ރާއްޖެ ނައިބަށް ކުރެވުނުކަމަށް ބުނާ ތުހުމަތާ ގުޅިގެން އީސީގެ ކުއްލި ޖަލްސާއެއް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު އަބްދުއްރަޙީމް އެތަނުގެ މުވައްޒަފުންނަށް ފުރައްސާރަކުރުމާއި ބިރު ދެއްކި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އޮންލައިން ނޫހަކުން ޚަބަރު ގެނެސް ދިނުމާއި ގުޅިގެން އީސީގެ ކުއްލި ޖަލްސާއެއް ބާއްވައިފިއެވެ. އީސީން ބުނީ، އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު އަބްދުއްރަޙީމްގެ މައްޗަށް ތުހުމަތުކޮށް ކޮމިޝަނުގެ ދެ މުވައްޒަފަކު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެ ސަން މީޑިއ... އަލީ އާދިލް · 5 އަހަރު ކުރިން
މަޖިލިސް ޒަހާގެ އިތުބާރުގެ މައްސަލަ: ނޯޓިސް ފޮނުވައިފި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރު މައްސަލައެއް ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅާފައިވާއިރު، އެ މައްސަލައިގެ ނޯޓިސް މަޖިލީހުން ފޮނުވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއްޔެ ބުނީ، މަޖިލީހުގެ 10 މެންބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް، މިއަދު އެކަމަނާއަށް ފޮނުވިފައިވާ ކަމަށެވެ. މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މަ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ކަރަންޓީން ނުވެ ކެމްޕޭނަށް ރަށްރަށަށް ދަތުރު ކުރެވޭ ގޮތްހަދައިފި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ކަރަންޓީން ވާން ނުޖެހޭ ގޮތައް އުސޫލު ބަދަލުކުރަން އެޗްޕީއޭ އިން ނިންމައިފިއެވެ. އެޗްޕީއޭ އިން މިރޭ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދިއުމުގެ އުސޫލަށް ބަދަލު ގެނެސްފައެވެ. މިރޭ ގެނައި ބަދަލުގައި ބުނެފައި ވަނީ ތާއީދު ހޯދުމާއި، ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާންވާނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެ ކަމަށް ކަނޑައަޅައި އާންމުކުރާ ޚާއްޞަ ގައިޑްލައިނާ އެ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށުގެ ހާލަތު: 58 ސާމްޕަލްގެ ތެރެއިން 3 މީހަކު ޕޮޒިޓިވް ވެއްޖެ ހއ. ބާރަށުން އިއްޔެ ނެގި 58 ސާމްޕަލްގެ ތެރެއިން 3 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެރަށުން އިތުރު 3 މީހަކު ޕޮޒިޓިވްވުމާއެކު، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 36 އަށް އަރާފައެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ މިކަން މިނޫހަށް ކަށަވަރުކޮށްދީފަ އެވެ. އިއްޔެ އެރަށުން ނެގި 58 ސާމްޕަލްގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓް ވެގެން ނެގުނު 44 މީހަކާއި އަލާމާތްތައްފެނިގެން ނެގުނު 4 މީހެއްގެ އިތުރުން ރެންޑަމްކޮން […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރިޕޯޓް ރަސްދޫ "ރަންދުވެލި" ދޯނި: ތިމާވެށީ ގޮތުން ނަމޫނާ ދައްކަނީ! ދިވެހި ކަނޑުތަކުގައި ލޯބޯ ފިއްސައިގެން ދިވެހި މަސްވެރިން ކުރަމުންދާ އަގު ނުކުރެވޭ ޚިދުމަތުގެ ތެރެއިން އއ. ރަސްދޫއަށް ނިސްބަތްވާ ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ”ރަންދުވެލި” ދޯނިން ތިމާވެއްޓަށް ކުރަމުންދާ ޚިދުމަތުގެ ވާހަކައަކީ ދައްކައިނުލާ ދޫކޮށްލެވޭނެ ވާހަކައެއް ނޫނެވެ. ”ރަންދުވެލި” ދޯނިން ދަނީ އެ ދޯނި ބޮޑުކަންނެލީގެ މަސްވެރިކަން ކުރަން ކުރަމުންދާ ދަތުރުތަކުގައި ބޭނުންކުރާ ޕްލާސްޓިކްގެ ބާވަތްތަކުން އުފެދޭ ކުނީގެ ބާވަތްތައް ކަނޑަށް އުކާނުލައި، ރީސައިކަލް ކުރުމަށް ރަށަށް ގެންދަމުންނެވެ. ކަނޑަށް ޕް... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މެންބަރު އަޙްމަދު ބާރަށު ރައްޔިތުންނަށް ޓަނެއްހާ މަސް ހަދިޔާކޮށްފި ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދު ހާލަތުގައި އޮތް ހއ. ބާރަށަށް، ރައްޔިތުންގެ މަޖިލީހުގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ރޯ މަސް ހަދިޔާކުރަށްވައިފި އެވެ. މެންބަރު އަޙްމަދު ބާރަށު ރައްޔިތުންނަށް ހަދިޔާ ކުރެއްވީ، 979 ކިލޯ ރޯމަހެވެ. އަޙްމަދު ވަނީ މިމަހުގެ 9 ވަނަ ދުވަހު، 13،750 ފޭސް މާސްކާއި، 360 ފުޅި ހޭންޑް ސެނިޓެއިޒަރ ވެސް ބާރަށަށް ހަދިޔާ ކުރަށްވާފަ އެވެ. މެންބަރު އަޙްމަދުގެ އެހީތެރިކަން ބާރަށަށް ފޯރުކޮށްދިން އިރު، […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ މިނިސްޓަރު ޝާހިދު އިންޑިއާއަށް ފުރާވަޑައިގެންފި ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޝާހިދު “އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު” ގައި ބައިވެރިވެވަޑައިގަތުމަށް މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ. އެ ގޮތުން މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު “ނެއިބަރހޫޑް ނެވިގޭޝަން: ދަ ކޮމަން ވޯޓާ: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް” ސެޝަންގައި ވާހަކަފުޅުދައްކަވާނެއެވެ. މިނިސްޓަރު ޝާހިދުގެ އިތުރުން މިސެޝަންގައި ސްރީލަންކާގެ ހާރިޖީ މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ (ވަރޗުއަލްކޮށް) އަދި އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭސް، ވިޖޭ ކުމާރު ސިން... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކައުންސިލާއި ހަވާލުކޮށްފި ށ. ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ ޕްރޮޖެކްޓް ފޯކައިދޫ ކައުންސިލުން ކުރިޔަށްގެންދިމަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އިންޑިޔާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓް ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގައި މިއަދު އެވެ. ޒޫމް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފެވެ. އަދި ކައުންސިލުތަކުގެ ފަރާތުނ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ އިންތިހާބަށް ކުރިމަތިލުމަށް އަލުން ހުޅުވާލަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިފި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އަލުން ހުޅުވާލަން ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް ހައިކޯޓަށް ނެތްކަމަށް މިއަދު އެ ކޯޓުން ކަނޑައަޅައިފިއެވެ. މިދިޔައަހަރުގެ އޭޕްރިލްމަހުގެ 4 ވަނަ ދުވަހު ބާއްވަން ފުރަތަމަ ޢިއުލާންކުރި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކުރީ ކޯވީޑްގެ ހާލަތުގެ ސަބަބުންނެވެ. އަދި އިންތިޚާބު ފަސްކުރުމަށް ޚާއްޞަ ޤާނޫނެއް ވުޖޫދުކޮށް އެ... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ ބާރަށާއި، މާލޭގައި 6 ޖަހަންދެން ރީ-ރެޖިސްޓްރޭޝަން ފޯމް ބަަލައިގަންނާނެ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރެޖިސްޓްރޭޝަންވުމަށް ފޯމް ހުށަހެޅުމުގެ ވަގުތު ހއ. ބާރަށާއި، މާލޭ ސިޓީގައި އިތުރުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ ވޯޓުލާން ރަޖިސްޓަރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނަ ވަގުތު މާލެސިޓީއާއި، ހއ. ބާރަށުގައި އިތުރު ކުރެވިފައިވާ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހުސޭނުބޭގެ މަރު: އުމުރު ދުވަހުގެ ޖަލު ހުކުމަކުން 15 އަހަރަށް ކުޑަކޮށްފި ހއ. ހޯރަފުށީގައި ރަހީނުކޮށް، މަރާލި ހުސައިން މުހައްމަދު މަނިކު (ހުސޭނުބެ) ގެ މަރުގެ މައްސަލާގައި ޖަލަށްލި އޭނާއަށް ބޮޑުބޭބެ ކިޔާ މުހައްމަދު ލަތީފް އަދަބު 15 އަހަރުގެ ޖަލު ހުކުމަކަށް ހައި ކޯޓުން ކުޑަކޮށްފި އެވެ. 2010 ވަނަ އަހަރު ހުސޭނުބޭގެ ގެއިން ވައްކަން ކުރުމަށްޓަކައި އޭނާ ރަހީނުކޮށްގެން ގެންގުޅެނިކޮށް މަރުވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް 2016 ގައި އިއްވީ އޭނާއަށް ބޮޑުބޭބެ ކިޔާ އެރަށު ޅޮހީގެ، […] އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި ލަންދޫ އެއްގަމު ތޮށި ލުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމުގެ މަސައްކަތް އަން ހަފުތާގައި ފެށޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަސައްކަތް ފެށުމުގެ ގޮތުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކާއެކު އެމްޓީސީސީގެ ބާރޖް މިހާރުވަނީ ލަންދޫއަށް ފުރާފައެވެ. މި މަޝްރޫއުގެ ދަށުން، 25،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެސަރަޙައްދެއ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ސޭޝެލްސް އިން ރާއްޖޭގެ ގައިޑްލައިނާ އެއްގޮތަށް ބޯޑަރު ހުޅުވާލަނީ ޓޫރިޒަމް ދާއިރާގެ އެންމެ މަޝްހޫރު އެއް މަންޒިލް ކަމަށްވާ ސޭޝެލްސް އިން ރާއްޖޭގެ ގައިޑްލައިނާ އެއްގޮތަޡް ބޯޑަރު ހުޅުވާލަން ނިންމައިފިއެވެ. އެ ގައުމުން ބޯޑަރު ހުޅުވާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލުމުން ޓޫރިސްޓުންނަށް ވެކްސިން ނުޖެހިޔަަސް ކަރަންޓީނަކާ ނުލައި ޗުއްޓީ ހޭދަކުރެވޭނެއެވެ. ރާއްޖެއާ އެއްގޮތަށް ސޭޝެލްސްއަށްވެސް ދެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކުގަައެބެ. މިއީ އެ ގައުމުގެ ވެކްސިން ކެމްޕޭންގެ ކާމިޔާބީއާއެކު ގެނައިބަދަލެކެވެ. މިހާތަނަށް ސޭޝެލްސްގެ އާބާދީގެ 70... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
މަޖިލިސް ފައްޔާޒް އިޤްތިޞާދީ ކޮމިޓީއަށް ހާޒިރުކުރާނީ ރާއްޖެއިން ބިދޭސީން ފުރުވާލުމުގައާއި، ބިދޭސީން ރާއްޖެ ގެނައުމުގައި ހުރިކަންބޮޑުވުން ތަކަކާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ. އެ ކޮމިޓީއަށް މިމައްސަލަ ހުށަހެޅުއްވީ، އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙީމް ނާޒިލް އެވެ. މެންބަރު ނާޒިލް ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވެފައި ވަނީ ވަޒީފާތަކުގައި ގެންގުޅޭ ބިދޭސީންގެ ވިސާގެ މުއްދަތު ހަމަވެ، ވިސާ އަލުން އާ ކުރަން ޖެހެނީ ކިހިނެއްކަން ނޭ... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ މި އެޕުތަކުން ބޭންކުގެ މައުލޫމާތާއި ފޯނުގެ ކޮންޓްރޯލް ނަގައިފާނެ ރިސާޗު ކުރާ ފަރާތްތަކުން އެންޑްރޮއިޑް ގެންގުޅޭ ފަރާތްތަކަށް ޕްލޭ ސްޓޯރުން އަށް އެޕެއް ޑައުންލޯޑު ނުކުރުމަށް އިންޒާރު ދީފިއެވެ. މި ފަރާތްތަކުން ބުނާ ގޮތުގައި މި އަށް އެޕް އެޅުމުން ފޯނުގެ ކޮންޓްރޯލް އެ އެޕްގެ ވެރިފަރާތަށް ލިބި ބޭންކުގެ މައުލޫމާތުވެސް އޭނާއަށް ލިބޭނެއެވެ. އެހެންކަމުން އޭނާއަށްއެ މީހެއްގެ އެކައުންޓުތަކުގައި ހުންނަ ފައިސާ ވަގަށަ ނެގޭނެއެވެ. ޗެކް ޕޮއިންޓް ރިސާޗަކީ ސައިބާ ވައްކަން ހުއްޓުވުމަށް ދިރާސާ ކުރާ ބައެކެވެ. އެ ޖަމިއްޔާއަށް މި އެޕުތަކުގެ މައުލޫމާތު މި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން