ރާއްޖެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކޮންމެ އަހަރަކުވެސް ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެމްއެމްސީން މިއަދު ކުރި ޢިއުލާނެއްގައި ބުނީ އެ ކައުންސިލުން ދެމުންއަންނަ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާ ކަމަށެވެ. މިގޮތުން ބާރަ ދާއިރާއަކުން އިނާމް ދިނުމަށް ހަމަޖައްސައި، އެ ދާއިރާތައް ވެސް އެ ކައުންސިލުން ވަނީ ހާމަ ކޮށްފައެވެ. އެ ދާއިރާ ތަކަކީ: ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)، ދެމ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ކުޅިވަރު އަނިޔާގެ ސަބަބުން ޔުނައިޓެޑާއި ދެކޮޅަށް އިބްރަހިމޮވިޗަށް ނުކުޅެވޭނެ އާދީއްތަ ދުވަހުގެ ރޭ އިޓާލިއަން ސީރިއާ އޭގައި އޭސީ މިލާނާއި ރޯމާ ބައްދަލުކުރި މެޗުގައި މިލާންގެ ފޯވާޑް އިބްރަހިމޮވިޗްގެ ވާތުފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން، ޔޫރޮޕާ ލީގުގެ ގަދަ 16 ގައި އޭނާގެ ކުރީގެ ކުލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. މިލާން 2-1 ގެ ނަތީޖާއިން ރޯމާއަތުން މޮޅުވި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. މި އަނިޔާގެ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ކައުންސިލް އިންތިޚާބު: ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި އަންނަ މަހު 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ގަލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރެޖިސްޓްރޭޝަންގެ ފުރުޞަތު ހުޅުވާލައިފި އެވެ. މިގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި ރަޖިސްޓަރީވާން ހުށަހަޅާނީ ހަތަރެއް އޭޕްރީލް 2020 ވީ ހޮނިހ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ކުޅިވަރު ސައުތެމްޓަން ބަލިކޮށް ގަދަ ހަތަރެއްގެ އުންމީދު އެވަޓަން އާކޮށްފި އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަންއާއި އެވަޓަން ބައްދަލުކުރި މެޗު، އެވަޓަންއިން ކާމިޔާބުކޮށް ގަދަ ހަތަރު ޓީމުގެ ތެރެއަށް ވަނުމަށް އެ ޓީމުން ކުރަމުން އަންނަ އުންމީދު އައުކޮށްފިއެވެ. ހޯމަދުވަހުގެ ރޭ އެވަޓަންގެ ގުޑިޝަން ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެވަޓަންއިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ. ދެ ޓީމެގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ނުވަވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ މިވަގުތު ރަނގަޅު ފޯމެއްގައި […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
މަޖިލިސް ރާއްޖެ ޓީވީގެ ފަޒީން ބްރޯޑްކޮމްއަށް އައްޔަން ކުރަން ރުހުން ދީފި ބްރޯޑްކާސްޓިން ކޮމިޝަން(ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރުކަމަށްް ރާއްޖެޓިވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ފަޒީން ބްރޯޑްކޮމްއަށް އައްޔަނުކުރަން ރުހުން ދިނީ މިއަަަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާގަ އެވެ. އެ މަގާމަށް އައްޔަނު ކުރާނެ ފަރާތެއް ކަނޑައެޅުމަށް ރައީސް އޮފީހުން، ރައީސް ޞާލިޙް އިސްކަން ދެއްވި ތަރުތީބުން 11 ނަމެއް މަޖިލީހަށް ފޮނުވިއެވެ. އެނަންތައް ދިރާސާކުރެއްވުމަށްފަހު މަޖި... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި ފަންނީ މީހުން ހޯދަން ދިމާވާ ދަތިތަކަށް ފުނަރު ޕްރޮގްރާމާއެކު ހައްލު ލިބޭނެ: ފެނަކަ ފަންނީ މީހުން ހޯދަން ދިމާވާ ދަތިތަކަށް ފުނަރު ޕްރޮގްރާމާއެކު ހައްލު ލިބޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ޒުވާނުން ތަމްރީން ކުރަން ފެނަކައިން ކުރިއަށްގެންދާ ފުނަރު ޕްރޮގްރާމާ ގުޅޭގޮތުން އެ ކުންފުނިން ބުނީ ކަރަންޓު ހިދުމަތްތައް ރަނގަޅު ފެންވަރެއްގައިފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މެކޭނިކަލް މަސައްކަތްކުރާ ފަންނީ ޤާބިލު މަސައްކަތްތެރިން ހޯދުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އަދި ކަރަންޓުގެހިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ކޮންމެހެން ކުރަން ޖެހޭ މެކޭނިކަލް މަސައްކަތްތައް ކު... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކުޅިވަރު ސޮސިއެޑާޑް ބަލިކޮށް ދެވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ރެއާލުން ނަގާލައިފި ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ރެއާލުން ނަގާލައިފިއެވެ. ހޯމަ ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ޑިފެންޑަރ ރަފޭލް ވަރާނޭ ބޮލުން ފޮނުވާލި ބޯޅަ ސޮސިއެޑާޑްގެ ގޯލުގެ ހުރަސް […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މާރަންދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރި ދުވަހު ބޭނުންވާ ސާމާނު ރަށަށް ގެނެސްފި ހއ. މާރަންދޫ ސިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ހަވާލުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސް މަސައްކަތް ފަށައިފި އެވެ. މާރަންދޫގެ ސިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެގެ ވަގުތެއްގައެވެ. މި މަސައްކަތަށް ބޭނެންވާ ސާމާނު އެރަށަށް ގެންގޮސް މަސައްކަތް ފަށާފައި ވަނީ ވެސް އިއްޔެގެ ވަގުތެއްގަ އެވެ. އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝިފާޢު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލާއެކު ކައުން... Thiladhun · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށުން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ހަ މީހުން! ހއ. ބާރަށުގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރި 9 މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއިސީދާ ބައްދަލުވި މީހުންގެ ގޮތުގައި 6 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްފެށީ އިއްޔެއެވެ. އެރަށުން ބަޔަކު ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ރެޔެއެވެ. އެ އެންމެންނަކީ ވެސް ހޯމްކަރަންޓީނު ނިންމައި، ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ. ބާރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 7... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ. ފޭދޫ އާއި ނޫމަރާގައި ހޭލުންތެރިކުރުމުގެ ޕޮރޮގްރާމެއް ފުލުހުން ހިންގައިފި ށ. ފޭދޫ އާއި ށ ނޫމަރާގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ށ. ފޯކައިދޫ އަދި ށ. ފީވައް ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގައިފިއެވެ. ފުލުހުން އެދެރަށުގައި ވިޔަފާރިކުރާ ތަންތަނަށާއި ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވަނީ މިދިޔަ ހަފްތާގަ އެވެ. ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުންނާއި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މައުލޫމާތު ހޯދާފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ރީލޯޑްއާއި ރާސްޓަސްގެ މައްސަލަތަކަށް ސަމާލުވެ، އެކަންކަމުން ރައްކާ... އަލީ އާދިލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ބަދަލު ހިފަން އީރާނަށް ހަމަލާ ދޭނަން: ނަތަންޔާހޫ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އިސްރާއީލުގެ ބޯޓަކަށް ދިން ހަމަލާއަކީ އިރާނުން ދިން ހަމަލާއެއް ކަމަށާއި އޭގެ ބަދަލު ހިފާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު މެންޖަމިން ނަތަންޔާހޫ ބުނެފި އެވެ. މި ހަމަލާއާ ގުޅިގެން އެ ބޯޓަށް ބޮޑެތި ގެއްލުންތައްވެ ބޯޓު މަރާމާތު ކުރުމަށް ދުބާއީއަށް ވަނީ ބަނދަރުކޮށްފައެވެ. މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. އެމެރިކާގެ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓު ކޮށްފައިވާގޮތުގައި ނަތަންޔާހޫ ވަނީ ބޯޓަށް ދިން ހަމަލާއަކީ އިރާނުން ދިން […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓިކްޓޮކް އިން 89 މިލިއަން ވީޑިއޯ ނެގި، ގިނައީ އެމެރިކާގެ ވީޑިއޯތައް ގިނަ ބައެއްގެ މެދުގައި މަގުބޫލު ޓިކްޓޮކް އިން މިދިޔަ އަހަރުގެ ފަހު ކޮޅުގައި 89.13 މިލިއަން ވީޑިއާ ނަގާފައިވާނެކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާގޮތުގައި މީގެ ތެރެއިން އެންމެ ގިނައީ އެމެރިކާއަށް ނިސްބަތްވާ މީހުން އަޕްލޯޑު ކޮށްފައިވާ ވޯޑިއޯތަކެވެ. އެގޮތުން އެމެރިކާގެ 11.78 މިލިއަން ވީޑިއޯ އެޕުން ނަގާފައިވާނެ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ. މި ވީޑިއޯތަކުގެ ތެރެއިން 83.3 އިންސައްތަ ވީޑިއޯތައް ޓިކްޓޮކް އިން ނަގާފައިވަނީ އަޕްލޯޑު ކުރިތާ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ދީން ރަމަޟާން މަހަށް ތައްޔާރުވުމަށް އެހީއެއް އެއްވެސް މީހަކު ދެބަސް ނުވާނޭފަދައިން ރަމަޟާންމަހަކީ އަހަރުތެރޭގައި އަންނަ ވިޔަފާރީގެ މޫސުންތަކުގެ ތެރެއިން އެންމެ ބޮޑު އެއް މޫސުމެވެ. ގޭގެ ބަދިގޭ ސެޓުތަކާ، ހިފައި ގެންގުޅޭ ސާމާނާ، ސިޓިންގްރޫމުގެ ފަރުނީޗަރުތަކަށްދާންދެން ބަދަލުވެގެންދާ މޫސުމެކެވެ. މިގޮތަށް ރަމަޟާންމަހަށް ތައްޔާރުވުމަކީ މިހާރު އަޅުގަނޑުމެން ދިވެހިންގެ ކަށީގަ ހިފާފައިވާ އާދައެކެވެ. ހަމައެހެންމެ ރަމަޟާންމަހަކީ ދީނީ މޫސުންތަކުގެ ތެރެއިންވާ އެންމެ މުހިންމު އެއް މޫސުމެވެ. ﷲއަށް އަޅުކަން ކުރުމަށް އެދޭ މީހާކަށް ލިބޭ ބޮޑުވެގެންވާ “ޢިބާދާ... ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށް މޮނިޓަރިންގައި، މިލަންދޫން މޮނިޓަރިން އުވާލައިފި ހޯމް ކަރަންޓީނުގައި ތިބި 9 މީހަކު އެއްފަހަރާ ޕޮޒިޓިވްވުމާއި ގުޅިގެން އިއްޔެ ހއ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވާއިރު، ޕޮޒިޓިވް ކޭހަކާއި ގުޅިގެން މޮނިޓަރިންނަށްލީ ށ. މިލަންދޫން މޮނިޓަރިން އުވާލައިފިއެވެ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްފެށީ އިއްޔެއެވެ. ރޭ ވެސް އެ މަސައްކަތް ކުރިއަށް ދިޔަ ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވިއެވެ. އެރަށުން ބަޔަކު ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ރެޔެއެވެ. އެ އެންމެންނަކީ ވެސް ހޯމްކަރަންޓީނު ނިންމައި، ނެގި ރިލީޒް ސާމްޕަލުން [... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
މަޖިލިސް މަލީޙަކީ ކޯލިޝަން ސަރުކާރު ގެނައުމަށް އިޚުލާޞްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް: ރިޔާޟް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަކީ، ކޯލިޝަން ސަރުކާރު ގެނައުމަށްޓަކައި ވެސް ވަރަށް އިޚުލާޞްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެ އެވެ. މިއަދު ކުރިއަށް ދިޔަ ޖަލްސާގައި، މަލީޙްގެ އިތުބާރުގެ މައްސަލާގައި ބަހުސް ކުރައްވަމުން ރިޔާޟް ވިދާޅުވީ، އޭނާ ދެކިވަޑައިގަންވާ ގޮތުގައި މަލީޙަކީ ވަރަށް އިޚްލާޞްތެރި، ތަޢުލީމީ، ޤާބިލް ބޭފުޅެއް ކަމަށެވެ. ސަރުކާރުގައި މަލީޙް ފުރުއްވަމުން ގެންދެވީ ޖުމްހޫރީ ޕާޓ... އަލީ އާދިލް · 5 އަހަރު ކުރިން