ކޯލިޝަން ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރަށްވައިފި
ރާއްޖޭގައި ވެރިކަން ކުރަމުންއަންނަ ކޯލިޝަން 5 އަހަރުވަންދެން ދެމިއޮންނާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވާ ވިދާޅުވުން މިއަދު ތަކުރާރު ކުރައްވައިފިއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސް ވެރިންގެ ބައްދަލުވުމުގައެވެ. ކޯލިޝަން ރޫޅާލަން ހަމަޖެހިފައިވޭތޯ ނޫސްވެރިޔަކުކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ މިއީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. މި ސަރުކަރު ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ”އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ކޯލ...