ރާއްޖެ ވެކްސިން ޖެހި މީހުންގެ އަދަދު 2 ލައްކައިން މައްޗަށް! ކޯވިޑް-19އިން ދިފާއުވުމަށް ރާއްޖޭގައި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުފެށި ގައުމީ ކެމްޕެއިން ”ކޯވިޑް-19 ދިފާއު”ގެ ދަށުން އިއްޔެގެ ނިޔަލަށް 2 ލައްކައަަށްވުރެ ގިނަ މީހުން ރާއްޖޭގައި ކޯވިޑް ވެކްސިންޖަހައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހާމަކުރަށްވާފައި ވާގޮތުގައި އިއްޔެ އެކަނި ވެސް ރާއްޖޭގައި 7،908 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޓާ މާލޭ އޭރިއާއިން ވެކްސިން ޖެހި 4،941 މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 2،967 މީހުންނެވެ. މިގޮތުން އިއްޔެގެ ނިޔަަލަށް […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ އުސޫލްތަކާއި ހިލާފުވެގެން 3 ޕާޓީއެއް ޖޫރިމަނާކޮށްފި ދިވެހިރާއްޖޭގައި ކޯވިޑް-19 ބަލި ފެތުރުން ކޮންޓްރޯލްކޮށް، އެ ބަލިން ރައްޔިތުން ރައްކާތެރިކޮށް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލްތަކާއި ހިލާފު ވެެގެން 3 ސިޔާސީ ޕާޓީއެއް ޖޫރިމަނާ ކޮށްފި އެވެ. ފުލުހުން ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައިވާތީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީއާއި އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެޕާޓީ، ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ ޕާޓީތައް ޖޫރިމަނާ ކުރިކަން ހާމަކުރި ނަމަވެސް، ޖޫރިމަނާ ކުރީ ކިހ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޯރަފުށީ ޙަސަން އިރުޝާދު! ޕޮލިސް އެކަޑަމީން ހިންގި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހއ. ހޯރަފުށީ/ޖަޒީމާ، ޙަސަން އިރުޝާދު ހޮވިއްޖެއެވެ. މި ކޯހުގެ ދަސްވެނިވި ހިނގާލުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭގައި ދ. ވާނީގައި އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލް އެވެ. ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ޙަސަން އިރުޝާދުއެވެ. އިރުޝާދަކީ ހއ. […... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ރައީސް، 2 ގައުމަކަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ގަތަރަށާއި، ބަނގުލަދޭޝްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި ގަތަރަށް ވަޑައިގެންނެވުމުގެ އެންމެބޮޑު ބޭނުންފުޅަކީ މިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީގުޅުން މި ސަރުކާރުގައި އަލުން ޤާއިމުކުރުން ފާހަގަކުރެއްވުމަށެވެ. އަދި ދެޤައުމުގެ ޒަމާންވީ ބަދަހިގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުން ވެސް މި ދަ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ރާއްޖޭގައި ފްލޯޓިން ސިޓީއެއް، މަޝްރޫޢު އިފުތިތާހުކޮށްފި ރާއްޖޭގައި ”ފްލޯޓިން ސިޓީ”އެއް ހެދުމުގެ މަޝްރޫޢު މިއަދު އިފްތިތާހުކޮށްފި އެވެ. މިގޮތުން މި މަޝްރޫޢުގެ ދަށުން “މޯލްޑިވްސް ފްލޯޓިން އައިލެންޑް” ތަރައްގީ ކުރަނީ މާލޭގެ އުތުރުން އޮންނަ ފަޅެއްގަ އެވެ. މި މަޝްރޫޢު ހިންގަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ޑަޗް ޑޮކްލެންޑްސް ކުންފުނިންނެވެ. މިއަދު އެ މަޝްރޫޢު އިފްތިތާޙް ކުރީ އެ ކުންފުންޏާއެކު ދެވަނަ ފަހަރަށް ހެދި އެއްބަސްވުމުގެ ދަށުންނެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، 2010 ވަނަ އަހަރުގަ އެ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރަކު 1 ވަނަ ދަރަޖައިގެ ހާފިޒް ކަމުގެ ސަނަދު ހާސިލްކޮށްފި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރު، މުހައްމަދު އަޝްހަމް 9، މއ. އަރިވަރު، ކީރިތި ޤުރުއާން ހިތުދަސްކޮށް، ހާފިޒްކަމު ސަނަދު ހާސިލް ކޮށްފިއެވެ. ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އަޝްހަމްއަށް ޤުރުއާން ހިތުދަސްވެފައިވޭތޯ ބެލުމަށް އިމްތިހާން ކުރިއަށް ގެންގޮސްފައި ވަނީ 9 ޑިސެމްބަރު 2020 އިން 18 ފެބްރުއަރީ 2021 އަށެވެ. މި އިމްތިހާނުން އަޝްހަމް ފާސްވެފައިވަނީ އެވަނަ ދަރަޖައިގައެވެ. އަޝްހަމް ހޯދި މި ބޮޑު ޝަރަފާއި، ކާމިޔާބާއި ގުޅިގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއިން ވަނީ އަޝްހަމަށާއި، އަޝްހަމްގެ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ވިޔަފާރި ކާށިދޫއިން 1700 ޓަނުގެ ކުނި ނައްތާލައިފި މިހާތަނަށް ކ. ކާށިދޫއިން 1700 ޓަނުގެ ކުނި ނައްތާލާފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަސައްކަތް ނިންމާލައިފައިވަނީ 14 ދުވަހުން ކަމަށެވެ. މި މުއްދަތުގައި ކުނި އެއްކޮށްފައިވާ ސަރަހައްދު ސާފު ކުރުމާއި ބިން އެއްވަރު ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ ކޮށްފައެވެ. މިއީ ރާއްޖޭގެ ރަށްތަށް ސާފު ކުރުމަށް ސަރުކާރުން ފެށި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް ފުވައްމުލަކާއި ކުޅުދުއްފުށި ސިޓިގައިވެސް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ ކައުންސިލުން ރަމަޟާންމަހު ކުނި އުކައިދޭނީ ހިލޭ ހއ. އިހަވަންދޫ ކައުންސިލުން ދެމުންދާ ކުނި އުކައިދިނުމުގެ ޚިދުމަތުގެ ދަށުން، ކުރިއަށް އޮތް ރަމަޟާންމަހު އެރަށުގެ ގޭ ބިސީތަކަށް ހިލޭ ކުނިއުކައި ދިނުމަށް އެ ކައުންސިލުން ނިންމައިފިއެވެ. މިގޮތުން އިހަވަންދޫ ކައުންސިލުން ބުނީ، އެ ކައުންސިލުންދޭ ކުނި އުކާލުމުގެ ޚިދުމަތުގެ އަގެއް ގޮތުގައި ނަގަމުން އަންނަ ފީ އަންނަ ރަމަޟާންމަހު އެރަށުގެ ގޭ ބިސީތަކުން ނުނަގާނެ ކަމަށެވެ. އަދި މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ނަން ނޯޓުކުރާ ގޭ ބިސީތަކަށް ވެސް އެ ފުރުސަތު ދޭނެކަމަށް […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ވިޔަފާރި ތިންވަނަ ކުއާޓާގައި މާލީ ހާލަތު ރަނގަޅުވާނެ ކަމަށް އުއްމީދު ކުރަން: އައިއޭއެސް އެމްޑީ މިއަހަރުގެ ތިންވަނަ ކުއާޓާގައި އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ މާލީ ހާލަތު ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދުމިހާދު ވިދާޅުވެއްޖެއެވެ. އައިއޭއެސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާދު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން އެ ކުންފުންޏަށް މާލީ ގޮތުން ވަރަށް ބޮޑު ދަތިވި ކަމަށެވެ. އަދިމީގެ ސަބަބުން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސަރުކާރުން އެ ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދެނީ ދަތުރުފަތުރުތައް ހުއްޓި... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ފުރުސަތު ހުޅުވާލަމުން ރައީސް އޮފީހުން ވިދާޅުވީ، ބްރޯޑްކޮމްގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާ ކަމަށެވެ. މިއަދުން ފެށިގެން 2021 މާރިޗް މަހުގެ 22 ވާ ހޯމަ ދުވަހުގެ 13:30 ގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާއިރު، މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި ފުޑް ކޯޓުގެ ދެ ޔުނިޓެއް ކުއްޔަށް ދޭން އިއުލާން ކޮށްފި ހާބަރު ސަރަހައްދުގައި ހަދާފައިވާ ފުޑް ކޯޓުގެ ދެ ޔުނިޓެއް ކުއްޔަށް ދޭން އެސްޓީއޯ އިން މިއަދު އިއުލާންކޮށްފިއެވެ. އެސްޓީއޯ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އަމީނީ މަގަށް ވާގިތަށް އިންނަ ޔުނިޓަކާއި އިއްޒުއްދީން މަގަށް ވާގޮތަށް އިންނަ ޔުނިޓެކެވެ. މި ޔުނިޓްތަކަށް އެދި ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށެވެ. ފުޑް ކޯޓުގެ އަމީނީ މަގަށްވާގޮތަށް ކުއްޔަށް ދޭ ޔުނިޓުގައި 637.38 […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކުޅިވަރު އެތުލެޓިކޯ އެއްވަރުވިއިރު، ރެއާލް މޮޅުވެއްޖެ ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތް އެތުލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، ވާދަވެރި ރެއާލް މެޑްރިޑް އެ ޓީމް ކުޅުނު މެޗުން މޮޅުވެއްޖެއެވެ. ހޮނހިރު ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު އެއްވަރު ވެފައިވަނީ 0-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގެޓާފޭގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް މި މެޗުގައި އެ ޓީމަށް މައްސަލަ ކުރިމަތިވީ ދެވަނަ ހާފުގެ 70 […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ، އަޙްމަދު ރަޝީދުގެ 18 އަހަރުގެ ޚިދުމަތުގެ އަގުވަޒަންކޮށްފި ހއ. ދިއްދޫ/ރެނދަލި، އަޙްމަދު ރަޝީދު، ހއ. ދިއްދޫގައި ޤުރުއާން ޢިލްމް އުނގަންނަވައި ދެއްވުމުގައި ހޭދަކުރެއްވި 18 އަހަރުގެ ޚިދުމަތުގެ އަގު ވަޒަންކޮށްފިއެވެ. އަޙްމަދު ރަޝީދު، ހއ. ދިއްދޫގެ ދަރީންނަށް ޤުރުއާން ޢިލްމް އުނގަންނަވައި ހޭދަކުރެއްވި 18 އަހަރަށްވުރެ ދިގު މުއްދަތުގެ ޚިދުމަތުގެ އަގުވަޒަންކޮށް ވަނީ ހއ. ދިއްދޫގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުންނެވެ. އޭނާގެ އެ ޚިދުމަތުގެ އަގުވަޒަން ކޮށްފައި ވަނީ، އިއްޔެ އެ ކްލަބުން ބޭއްވި އެ ކްލަބްގެ ފުރަތަމަ ޤުރުއާނ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ވިޔަފާރި މޯލްޑިވިއަން އިން މުމްބާއީ އާއި މާފަރާ ދެމެދު ޑައިރެކްޓް ފްލައިޓް ބާއްވަނީ މޯލްޑިވިއަން އިން އިންޑިއާގެ މުމްބާއީ އާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް އަންނަ މަހު ފަށަން ތައްޔާރުވެއްޖެއެވެ. އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ މުމްބާއީ މާފަރުދަތުރުތައް ފަށާނީ އަންނަ މަހު 13ގައި ކަމަށެވެ. އަދި ކޮންމެ ހަފުތާއަކު ތިން ފްލައިޓު ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މާފަރު އެއާޕޯޓަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ދަތުރު ކުރާ އެއާޕޯޓެއް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކޮލަމް ޝަހީދުންގެ ދުވަސް: ދުޝްމަނުންނަށް ފުރުސަތު ލިބުނީ، ޤައުމަށް ޚިޔާނާތްތެރިވި ޣައްދާރުންތަކެއްގެ ސަބަބުން ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހަކީ ޝައުބާންމަހުގެ 1 ވަނަ ދުވަހެވެ. ޝަހީދުންގެ ދުވަސް ނިސްބަތްވަނީ އައްސުލްޠާން ޢަލީ (6ވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނަށެވެ. އެއީ ދިވެހިތާރީޚުގައި މަޝްހޫރު ޢަލީ ރަސްގެފާނެވެ. އެ ރަދުން ރާއްޖޭގައި ރަސްކަން ކުރެއްވީ ހިޖުރައިން 965 ވަނަ އަހަރު، (މީލާދީން 1558 ވަނަ އަހަރު)، 2 މަހާއި 15 ދުވަހުއެވެ. ޝަޢުބާންމަހުގެ 1ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަސްކަމަށް ދިވެހި ދައުލަތުން ކަނޑައެޅުއްވީ ޕޯޗްގީޒުންނާ ދެކޮޅަށް ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދު […] ޢަބްދުﷲ ސަޢީދު · 5 އަހަރު ކުރިން