ވިޔަފާރި ގަވާއިދާ ހިލާފަށް އުޅެގެން ޕޮޒިޓިވްވާ މުވައްފުންނާ މެދު ސްޓެލްކޯއިން ފިޔަވަޅު އަޅަނީ ގަވާއިދާ ހިލާފުވެގެން ކޯވިޑް-19އަށް ޕޮޒިޓިވްވާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެ ކުންފުނީގެ މުވައްޒަފުންނަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ސްޓެލްކޯއަކީ 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތްދޭން ޖެހޭ ކުންފުންޏަކަށްވެފައި މުވައްޒަފުން ޕޮޒިޓިވްވެ ހިދުމަތްތައް ހުއްޓިގެން ނުވާނެ ކަމަށެވެ. އެގޮތުން، މިހާތަނަށް ބެލި ބެލުމުން ބައެެއް މުވައްޒަފުން ގައިޑްލައިނާ ހިލާފުވާކަން ފާހަގަކުރެވިފައިވާ ކަމަށް ވަނީ ބުނެފައެވެ. ސްޓެލްކޯއިން ބުނީ މި ސަބަބުތަކާހުރެ އެއްވެ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އިންޑިއާއިން މުސްލިމުންނާއި ދެކޮޅަށް އަޑު އުފުލުމަށް ޓުވިޓާ ދޫކޮށް އަމިއްލަ އެޕްއަކަށް މުސްލިމުންނާ ދެކޮޅަށް އަޑު އުފުލުމަސް އިންޑިއާއިން ޓްވިޓާ ދޫކޮށް އިތުރު އެޕްލިކޭޝަނެއް ހަދައިފިއެވެ. “ކޫ” ގެ ނަމުގައި ތައާރަފުކުރި މި އެޕްލިކޭޝަން މިހާތަނަށް ދެ މިލިއަނެއްހާ މީހުން ވަނީ ޑައުންލޯޑުކޮށްފައެވެ. މި އެޕް ހަދާފައިވާކަން އެންމެ ފުރަތަމަ އިއުލާން ކުރީ އެ ގައުމުގެ ކޮމާސް މިނިސްޓަރު ޓްވިޓާގައެވެ. އޭގެ ފަހުން ގިނަ ބަޔަކު ވަނީ ޓްވިޓާ ދޫކޮށް އެ އެޕްލިކޭޝަނަށް ބަދަލުވެފައެވެ. މި އެޕްލިކޭޝަން ބޭނުން ކުރާ މީހުންގެ ތެރޭގައި އެންމެ ގިނައީ އެ ގައުމުގެ ވެރިކަން […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފަތާ ޓްރެކްއާއިއެކު އިބްރޭގެ ޝުކުރު ޗައިނާއަށް! ޗައިނާ ސަރުކާރުން ހއ. ކެލާއަށް ހަދިޔާކުރި ފަތާ ޓްރެކް ރާވާ ނިންމާލެވުމާއެކު، ރައްޔިތުންގެ މަޖިލިސްގައި ކެލާ ތަމްސީލް ކުރަށްވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ޗައިނާއަށް ޝުކުރު އަދާކޮށްފިއެވެ. ޗައިނާ ސަރުކާރުން ހއ. ކެލާއަށް ހަދިޔާކުރި ފަތާ ޓްރެކް އެރަށަށް ގެންގޮސްފައިވަނީ ހުސްވި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. މިހާރު އެ ޓްރެކް ވަނީ ރާވައި، ކެލާގެ ޒުވާނުންނަށް ބޭނުން ކުރެވޭ ގޮތް ހަދާފަ އެވެ. މިކަންފާހަގަކޮށް އިބްރޭ ކުރެއްވި ޓްވީޓެއްގައި ވަނީ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
މަޖިލިސް ޖީއެމްއާރު އަތުން އެއާޕޯޓް އަތުލެވުމަކީ މިނިވަންކަން ލިބުން ކަހަލަ ކަމެއް: ޝިޔާމް ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދީފައިވަނިކޮށް، އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި އިހުތިޖާޖުތަކުން އެ އެއާޕޯޓު ޖީއެމްއާރުއަތުން އަތުލެވުމަކީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުން ކަހަލަ ކަމެއްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ ނައިބުރައީސްކަން ވެސް ކުރަށްވާ ޝިޔާމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ މާމުނަގައު ރިސޯޓުން ގެއްލުނު ފަތުރުވެރިޔާ ހޯދި މީހަކަށް 1 ލައްކަ ޑޮލަރު ހުށައަޅައިފި އެކަނިމާއެކަނި ސްނޯކްލިންއަށް ގޮސްގެން އުޅެނިކޮށް މިމަހުގެ 13 ވަނަ ދުވަހު ރ. އަތޮޅު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން ގެއްލުނު އަންހެން ފަތުރުވެރިޔާ ހޯދި މީހަކަށް 1 ލައްކަ ޑޮލަރު (1,542,000 މިލިޔަން ރުފިޔާ) ހުށައަޅައިފި އެވެ. ކަލީޖް ޓައިމްސްއަށް ދިން އިންޓަރވިއުއެއްގައި އޭނާގެ ފިރިމީހާ ބުނެފައިވަނީ އޭނާގެ އަނބިމީހާ ހޯދި މީހަކަށް 1 ލައްކަ ޑޮލަރު ހުށައަޅާކަމަށެވެ. އުމުރުން 33 އަހަރުގެ އެއަންހެން މީހާ ގެއްލުނުއިރު ބަނޑުބޮޑުކަމަށްވެސް އެނޫހުގައި ބުނެފައި ވެއެވެ. “އަންހެނުން ގެއ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޭކުރެންދޫ ކޭސްއާއި ގުޅިގެން ނެގި 51 ސާމްޕަލް ނެގެޓިވް ހދ. ނޭކުރެންދޫގައި ހުރެފައި ރިސޯޓަކަށް ދަތުރުކުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށުން ނެގި 51 ސާމްޕަލް ނެގެޓިވް ވެއްޖެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ދާޢުދު ވިދާޅުވީ ނޭކުރެންދޫގެ ކޭސް އާއި ގުޅިގެން ނެގި 51 އެއް ސާމްޕަލްގެ ނަތީޖާ މިރޭ ލިބިފައިވާކަމަށެވެ. އެ ހުރިހާ ސާމްޕަލްއެއް ވެސް ނެގެޓިވް ވެފައިވާކަމަށް އަޙްމަދު ދާޢޫދު ދިވާޅުވި އެވެ. މިކޭސް އާއި ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫން އިތުރު ތިން މީހުން ޕޮޒިޓިވް ވެއްޖެ ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި އިތުރު 3 މީހުން ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ދިއްދޫއިން ރޭ ވެސް ވަނީ މީހަކު ޕޮޒިޓިވް ވެފައެވެ. ރޭ ޕޮޒިޓިވްވި މީހާއަކީ ވެސް މިއަދު ޕޮޒިޓިވް ތިން މީހުންނަކީ ވެސް އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ދިވެހިންނެވެ. އެމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުންނެވެ. އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އަތޮޅުގައި ހިންގި މަޝްރޫޢުތަކަށް 367 މިލިއަން ރުފިޔާ ޚަރަދުކޮށްފި ހދ. އަތޮޅުގައި ވޭތުވި ދެ އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން 367 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ފަށާފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން... ޝިއުނާ އާދަމް · 5 އަހަރު ކުރިން
މަޖިލިސް ފެނިގެން ދިޔައީ އަލަށް ޗާޕުކުރި ފައިސާ ރައްކާކުރަން އަމިއްލަ ގެޔަށް ވެއްދިތަން: ޝަހީމް މިވޭތުވި ދިޔަތަނުގައި ފެނިގެން ދިޔައީ މިރާއްޖޭގައި އަލަށް ޗާޕްކުރެވުނު ފައިސާ ރައްކާކުރުމުގެ ގޮތުން އަމިއްލަ ގެއަށްވަށްދާ، ފޮރުވައިގެން އުޅުނު މަންޒަރުކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބުދުﷲ ޝަޙީމް އަބުދުލްޙަކީމް ވިދާޅުވެއްޖެ އެވެ. ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި، މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ "އައިޔޫސީއެން"ގެ މެންބަރަކަށް ރާއްޖެ ވުމަށް ލަފާދެއްވައިފި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން) ގެ މެންބަރަކަށް ދިވެހިރާއްޖެ ވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފި އެވެ. އައި.ޔޫ.ސީ.އެން ގެ މެންބަރަކަށް ދިވެހިރާއްޖެ ވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިމިވަނީ މިއަދު އެވެ. ރައީސް މި ގޮތަށް ނިންމަވާފައި ވަނީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް އެންވަޔަރަންމަނ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ސިޓީގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރު ފަށަނީ ހދ. ކުޅުދުއްފުށި ސިޓީގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރު ފަށަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ. މަހްލޫފް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ އަށްވަނަ ޖަލްސާގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ނެވެ. މަޙްލޫފް އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގެ އިތުރުން ރާއްޖޭގެ އިތުރު 3 ރަށެއްގައި ސިންތެޓިކް ދުވާ ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމު... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ހަރުކަށި ފިކުރުގެ ޖަމާޢަތްތަކަށް ހުށަހެޅޭ ކުދިން އިސްލާހުކުރުމަކީ ދައުލަތާއި މުޖުތަމައުގެ ޒިންމާއެއް ހަރުކަށި ފިކުރުގެ ޖަމާޢަތްތަކަށް ހުށަހެޅޭ ކުޑަކުދިން އިސްލާހުކުރުމަކީ މުޖުތަމަޢާއި ދައުލަތުގެ ޒިންމާއެއްކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ޢަލީ ނަޛީރު ވިދާޅުވެއްޖެއެވެ. އަލީ ނަޛީރު މިހެން ވިދާޅުވެފައިވަނީ، “ރާއްޖޭގައި ހަރުކަށި ފިކުރުގެ ގުރޫޕުތަކާ ގުޅުންހުރި ކުޑަކުދިން” އިސްލާހުކޮށް މުޖުތަމައުއަށް ގަދަރުވެރި ބައެއްގެ ގޮތުގައި ގެނައުމަށް މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށް ޔޫ.އެން.އޯ.ޑީ.ސީ އާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގުޅިގެން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 2 ދުވ... އަލީ އާދިލް · 5 އަހަރު ކުރިން
މަޖިލިސް ބަޣާވަތަކުން ވެރިކަން ވައްޓާލި މީހުން ވެށިފަހި ފޯމްތައް އަޅާލީ ޑަސްބިނަށް: ޝިފާޢު ބަޣާވާތަކުން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު ވެރިކަމަށްއައި މީހުން، ރައީސް ނަޝީދުގެ ވެރިކަމުގައި، އޭރުގެ ސަރުކާރުން 2011 ވަނަ އަހަރު އިއުލާންކުރި ބޯހިޔާވަހިކަމުގެ މަޝްރޫޢު، “ވެށިފަހި މާލެ” ޕްރޮގްރާމުގެ ދަށުން ފްލެޓު ހޯދުމަށް ކުރިމަތިލި މީހުންގެ ފޯމުތައް، އަޅާލީ ޑަސްބިނަށް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ، އިޖްތިމާޢީ ގެދޮރުވެރިކަމަށް ޚާ... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި ކޮކާ ކޯލާއިން ކަރުދާސް ފުޅިތައް ޓެސްޓް ކުރަން ތައްޔާރުވެއްޖެ ދުނިޔޭގެ އެންމެ ބޮޑު ފިޒީ ޑްރިންކް ކޮމްޕެނީ ކޮކާލާއިން ޕްލާސްޓިކް ފުޅީގެ ބަދަލުގައި ކަރުދާސް ފުޅި ބޭނުން ކުރަން ނިންމައިފިއެވެ. މި ޕްރޮޖެކްޓުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭ ކަރުދާސް ފުޅިތަކެއް އުފައްދައި އެ ޓެސްޓު ކުރަން މިހާރު ވަނީ ތައްޔާރުވެފައެވެ. މިއީ އެ ކުންފުނީގެ ސަބަބުން ތިމާވެއްޓަށް ދިމާވާ ގެއްލުން މަދު ކުރުމަށް ކަސްޓަމަރުންގެ އެދުމުގެ މަތިން އެ ކުންފުނިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. ކޮކާ ކޯލާއިން ކަރުދަސް ފުޅި ތައްޔާރު ކުރަނީ ޑެނިޝް ކުންފުންޏެއް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ދައުލަތަށް 35 އަހަރު ޚިދުމަތް ކުރުމުން ”ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު“ ދެނީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް، ”ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު“ ގެ ނަމުގައި ގައުމީ ފެންވަރުގެ އިނާމެއް ދެއްވާގޮތައް ނިންމަވައިފި އެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ، މިއަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ޤައުމީ ފެންވަރުގެ އިނާމެއް ދެއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައި، އެކަމުގެ މަޢުލޫމާތު، ވަޒީރުންގެ މަޖިލީހާ މިއަދު ޙިއްޞާ ކުރައްވާފައިވާކަމަށެވެ. މިއަދު މެންދުރުފަހު ބޭއްވެވި ވަޒީރުންގެ... ޝިއުނާ އާދަމް · 5 އަހަރު ކުރިން