ނޫސްތަކުން މައުލޫމާތު ފޯރުކޮށްދޭއިރު ކަމުގެ ހަގީގަތް ސާފުވާނެހެން ލިޔުމަށް ފެނަކަ ކޯޕަރޭޝަނުން ގޮވާލައިފިއެވެ.

އެ ކުންފުނިން މިހެން އެދުނީ “މިހާރު” ނޫހުގައި "ދެ ކުންފުންޏެއްގެ ކޮރަޕްޝަން ޙާލަތު: ޒީރޯ ޓޮލަރެންސް ކޮބާ؟” މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރުގައި އެކުންފުންޏާ ގުޅޭގޮތުން ހަގީގަތް އޮޅޭގޮތަށް ލިޔެފައި އޮތުމާ ގުޅިގެންނެވެ.

Ad
rt

އެ ލިޔުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނާ ހަވާލާ ދީ ބުނެފައިވާގޮތުގައި ފެނަކައާ ގުޅޭ ގޮތުން ހުށަހެޅޭ ގިނަ މައްސަލަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެވުނީކޮރަޕްޝަންގެ އަމަލުތައް ހިންގަން މަގުފަހިވާ ފަދަ ބަދަލުތައް އެ ކޯޕަރޭޝަންގެ ގަވާއިދަށް ގެނެސްފައި ހުންނަ ކަމެވެ. ނަމަވެސް އަދި އޭސީސީން އެންގުމުންވެސްއެކަންތައް ހައްލު ނުކުރާކަމަށް ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ފެނަކައިން ބުނީ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ޤަވާއިދު 2015 ގައި 3000ރ. އިން 225،000ރ. އާ ދެމެދުގެ މުޢާމަލާތެއްނަމަ އެ މުދަލެއްނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ތިން ފަރާތެއްގެ ކޯޓޭޝަން ހޯދުމައް އޮތްއޮތުން، 26 ޖޫން 2018 ގައި ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން، ދިހަ މިލިއަން ރުފިޔާއަށް މަތިކުރަން ނިންމިކަމަށެވެ. ނަމަވެސް އެ އަހަރުގެ ޑިސެމްބަރު މަހު އާ ބޯޑު ކުންފުންޏާ ހަވާލުވެ އެ ނިންމުން އިސްލާހުކޯށްފައިވާނެ ކަމަށް ފެނަކައިން ބުންޏެވެ.

އެ ކުންފުނިން ބުނީ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ޤަވާއިދުގައި ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތް ހޯދުމުގައި ޢާންމު ބިޑު އުސޫލުން އިޢުލާންނުކޮށް ކުރިއަށްގެންދެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށްފައި ނުވާކަމަށް އޭސީސީން ފާހަގަކުރި ނަމަވެސް އެ ޤަވާއިދުގެ ދަަށުން ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތެއް ހޯދާއިރުމަދުވެގެން ފަސް ފަރާތަކަށް ކޯޓޭޝަން ހޯދަން ފޮނުވާންވާނެކަމަށް ބަޔާންކޮށް، މަދުވެގެން ތިން ފަރާތެއްގެ ކޯޓޭޝަން ލިބުމުން ދިހަ މިލިއަން ރުފިޔާގެ މުޢާމަލާތްއޭރަކު ކުންފުނި ހިންގެވުމާއި ހަވާލުވެހުރި ފަރާތެއްގެ ހުއްދައާއެކު ކުރިއަށް ގެންދެވިދާނެކަމަށް ބަޔާންކޮށްފައި އޮތް އޮތުން، މިހާރުގެ ޑިރެކްޓަރުންގެ ބޯޑުންބަދަލުކޮށްފައިވާ ކަމަށެވެ.

މި ގެނައި ބަދަލާއެކު 225،000ރ. އިން ފެށިގެން 5،000،000ރ. ގެ މުޢާމަލާތެއްނަމަ އެ މުޢާމަލާތެއް ކުރިއަށް ގެންދާނީ ޑައިރެކްޓް ޕާރޗޭސް ކޮމިޓީއިންއިވެލުއޭޓްކޮށް ފާސް ކުރެވިގެންނެވެ. އަދި 5،000،000ރ. އިން ފެށިގެން މަތީ މުޢާމަލާތެއް ނަމަ އެ މުޢާމަލާތެއް ކުރިއަށް ގެންދާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންހުއްދަ ލިބިގެންނެވެ.

އާ ބޯޑުން މި އިސްލާހު ގެނައީ ވަގުތާއި ހާލަތަށްބަލައި އަދި އެ ކުންފުނިން ފޯރުކޮށްދެވެމުންދާ ހިދުމަތުގެ ބާވަތަށްބަލައިގެން މެދުނުކެނޑި ރައްޔިތުންނަށް އަސާސީހިދުމަތް ފޯރުކޮށްދިނުމުގައި ކުރަންޖެހޭ މުޢާމަލާތްތައް އިދާރީ ހުރަސްތަކެއްނެތި، ފަސޭހައިން މުދަލާއި ހިދުމަތް ހޯދުމުގެ ބޭނުމުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މި ނިންމުންތަކުން، ކުންފުނީގެ ބޮޑެތި ނިންމުންތައް ނިންމުމުގެ ބާރު އެންމެ ފަރާތަކަށް ދިނުމުގެ ބަދަލުގައި، އެއަށްވުރެ ހަރުދަނާ އުޞޫލުތަކަކަށްބަދަލުކުރެވިފައިވާކަން ސާފުވާނެ ކަމަށް ފެނަކައިން ބުންޏެވެ.