ރާއްޖެ ޑރ. އިޔާޒްގެ ސުވާލެއް އެޗްޕީއޭއަށް! ބަޔަކު މީހުންގެ ނުރުހުމަށް ބިރުން ފިޔަވަޅުތައް އަނބުރާ ގެންދާއިރު, الله ގެ ނުރުއްސެވުމެއް އަތުވެދާނެ ކަމަށް ބިރު ނުގަންނަނީތޯ، ދީނީ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބުދުއްލަޠީފް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި ސުވާލު ކުރަށްވައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސަރގެ މަގާމްގައި ވެސް ހުންނެވި، ޑރ. އިޔާޒް މި ސުވާލު ކުރެއްވީ އެޗްޕީއޭ ޓެގް ކުރަށްވާ ކުރެއްވި ޓްވީޓެއްގައެވެ. ”ބަޔަކު މީހުންގެ ނުރުހުމަށް ބިރުން ފިޔަވަޅުތައް އަނބުރާ ގެންނައިރު, الله... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުރިނބީ ފަޅުތެރޭ އޮތް ލޯންޗެއް އަޑިއަށްދާތީ ސިފައިން އެހީތެރިވެއްޖެ ހދ. ކުރިނބީ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗަކަށް ދިޔަވެ އަޑިއަށްދާތީ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ކުރިނބީ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗަކަށް ދިޔަވެ އަޑިއަށްދާތީ ސިފައިން އެހީތެރިކަމާއެކު އެ ލޯންޗް މިހާރު ސަލާމަތް ކުރެވިފައިވާ ކަމަށެވެ. 20 ފޫޓްގެ މި ލޯންޗް އަޑިއަށްދާ ކަމުގެ މައުލޫމާތު ސިފައިންނަށް ރިޕޯޓްކޮށްފައި ވަނީ ފަތިހު 3:59 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ލޯންޗް ސަލާމަތްކުރުމުގައި ކުރިނބީގެ ރައްޔިތުންގެ އެހީތެ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތް ފަށައިފި ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ހދ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވޮލީ މުބާރާތް ފަށައިފިއެވެ. މި މުބާރާތް ފަށާފައިވަނީ 12 މާޗް 2021 ވީ ހުކުރު ދުވަހު ހަވީރު ނޮޅިވަރަންފަރު ވޮލީ ކޯޓުގައެވެ. މުބާރާތް ފެށުމުގެ ގޮތުން ކުޅެފައިވަނީ އަންހެން ކެޓަގަރީގެ މެޗެކެވެ. މި މެޗުގައި ބައްދަލު ކޮށްފައިވަނީ ނޮޅިވަރަންފަރު ލައިކަންއާއި ހިރިމަރަދޫ ހިރިޒިލްއެވެ. މި މެޗު ފަސޭހަކަމާއިއެކު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައިވަނީ ނޮޅިވަރަންފަރު ލައިކަންއެވެ. ލައިކަން ސެޓްތައް ގެންގޮސްފައިވަނީ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
މީހުން ތަޢުޒިޔާ: ކުޅުދުއްފުށީ ކަނބުރު އަބްދުއްރަހްމާން ނިޔާވެއްޖެ ހދ. ކުޅުދުއްފުށި ސިޓީ އަބްދުއްރަހްމާން ޢަލީ، ދޯދި، (ކަނބުރު އަބްދުއްރަހްމާން)، ނިޔާވެއްޖެ އެވެ. ކަނބުރު އަބްދުއްރަހްމާން ނިޔާވީ މިއަދުގެ ވަގުތެއްގަ އެވެ. އަބްދުއްރަހްމާންގެ މައްޗަށްކުރެވުނު ކަށުނަމާއު އޮތީ މިއަދު މައްރިބް ނަމާދުގެ ފަހުގައި މަސްހިދު ތަޢާވުން (އާސަހަރާ މިސްކިތް) މާލޭގަ އެވެ. އަބްދުއްރަހްމާން ނިޔާވި އިރު އުމުރަކީ 61 އަހަރެވެ. އަޅުގަނޑުމެންނާއި މިއަދު ކުއްލިގޮތަކަށް ވަކިވެ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފައިވާ އަބްދުއްރަޙުމާންބެއަކީ ކުޅުދުއްފުއްޓާއި ބޮޑުތިލަދުންމަތި ފަހުރުވެރިވާ ނު... ތިލަދުން · 5 އަހަރު ކުރިން
ރާއްޖެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހުރެ "ކެމްޕެއިނަށް ރަށްރަށަށް ދެވޭ އިސްލާހު" އުވާލައިފި އަންނަ މަހު 10 ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް، ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ ގޮތަށް ގެނައި އިސްލާހު އުވާލަން އެޗްޕީއޭއިން ނިންމައިފިއެވެ. އެޗްޕީއޭ މިރޭ ކުރި ޓުވިޓެއްގައި ބުނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިޞްލާޙް އުވާލަން ނިންމާފައިވާ ކަމަށެވެ. އެ އުސޫލު... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ މިހާލަތުގައި ކެމްޕޭންކުރަން ރަށްރަށަށް ދެވޭގޮތަށް އުސޫލު ބަދަލުކުރުމަކީ ހަމަޖެހޭ ކަމެއްނޫން: ސައްލެ ގިނަ ޢަދަދެއްގެ ކޯވިޑް-19 ޕޮޒިޓިވް ކޭސްތައް ފެންނާތީ ކަމަށްބުނެ ހޮޓާތަކާއި ރެސްޓޯރެންޓްތައް ބަންދުކުރާ ހާލަތުގައި މާލެ އޮއްވައި، ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރަން ރަށްރަށަށް ދަތުރުކުރެވޭގޮތަށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އުސޫލަށް ބަދަލުގެނައުމަކީ ހަމަޖެހޭކަމެއްކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ. ސައްލެ މިހެން ވިދާޅުވީ، އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ބަނގުރާ ފުޅިއަކާއެކު ފުލުހަކު މަގުމަތިން ހައްޔަރުކޮށްފި ބަނގުރާ ފުޅިއަކާއެކު ފުލުހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިއަކާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިދިޔަ މަހުގެ24 ވަނަ ދުވަހުގެ ރޭވެސް ވަނީ ބަނގުރާފުޅިތަކަކާއި އެކު 2 ޒުވާނަކު މަގުމަތިން ހައްޔަރުކޮށްފަ އެވެ. އެ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫން އިތުރު ޕޮޒިޓިވް ކޭސްތަކެއް ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި 3 ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. އެ ކުދީން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުންނެވެ. އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، ދިއްދޫއިން ކޯވިޑް-19 އަށް 3 ކުއްޖަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، އެ ކުދީން މިހާރު ވަނީ ގޭގައި އައިސޮލޭޓް ކުރެވިފައި ކަމަށެވެ. ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރ އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބުދު ﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިދިކޮޅުން މާލޭ ސިޓީގައި މިއަދު ހަވީރު އިހުތިޖާޖު ފަށާފައިވަނިކޮށެވެ. އެ އިހުތިޖާޖުގައި ބައިވެރިވާ، އިދިކޮޅު ކޯލިޝަންގެ ޕީޕީއެމް ތަމްސީލް ކުރަށްވާ ކައުންސިލް މެންބަރަކު ”ތިލަދުން”އަށް ވިދާޅުވީ، އަދުރޭ ހައްޔަރުކުރީ އެކޯލިޝަންގެ ބައެއް ޕާލަމެންޓް މެންބަރުންނާއި، އިސްވެރިންނާއެކު ހިންގަވާފައި ބްރިޖާއި ދިމާއަށް ވަޑައިގަން... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ މާލެއިން އަންބަރާއަށް ދިޔަ 95 މީހަކު ޖޫރިމަނާކޮށްފި ހެލްތް ޕްރޮޓެކްޝަން (އެޗްޕީއޭ) ގައިޑްލައިންތަކާއި ޚިލާފަށް، މާލެއިން ވ. އަންބަރާއަށް ދިޔަ 95 މީހަކު ޖޫރިމަނާކޮށްފި އެވެ. ފުލުހުން ވިދާޅުވީ، ރޭގެ ވަގުތެއްގައި މާލެއިން އަންބަރާއަށް 95 މީހަކު ގޮސްފައި ވަނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ނަގަން ޖެހޭ ހުއްދަތައް ނެގުމެއް ނެތި ކަމަށެވެ. އަދި އެ މީހުން ދަތުރުކުރި އުޅަނދުގައި ހުއްދަ ކޮށްފައިވާ ވަރަށް ވުރެ އިތުރަށް މީހުން އުފުލާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. “މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފަހު އަޅަންޖެހޭ ފިޔަވަޅު […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އަމާންވެއްޓަށް ގެންދިޔަ ކުއްޖަކު ޕޮޒިޓިވްވެއްޖެ ހދ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި”އަށް ގެންދިޔަ ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، އެ ކުއްޖާ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުއްޓާ ކަމަށެވެ. އަދި އެކުއްޖާ ވަނީ ހއ. އަމާންވެށި/ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި އައިސޮލޭޓް ކުރެވިފައި ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރާޢީގެ އާދޭސް: ހދ. ރައްޔިތުންގެ ނުނިމޭ އާދޭސް! ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރެވި، އެ އަތޮޅުރައްޔިތުން އަނބިދަރިންނާއި ގާތުގައިތިބެ ވަޒީފާ އަދާކުރެވޭނެ ދުވަހެއްފެނި، ފަތުރުވެރިކަމުގެ ނަފާ ހދ. ރައްޔިތުންގެ ޖީބުތަކަށް ސީދާ ގޮތެއްގައި ވަނުމަކީ ހދ. ރައްޔިތުންގެ ޒަމާންވީ ކުލަނުވެއޮތް ހަގީގަތެކޭ ދެއްނެވުން ދޮގަކަށްނުވާނެއެވެ. ހަވާލުކުރެވުނާ 12 ވަރަކަށް އަހަރުފަހުން 56 ހެކްޓަރުގެ ބިޔަ، ހދ. ހޮނޑާފުށީގައި ތަރައްގީކުރި ރިސޯޓް 18 މާރިޗް 2018ގައި ހުޅުވިނަމަވެސް، އެ ރިސޯޓަކީ މަދު ކޮޓަރިތަކަކާއެކު، އަތޮޅުގެ ރައްޔިތުންނަށް ހަނި ވަޒީފާގެ ފުރުސަތު... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ޓީމްގެ ރައްދު މިނިސްޓަރަށް: "ވަޒީފާގެ ރައްކާތެރިކަމާއި އިންސާފު ލިބުން ވަނީ ގެއްލިފަ" ވަޒީފާގެ ރައްކާތެރިކަމާއި އިންސާފު ލިބުން ވަނީ ގެއްލިފައި ކަމަށް، ޓުރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ. ޓީމްއިން މިހެން ބުނީ ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވިކަމަށް އޮންލައިން ނޫހެއްގައި ގެނެސްދީފައިވާ ޚަބަރެއްގެ ސުރުޚީ ހިމަނައި ކުރި ޓްވީޓެއްގަ އެވެ. އެ ސުރުޚީގައި ބުނެފައި ވަނީ ”ޓޫރިޒަމް ރަނގަޅުވެ ގެއްލުނު ވަޒީފާތައް ލިބިއްޖެ، އިތުރު 9،000 ވަޒީފާގެ ފުރުސަތު މިއަހަރު ތެރޭގައި” މިހެންނެވެ. އެ ނޫހުގެ މިޚަބަރާއި ގުޅިގެން ޓީމް އިން ކޮށްފައިވާ ޓުވީޓެއްގައި... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ އިތުބާރުގެ މައްސަލާގައި އަސާސެއްނެތް: އެމްއާރްއެމް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދުގެ އިތުބާރު ނެތްކަމަށްބުނެ އިދިކޮޅު ކޯލިޝަންގެ މެންބަރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަކީ އެއްވެސް އަސާސެއްނެތް، ސަރުކާރު ކޯލިޝަން ތެރޭގައި ފިތުނަވެރިކަން އުފެއްދުމަށް ސިޔާސީ ބޭނުމަކަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ބުނެފިއެވެ. އެޕާޓީން މިހެން ބުނީ އިއްޔެ މިނިސްޓަރު ޒަހާގެ ދިފާއުގައި އާންމުކުރި ނޫސް ބަޔާނެއްގަ އެވެ. އެމްއާރްއެމްއިން ބުނީ މިނިސްޓަރ ޒަ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ވެކްސިން ގަތުމަށް މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭގޮތް ހަދައިފި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާ ކޮވިޝީލްޑް ވެކްސިންގަތުމަށްޓަކައި، މާލިއްޔަތުގެ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީއިން މިގޮތަށް ނިންމިކަން ހާމަކުރީ ރޭ ނެރުނު ”ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް ޢަމަލުކުރަން ނުޖެހޭ ގޮތަށް ކަނޑައެޅުމާބެހޭ ޤަރާރު” އިން ނެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި، ރޭ ނެރުނު ގަރާރުގައި ބުނެފައި ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން