މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޖެންޑާ މިނިސްޓްރީގެ ކެއާ ޕެކޭޖު، ބާރަށުގެ 61 ގޭބިސީއަކަށް

ޖެންޑާ މިނިސްޓްރީގެ ކެއާ ޕެކޭޖު، ބާރަށުގެ 61 ގޭބިސީއަކަށް

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ހއ. ބާރަށުގެ 61 ގޭބިސީއަކަށް ކެއާ ޕެކޭޖު ފޮނުވައިފިއެވެ. ކޯވިޑް-19ގެ ކޭސްތަކެއްފެނި، މިމަހުގެ 1 ވަނަ ދުވަހުގެ ރޭ މޮނިޓަރިން ހާލަތަށް ގެނެވުނު ބާރަށް އަދި ވެސް އޮތީ އެހާލަތުގައި، އަރާފޭބުން މަނާ ކޮށްފައެވެ. ބާރަށު ކައުންސިލްގެ ނައިބް ރައީސް ޢަލީ ޝަމީމް ”ތިލަދުން”އަށް ވިދާޅުވީ، ޖެންޑާ މިނިސްޓަރީގެ ފަރާތުން މިއަދު އެރަށަށް ފޮނުވި ކެއާ ޕެކޭޖްތައް ރަށަށް ލިބުމާއެކު އެ ޕެކޭޖްތަކުގެ ހައްގުވެރިންނަށް ހަވާލުކުރެވިފަ ވާކަމަށެވެ. […]

ޝިއުނާ އާދަމް
ހއ. އަމާންވެށިން ޕޮޒިޓިވްވި ޢަދަދު 15 އަށް

ހއ. އަމާންވެށިން ޕޮޒިޓިވްވި ޢަދަދު 15 އަށް

ހދ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި” އިން ކޯވިޑް-19އަށް ޕޮޒިޓިވްވި ކުދިންނާއި، މީހުންގެ ޢަދަދު 15 އަށް އަރައިފިއެވެ. ހއ. އަމާންވެށީގައި ކަރަންޓީނުގައި ތިބި 15 ކުދިން ތެރެއިން 11 ކުއްޖަކު ޕޮޒިޓިވްވެފައިވާއިރު، އެ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި 4 މީހަކު ވެސް ވަނީ ޕޮޒިޓިވް ވެފައެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، ހއ. އަމާންވެށިން މިހާތަނަށް ޕޮޒިޓިވްވި ޢަދަދު 15 އަށް އަރާފައިވާ ކަމަށެވެ. ”އަމާންވެށިން ވަނީ 11 ކުއްޖަކާއި، […]

ޔުމްނާ ޢަލީ
ފުރަބަންދުގެ ސަބަބުން، ދެކުނު އޭޝިއާގެ 228،000 ކުޑަކުދިން މަރުވި

ފުރަބަންދުގެ ސަބަބުން، ދެކުނު އޭޝިއާގެ 228،000 ކުޑަކުދިން މަރުވި

ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ދުނިޔެ ހުއްޓުމަކަށް އައިސް އެކި ގައުމުތައް ފުރަބަނދުްކޮށް ދަތުރުފަތުރުގެ ނިޒާމް ހުއްޓާލާ އަސާސީ އެތައް ޚިދުމަތްތަކެއް މެދުކެނޑުމާއި ގުޅިގެން ދިމާވި ދަތި ހާލަތުގައި ، ދެކުނު އޭޝިއާގެ 228،000 ކުޑަ ކުދިން މިދިޔަ އަަހަރު މަރުވެފައިވާ ކަމަށް އދ. ގެ ރިޕޯޓުތަކުން ދައްކައިފިއެވެ. ޔުނިސެފްއާ ގުޅިގެން އދ. އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މި ޕެންޑެމިކްގެ ސަބަބުން ނުސީދާ ގޮތެއްގައި މަރުވި ކުދިންގެ އިތުރުން މި ސަރަހައްދުގައި 11،000 ދަރިން ވަނީ ބައިގެންދިއުުމުން […]

އަޙްމަދު ވަހީދު
ކެލާ މަސްމާރުކޭޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކެލާ މަސްމާރުކޭޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ކެލާގައި މަސް މާރުކޭޓެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަސައްކަތް، ޝަމާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި ކެލާ ކައުންސިލާއި އެކުންފުންޏާއި ދެމެދު ސޮއިކޮށްފައި ވަނީ އިއްޔެއެވެ. 180 ދުވަސް ތެރޭގައި ނިންމަން ޖެހޭގޮތަށް ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ 2,815,320 ރުފިޔާ އެވެ. ކެލާގައި މަސް މާރުކޭޓެއް އެޅުމަށް، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެ މަޝްރޫޢު އެރަށު ކައުންސިލާ ހަވާލުކުރީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އިދާރ...

ޔުމްނާ ޢަލީ
ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައި، ޤައުމީ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފިއެވެ. ޤައުމީ އިނާމަށް މިއަހަރުވެސް ހުޅުއްވައިލައްވައިފައިވަނީ، މައިގަނޑު 33 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރު...

އިބްރާހިމް އަސްވާޤް
ތަންޒޭނިއާގެ ރައީސް އަވަހާރަވެއްޖެ

ތަންޒޭނިއާގެ ރައީސް އަވަހާރަވެއްޖެ

ތަންޒޭނިއާގެ ރައީސް ޖޯން މަގުފުލީ 61، އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވެފައިވާ ކަން އެ ގައުމުގެ ނައިބު ރައީސް ސާމިޔާ ސުލުހު ވަނީ އެ ގައުމުގެ މީޑިއާތަކަށަ ކަށަވަރު ކޮށްދެއްވާފައެވެ. އެކަމަނާ ވިދާޅުވި ގޮތުގައި މަގުފުލީއަވަހާރަވީ ހާޓް ފެއިލިޔާގެ ސަބަބުންނެވެ. އެކަމަނާ ވިދާޅުވީ މަގުފުލީ އާލާސްކަންފުޅުގައި އުޅުއްވާތާ 10 އަހަރުވެއްޖެ ކަމަށެވެ. އަދި އޭނާ އަވަހާރަވީ ދަރެއްސަލާމް ގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެކަމަށް ވެސް ސުލުހު ވިދާޅުވިއެވެ. މަގުފުލީ އަވާހާރަވުމާ ގުޅިގެން އެ ގައުމުގައ...

އަޙްމަދު ވަހީދު
މަހިބަދޫ އާ އިންޖީނު ގޭގެ ބިންގާ އަޅައިފި

މަހިބަދޫ އާ އިންޖީނު ގޭގެ ބިންގާ އަޅައިފި

އދ. މަހިބަދޫގައި ހަދާ އާ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ. އިއްޔެ މަހިބަދޫގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އާއިންޖީނުގޭގެ ބިންގާ އަޅުއްވާދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އަދި ރައީސް އޮފީހުގެމިނިސްޓަރ މުހައްމަދު ޝިފާޒް އާއި އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ރުގިއްޔާ މުހައްމަދުއެވެ. މިއީ ސްޓެލްކޯއިން އެ ރަށުގައި އަޅާ އިންޖީނުގެއެކެވެ. މި އިންޖީނުގެ އަޅަން ހަމަޖެހިފައިވަނީ މިހާރު އެ ރަށުގެ އިންޖީނުގެ ހުރި ތަނުގައެވެ. މި އިންޖީނުގެ އެޅުމަށް މިހާރު ހުރި އިންޖީނުގެ ތަޅާލަން ޖެހޭނެއެވެ. [...

އަޙްމަދު ވަހީދު
ހޯރަފުށްޓާއި، އިހަވަންދޫ ހޮސްޕިޓަލްގެ ކަންތައްތައް މިދަނީ ގާތުން ބަލަމުން: މިނިސްޓަރު

ހޯރަފުށްޓާއި، އިހަވަންދޫ ހޮސްޕިޓަލްގެ ކަންތައްތައް މިދަނީ ގާތުން ބަލަމުން: މިނިސްޓަރު

ސަރުކާރުން ހއ. ހޯރަފުށްޓާއި، އެ އަތޮޅު އިހަވަންދޫގެ ގާއިމު ކުރަން ނިންމަވާފައިވާ ހޮސްޕިޓަލްގެ ކަންތައްތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރެއްވުމުގެ ވަގުތުގައި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހޯރަފުށީގައި ހޮސްޕިޓަލެއް ގާއިމުކޮށް ދިނުން...

ޔުމްނާ ޢަލީ
މުޖީބުއް ރަޙްމާނަކީ މިސަރަޙައްދުގެ ތާރީހްގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު: ރައީސް

މުޖީބުއް ރަޙްމާނަކީ މިސަރަޙައްދުގެ ތާރީހްގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު: ރައީސް

ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ޝެއިޚް މުޖީބުއް ރަޙްމާނަކީ މުޅި ދެކުނު އޭޝިއާ ސަރަޙައްދުގެ ތާރީޙުގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބަންގާބަންދު ޝެއިޚް މުޖީބުއް ރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި ނެޝަނަލް ޕެރޭޑް ގްރައުންޑްސްގައި އިއްޔެ ކުރިޔަށްގެންދިޔަ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަ...

ޝިއުނާ އާދަމް
މާލޭގެ މަގުތައް ހިތްފަސޭހަ، އަމާން މަގުތަކަކަށް ހެދުމަކީ އެންމެ ބޮޑު އެއް އަމާޒު: މުޢިއްޒު

މާލޭގެ މަގުތައް ހިތްފަސޭހަ، އަމާން މަގުތަކަކަށް ހެދުމަކީ އެންމެ ބޮޑު އެއް އަމާޒު: މުޢިއްޒު

މާލޭ ސިޓީގެ މަގުތަކަކީ ހިތްފަސޭހަ އަމާން މަގުތަކަކަށް ހަދަންޖެހޭކަމަށާއި، އެއީ އެންމެ ބޮޑު އެއް އަމާޒުކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޒޫމް މެދުވެރިކޮށް މާލޭ ސިޓީގެ ރައްޔިތުންގެ އަޑުއައްސަވައި، ސުވާލުތަކަށް ޖަވާބުދެއްވުމަށް ރޭ ކުރިއަށް ގެންދެވި އޮންލައިން ބައްދަލުވުމެއްގައި މާލޭގެ ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ...

އަލީ އާދިލް
ކޯވިޑް19: ބާރަށުން 13 މީހުން ރަނގަޅުވެއްޖެ

ކޯވިޑް19: ބާރަށުން 13 މީހުން ރަނގަޅުވެއްޖެ

ބާރަށުން ކޯވިޑް19 އަށް ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން 13 މީހުން ބަލިން ރަނގަޅުވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 23 މީހުންނެވެ. ބާރަށުން އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން ރަށުތެރެއިން ބައްދަލުވެފައި ވުމުން، މާރިޗް 2 […]

އިބްރާހިމް އަސްވާޤް
ކުޑަހުވަދޫއިން އެހެންރަށަކަށް ގޮސްފައިވާނަމަ އެންގުން އެދެން: އެޗްޕީއޭ

ކުޑަހުވަދޫއިން އެހެންރަށަކަށް ގޮސްފައިވާނަމަ އެންގުން އެދެން: އެޗްޕީއޭ

ދ. ކުޑަހުވަދޫ އިން ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން 26 ފެބްރުއަރީގެ ފަހުން އެރަށް ދަތުރުކުރި ފަރާތްތަށް އެންގުމަށް އެދެފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ދ. ކުޑަހުވަދޫއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، 26 ފެބްރުއަރީ 2021 ގެ ފަހުން ދ.ކުޑަހުވަދޫގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެވުން އެދޭކަމަށެވެ. އަދި މިތާރީޚްގެ ފަހުން ދ. ކުޑަހުވަދޫއަށް ގޮސްފަ...

ޖަލްވާން ޖާދުﷲ
އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ސޮއިކޮށްފި

އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ސޮއިކޮށްފި

އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި ގުޅޭގޮތުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އިންޑިއާގެ އެގްޒިމް ބޭންކް ގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުތަކަކީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއު ތަކަކެވެ. މިއަދު ގިޔާސުއްދީން ސްކޫލްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 4 ކުންފުންޏަކާއެކު ވަނީ ސޮއިކޮށްފައެވެ. އިންޑިއަން ހައި...

އަލީ އާދިލް
މިއަހަރުގެ ޖޫންގެ ކުރިން ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވާނެ: މިނިސްޓަރު

މިއަހަރުގެ ޖޫންގެ ކުރިން ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވާނެ: މިނިސްޓަރު

މިއަހަރުގެ ޖޫން އަންނައިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެމްބިއުލާންސް ހުންނާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރެއްވުމުގެ ވަގުތުގައި، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށްފަހު، އިތުރަށް ދެއްކެވި ވާހަކާގައި އެވެ. މިނިސްޓަރު ނަސީމް ވިދާޅުވީ، އެމްބިއުލާންސް ނުލިބި ބާކީ […]

ޝިއުނާ އާދަމް
ނޮޅިވަރަންފަރުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ނޮޅިވަރަންފަރުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރިއަށް ގެންދަވާ ހަރަކާތްތަކުގެ ތެރެއިން، މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހދ. ނޮޅިވަރަންފަރުގައި ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން، މިހިނގާ މާރިޗު މަހުގެ 16 ވަނަ ދުވަހު ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ ރަށު ގޭބިސީތަކަށް ޒިޔާރަތްކޮށް ގޭބިސީތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ދީ...

ޖަލްވާން ޖާދުﷲ