ރާއްޖެ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ އިއްޔެގެ ވަގުތެއްގައި ދޫނިދޫގައިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނެފައިވަނީ ނައްތާލާފައިވަނީ 42 އިންސިޑެންޓެއްގައި ހިމެނޭ އެވިޑެންސްތަ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ވިޔަފާރި ބީސީސީގެ ފިހާރައެއް މާލޭގައި ހުޅުވައިފި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ފިހާރައެއް ރޭ މާލޭގައި ހުޅުވައިފިއެވެ. މި ފިހާރަ ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއިއެވެ. މި ރަސްމިއްޔާތުގައިބީސީސީގެ އިސް އޮފިޝަލުން ވެސް ބައިވެރިވިއެވެ. “އޮތެންޓިކް މޯލްޑިވްސް” ގެ ނަމުގައި ހުޅުވި މި ފިހާރައަކީ ދިވެހިންގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ހުޅުވި ފިހާރައެކެވެ. މި ފިހާރައިން ދިވެހިންގެ ހުނަރުވެރިކަމާއ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އަންނަ އާދީއްތަ ދުވަހު ބޮޑު ގިނި ހިލައެއް ދުނިޔެ ކައިރިން ދައުރު ކުރާނެ އަންނަ އާދީއްތަ ދުވަހު ބޮޑު ގިނި ހިލައެއް ދުނިޔެއާ ދެ މިލިއަން ކިލޯމީޓަރު ދުރުން ދައުރު ކުރާނެ ކަމަށް ނާސާއިން ބުނެފިއެވެ. ނާސާއިން ބުނެފައިވާ ގޮތުގައި މިއީ މިހާތަނަށް ދުނިޔެއާ ކައިރިން ދާ އެންމެ ބޮޑު ގިނި ހިލައެވެ. އެގޮތުން، މި ގިނި ހިލައިގެ ބޮޑު މިނުގައި 3000 ފޫޓު ހުންނާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މި ގިނި ހިލަ ފެނިފައިވަނީ މީގެ 20 އަހަރު ކުރިން 2001 ގައެވެ. އެ އެޖެންސީގެ ސައިންސްވެރިން ވަނީ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫގައި ބޭއްވި ޤުރުއާން މުބާރާތުގެ 1 ވަނައަށް އައުލާ! ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި އެކްލަބްގެ ފުރަތަމަ ޤުރުއާން މުބާރާތުގެ 1 ވަނަ، ހއ. ދިއްދޫ ސަންޝައިން، އައުލާ އަޙްމަދު ޝާކިރު ހޯދައިފިއެވެ. މުޅި މުބާރާތުން 1 ވަނަ ހޯދި އައުލާއަށް އިނާމެއްގެ ގޮތުގައި ދީފައި ވަނީ އުމްރާ ދަތުރެކެވެ. 11 އުމުރު ފުރާއަކުން ޖުމްލަ 354 ކުދިން ވަނީ ބައިވެރިވި މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓްގެ […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ފަޅުރަށަކަށް ދަތުރުދިޔަ ބަޔަކަށް މަސްތުވާތަކެތި ފެނިއްޖެ ފަޅުރަށަކަށް ދަތުރުގޮސް އުޅުނު ބަޔަކަށް، އެރަށުގެ ގޮނޑުދޮށުން 2 ކޮތަޅު މަސްތުވާތަކެތި ފެނިއްޖެއެވެ. މި 2 ކޮތަޅު މަސްތުވާތަކެތި ފެނުނީ ތ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ”ފިނޮޅު”އިން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، ތ. ފިނޮޅަހު ކިޔާ ފަޅުރަށަކަށް ދަތުރުގޮސް އުޅުނު ބަޔަކަށް އެރަށު ގޮނޑުދޮށުން މަސްތުވާތަކެއްޗަށް ޝައްކުވާ އެއްޗިހިތަކެއް އަޅާފައި ހުރި ދެ ކޮތަޅު ފެނިފައިވާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ފުލުހުންނަށް އެކަމުގެ ރިޕޯޓު ލިބުނީ ރޭ އިރުއޮއްސި 7:00 […... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރަން ސައިޓް މޮބިލައޮޒް ކޮށްފި ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ސައިޓް މިއަދު މޮބިލައިޒް ކޮށްފިއެވެ. މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އެކުންފުންޏާ ހަވާލުކޮށްފައި ވަނީ 113.39 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގެ 6 ހެކްޓަރުގެ ހިން ހިއްކައި 229،663.36 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމުގެ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތީމު ރައްޔިތުންގެ ދީލަތި އެހީ ބާރަށު ރައްޔިތުންނަށް! ހއ. ބާރަށުން މިހާތަނަށް 31 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، ރައްޔިތުން ހާސްކަންމަތީ ތިބި ދަނޑިވަޅުގައި އަވަށްޓެރި އުތީމު ރައްޔިތުންގެ ފަރާތުން، ބާރަށު ރައްޔިތުންނަށް ހިތްވަރުދީ އެހީތެރިވުމުގެ ގޮތުން ރޯ މަސް ހަދިޔާ ކޮށްފިއެވެ. މިގޮތުން ބާރަށު ޒުވާނަކު ”ތިލަދުން”އަށް ބުނީ އަވަށްޓެރި އުތީމު ރައްޔިތުންގެ ފަރާތުން ބާރަށަށް ހަދިޔާކޮއްފައިވަނީ ޖުމްލަ 1400 ކިލޯ މަސް ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލިސްގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ވަނީ 979 […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ވިޔަފާރި ހިންނަވަރު ބަނދަރު ތަރައްގީ ކުރުމަށް ސައިޓް މޮބިލައޮޒް ކޮށްފި ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ސައިޓް މިއަދު މޮބިލައިޒް ކޮށްފިއެވެ. މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއަށް 99.52 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވެއެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގެ 3.2 ހެކްޓަރުގެ ބިން ހިއްކައި 65،170.76 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމުގެ މަސައްކަތް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ އުތަރަށް ނެރުނު "ވައިޓް އެލާޓު" ގެ ވަގުތު އިތުރުކޮށްފި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ނެރުނު ވައިޓް އެލާޓް ގެވަގުތު އިތުރުކޮށްފި އެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ޅ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވައިޓް އެލާޓް އެންމެ ފުރަތަމަ ނެރެފައި ވަނީ މިއަދު މެންދުރުފަހު 15:00 އިން ފެށިގެން މިރޭގެ 20:00 އާ ހަމައަށެވެ. […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ވިޔަފާރި ތާޒާ ފެނުގެ ބްރޭންޑް އެންބެސެޑަރަކަށް ނާއްކޮ އާއި ދަގަނޑޭ ތާޒާ ފެނުގެ ބްރޭންޑް އެންބެސެޑަރަކަށް މަޝްޙޫރު ފިލްމީތަރި ނާޝިދާ މުހައްމަދު (ނާއްކޮ) އާއި ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖައްސައިފި އެވެ. ސަރުކާރުގެ މައި ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލޭންޑް ބެވަރެޖެސް މޯލްޑިވްސް (އައި.ބީ.އެމް) އިން ވިދާޅުވީ އެކުންފުނިން އުފައްދާ ތާޒާ ބްރޭންޑް ފެނުގެ އެންބެސަޑަރުކަމަށް ނާއްކޮ އާއި ދަގަނޑޭ ހަމަޖައްސަވާފައިވަނީ މިއަދު ކަމަށެވެ. އެކަމުގެ އެއްބަސް ވުމުގައި މިއަދު އެދެފާރާތާއިއެކު ސޮއިކޮށްފައިވާކަމަށް އެކުންފުނިން... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އަމާންވެށިން އިތުރު 10 ކުއްޖަކު ޕޮޒިޓިވްވެއްޖެ ހދ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި” އިން އިތުރު 10 ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ”ތިލަދުން”އަށް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. މިކުންދިން ކޯވިޑް19 އަށް ޓެސްޓުކުރީ އިއްޔެކަމަށެވެ. މިކުދިންގެ ސާމްޕަލް ނަގާފައިވަނީ ހއ. އަމާންވެށިން އިއްޔެ ކުއްޖަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެކުއްޖާއާއި މިކުދިން ބައްދަލުވެފައިވާތީ އެވެ. ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި މިވަގުތު ތިބީ 15 ކުދިންނެވެ. މިއަދު ޕޮޒިޓިވްވި ކުދިންނާއި އެކު […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް "އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުން" މުހިއްމު ދައުރެއް އަދާކުރޭ: ޝާހިދު އިންޑިއާ ކަނޑުގެ ހަމަޖެހުމަށް އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުން މުހިއްމު ދައުރެއް އަދާކުރާކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުވުމުގައި “ނެއިބަރހޫޑް ނެވިގޭޝަން: ދަ ކޮމޮން ވޯޓާރސް: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް” ނަމުގައި ބޭއްވި ސެޝަންގައި މިނިސްޓަރ ޝާހިދުގެ އިތުރުން ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ (ވަރޗުއަލްކޮށް) އަދި އިންޑިއާ ފައުންޑޭޝަ... އަލީ އާދިލް · 5 އަހަރު ކުރިން
ކޮލަމް ޤައުމަށް ކުރާ ޚިދުމަތުގެ އަގުވަޒަން ނުކުރަނީ ކީއްވެ؟ ކުރާ މަސައްކަތުގެ އަގުވަޒަންކުރުމަކީ އެމަސައްކަތެއް އިތުރަށް ފުރިހަމަކުރުމަށާއި މަސައްކަތުގައި ދެމިހުރުމަށް ލިބޭ ހިތްވަރެކެވެ. އެއީ ކުރާ މަސައްކަތަކީ މުހިންމު މަސައްކަތެއްގެ ގޮތުގައި އެހެން މީހުން ބަލައިގަންނަކަން އެނގުމުން އެމަސަކަތެއްގައި ދެމިހުރުމަށް ހިތްވަރު ލިބޭތީއެވެ. އެމަސައްކަތުގެ އަގު ވަޒަންކުރެވި ތިމާއަކީވެސް އަގުހުރި މީހެއްކަމަށް ޤަބޫލު ކުރެވޭތީ ލިބޭ ހިތްވަރެކެވެ. މަސައްކަތުގެ އަގުވަޒަން ކުރުމަކީ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް... ފާޠިމަތު ޝިފާ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ޖޯޖް ފްލޮއިޑްގެ މަރުގެ ބަދަލުގައި 27 މިލިއަން ޑޮލަރު ދޭން ހުކުމް ކޮށްފި ކަޅު ނަސްލުގެ މީހަކަށްވާތީ އަނިޔާކޮށް މަރާލި ޖޯޖު ފްލައިޑްގެ މަރުގެ ބަދަލުގައި އޭނާގެ އާއިލާއަށް 27 މިލިއަން އެމެރިކާ ޑޮލަރު ދޭން މިނިއަޕޮލިސް ސްޓޭޓުން ނިންމައިފިއެވެ. ޖޯޖް ފްލޮއިޑް މަރާލައިފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި މިނިޔަޕޮލިސް ސްޓޭޓުގައެވެ. އޭނާ މަރާލީ އެ ސްޓޭޓުގެ ފުލުހުންތަކެކެވެ. އޭނާ މަރުވީ އޭނާ ވައްކަން ކުރި ކަމަށްބުނެ ދޮން ނަސްލުގެ ފުލުހަކު ކަމަށްވާ ޑެރެކް ޗައުވިން އޭނާގެ ކަރުމައްޗަށް ކަކުލުން އަރައިގެން ހުރުމުގެ ސަބަބުންނެވެ. ފްލައިޑް ވަނީ އޭނާއަށް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ވައިޓް އެލާޓް ނެރެފި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ޅ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރުފަހު 15:00 އިން ފެށިގެން މިރޭގެ 20:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން