ކުޅިވަރު އާސެނަލްއިން ފަހަތުން އަރާ ލެސްޓާ ބަލިކޮށްފި އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު ލެސްޓާއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން އާސެނަލްއިން މެޗު ކާމިޔާބު ކޮށްފިއެވެ. ލެސްޓާގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި އާދީއްތަ ދުވަހު ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ލެސްޓާއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ ހަވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ބެލްޖިއަމް މިޑްފީލްޑަރ ޓެލެމަންސްއެވެ. ބައިކޮޅަށް ވަތް ލަނޑަށްފަހު މުޅި މެޗުގައި ވެސް އާސެނަލްގެ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ މާއްދަމާ މަޖިލިސްއަށް ދާނީ މާއްދާ 27ގެ ދިފާއުގަ: މަލީޙް މާދަމާ ހެނދުނު މަޖިިލިސްއަށް ވަޑައިގަންނަވާނީ މަގާމްގެ ދިފާއުގައި ނޫންކަމަށާއި، ވަޑައިގަންނަވާނީ ޤާނޫނުއަސާސީގެ މާއްދާ 27ގެ ދިފާއުގައި ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ. މާއްދާ ހަތާވީހަކީ ދިވެހި ރާއްޖެގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ”ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން” (މާއްދާ 27:އެ މާއްދާގެ މިނިވަން ކަމާއި އެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާއި ޚިލާފްނުވާ ގޮތެއްގެ މަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ ކައުންސިލުން އިތުރު ހަރުފަތަކަށް! ށ. ފުނަދޫ ކައުންސިލުން އެ ކައުންސިލްގެ މުވައްޒަފުންގެ ކެޝުއަލް ޔުނީފޯމާއި، އަދި ޕްރޮގްރާމްތަކުގައި ބޭނުންކުރާނެ ޔުނިފޯމް އިފްތިތާޙްކޮށް، އެ ކައުންސިލް ހިންގުމުގައި ދައްކަމުން އަންނަ ނަމޫނާތަކުގެ ތެރެއަށް މުޅިން އާ ބޮޅުތަކެއް އިތުރުކޮށްފިއެވެ. މިގޮތުން ހޮނިހިރު ދުވަހުރޭ އެކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން ވަނީ، އެ ކައުންސިލްގެ މުވައްޒަފުންގެ ކެޝުއަލް ޔުނީފޯމާއި، އަދި ޕްރޮގްރާމްތަކުގައި ބޭނުންކުރާނެ ޔުނިފޯމް އިފްތިތާޙްކޮށް، އަދި ކައުންސިލްގެ ނުރަސްމީ ލޯގޯއެއް ވެސް އިފްތިތާޙް... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ވިޔަފާރި އަލިފާނުގެ ހާދިސާއާ ގުޅިގެން ވޭމަނޑޫ ރައްޔިތުން ދެއްކި ނަމޫނާއަށް ފެނަކައިގެ ޝުކުރު މިދިޔަ ހަފުތާގައި ތ. ވޭމަނޑޫ އިންޖީނު ގޭގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއިން އަރައިގަތުމަށް އެ ރަށުގެ ރައްޔިތުން ދެއްކި ނަމޫނާއަށް ފެނަކައިން ޝުކުރުއަދާކޮށްފިއެވެ. އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ހާދިސާއިން އަރައިގަނެ އެ ރަށަށް އަލުން ކަރަންޓު ދިނުމަށް ކުރި މަސައްކަތުގައި އެ ރަށުގެ ހުރިހާ އެންމެންގެފަރާތުންވެސް އެއްބާރުލުން ލިބުނު ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ކެތްތެރިކަމާއެކު ކުންފުންޏާއި ގުޅިގެން މަސައްކަތް ކުރުމުގައި ވޭމަންޑޫ ރައްޔިތުން ދެއްކީނަމޫނާއެއް ކަމަށްވެސް އެ ކުން... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ މަލީހުގެ އިތުބާރުގެ މައްސަލަ: އެމްޑީޕީން އަމަލުކުރާނީ ކުރިންވެސް ނިންމާފައިވާ ގޮތަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލަ މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، އެ މައްސަލާގައި އަމަލުކުރާނީ ކުރީންވެސް އެމްޑީޕީ ޕީޖީ ގުރޫޕުން އެމައްސަލައާއި މެދު ނިންމާފައިވާ ގޮތަށް ކަމަށް، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ. އެ މެންބަރުން މިހެން ވިދާޅުވީ، މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، ތްރީލައިން ވިޕެއްނެރެ، އޭނާ މަގާމުން ވަކިކުރަން ވޯޓު ދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުންނަށް އަންގަމުންދާކަމ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ މާލޭ ސިޓީގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާގައި އަނިޔާވި މީހާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެސްބީއައި ކައިރީގައި ހުންނަ ގެއެއްގައި ކަމަށް ފުލުހުން ވިދާޅުވެއެވެ. އެސަރަހައްދުގައި ހުރި މީހަކު ”ތިލަދުން”އަށް ބުނީ ބާރު ގޮވުމެއްގެ އަޑާއެކު ގިނައިރުތަކެއްނުވެ އެމްއެންޑީއެފުން ވެސް އެތަނަށް ދިޔަކަމަށެވެ. އަދި އެ ގޭސްފުޅި ގޮވި އިމާރާތުން މީހުން މަގުމައްޗަށް ނުކުމެފައިވާ ކަމަށް އޭނ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ވިޔަފާރި މޯލްޑިވިއަނުން ކޮންމެ ހަފުތާއަކު އެއް ޓިކެޓް ހިލޭ ގައުމީ އެއާލައިން މޯލްޑިވިއަނުން ހިލޭ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން މޯލްޑިވިއަންގެ މޯބައިލް އެޕް އަދި ވެބްސައިޓު މެދުވެރިކޮށް ޓިކެޓް ނަގާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފުތާއަކު އެއް ފަރާތަކަށް ހިލޭ ޓިކެޓުލިބޭނެއެވެ. ހަތަރު ހަފުތާއަށް ކުރިއަށްދާ މި ޕްރޮމޯޝަން މާދަމާ ފަށާނެއެވެ. އެހެންކަމުން މުޅި ޕްރޮމޯޝަނުގައި ހަތަރު މީހަކަށް ހިލޭ ޓިކެޓް ލިބޭނެއެވެ. މި ޕްރޮމޯޝަނުގެ ބޭނުމަކީ އޮންލައިންކޮށް ޓިކެޓް ނަގަން ބާރު އެޅުން ކަމަށް މޯލްޑިވިއަނުން ބުންޏެވެ. ހިލޭ ލިބޭ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މޮޅަދޫގައި ފެނާއި ނަރުދަމާ ގާއިމުކުރަން ހަވާލުކޮށްފި ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. މޮޅަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށް ފައި ވަނީ ފުލެކްސިންކް ޕްރައިވެޓް ލިމިޓެޑާ އެވެ. މޮޅަދޫގެ އިތުރުން ލ. މުންޑޫ އަދި މ. ވޭވަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ވެސް ޕްލޭނިން މިނިސްޓްރީއިން އެ ކުންފުންޏާ މިއަދު ހަވާލުކުރިއެވެ. ތިން ރަށުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޖުމްލަ 104،088،337 ރުފިޔާގެ […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގޮއިދޫއާއި، އިނގުރައިދޫ ޞިއްޙީ މަރުކަޒު އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. ގޮއިދޫ އަދި ރ. އިނގުރައިދޫ ޞިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. އެކަމަށް ފުރުޞަތު ހުޅުވާލައި، މިނިސްޓްރީ އޮފް ފިނޭންސް އިން ކުރި ޢިއުލާންގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، އެ ދެރަށުގައި ޞިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ މުލި އެއާޕޯޓު މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއަށް މ. މުލީގައި ސަރުކާރުން ތަރައްޤީކުރާ އެއާޕޯޓް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި މިއަދު ހަވާލުކޮށްފި އެވެ. މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫޢުގެ ދަށުން މުލީ އެއަރޕޯޓްގެ މަސަ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ކުޅިވަރު ސިޓީއަށް ތޭރަ ޕޮއިންޓުގެ ލީޑެއް ިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ވެސްޓްހަމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ތޭރަ ޕޮއިންޓްގެ ލީޑެއް މެންޗެސްޓާ ސިޓީން ހޯދައިފިއެވެ. މިއީ ޕްރިމިއާ ލީގުގައި އެ ޓީމުން ޖެހިޖެހިގެން ކާމިޔާބުކުރި 14 ވަނަ މެޗެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ވެސްޓްހަމް މައްޗަށް އެ ޓީމުން ކުރި ހޯދާފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއިއެކު ސިޓީން ވަނީ އެ ޓީމް ހުރިހައި މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 20 […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލުގެ ހަމަލާ މިފަހަރު ޣައްޒާގެ މަސްވެރިންނާއި ދަނޑުވެރިންނަށް ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގެ ޝިކާރައަށް އެ ގައުމުގެ މަސްވެރިންނާއި ދަނޑުވެރިން ހަދައިފިއެވެ. އިއްޔެ އިސްރާއީލުގެ ނޭވީ ބޯޓުތަކުން ވަނީ ޣައްޒާގެ މަސް ދޯނިތަކަށް ބަޑިޖަހައި އެއް ބޯޓަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި ޣައްޒާ ބޯޑަރުގެ ދެކުނުގައިދަނޑުހައްދަން ތިބި ބަޔަކަށްވެސް އެ ގައުމުގެ މިލިޓަރީން ވަނީ ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ. ޣައްޒާގެ މަސްވެރިން ބުނާ ގޮތުގައި އެ މީހުން މަސް ބާނަން ތިބީ އިސްރާއީލުން ކަނޑައަޅައިފައި... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ މަލީހުގެ އިތުބާރުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލަ މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފި އެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުންނެވެ. މާދަމާގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި، ރައްޔިތުން މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި ވަނީ މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެވެ. އެމްޑީޕީގެ 14 މެން... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން 14 ބިމެއް ބީލަމަށް ހުޅުވާލައިފި ހއ. ކެލާގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން 12 ބިމެއް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގަން 2 ބިމެއް، ބީލަމަށް ހުޅުވާލައިފިއެވެ. އެ ފުރުޞަތު ހުޅުވާލައި މިއަދު ކެލާ ކައުންސިލުން ކުރި ޢިއުލާންގައި ވަނީ އެ ބިންތަކުގައި ގެސްޓް ހައުސް، ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން، ކެލާ ކައުންސިލުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާން ދައުވަތު ދީފައެވެ. އެ ސެޝަން އޮންނާނީ އަންނަ މާރިޗް މަހުގެ 11 ވަނަ ދުވަހުގެ 13:00 ގައެވެ. […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ކުޅިވަރު ވެރޯނާއާއި އެއްވަރުވެ ޔުވެންޓަސްއަށް އިތުރު ނުތަނަވަސްކަން އިޓާލިއަން ސީރިއާ އޭގައި ވެރޯނާއާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރުވެ، ޖެހިޖެހިގެން ދިހަވަނަ ފަހަރަށް ލީގު ހޯދުމަށް ޔުވެންޓަސް ކުރަމުން އަންނަ މަސައްކަތައް އިތުރު ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ވެރޯނާގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ޔުވެންޓަސްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އެ ޓީމުންނެވެ. ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން