ވިޔަފާރި އައްޑޫއަށް އަސްތަކެއް: މިހާރު އެންމެން ދާން ބޭނުމީ އައްޑޫއަށް މޯލްޑިވްސް ސްޓޭޓް ޝިޕިން އިން މިއަދު ކުރި ޓްވީޓަކާއެކު މުޅި ސޯޝަލް މީޑިއާ ގުގުމާލައިފިއެވެ. މި ޓްވީޓުގައި އެ ކުންފުނިން ވަނީ ފުރަތަމަ ފަހަރަށް ރާއްޖެއަށް ދިރިހުރި ޖަނަވާރު ޝިޕިން ކުރި ކަމުގެ އުފާވެރި ހަބަރު ދީފައެވެ. އެ ކުންފުނިން ގެނައީ އައްޑޫ ރައްޔިތަކުގެނައި އަސްތަކެކެވެ. އެމްއެސްއެސް އިން އައްޑޫއަށް ގެނައީ ކިތަށް އަސް ކަމެއްް އަދި ހާމަ ކޮށްފައި ނުވެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މީގެކުރިން އައްޑުއަށް ފަސް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށުން އިތުރު 9 މީހުން ޕޮޒިޓިވްވެއްޖެ ހއ. ބާރަށުން އިތުރު 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ އިއްޔެ ބާރަށުން ނެގި 158 ސާމްޕަލްގެ ތެރެއިން މިހާތަނަށް 9 މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން އެ ރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 22 އަށް އެރީއެވެ. ބާރަށުން ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަނެެއްކާވެސް އިތުރު ކޮށްފި ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އޭޕްރިލް މަހުގެ 04 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތެއް ފުރަތަމަ އިއުލާނުކުރީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފަހުން އިތުރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހުއެވެ. މިއީ […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ އަލިފުއްޓަށް ބަނގުރަލާއި މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފި އަތޮޅުތެރޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ރ. އަލިފުއްޓަށް ބަނގުރަލާއި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ ރ. އަލިފުއްޓަށް ބަނގުރަލާއި މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 3 ވަނަ ދުވަހު އަލިފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއަކާއެކު 20 އަހަރުގެ މީހަކު އެރަށުން ހައްޔަރުކޮށްފައިވާނެ ކަމަށެވެ... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ އޯ.އައި.ސީ ގެ ސަފީރުންނާއި މިނިސްޓަރ ޝާހިދު ބައްދަލު ކުރައްވައިފި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެމްބަރު ޤައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރައްވައިފި އެވެ. މިނިސްޓަރ އޯ.އައި.ސީ ގެ މެމްބަރު ޤައުމުތަކުގެ ސަފީރުންނާއި ވާޗުއަލްކޮށް ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އަލިއަޅުއްވާލެއްވީ 1976 ގައި އޯ.އައި.ސީ. އާ ގުޅުނުފަހުން ދިވެހިރާއްޖެއިން އެހެން މެމްބަރު ޤައުމުތަކާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށެވެ. މިނިސްޓަރުގެ ވަހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ ދެމެހެއްޓ... Thiladhun · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ސިޓީގައި އިތުރު ވޯޓު ފޮއްޓެއް ބަހައްޓަނީ ކުޅުދުއްފުށި ސިޓީގައި އިތުރު ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ. އީސީއިން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ކުޅުދުއްފުށި ސިޓީއަށް ވޯޓުލާ މަރުކަޒެއް އިތުރު ވެފައިވާކަމަށެވެ. އެގޮތުން ކުޅުދުއްފުށީގައި ވޯޓުފޮށި ބަހައްޓަން ނިންމާފައިވަނީ ޔޫތް ސެންޓަރުގައެވެ. މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީއަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ މުރައިދޫ އޮތީ އެންމެ ގާތްއެކުވެރިޔާ ބާރަށާއެކުގައި ހއ. ބާރަށުން މިހާތަނަށް 22 މީހަކު ކޯވިޑް-19އަސޤ ޕޮޒިޓިވްވެ، ރައްޔިތުން ހާސްކަންމަތީ ތިބި ދަނޑިވަޅުގައި އަވަށްޓެރި މުރައިދޫ ރައްޔިތުންގެ ފަރާތުން، ބާރަށު ރައްޔިތުންނަށް ހިތްވަރުދީ އެހީތެރިވުމުގެ ގޮތުން ރޯ މަސް ހަދިޔާ ކޮށްފިއެވެ. ބާރަށުން ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން ބައްދަލުވެފައި ވުމުން ޖެހިގެންއައި ދުވަހު 6 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 4 ސާމްޕަލެއް ވަނީ […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ކުޅިވަރު ޔުނައިޓެޑާއި ޕެލަސް އެއްވަރުވެ ސިޓީއަށް ބޮޑު ލީޑެއް އިނގިރޭސި ޕްރިމިއަ ލީގުގެ ދެވަނާގައި މިވަގުތު އޮތް މެންޗެސްޓާ ޔުނައިޓެޑާއި ކުރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އެއްވަރުވެ، މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް 14 ޕޮއިންޓްގެ ލީޑެއް ލިބިއްޖެއެވެ. ބުދަ ދުވަހުގެ ރޭ ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޔުނައިޓެޑުން ކުޅުނު ނަމަވެސް، ލަނޑު ޖަހާނެ ފުރުޞަތުތަކެއް ދެ ޓީމުންކުރެ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ދ. މީދޫ ކައުންސިލް ސަސްޕެންޑު ކޮށްފި ދ. މީދޫ ކައުންސިލާ ގުޅޭގޮތުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން އެ ކައުންސިލްގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްފި އެވެ. އެލްޖީއޭއިން އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމުގައި ނިންމާފައިވަނީ، ކައުންސިލަރުންގެ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފަ... Thiladhun · 5 އަހަރު ކުރިން
ރާއްޖެ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކޮށްފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް މާފަންނު ރަންވަރަ، އަލްއުސްތާޛާ ޚަދީޖާ ނަޢީމް ޢައްޔަންކުރައްވައިފިއެވެ. އެ ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރުގެ ގޮތުގައި ޢައްޔަންކުރައްވާފައިވާ ޚަދީޖާ ނަޢީމަކީ، ނޭޝަނަލް ލޯ ސްކޫލް އޮފް އިންޑިއާ ޔުނިވަރސިޓީއިން ބިޒްނަސް ލޯގެ ދާއިރާއިން މާސްޓަރސް އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޚަދީޖާ ނަޢީމް އެންމެ ފަހުން ފުރުއްވާފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ލީގަލް އޮފިސަރގެ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ކުޅިވަރު ކޮޕަ ޑެލް ރޭގެ ފައިނަލުގެ ފުރަތަމަ ޖާގަ ބާސެލޯނާއަށް ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލް ރޭގެ ފައިނަލުގެ ފުރަތަމަ ޖާގަ ސެމީފައިނަލުގައި ސެވިއްޔާ ބަލިކުރުމަށްފަހު ބާސެލޯނާއިން ހޯދައިފިއެވެ. މި މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ސެވިއްޔާގެ ދަނޑުގައިއެވެ. އެ މެޗު ސެވިއްޔާއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ސެމީ ފައިނަލުގެ ދެވަނަ ލެގު ބުދަ ދުވަހުގެ ރޭ ކުޅެފައިވަނީ ބާސާގެ ދަނޑުގައެވެ. މި މެޗު ބާސާ ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ބާސާއަށް […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި ފެނަކައިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރާކަމަށް ބުނެ ފަތުރަމުންގެންދާ ވާހަކަތައް ދޮގުކޮށްފި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތައް ހިންގާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ފަތުރަމުންގެންދާ އަސާސެއް ނެތް ވާހަކަތައް އެކުންފުނިން ދޮގުކޮށްފި އެވެ. އެކުންފުނިން މިކަން ކުއްވެރިކޮށް މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކުރާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި ފަތުރަމުންދާ އަސާސެއް ނެތް ވާހަކަތަކަކީ، ކުންފުނީގެ... އަލީ އާދިލް · 5 އަހަރު ކުރިން
ކޮލަމް "ބަންދު" ވެފައިތިބޭއިރު، ގޭތެރެއަށް ފޯރިގަދަ ކުޅިވަރު މެޗްތަކެއް ގެނެސްދެވޭކަށް ނެތް ތޯ؟ “ގޭތެރޭގައި މިހެންތިބެތިބެ ފޫހިވެއްޖެ. ރައްޓެހިންނާއެކު ބޭރަށް ދެވޭކަށްވެސް ނެތް. މިހެން ތިބެންވީމާ ހާދަ ފޫއްސޭ. މިހެން އަބަދު ގޭގަ އޮންނަންވެއްޖެއްޔާ މަ ބޯގޮވާފާނެ.” މީއީ ޒުވާނުންގެ އެކަނި އުދާސްތަކެއް ނޫނެއެވެ. ފުރާވަރުގެ ކުދިންނާއި ކުޑަކުދިންނާއި ހަރުމީހުންގެވެސް އުދާސްތަކެވެ. ބަހުރުވަ ތާފާތަސް އެންމެންވެސް ކުރަނީ މިޝަކުވާ އެވެ. ކޮވިޑް -19 ރާއްޖެއައިސް މާލެއާއި ބައެއް ރަށްތަށް “ބަންދު” ކުރީންސުރެން އެންމެންހެން ތިބެންމިޖެހެނީ ގޭގައި ބަންދުވެފައެވެ. އެއްބަޔަކު ތަންކޮޅެއް ހިތް ފަސޭހަ ގެއެއްގައި... ފާޠިމަތު ޝިފާ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާއާއި، ވައިކަރަދޫ މަސްމާރުކޭޓް އެޅުމުގެ މަޝްރޫއުތައް ހަވާލުކޮށްފި ހއ. ކެލާ އަދި ހދ. ވައިކަރަދޫ މަސްމާރުކޭޓް އެޅުމުގެ މަޝްރޫއު، އެ ދެރަށު ކައުންސިލްއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އެ ދެ ރަށުގެ އިތުރުން ބ. ފުޅަދޫ ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫއު ވެސް ވަނީ އެރަށު ކައުންސިލްއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ތިން ރަށުގެ ކައުންސިލާއި އެ މަޝްރޫޢުތައް ހަވާލުކުރުމުގެ އެއްބަސް ވުމުގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އާއި އެ ތިން ރަށުގެ ކައުންސިލާއެކު ސޮއިކޮށްފައި ވަނީ އިއްޔެއެ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ވިޔަފާރި އެމްޓީސީސީގެ ވަޒީފާތަކަށް 254 ދިވެހިން ހޯދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެ ކުންފުނީގެ ޕްރޮޖެކްޓުތަކަށް ބޭނުންވާ ދިވެހިން ހޯދަން އިއުލާން ކޮށްފިއެވެ. މި ފުރުސަތުގެ ދަށުން 254 ދިވެހިންނަށް ވަޒީފާ ދޭން އެ ކުންފުނިން ވަނީ ނިންމައިފައެވެ. އަދި ވަޒާފާއާއެކު ބޭނުންވާ ތަމްރީނުވެސް އެމްޓީސީސީން ދޭނެއެވެ. އެމްޓީސީސީ ޓަވަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ, އެމްޓީސީސީއަކީ އެއްފަހަރާ ގިނަ އަދަދެއްގެޕްރޮޖެކްޓު ހިންގާ ކުންފުންޏަކަށް ވާއިރު ސަރުކާރު... އަޙްމަދު ވަހީދު · 5 އަހަރު ކުރިން