ރިޕޯޓް އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަ – ޚުތުބާ އެންމެ ނުރައްކާތެރި ފިތުނައަކީ ދީނީ ފިތުނަ ކަމުގައި މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ. ޚުތުބާއި އިތުރަށް ވިދާޅުވެފައިވަނީ ދީނީ ފިތުނައަކީ ﷲ ގެ އަޅާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިޙާނު ކުރެވޭ ފިތުނަ ކަމަށެވެ. އަދި މި އިމްތިޙާނުގައި ފެއިލްވާ މީހުން ފުރެދުމުގެ ތެރެއަށް ވެއްޓިގެން ދާނެކަމަށެވެ. ފިތުނަ އަކީ ހިތަށާއި، ސިކުނޑިއަށް ޖެހޭ މުޞީބާތެކަމަށާއި އޭގެ ސަބަބުން ކެތްތެރީން ވެސް އާވާރާވެ، މަގުއޮޅި ދާކަމަށެވެ. ފިތުނަ އަކީ ދެކޮޅުވެރިކަމާއި، ބައިބައިވުން އުފެއްދުމަށް މަގު ފ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ޖަޕާނުގެ ސުނާމީގައި ގެއްލުނު މީހަކު 10 އަހަރު ފަހުން މަރުވެފައި އޮއްވާ ފެނިއްޖެ މީގެ 10 އަހަރު ކުރިން 2011 ވަނަ އަހަރު ޖަޕާނަށް އެރި ސުނާމީގައި ގެއްލުނު އަންހެނެއްގެ ހަށިގަނޑު ފެނިއްޖެއެވެ. މި އަންހެން މީހާގެ ހަށިގަނޑު ފެނިފައިވަނީ ޖަޕާނުގެ މިޔާގީ ސަރަހައްދުގެ މޫދު ކައިރީގައި އޮއްވައެވެ. މަރުވިތާ ގިނަ ދުވަސްތައް ވުމުން މިހާރު ހުރީ އޭނާގެ ކަށިތައް އެކަނި ކަމަށް ވެސް އެ ގައުމުގެ ސިފައިން ވަނީ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދީފައެވެ. މި ކަށިތަކުގެ ޑީއެންއޭ ހެދުމަށްފަހު އެ ގައުމުގެ ފޮރެންސިކުން ވަނީ މިއީ 61 އަހަރުގެ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކުޅިވަރު ކޮޕަ ޑެލް ރޭގެ ފައިނަލުގެ ފަހުޖާގަ ބިލްބާއޯއަށް ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލް ރޭގެ ފައިނަލުގެ ފަހު ޖާގަ ލެވަންޓޭ ބަލިކުރުމަށް ފަހު އެތުލެޓިކް ބިލްބާއޯއިން ހޯދައިފިއެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ބިލްބާއޯގެ ދަނޑުގައެވެ. އެ މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ދެވަނަ ލެގުގެ ބުރާސްފަތި ދުވަހުގެ ރޭ ލެވަންޓޭގެ ދަނޑު ކުޅުނުއިރު މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ބިލްބާއޯއިންނެވެ. ބިލްބާއޯއަށް ފައިނަލުގެ ޖާގަ ލިބިގެން ގޮސްފައިވަނީ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ މަޖިލީހުގެ މެޖޯރިޓީގެ ހުދުމުހުތާރު ކަމުން މިންޖުވެތިބެ، މަސައްކަތް ކުރެވެންވާނެ: ޒާހިދު ދައުލަތުގެ މުއައްސަސާތަކުގައި ތިބެންޖެހޭނީ މަޖިލީހުގެ މެޖޯރިޓީގެ ހުދުމުހުތާރުކަމުގެ ”ދަލުގައި ބަންދުވެ” ތިބެގެން މަސައްކަތްކުރާނެ މީހުންނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ. ޒާހިދު މިހެން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން (އީސީ) ކޮޕްލައިންސް ބިއުރޯގެ ވެރިޔަކަށް އޭނާ ހުންނަވަނިކޮށް، މަޖިލީހުގެ އެމްޑީޕީގެ މެންބަރުންގެ ނުރުހުން އަމާޒްވުމުން އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނިކޮށް ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވ... އަލީ އާދިލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ތުރުކީގެ މިލިޓަރީ ހެލިކޮޕްޓަރެއް ވެއްޓި 11 މީހުން މަރުވެއްޖެ ތުރިކީގެ މިލިޓަރީ ހެލިކޮޕްޓަރެއް ވެއްޓީ 11 އޮފިސަރުން މަރުވެއްޖެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ތުރުކީގެ ދެކުނު އިރުމަތީފަރާތުގައި އޮންނަ ސެކްމީސް ކިޔާ އަވަށެއްގައެވެ. މި ހާދިސާގައި އިތުރު ދެ މީހަކު ވަނީ ޒަހަމަވެފައެވެ. ނަމަވެސް އެ އަވަށުގެ އެއްވެސް ރައްޔިތަކަށް ގެއްލުންވެފައި ނުވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މި ހެލިކޮޕްޓަރު ވެއްޓިފައިވަނީ އެ އަވަށާ ކައިރީގައި އޮންނަ ބިނގޯލް ޕްރޮވިންސުން ޓަޓްވާނަށް ދަތުރު ކުރަމުން ދަނިކޮށެވެ. [... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކުޅިވަރު ޗެލްސީ ގަދަހަތަރަކަށް، ލިވަޕޫލަށް އިތުރު ހުރުސްތަކެއް އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި، ޗެލްސީ ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ޖެހިލިއިރު، މި މެޗުން ބަލިވުމުގެ ސަބަބުން ލިވަޕޫލުން ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ހުރަސްތަކާއި ކުރިމަތި ވެއްޖެއެވެ. ބުރާސްފަތި ދުވަހުގެ ރޭ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޗެލްސީ ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ޗެލްސީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ރިސޯޓު މަސައްކަތްތެރީންނަށް ވެކްސިން ދިނުން އަވަސްކުރުން އިންތިހާއަށް މުހިންމު: އަލީ ކޯވިޑްގެ އާ ވޭރިއަންޓް ތަކުގެ ނުރައްކަލަށްވެސް އެެންމެ ބޮޑަށް ހުށަހެޅޭ ބަޔަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންކަމަށާއި، އެ މަސައްކަތްތެރީންނަށް ވެކްސިން ލިބުން އަވަސްކުރުން އިންތިހާއަށް މުހިންމުކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ. މެންބަރު އަލީ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. އަލީ ވިދާޅުވީ، ކޯވިޑްގެ އާ ވޭރިއަންޓް ތަކުގެ ނުރައްކަލަށްވެސް އެެންމެ ބޮޑަށް ހުށަހެޅޭ ބަޔަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުން ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް އެ މީހުން... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ ޗައިނާއިން ވެސް 200،000 ޑޯޒް ވެކްސިން ހަދިޔާ ކުރަނީ ރާއްޖެއަށް އެކިގޮތް ގޮތުން ގިނަ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޗައިނާ ސަރުކާރުން ރާއްޖެއަށް އިތުރު 100،000 ޑޯޒް ކޯވިޑް ވެކްސިން ހަދިޔާ ކުރަން ނިންމައިފިއެވެ. ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖޭންގް ލިޖޮންގް، ހުސްވި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ވަނީ އެ ގައުމުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. މީގެއިތުރުން، އިތުރު 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ އިއްޔެ، […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށުން ނެގި ސާމްޕަލްތަކުގެ އަދަދު 216 އަށް! ހއ. ބާރަށުން މިހާތަނަށް 22 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެރަށުން ރޭގެ ނިޔަލަށް 216 މީހެއްގެ ސާމްޕަލް ނަގައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި، ކޯވިޑަށް ޓެސްޓް ކުރުމަށް ރޭގެ ނިޔަލަށް އެރަށުން ވަނީ 216 މީހެއްގެ ސާމްޕަލް ނަގާފައެވެ. ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އެރަށުތެރެއިން އިތުރު މީހުން ބައްދަލުވެފައި ވުމުން، ޑައިރެކްޓް ކޮންޓެކްޓުންގެ […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ މުޅި ޕެސިފިކް ސަރަހައްދަށް ސުނާމީގެ އިންޒާރެއް ނިއުޒީލެންޑް ކައިރީގައި އޮންނަ ކަރްމަޑެކް ރަށްތަކުގެ ކައިރިން ކަނޑުގެ ސަރަހައްދަށްއައި ބާރުގަދަ ބިންހެލުމަކާއި ގުޅިގެން މުޅި ޕެސިފިކް ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރެފިއެވެ. ބައިނަލްއަގްވާމީ ނޫސް އޭޖެންސީތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ހުކުރު ދުވަހުގެ ހެނދުނު ނިއުޒީލެންޑް ކައިރީގައި އޮންނަ ކަރްމަޑެކް ރަށްތަކުގެ ކައިރިން ކަނޑުގެ ސަރަހައްދަށް ރިކްޓަރ މިންގަނޑުން 8.1 ގެ ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ. މުޅި ޕެސިފިކް ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރުނީ އެ ނިއުޒީލެންޑް ސަރަހައްދަށް ކައިރި... ހުސައިން ހަބީބް · 5 އަހަރު ކުރިން
ރާއްޖެ އެއްފަހަރާ 5 މީހުންނަށްވުރެ ގިނައިން އެއްވުން މަނާކޮށް، ފިޔަވަޅުތައް ހަރުކަށިކޮށްފި ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ވަރުގަދަކޮށް، ބަދަލުގެނެސްފިއެވެ. އެބަދަލުތައް ގެނައިކަން އެޗްޕީއޭއިން ހާމަކުރަށްވާފައިވަނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ރޭ އެ އެޖެންސީއިން އާންމު ކުރި އެންގުމެއްގަ އެވެ. މިއެންގުމުގައިވާގޮތުން އެ ފިޔަވަޅުތައް ވ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ނުގަވާއިދުން ރާއްޖޭގައި މަސައްކަތްކުރާ 60 ފަންނާނުން ފޮނުވާލަން އަންގައިފި ދިވެހި ފަންނާނުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ ޤަވައިދާ ޚިލާފަށް މަސައްކަތްކުރުވަމުންދާ 60 ފަންނާނުން ފޮނުވާލަން މޯލްޑިވްސް އިމިގްރޭޝަން އިން އަންގައިފި އެވެ. އިމިގްރޭޝަން އިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ތަފާތު އެކިއެކި ހުއްދައިގެ ދަށުން ރާއްޖެ އެތެރެ ވުމަށްފަހު، އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ އެއިދާރާއަށް ލިބެމުންދާކަމަށެވެވެ. މި ޝަކުވާގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ރިސޯރޓު... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި ށ. ފުނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ. ހުސްވި ފެބްރުއަރީ މަހުގެ 16 އިން ފެށިގެން މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ކިލާސްތައް ކުރިއަށް ގެންގޮސްފައި ވަނީ އެރަށުގެ އެއާޕޯޓްގެ ދެކުނުން އޮންނަ ނިކަގަސް ބީޗް ސަރަޙައްދުގައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސް ދެއްވީ، ފާތިމަތު ނަޝްފާއެވެ. ފުނަދޫގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެރަށުގެ 33 ކަނބަލެއް […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ޓިވެޓް ސެންޓަރު ގާއިމުކޮށް، އަންނަ އަހަަރު ހިދުމަތްދިނުމަށް އަމާޒުހިފައިފި ކުޅުދުއްފުށީ ސިޓީގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ ”ސްޓޭޓް އޮފް ދަ އާޓް ޓިވެޓް ސެންޓަރ” ގާއިމުކޮށް، އަންނަ އަހަރު މެދުތެރޭ އެ ސެންޓަރުގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރް އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީއިން މިހެން ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު މިއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސްއަށް އިއްވެވި ރިޔާސީ ބަޔާނުގައި ހާމަކުރެއްވި ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރަން ނިންމާފައިވާ ސްޓޭޓް އޮފް... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 64 އަށް! ހުއްޓުމެއްނެތި ފެތުރެމުންދާ ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ، އެބަލީގައި ނިޔާވި މީހުންގެ ޖުމްލަ ޢަދަދު 64 އަށް އަރައިފިއެވެ. މިއަދު ނިޔާވެފައިވަނީ ޢުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ބޮޑެތި ބަލިތަކަށް ފަރުވާދެމުން އައި މީހެކެވެ. އޭނާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ. މި ބަލީގައި އިއްޔެ ވެސް ވަނީ މީހަކު ނިޔާވެފައެވެ. އެ ބަލީގައި އިއްޔެ ނިޔާވީ، ދިގުމުއްދަތަކަށް ސިފައިންގެ ބޭކަލެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމާއެކު، ދައ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން