މަޖިލިސް މަލީޙް ދެއްކީ އޮބާމާ ދައްކާފައި ހުރި ވާހަކަތަކެއްނޫން: ރާޢީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލައާއި ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލިސްއަށް ހާޟިރުވެވަޑައިގެން ދެއްކެވިވާހަކަފުޅުގައި، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވި ވާހަކަފުޅެއް ކަމަށް ވިދާޅުވެ، މަޖިލިސްގައި ދެއްކެވީ އޮބާމާ ދައްކަވާފައިވާ ވާހަފުޅެއް ނޫން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ. މިއަދު ކުރިއަށް ދިޔަ ޖަލްސާގައި، މަލީޙްގެ އިތުބާރުގެ މައްސަލާގައި ބަހުސް ކުރައްވަމުން ރާޢީ ވިދާޅުވީ، އޮ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިލަންދޫން ނެގި 100 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވް ށ. މިލަންދޫގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭނާ އާއި އެރަށުން އިތުރު ބަޔަކާއި ބައްދަލުވެފައި ވުމުން، އެރަށުގެ ހާލަތު ވަޒަން ކުރުމަށް ނެގުނު 100 ރޭންޑަމް ސާމްޕަލް ވެސް ނެގެޓިވްވެއްޖެއެވެ. އެރަށުގައި ހޯމް ކަރަންޓީނު ފުރިހަމަކުރި މީހެއް، ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. އެ ކޭހާއި ގުޅިގެން އޭނާއާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި 7 މީހެއްގެ ސާމްޕަލް ވެސް ވަނީ ނަގާފައެވެ. […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ މަލީހު ހުންނެވި މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން ފައްޔާޟް އަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޯލޮޖީ ވަގުތީގޮތުން ހިންގެވުމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާއި ރައީސުލްޖުމްހޫރިއްޔާ، ހަވާލުކުރައްވައިފި އެވެ. ރައީސް މި ބަދަލު ގެންނަވާފައި ވަނީ 2021 މާރިޗު 1 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި ށ. ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި އެވެ. ދަނޑުވެރިކަމާބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި އެރަށުން ވަނީ 32 ބައިވެރިން ބައިވެރިވެ، 29 ބައިވެރިއަކު ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. އެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ފުނަދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ނަޒީރެވެ. މީގެއިތުރުން އެތަމްރީން ޕްރޮގްރާމް ކުރިއަށް... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ފަޟީލްގެ ކިޑްނީ ބަދަލު ކުރުމަށް އެހީތެރިވެދެއްވާ! އެއީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހެވެ. ހއ.ދިއްދޫ، ފެހިފަތްގޭ މުހައްމަދު ފަޟީލް ވަޒީފާ އަދާކުރަމުން ދިޔައީ މީރު އައިލެންޑް ރިސޯޓުގައެވެ. ޒުވާން އުމުރުގެ ހަކަތައާއި އެކު ހެލިފެލިވެ ވަޒީފާގައި އުޅެމުން ދިޔައީ ފުރިހަމަ ސިއްހަތުގައެވެ. އެއްވެސް ބަލިމަޑުކަމެއްގެ އިހުސާސެއް ނެތިއެވެ. ނަމަވެސް އެ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ހީކަރުވައި ގައިގެ ވަރުދެރަވެ ކާތަކެތީގައި ރަހަނުލުން ފަދަ ކަންކަން ފާހަގަވާން ފެށިއެވެ. މި ކަންކަމާއި ގުޅިގެންފަޒީލް ޑޮކްޓަރަށް ދެއްކިއެވެ. ގިނަ ޓެސްޓުތަކެއް ހެދުނެވެ. ޓެސް... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި އީ-ޓުކުރި މެދުވެރިކޮށް އެމެރިކާގެ ސަމަރ ސޭލްއިން ވިޔަފާރި ކުރުމުގެ ފުރުސަތު އެމެރިކާގެ ގިނަ އޮންލައިން ފިހާރަތަކުގައި މިހާރު ކުރިއަށްދާ ސަމަރ ސޭލް އިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އީ-ޓުކުރިން ޝިޕިން އިން ޑިސްކައުންޓް ދޭންނިންމައިފިއެވެ. މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި އީޓުކުރި އިންޓަނޭޝަނަލް މެދުވެރިކޮށް ގެންނަ ކޮންމެ ޝިޕްމަންޓެއްގެ އަގުން 15 އިންސައްތަ ކުޑަކޮށްދޭނެއެވެ. އެމެރިކާހެ ސަމަރ ސޭލަކީ، ނަން މަޝްހޫރު ބްރޭންޑުތަކުން ބޮޑެތި ޑިސްކައުންޓްތަކާއެކު ސޭލް އަޅުވާ މޫސުމެކެވެ. މިގޮތުން ސޭލް އަޅުވާ ބްރޭންޑުތަކުގެ ތެރޭގައިދިވެހިންގެ ތެރޭގައި މަޝްހޫރު އެޑި... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯ "ފިނި ފިނި ހިޓާޗީ" ޕްރޮމޯޝަން ފަށައިފި ހިޓާޗީ ބްރޭންޑްގެ އެއާ ކޮންޑިޝަނާތަކަށް ހާއްސަކޮށްގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ޕްރޮމޯޝަނެއް ފަށައިފިއެވެ. “ފިނި ފިނި ހިޓާޗީ”ގެ ނަމުގައި ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އޭޕްރިލް މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގެ ދަށުން ގަންނަ ކޮންމެ 24،000 ބީޓީޔޫގެ ފަސް އޭސީއަކަށް 12،000 ބީޓީޔޫގެ އޭސީ އެއް ހިލޭ ލިބޭނެއެވެ. އަދި 18،000 ބީޓީޔޫގެ ކޮންމެ ފަސް އޭސީއަކާއެކު 9،000 ބީޓީޔޫގެ އޭސީއެއް ހިލޭ ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ހޯމް އިމްރޫވްމެންޓް އާއި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
މަޖިލިސް މަލީޙްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އިތުބާރުނެތް ކަަމަށް މަޖިލިސްއިން ފާސްކޮށްފިއެވެ. މަލީހްގެ އިތުބާރުނެތް ކަމަށް ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ. މަލީޙަށް އިތުބާރު އޮތްކަމަށް އެއް މެންބަރަކު ވޯޓުދެއްވިއިރު، ވަކި ގޮތަކަށް ފެންނަކަމަށް ވޯޓު ނުދެއްވާ 4 މެންބަރަކު ތިއްބެވިއެވެ. މަލީޙްގެ އިތުބާރުގެ މައްސަލާގައި އޭނާ ވަކިކުރަން އެމްޑީޕީން ތްރީލައިން ”ގްރީން” ވިޕެއް ނެރެފައިވާއިރު، އެ މައްސަލަ ވެއްދީ ވެސް އެ ގްރޫޕުންނެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނުދޫ ދާއިރާގެ މެންބަރުގެ ބުރަ މަސައްކަތާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ފެށިފައި: ރައީސް މަކުނުދޫ ދާއިރާގެ މެންބަރުގެ މުޙައްމަދު ރާޢީގެ ބުރަ މަސައްކަތާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ މަކުނުދޫ ދާއިރާގެ ރަށްތަކުގައި މިހާރު ފެށިފައިކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީއިން ފަށާފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ”ރަށްވެހި ފަތިސް”ކެމްޕެއިންގެ ދަށުން، ކުމުންދޫ ކައުންސިލަށާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުރިމަތިލި ކެނޑިޑ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޭކުރެންދޫ ފިރިހެން ވޮލީ ޓީމާއި މެންބަރު ރާޢީ ބައްދަލުކުރަށްވައިފި ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މިމަހު ފަށާ ވޮލީ މުބާރާތުގައި ބައިވެރިވާ އެއަތޮޅު ނޭކުރެންދޫ ފިރިހެން ވޮލީ ޓީމާއި، ރައްޔިތުންގެ މަޖިލިސްގައި ކުމުންދޫ ތަމްސީލްކުރާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ބައްދަލުކުރަށްވައިފިއެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހު މެންބަރު ރާޢީ ވަނީ އެ މުބާރާތުގައި ވާދަ ކުރާ ކުމުންދޫ ކަނބަލުންގެ ވޮލީ ޓީމާއި ވެސް ބައްދަލު ކުރަށްވާފަ އެވެ. ނޭކުރެންދޫ ފިރިހެން ވޮލީ ޓީމާއިއެކު އޮންލައިންކޮށް ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި މެންބަރު ރާޢީ ވަނީ […] އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށުން އެއްފަހަރާ 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ ހއ. ބާރަށު ހޯމް ކަރަންޓީނުގައި ތިބި 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ބާރަށު ހޯމް ކަރަންޓީނުގައި ތިބި ނުވަ މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ”ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފަ އެވެ. އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް، ނެގި ރިލީޒް ސާމްޕަލުންނެވެ. އެ މީހުންގެ ސާމްޕަލް ނެގީ އިއްޔެ ހެނދުނުއެވެ. އެމީހުން ޕޮޒިޓިވްވިކަން އެނގުނީ ރޭގެ ވަގުތެއްގަ އެވެ. މިއީ އެއްކޮށް ކަރަންޓީނުގައި ތިބި ނުވަ މީހުންނެވެ. އެ ނުވަ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
މަޖިލިސް އިންސާފަކީ އިދިކޮޅުގައި ތިއްބަވާއިރު ޖަހަން އޮންނަ މިޔުޒިކެއްތޯ: މަލީޙް އިންސާފްގެ ދަތުރުގެ އޮޑި ކަނޑު ފެތުނީތޯއާއި، އިންސާފަކީ އިދިކޮޅުގައި ތިއްބަވާއިރު ޖަހަން އޮންނަ މިޔުޒިކެއްތޯއާއި އަދި އިންސާފަކީ ބޮޑު ގޮނޑިއަށް ސަވާރުވެވުނީމަ ހަނދާންނެތޭ އެއްޗެއްތޯ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ސުވާލުކުރަށްވައިފިއެވެ. އޭނާ މި މޭރުމުން ސުވާލު އުފައްދަވައި ވާހަކަ ދެއްކެވީ އޭނާގެ މައްޗަށް ރައްޔިތުންގެ މަޖިލިސްއަށް ހުށަހެޅިފައިވާ އިތުބާރުގެ މައްސަލާގައި، ދިފާޢުގައި ވާހަކަވަން ލިބުނު ފުރުޞަތުގައި މިއަދު މަޖިލިސް ތަޅުމުގައި ވާހަކަ ދައް... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބޮޑު ކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް އިމަރާމާތު ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާރު ލެބޯޓްރީ އިމާރާތުގެ ރެނޮވޭޝަންމަސައްކަތާއި ވަރޑުގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުފެ ޖާގައަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ލެބޯރެޓަރީ އަކާއި ވާރޑް އިމާތާތެއް އެޅުމުގެއިތުރުން އޯ.ޕީ.... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކުޅިވަރު އިންޓަ އަދި މިލާނަށް ވެސް މޮޅެއް އިޓާލިއަން ސީރިއާ އޭގައި އާދީއްތަ ދުވަހުގެ ރޭ، މި ވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އިންޓަ މިލާނުން އެ ޓީމް ކުޅުން މެޗު ކާމިޔާބު ކުރިއިރު ދެވަނާގައި އޮތް އެސީ މިލާން ވެސް އެ ޓީމް ކުޅުން މެޗު ކާމިޔާބުކޮށްފިއެވެ. އިންޓަގެ އަމިއްލަ ދަނޑުގައި ގެނޯއާއާއި ބައްދަލުކުރި މެޗު، އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އިންޓައިން ވަނީ ފުރަތަމަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މެޗުގެ 32 ވަނަ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ މަލީޙް ވަކިކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފި މިއަދު މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލާގައި، އޭނާ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފިއެވެ. މިއަދު ހެނދުނު 830 ގައި އޮތް އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި މަލީހް މަގާމުން ވަކިކުރަން އެ ގްރޫޕުން ތްރީލައިން ވިޕެއް ނެރުނީ އެ ގްރޫޕްގެ އިއްތިފާގުންނެވެ. މަލީހް ވަކިކުރަން ނެރެފައި ވަނީ ތްރީލައިން ”ގްރީން” އެކެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން،... އަލީ އާދިލް · 5 އަހަރު ކުރިން