކީ ދިވެއްސެއް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ. އެމީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ އެމީހާގެ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ. އޭނާއާއި އެއް ގެއެއްގައި އިތުރު ދެމީހަކު ވެސް ހޯމް ކަރަންޓީނުގައި ތިއްބެވެ. އެ […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެ، ކުޅުދުއްފުށްޓަށް ގެންދަނީ ހއ. އަތޮޅު ހޮސްޕިޓަލްގައި އޮތް މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެ އެވެ. ހއ. ދިއްދޫގައި ހުންނަ އެ ހޮސްޕިޓަލްގައި އެފަދަ ހާދިސާއެއް ހިނގާފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ މިނޫހަށް ޔަޤީންކޮށްދީފަ އެވެ. އެ ހޮސްޕިޓަލްގެ މެނޭޖަރ އުޘްމާން އަސްރަފް ”ތިލަދުން” އަށް ވިދާޅުވީ، އެ މާބަނޑު މީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ގެންދިޔުމަށް އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ. އަޝްރަފް ވިދާޅުވީ، އެ ހާދިސާއާއިގުޅޭ އިތުރު މަޢުލޫމާތު ދެއްވޭނީ ޑޮކްޓަރުން އެ […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
މަޖިލިސް އިދިކޮޅު ކޯލިޝަނަކީ ކެއްކީމަ ކާންދާ ގްރޫޕެއް: ރާޢީ އިދިކޮޅު ކޯލިޝަނަކީ ކެއްކީމަ ރަނގަޅަށް ކާންދާން ގްރޫޕެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ. ރާޢީ މިހެން ވިދާޅުވީ، މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ބައިވެރިވެ ވާހަކަ ދައްކަވަމުންނެވެ. އެ ކުއްލި މައްސަލައަކީ ކޯސްޓްގާޑުގެ ބޭނުމަށް އުތުރުތިލަފަޅުގައި ބަނދަރަ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް އިންޑިއާ އެގްޒިމް ބޭންކުން 50 މިލިއަން ޑޮލަރު ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ދިނުމަށް ނިންމާފައިވާ 50 މިލިއަން ޑޮލަރާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ. މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ މިއަދު އެގްޒިމް ބޭންކްގެ އޮފިޝަލުންނާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާއާއި އެކު ކުރިއަށް ގެންގޮސްފަ އެވެ. މިބައްދަލުވުމުގައި 50 މިލިއަން ޑޮލަރުގެ ޑިފެންސް އެލްއޯސީ އާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފަ އެވެ. އަދި މި އެލްއޯސީގެ ދަށުން ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަކ... އަލީ އާދިލް · 5 އަހަރު ކުރިން
ކުޅިވަރު ސިޓީ، ޔުނައިޓެޑް، ލެސްޓާ މޮޅުވިއިރު ޓޮޓެންހަމް އަދި އާސެނަލް ބަލިވެއްޖެ އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެންމެ މަތީގައި މިވަގުތު އޮތް ތިން ޓީމް ކަމުގައިވާ މެންޗެސްޓާ ސިޓީއާއި، މެންޗެސްޓާ ޔުނައިޓެޑާއި އަދި ލެސްޓާ ސިޓީ އާދީއްތަ ދުވަހު ލީގުގައި ކުޅުނު މެޗުތައް ކާމިޔާބުކުރިއިރު، އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ޓޮޓެންހަމްއާއި އާސެނަލް އެ ޓީމް ކުޅުނު މެޗުތަކުން ބަލިވެއްޖެއެވެ. މިވަގުތު ޕޮއިންޓްތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު، ސިޓީން ކާމިޔާބު ކޮށްފައިވަ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި ފުވައްމުލަކުގެ ނަރުދަމާ ނިޒާމުގެ މައްސަލަ ހައްލު ކުރަން ފެނަކައަށް ފުވައްމުލަކު ސިޓީގެ ނަރުދަމާ ނިޒާމުގެ މައްސަލަ ހައްލު ކޮށް މަރާމާތު ކުރުމަށް ފެނަކައާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެެވެ. ފެނަކައިގެފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެވެ. މިނިސްޓްރީ އޮފް އެންވަޔަރަމެންޓުން މި މަޝްރޫއު ފެނަކައާ ހަވާލު ކުރީ 43,271,758.2 (ސާޅީސްތިން މިލިއަން ދެލައްކަ ހަތްދިހައެއްހާސް ހަތްސަތޭކަ ފ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނުދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމަށް ބިން ދޫކުރަން ނިންމައިފި ހދ. މަކުނުދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމަށް ބިން ދޫކުރަން ހުއްދަދޭން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ. އެ ނިންމުން އެލްޖީއޭއިން ނިންމާފައި ވަނީ އެލްޖީއޭ ބޯޑުގެ 2021 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުމުގައި އެވެ. މިގޮތުން އެލްޖީއޭ ބޯޑުގެ ނިންމުމުގައި ބުނެފައި ވަނީ މަކުނުދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމަށް 40،000 އަކަފޫޓުގެ ބިމެއް މިނިސްޓްރީއޮފް ހެލްތަށް ދޫކުރުމަށް ހުއްދަ ހޯދުމަށް މަކުނުދޫ ކައުންސިލުން އެދިފައިވާ ކަމަށެވެ. އެ ބިން އެރަށުން ދޫކުރުމަށް […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަމުން މަސްތުވާތަކެއްޗާއި އެކު 2 މީހުން ހައްޔަރު ކޮށްފި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ނޮޅިވަރަމުން 2 މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މަސްތުވާތަކެތީގެއެ އޮޕަރޭޝަން ތަކުގެ ތެރެއިން ނޮޅިވަރަމުގައި ހިންގި އޮޕަރޭޝަންއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ކުޅުދުއްފުށި ޕޮލިސް އަދި ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. މި މަހުގެ 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރި... އަލީ އާދިލް · 5 އަހަރު ކުރިން