ކުޅިވަރު ސައުތެމްޓަންއާއި ޗެލްސީ ބައްދަލުކުރި މެޗަށް ހަމަހަމަ ނިމުމެއް އިނގިރޭސި ޕްރިމިއަ ލީގުގައި ހޮނިހިރު ދުވަހު ހަވީރު ސައުތެމްޓަންއާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިހެން ޗެލްސީން މޮޅަށް ކުޅުނު ނަމަވެސް ލަނޑު ޖަހާނެ މާ ގިނަ ފުރުޞަތުތަކެއް އެ ޓީމަށް ތަނަވަސް ކުރެވިފައި ނުވެއެވެ. މުޅި މެޗުގައި ވެސް ޗެލްސީއަށް ސައުޓެމްޓަންގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ތިން ހަމަލާއެވެ. މެޗުގެ ވަރަށް ކުރީކޮޅު […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އިންޑިއާއިން ރާއްޖެ ހަދިޔާކުރި ވެކްސިން ޑޯޒްގެ ޢަދަދު 2 ލައްކައަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރުކޮށްފައިވާ ކޮވިޝީލްޑް ވެކްސިންގެ އިތުރު 100،000 ޑޯޒް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާ ކޮށްފިއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ މިކަން ޢިއުލާން ކުރަށްވައި، ރަމްޒީ ގޮތުން މި ވެކްސިން ދިވެހި ސަރުކާރާއި މިއަދު ވަނީ ހަވާލު ކުރަށްވާފަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިނާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ފުރަތަމަ ފަހަރަށް ރީނދޫ ޕެންގުއިންއެއް ފެނިއްޖެ ފުރަތަމަ ފަހަރަށް ދެކުނު އެޓްލާންޓިކުން ރީނދޫ ކުލައިގެ ޕެންގުއިންއެއް ފެނިއްޖެއެވެ. އާއްމު ގޮތެއްގައި ފެންނަ ޕެންގުއިނަތައް ތިބެނީ ކަޅާއި ހުދު ކުލައިގައެވެ. ނަމަވެސް މި ޕެންގުއިންގެ ގައިގައި ކަޅު ކުލައިގެ އެންމެ ތިއްކެވެސް ނެތެވެ. މި ޕެންގުއިންގެ ލޯވެސް އެހެން ޕެއިންގުއިންތަކާ ތަފާތެވެ. މި ޕެންގުއިން އެންމެ ފުރަތަމަ ފެނުނީ ވައިލްޑްލައިފް ފޮޓޯގްރާފަރެއް ކަމަށްވާ އީވްސް އެޑަމްސް އަށެވެ. އޭނާއަށް މި ޕެންގުއިން ފެނުނީ 120،000 އެއްހާ ޕެންގުއިންތަކުގެ ތެރެއިން ކަމަށް އޭނާ ބުންޏެވެ. އޭނާ ވަނީ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ހަސަން މަނިކުގެ ޢާއިލާއަށް ނިއުރޭޑިއަންޓްގެ ތައުޒިޔާ ކޯވިޑް19 ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ ނިޔާވި ފިލްމީ ތަރި، އަދި ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ، އެންމެ ދުވަސްވީ އެއް ކްލަބު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވަރުގަދަ ސަޕޯޓަރު ކޮއްޔަ ހަސަން މަނިކުގެ ޢާއިލާއަށް އެ ކްލަބުން ތައުޒިޔާ ކިޔައިފިއެވެ. އެ ކްލަބުން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ އެ ކުލަބުގެ ދެގޮތެއް ނުވާ ސަޕޯޓަރ ހަސަން މަނިކު (ކޮއްޔަ) ވަނީ މިއަދު ނިޔާވެފައިވާތީ، އެ ކުލަބާއި އަދި އެންމެހައި […] އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުލިގަމުގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމުގެ ޕްރޮގުރާމެއް ހިންގައިފި ހއ. އުލިގަމުގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމުގެ ޕްރޮގުރާމެއް ހިންގައިފި އެވެ. އުލިގަމް ކައުންސިލުން ވިދާޅުވީ، މިޕްރޮގްރާމަކީ އުލިގަމު ކައުންސިލާ އުލިގަމު ޞިއްޙީމަރުޒުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގައި އެރަށުގެ ހުރިހާ މުއައްސަސާތަކާއި ޢާއްމުރައްޔިތުން ބައިވެރިވެފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ. އުލިގަމް ކައުންސިލުން ވިދާޅުވި ގޮތުގައި މިޕްރޮގުރާމުގެ ދަށުން ކުރެވުނު މަސައްކަތުން އެރަށުގެ ކުނިގޮނޑުތަކުގައި ހުރި ފެންހަރުލާ ޒާތުގެ ތަ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ ވަޑައިގެންފި އަވަށްޓެރި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުގެ އިތުރުން އެ މިނިސްޓްރީގެ ބައެއް އިސްވެރިންނެވެ. އޭގެތެރޭގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުހައްމަދާއި ރާއްޖެއިން އިންޑިއާ... އަލީ އާދިލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ތުރުކީގެ "މޯލްޑިވްސް ލޭކް" ހިކެނީ “މޯލްޑިވްސް ލޭކް”ގެ ނަމުން މަޝްހޫރުވެފައިވަނީ ތުރުކީގެ “ލޭކް ސަލްޑާ” ހިކެން ފަށައިފިއެވެ. އެ ގައުމުގެ ޖިއޮލޮޖީ އިންޖިނިއަރުންތަކެއް ބުނެފައިވާގޮތުގައި ވާރޭ ވެހި ސްނޯ ފޭބި ނަމަވެސް އެ ފެންގަނޑަށް ބޭނުންވާ ވަރަށް ފެން ލިބިފައި ނުވާކަމަށެވެ. އެހެންކަމުން ދުނިޔޭގެ މަޝްހޫރު އެހެން ލޭކުތަކެއްހެން މި ލޭކުވެސް ނެތިގެން ދިއުމުގެ ބިރު އެބައޮތް ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ޖިއޮލޮޖީ އިންޖިނިއަރެއް ކަމަށްވާ ކެވްނީ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި ފެންގަނޑު ހިކުމުގައި މައިގަނޑު ދެ ސަބަބެއް... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ނާސާގެ އުޅަނދު މާސްއަށް، ދުވަހަކުވެސް ނުފެންނަ މަންޒަރުތަކެއް ދުނިޔޭގެ އެންމެ ބޮޑު ސައިންސް އޯގަނައިޒޭޝަން، “ނާސާ”ގެ ޕްރިޒާވަރެންސް ރޯވާ މާސްއަށް ދިއުމާއެކު އެ ޕްލެނެޓުގެ ތަފާތު ފޮޓޯތަކެއް ދުނިޔެއަށް ފޮނުވައިފިއެވެ. ނާސާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންމެ ފުރަތަމަ ދުނިޔެއާ ހިއްސާކޮށްފައިވަނީ ޕްރިޒާވަރަންސް ރޯވާ މާސްގެ ބިމަށް ތިރިކުރާ ފޮޓޯއެކެވެ. މާސްގެ ބިމާ 6.5 ފޫޓު މަތިން ނަފާއިވާ މި ފޮޓޯއަކީ ރޯވާގެ “ސެލްފީ”އެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މި ފޮޓޯ ނަގާފައިވަނީ ރޯވާ މާސްގެ ބިމަށް ތިރިކޮށްދިން ޖެޓްޕެކްގައި ހަރުކޮށްފައި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި އިތުރު ދެމީހަކު ނިޔާވެއްޖެ ރާއްޖެއިން ކޯވިޑް ބައްޔަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-11ގައި ފަރުވާ ދެމުންދިޔަ އަންހެނަކާއި ފިރިހެނެކެވެ. މި އަންހެން މީހާ ނިޔާވެފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 1:04 ހާއިރުއެވެ. ނިޔާވި އަންހެން މި މީހާގެ އުމުރަކީ 63 އަހަރެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައި ނިޔާވެފައި ފިރިހެން މީހާއަކީ ދިވެހިރާއްޖޭގެ ފިލްމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހަސަން މަނިކު (ކޮއްޔަ ހަސަން) އެވެ. ހަސަން ނިޔާވެފައި... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ މަގުމަތީ އެއްވުންތައް ބާއްވާނަމަ ފިޔަވަޅު އަޅަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަޅާފައިވާ ފިޔަވަޅުތަކާއި ގައިޑްލައިންތަކާއި އަދި ކަމާގުޅޭ ޤާނޫނުތަކާއި ޚިލާފަށް އެއްވުންތައް ބާއްވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ. ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ބާއްވަމުންދާ އެއްވުންތަކަކީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފު އަދި ގާނޫނީ ގޮތުން ވެސް މަނާ ކަމެއް ކަމަށ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ މާލެއިން ކަރަންޓް ކެނޑިއްޖެ މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ އެވެ. މާލެއިން ކަރަންޓް ކެނޑިފައިވަނީ 5:40 އެހާކަންހާއިރެވެ. ސްޓެލްކޯއިން ބުނީ މާލެއިން ކަރަންޓް ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަށްވަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. ”ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ވަނީ ކަރަންޓު ކެނޑިފައި. ވީއެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން.” ގަޑިން 5:56 ގައި […... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ކުރީގެ މެންބަރު މުޙައްމަދު ދޫކޮށްލައިފި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ބަންދުން ދޫކޮށްލައިފި އެވެ. ކުރީގެ މެންބަރު މުޙައްމަދު ހައްޔަރުކުރީ މިމަހުގެ 16 ވަނަ ދުވަހު ވެރިރަށް މާލޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ނެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމަން މިމަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރުމުން އެ ކޯޓުން އަމުރު ކުރީ ތިން ދުވަހަށް ފުލުހުންގެ ބަންދުގައި އޭނާ ބެހެއްޓުމަށެވެ. މުހައްމަދު އިސްމާއިލް ބަންދުން […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ފައިނުގައި ކުއްޖަކު ގެނބިގެން ނިޔާވެއްޖެ ރ. ފައިނުގައި މޫދަށްއެރި އުޅުނު ކުޑަ ފިރިހެން ކުއްޖަކު ގެނބިގެން ނިޔާވެއްޖެއެވެ. ފައިނު ކައުންސިލުން ވިދާޅުވީ 5 އަހަރުގެ ކުޑަކުއްޖާ ގެއްލިގެން ހޯދަންފެށީ މިއަދު ހަވީރު 17:15 އެހާއިރުކަމަށެވެ. އެކުއްޖާ ފެނިފައިވަނީ މިއަދު 17:30 އެހާއިރު އެރަށު އުރުދެކުނު ފަރާތު މޫދުން، ކަމަށެވެ. ކުޑަ ކުއްޖާ ފެނުނީ އެސަރަހައްދުގެ މޫދުން، ގާތްގަނޑަކަށް 2 ފޫޓު އަޑިންކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ. މިކުއްޖާ ގެއްލިގެން ހޯދަންފެށީ ރަހުމަތްތެރި އެހެން ކުއްޖަކާއެކު ބޭރަށް ނުކުމެއުޅުމަށްފަހު މޫދަށް އެރިއުޅެނިކޮށް... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ކޮލަމް މެޕްސް ކޮލެޖުން ހިންގާ އޮންލައިން ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މާޗް 14 ގެ ނިޔަލަށް އެޑްވާންސްޑް ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް އާ ހަމައަށް އެކި ދާއިރާތަކުން ކިޔެވުމުގެ ތަފާތު ފުރުޞަތުތަކާއެކު ހުޅުވާލާފައިވާ މެޕްސް ކޮލެޖްގެ މާރޗް 2021 އިންޓޭކްގެ ކޯސްތަކުގެ ތެރޭގައި ރަށުގައި ތިބެގެން އޮންލައިންކޮށް ކިޔަވުމަށްވެސް ވަރަށް ގިނަ ފުރުސަތުތައް އެބަހުއްޓެވެ. މިގޮތުން ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގ އެންޑް ބިޒްނަސް، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމެންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއި... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް ވެކްސިން ޖެހި ދޮށީ އުމުރު މީހަކު ނިޔާވެއްޖެ ރާއްޖޭގައި ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒްޖެހި އުމުރުން 93 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހި މީހަކު ނިޔާވެފައިވާ ކަމަށާއި، އެ މަރުގެ ސަބަބު ހޯދުމަށް ތަހުގީގު ކުރާނެ ކަމަށެވެ. އެމީހާ ކޯވިޑް ވެކްސިން ޖަހާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. މިއަދު ހެނދުނު ނިޔާވީ އުމުރުން 93 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ގިނަ އަދަދެއްގެ ބަލިތަކެއް […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން