ވިޔަފާރި ސެމްސަންގެ ފަހުގެ ފޯނުތަކުގައި އުރީދޫ 5ޖީ ބޭނުން ކުރެވޭނެ ސެމްސަންގް އިން އެންމެ ފަހުން ނެރުނު ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ގައި އުރީދޫ 5ޖީ ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. އުރީދޫން މިހާރު ވަނީ އެކުންފުނީގެ 5ޖީ ނެޓްވޯކާއެކު 5ޖީ ހޯމް ބްރޯޑްބޭންޑުގެ ހިދުމަތްމާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފަ އެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ވިޔަފާރިތައްހިންގާ ސަރަހައްދުތަކާއި ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމެނެއެވެ. މި ނެޓްވޯކާއެކު ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓްކުރުމުގައި ދިމާވާލަސްތަކަށްވެސް […... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ފެން ބިލް ދެއްކުމަށްފަހު މައުލޫމާތު ފުރިހަމަ ކުރަން އެދެފި ޑައިރެކްޓް ބޭންކް ޓްރާންސްފާ ބޭނުންކޮށްގެން މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ހިދުމަތްތަކަށް ފައިސާ ދައްކާ ކަސްޓަމަރުން ޕޭޖު މެދުވެރިކޮށް މައުލޫމާތު ފުރިހަމަކުރުމަށް އެ ކުންފުނިން އެދިއްޖެއެވެ. އެމްޑަބްލިއުއެސްސީގެ ޓްރާންސްފާ ސްލިޕް ފޮނުވަން ހާއްސަ ކޮށްފައިވާ ވެބް ޕޭޖު https://banktransfers.mwsc.com.mv އިން ފައިސާ ދެއްކި ކަމުގެ ސްލިޕް ފޮނުވާލެވޭނެއެވެ. ނަމަވެސް މި ޕޭޖުމެދުވެރިކޮށް ގިނަ ކަސްޓަމަރުން ޓްރާންސްފާގެ ތަފްސީލު ނުފޮނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ކުރީގެ މެންބަރު މުޙައްމަދު ދޫކޮށްލަން ގޮވާލައިފި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ދޫކޮށްލަން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ. އެ ކޯލިޝަނުން މިރޭ އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ އެ ކޯލިޝަނުން އިއްޔެ ހަވީރު ސުލްޙަވެރިކަމާއެކު، އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުންގެ މަތިން އިޙްތިޖާޖު ކުރަމުންދަނިކޮށް ފުލުހުން އެ އިޙްތިޖާޖުގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކުރިކަމަށެވެ. ”ހައްޔަރު ކުރި މީހުންގެ ތެރެއިން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސް... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ވެކްސިން ކާޑު ރައްކާތެރިކަމާއެކު ބާއްވަން ޖެހޭނެ ކޯވިޑް19 އިން ރައްކާތެރިވުމަށް މިހާރު ވެކްސިން ޕްރޮގުރާމުގައި ވެކްސިން ޖެހުމަށްފަހު ދެވޭ ވެކްސިން ކާޑު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި ދަތުރުކުރާނަމަ މިކާޑު އެކުގައި ގެންދިޔުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޭސީން) އިލްތިމާސްކޮށްފި އެވެ. އެޗްއީއޭސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ކޮންމެ މީހަކަށްވެސް ވެކްސިން ކާޑެއް ޙަވާލުކުރާއިރު ދެވަނަ ޑޯޒް ޖެހުމަށް އަންނައިރު މިކާޑު ގެންނަނ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ 56 ދުވަސް ފަހުން ކޯވިޑް-19 ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަންފަށާފައިވާ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ އެންމެ ފުރަތަމަ ޑޯޒް ޖަހާތާ 56 ދުވަސް ފަހުން ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ)އިން ބުނެފި އެވެ. އެޗްއީއޭސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ދެވަނަ ޑޯޒް އަށް ހަފްތާ ފަހުން ޖަހަން ނިންމާފައިވަނީ، މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ކޮމެޓީން އެންމެ ފަހުގެ ދިރާސާތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މިންގަނޑުތަކަށް... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ވިޔަފާރި ފެނަކައިގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެެރިވާން ހުޅުވާލައިފި ފެނަކަ ކޯޕްރޭޝަންގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް “ފުނަރު” ގައި ބައިވެެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފެނަކައިގެ އެޕްރެންޓިޝިޕް ޕްރޮގްރާމް (ފުނަރު ޕްރޮގްރާމް) އަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ފޯރުކޮށްދޭ 03 އަސާސީ ޚިދުމަތުގެ ދާއިރާއަށް ފަންނީ މީހުން ތަރައްޤީކޮށް ދިވެހިން ބިނާ ކުރުމަށްޓަކައި ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސާޗް އިން ހިންގާ ޕްރޮގްރާމެކެވެ. ފެނަކައިން ބުނީ މި ޕްރޮގްރާމުގެ ދަށުން އިންޖިން ރިޕެއާ އެންޑް މެއިންޓެނަންސްގައި ބައިވެރިވާ މީހުންނަށް ޑީސަލް އިންޖީނުގެ ބ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދުގެ ބަންދަށް ތިންދުވަސް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލްގެ ބަންދަށް ތިން ދުވަސް، ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ. ކުރީގެ މެންބަރު މުޙައްމަދު ހައްޔަރުކުރީ އިއްޔެ ވެރިރަށް މާލޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ނެވެ. މުޙައްމަދުގެ ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިކަމަށް އިދިކޮޅު ކޯލިޝަންގެ މައިޕާޓީ ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިއްޔެ ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދާމެދު... އަލީ އާދިލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ 45 ގައުމެއް ބައިވެރިވެ ޕާކިސްތާނުގެ ނޭވީ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފި މިހާތަނަށް ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ނޭވީ ހަރަކާތް “އަމަން 21” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޕާކިސްތާނުން ބޭއްވި މި ހަރަކާތުގައި 45 ގައުމެއްގެ ނޭވީތަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އެމެރިކާ އާއި ރަޝިއާ، ޗައިނާ އަދި ތުރުކީ ފަދަ ބޮޑެތި ބާރުތައްވެސްހިމެނެއެވެ. މިއީ މި ގައުމުތައް ގުޅިގެން ބޭއްވި ފުރަތަމަ މިލިޓަރީ ހަރަކާތެވެ. އަމަން އަކީ ޕާކިސްތާނުން 2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ނޭވީ ހަރަކާތެކެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ބާރުތައް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
މަޖިލިސް ހިޔާ ފުލެޓް ނުލިބުނު މީހުން އަލުން ފޯމުލާކަށް ނުޖެހޭ ހިޔާ މަޝްރޫއުގެ މިފަހަރު ފުލެޓް ނުލިބުނު މީހުން ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ބޯހިޔާވަހިކަން ހޯދަން އަލުން އެދޭއިރު އިތުރު ފޯމެއްލާން ނުޖެހޭނޭކަމަށް މިނިސްޓަރ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު ޢަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ކުރިއަށްދިޔަ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 7 ވަނަ ޖަލްސާގައި، ހިޔާ މަޝްރޫއާއި ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނެވެ. މިނިސްޓަރު އަސ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ މޯލްޑިވިއަންގެ ސީޕްލޭން މެއިންޓެނަންސްއަށްފަހު އެނބުރި އިންޑިއާއަށް އިންޑިއާގައި ބޭނުން ކުރާ ހަމައެކަނި ސީޕްލޭން މެއިންޓެނަންސަށް ރާއްޖެއަށް ގެނައުމަށްފަހު އެނބުރި އިންޑިއާއަށް ގެންގޮސްފިއެވެ. މިއީ އެ ގައުމުގައި ސީޕްލޭންގެ ހިދުމަތް ދޭން ފެށި ފަހުން މެއިންޓެނަންސަށް ސީޕްލޭން ރާއްޖެ ގެނައި 2 ވަނަ ފަހަރެވެ. މިދިޔަ ޑިސެމްބަރު މަހުވެސް ހިދުމަތް މެދުކަނޑާލުމަށްފު މެއިންޓަނަންސަށް އެ ސީޕްލޭން ރާއްޖެ ގެނައެވެ. އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދެނީ ސްޕައިސް ޖެޓުންނެވެ. އެ އެއާލައިނުން މި ދަތުރުތަކުގައި ބޭނުންކުރަނީ މޯލްޑިވިއަން އިން ލީޒް ކޮށްފައިވާ ބޯޓެކެވެ. “ސްޕައިސް ޝަ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ރިސޯޓުތަކުގެ ބިމު ކުލިން ލިބުނު އާމްދަނީއަށް އިތުރުވުމެއް ރިސޯޓުތަކުގެ ބިމުކުލިން ލިބިފައި އާމްދަނީ އިތުރުވެފައިވާ ކަމަށް ފިނޭންސްމިނިސްޓްރީގެ މާލީ ރިޕޯޓުން ދައްކައިފިއެވެ. ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި މާލީ ރިޕޯޓު ދައްކާގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކުން ކުލީގެގޮތުގައި 57.2 މިލިއަންރުފިޔާ ވަނީ ދައުލަތަށް ލިިބިފައެވެ. ނިމުނު 2020 ވަނަ އަހަރު މިމުއްދަތުގައި 41.0 މިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ ގާތްގަނޑަކަށް 28 ޕަސަންޓުގެ އިތުރުވުމެކެވެ. ސަރުކާރުގެ މިއަހަރުގެ ބަޖެޓްގައި، ރިސޯޓުތަކުން ބިމުކުލީގެ ގޮތުގައި ލިބޭނެ ކަމަ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި އެޕަލް ޕޭއިން ބިޓްކޮއިން ބަލައިގަންނަން ފަށައިފި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެޕަލްގެ “އެޕަލް ޕޭ” އިން ބިޓްކޮއިން ފަދަ ކްރިޕްޓޯ ކަރަންސީ ބަލައިގަންނަން ފަށައިފިއެވެ. ބިޓްކޮއިން އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރަމުން އަންނަ ޑިޖިޓަލް ފައިސާއެކެވެ. މި ފައިސާ އެންމެ ބޮޑަށް މަގުބޫލުވެފައިވަނީ އެމެރިކާގައެވެ. ބިޓްކޮއިން ފަދަ ޑިޖިޓަލް ފައިސާގެ އެޕެއް ކަމަށްވާ “ބިޓް ޕޭ” އިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި މިހާރު ބިޓްޕޭ މާސްޓަކާޑުތައް އެޕަލް ޕޭ ވޮލެޓަށް އެޑްކުރެވޭނެއެވެ. އަދި އެޕަލް ބްރޭންޑުގެ ތަކެތި ގަތުމަށް ޑިޖިޓަލް... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކުޅިވަރު އެމްބާޕޭގެ ހެޓްރިކުން ބާސާ ލަދުގަންނަވާލައިފި ކިލިޔަން އެމްބާޕޭގެ ހެޓްރިކުން އެފްސީ ބާސެލޯނާގެ މައްޗަށް 4-1 ލަނޑުން ޕީއެސްޖީން ބޮޑު މޮޅެއް ހޯދައިފިއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ބާސެލޯނާ އަމިއްލަ ދަނޑުގައި ޕީއެސްޖީން އެ ބާސާ ލަދުގަންނަވާލިއިރު، މެޗްގެ 27 ވަނަ މިނެޓްގައި ޕެނަލްޓީ އަކުން ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ މެޗްގެ ލީޑްނެގީ ބާސެލޯނާ އިންނެވެ. އަނިޔާގެ ސަބަބުން މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ނޭމާ އަދި އޭންހެލް ޑިމާރިއާ ނުލާ ޕީއެސްޖީން ރޭ ކުޅުނު އެ މެޗްގައި ޕީއެސްޖީން ލަނޑެއްޖަހައި، ނަތީޖާ […] ހުސައިން ހަބީބް · 5 އަހަރު ކުރިން
މަޖިލިސް ރާއްޖޭގައި ކަނޑުމަތީގެ ޓްރެފިކް ފުލުހުން ތައާރަފްޖެހޭ: ރާޢީ ރާއްޖޭގައި އެއްގަމު ޓްރެފިކް ޕޮލިހުން ތިބޭ އުސޫލުން ކަނޑުމަތީގެ ޓްރެފިކް ޕޮލިހުން ވެސް ތަޢާރަފްކުރަންޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ. ރާޢީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި ”ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުން އިތުރުކުރުމަށް ހުށަހަޅާފައިވާ ޤަރާރު” ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްއަށް ވާހަކަ ދައްކަވަމުންނެވެ. ރާއީގެ ވާހ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ހާލަތު ގޯސްވެފައިވާތީ ހުކުރު ހުތުބާ ކުރުކުރަނީ ރާއްޖޭގައި ކޯވިޑް-19 ބަލީގެ ހާލަތު ގޯސްވެފައިވާތީ ހުކުރު ހުތުބާ ކުރުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީއިން އިއްޔެ ކުރި ޓްވީޓެއްގައި ބުނ ކޯވިޑް 19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 19 ފެބްރުއަރީ 2021 ވާ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގޭ ހުރިހާ ރަށެއްގައި ކިޔާ ހުކުރު ހުތުބާ ކުރިޔަށްވުރެ ކުރުވާނެ ކަމަށެވެ. އެ މިނިސްޓްރީއިން މީގެ ކުރިން ވެސް ކޯވިޑްގެ ހާލަތު ގޯސްވި ފަހަރު ތަކުގައި ވަނީ ހުކުރު ހުތުބާ ކުރުކޮށްފަ އެވެ. […] ޝިއުނާ އާދަމް · 5 އަހަރު ކުރިން